Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމޮރިޝަސް ޗެލެންޖު

މޮރިޝަސް ޗެލެންޖު: ރާއްޖޭގެ ދެ ޕެއާ ކުއާޓަރ ފައިނަލަށް

ކުއާޓަރ ފައިނަލުން ޖާގަ ހޯދީ ނިބާލް އަދި އަޖްފާންގެ ޕެއާއާއި ނަބީހާ އަދި ނަބާހާގެ ޕެއާ

ހުސެއިން ޒައިދް
ހުސެއިން ޒައިދް | 22 ޖުލައި 2023 | ހޮނިހިރު 02:10
އަޖްފާންއާއި ނިބާލް

އަޖްފާންއާއި ނިބާލް

މިހާރު ކުރިޔަށްދާ މޮރިޝަސް ޗެލެންޖުގައި ރާއްޖޭގެ އަހުމަދު ނިބާލްއާއި މުހައްމަދު އަޖްފާން ރަޝީދުގެ ޕެއާ، އަދި އާމިނަތު ނަބީހާ އަބްދުއްރައްޒާގާއި ފާތިމަތު ނަބާހާ އަބްދުއްރައްޒާގުގެ ޕެއާ ކުއާޓަރ ފައިނަލުން ޖާގަ ހޯދައިފިއެވެ.

ނިބާލްއާއި އަޖްފާންގެ ޕެއާ ފުރަތަމަ ބުރުގައި ވާދަކޮށްފައިވަނީ މޮރިޝަސްގެ ލޫކަސް ޑައުސްއާއި ރައި ނުންދާގެ ޕެއާއާއެވެ. މި މެޗު ނިބާލްއާއި އަޖްފާން ކާމިޔާބުކުރީ 2-1ގެ ނަތީޖާއަކުންނެވެ. ފުރަތަމަ ސެޓު ނިބާލްއާއި އަޖްފާން 21-16ން ކާމިޔާބުކުރި ނަމަވެސް، ދެވަނަ ސެޓު މޮރިޝަސްގެ ޓިމުން ވަނީ 21-9ން ކާމިޔާބުކޮށްފައެވެ. ފޯރިގަދަކޮށް ދިޔަ ތިންވަނަ ސެޓު ނިބާލްއާއި އަޖްފާންގެ ޕެއާ ކާމިޔާބުކުރީ 21-18ންނެވެ.

ދެވަނަ ބުރުގައި ރާއްޖޭގެ ޕެއާ ޖެހުނީ ޒާމްބިއާގެ ޑޮނާލްޑާއި ޖޭއަރަމާންގެ ޕެއާއާއެވެ. މި މެޗު ނިބާލްއާއި އަޖްފާން ކާމިޔާބުކުރީ ސީދާ ދެ ސެޓުންނެވެ. ފުރަތަމަ ސެޓު 21-7ން ކާމިޔާބުކުރިއިރު، ދެވަނަ ސެޓު ކާމިޔާބުކުރީ 21-12ންނެވެ. ކުއާޓަރ ފައިނަލުގައި ނިބާލްއާއި އަޖްފާން ނިކުންނާނީ އިންޑިއާގެ ޕެއާއަކާ ދެކޮޅަށެވެ.

ފިރިހެން ޑަބަލްސްއާ ޚިލާފަށް އަންހެން ޑަބަލްސް ފެށީވެސް ގަދަ 16އިންނެވެ. އެ ބުރުގައި ނަބާހާއާއި ނަބީހާގެ ޕެއާ ވަނީ ޗެކް ރިޕަބްލިކްގެ ޕެއާއެއް ސީދާ ދެ ސެޓުން ބަލިކޮށްފައެވެ. ސެޓުތައް ކާމިޔާބުކޮށްފައިވަނީ 21-10 އަދި 21-15ންނެވެ. ކުއާޓަރގައި ވާދަކުރަންޖެހޭނީ އެމެރިކާގެ ޕެއާއަކާއެވެ.

މޮރިޝަސްއަށް ދަތުރުކުރި ފިރިހެން ކުޅުންތެރިންނަކީ ނިބާލް އަހުމަދު، މުހައްމަދު އަޖުފާން ރަޝީދު، އަހުމަދު ތޯއިފް އަދި ހުސައިން ޒަޔާން ޝަހީދު ޒަކީއެވެ. އަންހެން ކުޅުންތެރިންނަކީ ފާތިމަތު ނަބާހާ އަބްދުއްރައްޒާގް، އާމިނަތު ނަބީހާ އަބްދުއްރައްޒާގް، އާމިނަތު ޝަހުރުނާޒް، އާއިޝަތު އަފްނާން ރަޝީދު އަދި މައިސާ ފަތުހުﷲ އިސްމާއިލްއެވެ. ފަސް އިވެންޓުގައި ރާއްޖޭގެ ކުޅުންތެރިން ވާދަކޮށްފައިވާއިރު، މުބާރާތުގެ ކުއާޓަރ ފައިނަލުން ޖާގަ ހޯދާފައިވަނީ އަންހެން ޑަބަލްސްއާއި ފިރިހެން ޑަބަލްސްގެ ބައިންނެވެ.

ކޮރެއާގެ ތަޖުރިބާކާރު ކޯޗެއްގެ އިރުޝާދާއެކު ގައުމީ ބެޑްމިންޓަން ޓީމުން މޮރިޝަސް ޗެލެންޖުގައި ބައިވެރިވެފައިވަނީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)އަށް ތައްޔާރުވުމުގެ ގޮތުންނެވެ. އޮގަސްޓު މަހު އައިއޯއައިޖީ ކުރިޔަށްދާނީ މަޑަގަސްކަރާގައެވެ.

އިތުރަށް ކިޔާލަން

08 މެއި 2017

ރާއްޖޭގެ ދެވަނަ އަޔަން މޭން އަކަށް އާތިފް

08 މެއި 2017
ރާއްޖޭގެ ދެވަނަ އަޔަން މޭން އަކަށް އާތިފް
27 އެޕްރީލު 2017

ރާއްޖޭގެ ކުރީގެ ކްރިކެޓް ކުޅުންތެރިން ހާއްސަ މެޗުތަކެއް ކުޅުމަށް ފުވައްމުލަކަށް ފުރައިފި

27 އެޕްރީލު 2017
ރާއްޖޭގެ ކުރީގެ ކްރިކެޓް ކުޅުންތެރިން ހާއްސަ މެޗުތަކެއް ކުޅުމަށް ފުވައްމުލަކަށް ފުރައިފި
15 އެޕްރީލު 2017

ރާއްޖޭގެ ދެ އަމްޕަޔަރުންނަށް ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕުން ފުރުސަތު ލިބިއްޖެ

15 އެޕްރީލު 2017
ރާއްޖޭގެ ދެ އަމްޕަޔަރުންނަށް ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕުން ފުރުސަތު ލިބިއްޖެ
15 އެޕްރީލު 2017

ސައުދީގެ މައްޗަށް ރާއްޖޭގެ ބީޗް ވޮލީ ޓީމު ކުރި ހޯދައިފި

15 އެޕްރީލު 2017
ސައުދީގެ މައްޗަށް ރާއްޖޭގެ ބީޗް ވޮލީ ޓީމު ކުރި ހޯދައިފި
11 އެޕްރީލު 2017

އޭޝިއަން ޓީޓީ ޗެމްޕިއަންޝިޕް: ޒީސްތްއާއި ރަފާ ކިރިގިސްތާން ޕެއާ ބަލިކޮށްފި

11 އެޕްރީލު 2017
އޭޝިއަން ޓީޓީ ޗެމްޕިއަންޝިޕް: ޒީސްތްއާއި ރަފާ ކިރިގިސްތާން ޕެއާ ބަލިކޮށްފި
04 މާރިޗު 2017

ޔޫތު ނެޓްބޯޅަ ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ސްކޮޑް ފައިނަލްކޮށްފި

04 މާރިޗު 2017
ޔޫތު ނެޓްބޯޅަ ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ސްކޮޑް ފައިނަލްކޮށްފި
28 ފެބުރުއަރީ 2017

މިއީ ރާއްޖޭގެ ފުޓުބޯޅަ އަށް ލިބުނު ކާމިޔާބީއެއް، ތަށި ހިފައިގެން ރާއްޖެ އަންނާނީ: ނިޒާމްބެ

28 ފެބުރުއަރީ 2017
މިއީ ރާއްޖޭގެ ފުޓުބޯޅަ އަށް ލިބުނު ކާމިޔާބީއެއް، ތަށި ހިފައިގެން ރާއްޖެ އަންނާނީ: ނިޒާމްބެ
10 ފެބުރުއަރީ 2017

ކޫޑޯ ވޯލްޑްކަޕްގައި ވާދަކުރުމަށް ރާއްޖޭގެ އައްޝަމް އިންޑިއާގައި

10 ފެބުރުއަރީ 2017
ކޫޑޯ ވޯލްޑްކަޕްގައި ވާދަކުރުމަށް ރާއްޖޭގެ އައްޝަމް އިންޑިއާގައި
03 ފެބުރުއަރީ 2017

ރާއްޖޭގެ މޮޅު ކުޅުންތެރިޔާ އެނބުރި ރަށަށް ދިއުމުން ރަތްދޫލައިގެ މަރުހަބާއެއް

03 ފެބުރުއަރީ 2017
ރާއްޖޭގެ މޮޅު ކުޅުންތެރިޔާ އެނބުރި ރަށަށް ދިއުމުން ރަތްދޫލައިގެ މަރުހަބާއެއް
24 ޖެނުއަރީ 2017

ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ

24 ޖެނުއަރީ 2017
ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު