Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ސާލިހަށް ދެވަނަ ދައުރެއް މުހިންމު

ރައީސް ސާލިހަށް ދެވަނަ ދައުރެއް ލިބުމަކީ ވަރަށް މުހިންމު ކަމެއް: ނާއިބުރައީސް ފައިސަލް

ގާސިިމްއަކީ ބައްޕައެއް ފަދަ ބޭފުޅެއް

އަމްނާ އިމާދު
އަމްނާ އިމާދު | 21 ޖުލައި 2023 | ހުކުރު 07:28
ފަށާއިރު ޕްރޮގްރާމްގައި ނާއިބުރައީސް ފައިސަލް ނަސީމް ވާހަކަފުޅު ދައްކަވަނީ

ފަށާއިރު ޕްރޮގްރާމްގައި ނާއިބުރައީސް ފައިސަލް ނަސީމް ވާހަކަފުޅު ދައްކަވަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް ދެވަނަ ދައުރެއް ލިބުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ނާއިބުރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ނާއިބުރައީސް ފައިސަލް ވިދާޅުވީ ރައީސް ސާލިހަށް ދެވަނަ ދައުރެއް ހޯދައިދިނުމަށް މަސައްކަތް ކުރަންޖެހޭ ކަމަށާއި، އެމަނިކުފާނަށް ދެވަނަ ދައުރެއް ލިބުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރުގެ ގާސިމް އިބްރާހިމް ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާތީ އެކަމާއި ގުޅިގެން ދެންނެވި ސުވާލަށް ނާއިބުރައީސް ފައިސަލް ވިދާޅުވީ ގާސިިމްއަކީ ބައްޕައެއް ފަދަ ބޭފުޅެއް ކަމަށާއި، އެބޭފުޅާއަށް ވަރަށް ބޮޑަށް އިހުތިރާމް ކުރައްވާ ކަމަށެވެ. ނާއިބުރައީސްގެ މަގާމަށް ފުރަތަމަ ލިބުމާއި ގުޅިގެން ވެސް ހުވާކުރެއްވުމުގެ ކުރިން ގާސިމްއާއި ބައްދަލުކުރައްވައި ހިޔާލު ބަދަލުކުރެއްވި ކަމަށް ނާއިބުރައީސް ފައިސަލް ވިދާޅުވިއެވެ. އަދި މިހާރު ވެސް ގާތްގުޅުމެއް އޮތްކަން ފާހަގަކުރައްވައި ނާއިބުރައީސް ފައިސަލް ވިދާޅުވީ ނާއިބުރައީސްގެ ހައިސިއްޔަތުން ކުރައްވަންޖެހޭ މަސައްކަތްތައް ކުރުމަށް އިރުޝާދުދެއްވި ނަމަވެސް ސިޔާސީ ވާހަކަތައް ނުދައްކަވާ ކަމަށެވެ. އަދި ރައީސްއަށް ވަފާތެރިވެ، މަސައްކަތްތައް ކުރުމަށް ނަސޭހަތްތެރިވި ކަމަށް ނާއިބުރައީސް ފައިސަލް ވިދާޅުވިއެވެ.

ނައިބުރައީސް ފައިސަލް ވިދާޅުވީ 2008 އަދި 2013 ގައި ގާސިމް ވެރިކަމަށް ކުރިމަތިލެއްވުމުން ކެމްޕެއިން މަސައްކަތުގައި އުޅުއްވި ކަމަށެވެ. ނަމަވެސް މިހާރުގެ ހާލަތުން ގައުމަށް ވިސްނުމަށްފަހު އެންމެ ރަނގަޅު ގޮތަކީ ރައީސް ސާލިހު ދެވަނަ ދައުރަކަށް އިންތިޚާބު ކުރުން ކަމަށް ނާއިބުރައީސް ފައިސަލް ވިދާޅުވިއެވެ.

މީގެ އިތުރުން ނާއިބުރައީސް ފައިސަލް ވިދާޅުވީ ރައީސް ސާލިހުގެ މަސައްކަތްފުޅު ވަރަށް ގާތުން ފެނިވަޑައިގަންނަވާ ކަމަށާއި، އެމަނިކުފާނަކީ ރައްޔިތުންނަށް ހެޔޮ، އަމަލުފުޅު ގިނަ ބަސްމަދު ބޭފުޅެއް ކަމަށެވެ. ގައުމަށް ތަރައްގީ ގެނެސްދެއްވުމުގައި ރަށުގެ އާބާދީއަށް ބެލުމެއްނެތި ތަރައްގީ ގެނެސްދެއްވަމުން ގެންދަވާކަން ނާއިބުރައީސް ފައިސަލް ފާހަގަކުރެއްވިއެވެ.

ނާއިބުރައީސް ފައިސަލް ވިދާޅުވީ ޕާޓީގެ މަސައްކަތް ނުކުރެއްވި ނަމަވެސް، މިފަސް އަހަރު ބޮޑަށް މަސައްކަތް ކުރެއްވީ ނާއިބުރައީސްގެ ހައިސިއްޔަތުން ހަވާލުކުރެވިފައިވާ ޒިންމާ އެންމެ ރަނގަޅު ގޮތުގައި އަދާކުރެއްވުމަށް ކަމަށެވެ. ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ވަރަށް ބޮޑު އިސްކަމެއްދެއްވާ މަސައްކަތް ކުރުމަށް ރައީސް ސާލިހު ވަރަށް ބޮޑަށް އިރުޝާދު ދެއްވާކަން ފާހަގަކުރައްވައި ނާއިބުރައީސް ފައިސަލް ވިދާޅުވީ މިފަސް އަހަރުގެ ތެރޭގައި އެމަސައްކަތްތައް ވަރަށް ހަރުދަނާ ގޮތެއްގައި ކުރެވިފައިވާ ކަމަށެވެ. އެމަސައްކަތް ކުރުމަށް ޚާއްސަ ކޮމެޓީއެއް އެކުލަވާލާފައިވާކަން ނާއިބުރައީސް ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ މިއީ މުޅިން ތަފާތު ފަސް އަހަރު ކަމަށާއި، ރައީސް ސާލިހަކީ ހަވާލުކުރެވިފައިވާ ޒިންމާތައް އަދާކުރުމުގައި އެކި ފަހަރު އެކި ގޮތްތައް ނުކިޔުއްވާ ނަތީޖާއަށް ބައްލަވާ ވެރިއެއް ކަމަށެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު