Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ނާއިބުރައީސް ފައިސަލް ނަސީމް

ރައީސް ސާލިހުގެ ރަނިންމޭޓަކަށްވުމުގެ ޝައުގުވެރިކަން އެބަހުރި: ނާއިބުރައީސް ފައިސަލް

މިހާރު ވެސް އިޖްތިމާއީ ގިނަ މަސައްކަތްތައް ކުރައްވަމުން ގެންދަވާކަމުގައި ވިދާޅުވި

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 21 ޖުލައި 2023 | ހުކުރު 05:27
ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ނާއިބުރައީސް ފައިސަލް ނަސީމް ވާހަކަފުޅު ދައްކަވަނީ

ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ނާއިބުރައީސް ފައިސަލް ނަސީމް ވާހަކަފުޅު ދައްކަވަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ރަނިންމޭޓަކަށްވުމުގެ ޝައުގުވެރިކަން އެބަހުންނެވި ކަމަށް މިހާރުގެ ނާއިބުރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުން ނާއިބުރައީސް ފައިސަލް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދާކުރައްވަން ނިންމަވާ ރައީސް ސާލިހު ކެމްޕޭން ކުރައްވަމުން ގެންދަވާއިރު، ކުރިއަށް އޮތް ދައުރުގެ ރަނިންމޭޓަކަށްވުމުގެ ޝައުގުވެރިކަން އެބަހުންނެވި ކަމަށެވެ.

Advertisement - newsAdvertisement

ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އިޝާރާތް ކުރައްވައި ނައިބުރައީސް ފައިސަލް ވިދާޅުވީ މިހާރު ވެސް ގިނަ އިޖްތިމާއީ މަސައްކަތްތައް ކުރައްވަމުން ގެންދަވާ ކަމަށާއި، އެމަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ގިނަ މަސައްކަތަކީ ކުރިއަށް ގެންދަންޖެހޭ މަސައްކަތްތައް ކަމަށެވެ.

ނާއިބުރައީސް ފައިސަލް ވިދާޅުވީ ދިވެހި ގައުމާއި، ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ހަވާލުވެވަޑައިގަންނަވާ ކޮންމެ މަސައްކަތެއް ވެސް އެންމެފުރިހަމަ ގޮތުގައި ކުރާއްވާނެ ކަމުގެ ޔަގީންކަން ނާއިބުރައީސް ފައިސަލް ދެއްވިއެވެ.

ކުރިއަށް އޮތް ދައުރުގެ ނާއިބުރައީސް ކަމަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވާއިރު، ނާއިބުރައީސް ފައިސަލްއާ ގުޅޭގޮތުން ރައީސް ސާލިހު ވިދާޅުވެފައިވަނީ ފައިސަލް ނަސީމަކީ އެކުގައި މަސައްކަތް ކުރުމަށް ވަރަށް ފަސޭހަ އަދި އެހާމެ އިތުބާރު ކުރެއްވޭ ބޭފުޅެއް ކަމަށެވެ.

ނާއިބްރައީސް ފައިސަލްގެ 50 ވަނަ އުފަން ދުވަހާ ގުޅިގެން ބުރާސްފަތިދުވަހުގެ ރޭ ނެރުނު އެ މަނިކުފާނުގެ ބަޔޯގްރަފީއަށް ރައީސް ސާލިހު ދެއްވި ބަޔާނުގައި ވިދާޅުވީ ފައިސަލްއަކީ ވަފާތެރި، ދެތުވެރި ބޭފުޅެއް ކަމަށާއި ރަނގަޅު އެކުވެރިއެއް ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު