Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިޚާބު ރައީސް ސާލިހަށް

ރައީސް ސާލިހަށް މިހާރުވެސް އެއްލައްކަ ވޯޓު ކަށަވަރުވެފައިވޭ: މެންބަރު އަބްދުﷲ ވަހީދު

20 ޖުލައި 2023 | ބުރާސްފަތި 17:39

ސިއްހީ، ތައުލީމީ ދާއިރާ އަދި ސިވިލްސަރވިސް މުވައްޒަފުންގެ ވޯޓުވެސް ލިބޭނެ

އަމްނާ އިމާދު
އަމްނާ އިމާދު | 20 ޖުލައި 2023 | ބުރާސްފަތި 17:39
ދިއްދޫ ދާއިރާގެ މެންބަރު އަބްދުﷲ ވަހީދު

ދިއްދޫ ދާއިރާގެ މެންބަރު އަބްދުﷲ ވަހީދު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް މިހާރުވެސް އެއްލައްކަ ވޯޓު ކަށަވަރުވެފައި ވާކަމަށް، ދިއްދޫ ދާއިރާގެ މެންބަރު އަބްދުﷲ ވަހީދު ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ހއ. ދިއްދޫގައި ކުރިއަށްދާ ''އުފާވެރި އަމާން ރާއްޖެ'' ޖަލްސާގައި މެންބަރު އަބްދުﷲ ވިދާޅުވީ، އެއްވެސް ސަރުކާރަކުން ނުހިންގާ ވަރަށް ގިނަ ޕްރޮޖެކްޓްތައް މިސަރުކާރުން ކުރިއަށްގެންދާ ކަމަށެވެ. އެގޮތުން މިހާރު ބައެއް ޕްރޮޖެކްޓްތައް ނިމި، އަނެއް ބައި ޕްރޮޖެކްޓްގެ މަސައްކަތްތައް ކުރިއަށްދާކަން މެންބަރު ފާހަގަކުރެއްވިއެވެ.

Advertisement - newsAdvertisement

މެންބަރު އަބްދުﷲ ވިދާޅުވީ އެއާޕޯޓު އެޅުމާއި، ބިން ހިއްކުން ފަދަ ޕްރޮޖެކްޓްތައް ކުރިއަށް ގެންދެވޭނެ ހަމައެކަނި ވެރިއަކީ ރައީސް ސާލިހު ކަމަށެވެ. އަދި އެމަނިކުފާނަކީ ރައްޔިތުންނަށް ވައުދުފުޅު ވެވަޑައިގެން، ވައުދުފުޅު ފުއްދަވާ ހަމައެކަނި ރައީސްކަމަށް މެންބަރު ވިދާޅުވިއެވެ. އެހެންކަމުން މިއަދު ދިއްދޫގެ ރައްޔިތުން ތިބީ ރައީސް ސާލިހާއެކު ކަމަށާއި، ދިއްދޫގެ މެޖޯރިޓީ ލިބިވަޑައިގަންނަވާނެ ކަމަށް މެންބަރު ވިދާޅުވިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ފަށާނީވެސް އެއްލައްކަ ވޯޓާއެކު ކަން ފާހަގަކުރައްވައި މެންބަރު އަބްދުﷲ ވިދާޅުވީ، ސިއްހީ ދާއިރާއާއި ތައުލީމީ ދާއިރާ އަދި ސިވިލްސަރވިސް މުވައްޒަފުންނަށް ރައީސް އުންމީދު ގެނެސްދެއްވައި، މުސާރަ ބޮޑުކޮށްދެއްވާފައި ވާކަމަށެވެ. އެހެންކަމުން ރައީސް ސާލިހު އިންތިޚާބު ކުރެވިގެންދާނީ އެ މުވައްޒަފުންގެ ވޯޓާއެކު ކަމަށް މެންބަރު ވިދާޅުވިއެވެ.

މެންބަރު އަބްދުﷲ ވިދާޅުވީ ދިއްދޫ ރައްޔިތުންނަށް އުންމީދު ގެނެސްދެއްވީ ރައީސް ސާލިހު ކަމަށެވެ. އެގޮތުން ކުރިއަށް އޮތް ދުވަސްތަކުގައި ރަށުގެ ބިން ހިއްކި، ޓާޝަރީ ފެންވަރުގެ ޒަމާނީ ހޮސްޕިޓަލް އެޅިގެންދާނެ ކަމަށް މެންބަރު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް