Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސަން ކުންފުނީގެ ދަރަނި

ސަން ކުންފުނީގެ ދަރަނި ސަރުކާރުން ދައްކާކަށް ނުޖެހޭނެ: ސިޔާމް

ފައިސާ ދެެއްކުމަށް ސަރުކާރުގައި އެދިފައި ނުވާނެކަމަށް ސިޔާމް ވިދާޅުވި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 22 ޖުލައި 2023 | ހޮނިހިރު 02:29
އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ނޫސްވެރިންނާ ބައްދަލުކުރައްވަނީ

އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ނޫސްވެރިންނާ ބައްދަލުކުރައްވަނީ

ސަން ޓްރެވަލްސްއިން ހިލްޓަން ކުންފުންޏަށް ދައްކަންޖެހޭ ފައިސާ ދިވެހި ސަރުކާރުން ދައްކަން އުޅޭކަމަށް ބުނެ ދެކެވޭ ވާހަކަތައް، ސަން ކުންފުނީގެ ވެރިޔާ އަދި އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދު ދޮގުކުރައްވައިފިއެވެ.

ސިންގަޕޫރުގެ ހައިކޯޓުގައި ސަން ޓްރެވަލްސްއާ ދެކޮޅަށް ހިލްޓަން އިންޓަރނޭޝަނަލްއިން އުފުލާފައިވާ ދައުވާގެ އަޑުއެހުންތަކަށް ހާޒިރުވެވަޑައިގަތުމަށް ސިޔާމް ސިންގަޕޫރަށް ވަޑައިގަތުމުން ސިޔާމްގެ ޕާސްޕޯޓް ހިފެހެއްޓުމުން، ރާއްޖޭގެ ފޮރިން މިނިސްޓްރީން ސިޔާމްގެ ދިފާއުގައި ސިންގަޕޫރަށް ސިޓީއެއް ފޮނުވި ކަމަށާއި، އެހެންވެ އެ މައްސަލައިގެ ތެރެއަށް ސަރުކާރުން ވަދެ، ސިޔާމްގެ ދަރަނި ދައްކަން އުޅޭކަމަށް ބުނާ އަޑުތަކެއް ފެތުރުނެވެ.

ސިންގަޕޫރުން އެނބުރި ރާއްޖެވަޑައިގެން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ސިޔާމް ވިދާޅުވީ، އެ ފައިސާ ސަރުކާރުން ދައްކާފައި ނުވާކަމަށާއި އެކަމަށް ސިޔާމް އެދިވަޑައިގެންފައިވެސް ނުވާނެކަމަށެވެ.

ރައީސް އިބްރާހީމް މުހައްމަދު ސާލިހާއެކު ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ކޯލިޝަން ހަދާފައިވާ އެމްޑީއޭގެ ލީޑަރު ސިޔާމް ވިދާޅުވީ، އެމަނިކުފާނު ފައިސާ ހޯދަނީ ދުނިޔޭގެ އެކި ބޭންކުތަކުން ކަމަށެވެ. ދިވެހި ސަރުކާރަށްވެސް ފައިސާ ދޫނުކުރާ ބޭންކުތަކުން އެމަނިކުފާނަށް ފައިސާ ދޫކޮށްފައިވާކަމަށް ސިޔާމް ވިދާޅުވިއެވެ.

ނ. އިރުފުށި ރިސޯޓް ހިންގަން ސަން ޓްރެވަލްސްއާއި ހިލްޓަން އިންޓަރނޭޝަނަލްއާ ދެމެދު ހެދި އެއްބަސްވުން ސަން ޓްރެވަލްސްއިން އުވާލުމާ ގުޅިގެން، ސިންގަޕޫރުގެ އާބިޓްރޭޝަނަށް ހިލްޓަނުން އެމައްސަލަ ހުށަހެޅިއެވެ. އަދި މައްސަލާގައި ބަދަލުގެގޮތުގައި 24 މިލިއަން ޑޮލަރު ދެއްކުމަށް އޮތީ ސަން ޓްރެވަލްގެ މައްޗަށް ހުކުމްކޮށްފައެވެ. ސަން ޓްރެވަލްސްއިން ފައިސާ ދައްކާފައި ނުވާތީ އެ ނިންމުން ތަންފީޒުކޮށް ދިނުމަށް ހިލްޓަންއިން ސިންގަޕޫރުގެ ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުންތައް ސިންގަޕޫރުގައި ކުރިޔަށްދާއިރު، އެ މައްސަލައިގެ އަޑުއެހުންތަކަށް ސިޔާމް ވަނީ ސިންގަޕޫރަށް ވަޑައިގެންފައެވެ.

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
15 ޖެނުއަރީ 2017

ރައީސްގެ ދެކަނބަލުންނަށް ތައުރީފް ކުރައްވަނީ ރުއްސަން: ނާޒިމް

15 ޖެނުއަރީ 2017
ރައީސްގެ ދެކަނބަލުންނަށް ތައުރީފް ކުރައްވަނީ ރުއްސަން: ނާޒިމް
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
12 ޖެނުއަރީ 2017

ހަސަން ލަތީފް ނ. އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވައިފި

12 ޖެނުއަރީ 2017
ހަސަން ލަތީފް ނ. އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވައިފި
11 ޖެނުއަރީ 2017

ޗެއަރޕާސަންގެ އިންތިހާބު ފަސްކޮށްފި

11 ޖެނުއަރީ 2017
ޗެއަރޕާސަންގެ އިންތިހާބު ފަސްކޮށްފި
10 ޖެނުއަރީ 2017

ޗެއާޕާސަން ކަމަށް ހަސަން ލަތީފް ދޮރުން ދޮރަށް ކެމްޕޭން ފައްޓަވައިފި

10 ޖެނުއަރީ 2017
ޗެއާޕާސަން ކަމަށް ހަސަން ލަތީފް ދޮރުން ދޮރަށް ކެމްޕޭން ފައްޓަވައިފި
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު