Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހުދުމުހުތާރުވެރިކަން

ރައީސް މުއިއްޒު މަސައްކަތް ކުރައްވަނީ ގާނޫނު ބަދަލު ކުރައްވައިގެން ޑިކްޓޭޓަރަކަށް ބަދަލުވުމުގެ މަސައްކަތް: އަބްދުﷲ ވަހީދު

މުސްތަގިއްލު ހުރިހާ މުއައްސަސާއަކަށް ބަދަލުތައް ވަނީ ގެނެސްފައި

އަމްނާ އިމާދު
އަމްނާ އިމާދު | 2 މެއި 2025 | ހުކުރު 07:18
ފަލަސުރުހީ ޕްރޮގްރާމްގައި، ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ވަހީދު ވާހަކަދައްކަވަނީ

ފަލަސުރުހީ ޕްރޮގްރާމްގައި، ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ވަހީދު ވާހަކަދައްކަވަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މިއަދު މަސައްކަތް ކުރައްވަނީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީ ބަދަލު ކުރައްވައިގެން ޑިކްޓޭޓަރަކަށް ބަދަލުވުމުގެ މަސައްކަތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ވަހީދު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި އަބްދުﷲ ވަހީދު ވިދާޅުވީ ވޭތުވެދިޔަ ދޮޅުއަހަރެއްހާ ދުވަސްތެރޭގައި ރައީސް މުއިއްޒު ކުރެއްވި މަސައްކަތަކީ ހުދުމުހުތާރު ވެރިއަކަށް ބަދަލުވުމުގެ މަސައްކަތް ކަމަށެވެ. ހުރިހާ ބާރެއް ނެންގެވުމުގެ ގޮތުން މުސްތަގިއްލު ހުރިހާ މުއައްސަސާއަކަށް ބަދަލުތައް ގެނެސް، އެމަނިކުފާނު ބޭނުންފުޅުވާނެ ގޮތަކަށް ކަންތައްތައް ކުރައްވާނެ ބޭފުޅުން އައްޔަން ކުރައްވާފައިވާ ކަމަށް އަބްދުﷲ ވަހީދު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހަށް އިޝާރާތް ކުރައްވައި އަބްދުﷲ ވަހީދު ވިދާޅުވީ މިސަރުކާރުގައި އެއީ ރައްޔިތުންގެ މަޖިލީހެއް ނޫން ކަމަށާއި، ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރުމުގެ އެއްވެސް ބާރެއް މިއަދުގެ މެންބަރުންގެ ނެތް ކަމަށެވެ. އަދި މިއަދު ސަރުކާރުގެ މަޖިލިސް މެންބަރުން އުޅުއްވަނީ މަޖިލީހުގައި ކުރައްވާނެ މަސައްކަތެއް ނެތިގެން ކަމަށް އޭނާ ވިދާޅުވިއެވެ.

ހަމައެއާއެކު ސުވާލެއް ކުރީމަ އެފުރުސަތު ދެއްވާފައި ޖަލްސާވެސް އެނަކެއް ނުބާއްވާ މިގެންދަވަނީ. ބޭނުންވެގެން މިއުޅޭ ކަމަކީ ހަމައެކަނި ރައްޔިތުންގެ މަޖިލިސް ބޭނުންވަނީ އެމަނިކުފާނު ބޭނުންވާ ބާރެއް އަތްޕުޅުން ގެނައުމަށްޓަކައި. އިތުރު އެއްވެސް ކަމަކަށް ރައްޔިތުން މަޖިލީހުގެ ޖަލްސާއެއް ވެސް އެހެން ކަމެއް ވެސް ބާއްވާކަށް ބޭނުމެއް ނުވޭ. އެސަބަބަކީ ރައްޔިތުންނަށް ކަންކަން ތިލަވެގެންދާނެތީވެ އެވާހަކަ އިދިކޮޅު މެންބަރުން ދައްކަފާނެތީވެ އެޖާގަ ނުދިނުމަށް މަސައްކަތް ކުރުން. އެހެންވީމަ ރައްޔިތުންގެ މަޖިލީހުގެ ރައީސްއަށް ލިބިފައިވާ ބާރެއް ވެސް ނޫން އެއީ ރައްޔިތުން މަޖިލީހުގައި ކަނޑައެޅިފައި އޮތް އުސޫލުގެ މަތިން ހަފްތާއަކު 3 ދުވަހު ޖަލްސާ ބާއްވަންޖެހޭ. ޖަލްސާ ބާއްވާފައި އެޖަލްސާގައި އެޖެންޑާ ކުރެވޭނެ ކަންކަން ހުންނަންޖެހޭނެ. އެހެންނަމަވެސް އަޅުގަނޑުމެންނަށް މިފެންނަނީ ސީދާ ރައީސުލްޖުމްހޫރިއްޔާ އެޓާނީ ޖެނަރަލް ގުޅިވަޑައިގެން ރައްޔިތުންގެ މަޖިލިސް ވެސް ހުއްޓުވާލައްވައިގެން އެތަނުން ރައްޔިތުންނަށް ކަމެއް ސާފުވެދާނެ މަގު ނެތް ގޮތަށް އަމަލުކުރައްވާތަން.
ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ވަހީދު

ހާމަކަން ބޮޑު ސަރުކާރެއް ހިންގަވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވާތީ އެކަމަށް އިޝާރާތް ކުރައްވައި އަބްދުﷲ ވަހީދު ވިދާޅުވީ މި ސަރުކާރު މަސައްކަތް ކުރަނީ ރައްޔިތުންނަށް އޮޅުވާލައި، ސިއްރު ކޮށްގެން މުޅި ދައުލަތް ހިންގުމަށް ކަމަށާއި، ދޮގުގެ މަތީގައި މުޅި ދައުލަތަށް ދެމެހެއްޓުމަށް ކަމަށެވެ.

ރައީސް މުއިއްޒު ރައްޔިތުންނަށް ފިއްލަވައިގެން ހުދުމުހުތާރު ވެރިކަމެއް ކުރައްވަން މަސައްކަތް ކުރެއްވި ނަމަވެސް އެކަން ކާމިޔާބު ނުވާނެ ކަމަށާއި، ރައްޔިތުން އެފުރުސަތު ނުދޭނެކަމުގެ ޔަގީންކަން އޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

ހަމައެކަނި ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ކަމަކީ ގާނޫނު އަސާސީއަށް ބަދަލު ގެންނަވާގެން ގާނޫނުތަކަށް ބަދަލު ގެންނަވާގެން އެމަނިކުފާނަށް ބާރު ލިބޭނެ ގޮތް. މިއަދު އަޅުގަނޑުމެންނަށް އަޑު އިވިގެން މިދަނީ ދެވަނަ ދައުރެއް ހޯދުމަށްޓަކައި އަނެއްކާ ވެސް ގާނޫނު އަސާސީއަށް ބަދަލު ގެންނަވައިގެން ރިޔާސީ އިންތިޚާބުގެ ވޯޓުލުމަށްޓަކައި އެއްބުރުން ބާއްވައިގެން އެކަން ކުރައްވަން އުޅުއްވާތަން. ހަމަ ހުރިހާ މަސައްކަތެއް އަމާޒުވެގެން މިދަނީ ޑިކްޓޭޓަރަކަށް ބަދަލުވެ ވަޑައިގެން ރައްޔިތުންގެ ހުރިހާ ހައްގެއް ނަންގަވައިގެން އެކަންކަން ކުރުއްވަން އުޅުއްވާތަން. އެހެންވީމަ ދައުލަތުގެ ފައިސާއިން ތި ފާހަގަކުރި ގޮތަށް ބޮޑެތި ބޯޓުތަކާއި ޓޭންކަރުތައް ގެންނަވާއިރުގައި ބައްލަވާ ލޯނުުގެ ފައިސާގައި ކިޔަވަން ތިބި އެއްވެސް ކުއްޖަކަށް އެލޯނު ފައިސާ ނުލިބޭ. އާސަންދައިން ބޭސްފަރުވާއެއް ނުލިބޭ.
ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ވަހީދު

އަބްދުﷲ ވަހީދު ވިދާޅުވީ މިސަރުކާރުގެ އެއްވެސް ޕްލޭނެއް ނެތް ކަމަށާއި، ކުރަމުންދަނީ ބޭކާރު ހަރަދުތައް ކަމަށެވެ. އަދި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ނުގެންދާއިރު، ރައްޔިތުން ވަރަށް ބޮޑަށް ނިކަމެތި ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް ޑރ.މުހައްމަދު މުއިއްޒުއަބްދުﷲ ވަހީދުޤާނޫނުއަސާސީރައްޔިތުންގެ މަޖިލިސް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
11 ޑިސެމްބަރު 2025

ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

11 ޑިސެމްބަރު 2025
ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު
09 ޑިސެމްބަރު 2025

ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް

09 ޑިސެމްބަރު 2025
ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް
08 ޑިސެމްބަރު 2025

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް
06 ޑިސެމްބަރު 2025

ކުރީގެ ރައީސުންގެ އޮފީސް ޚަރަދު އުނިކޮށް، ނައިބު ރައީސުންނަށް 30،000 ރުފިޔާގެ އިނާޔަތް ދޭން ހުށަހެޅި ބިލު ތަސްދީގުކޮށްފި

06 ޑިސެމްބަރު 2025
ކުރީގެ ރައީސުންގެ އޮފީސް ޚަރަދު އުނިކޮށް، ނައިބު ރައީސުންނަށް 30،000 ރުފިޔާގެ އިނާޔަތް ދޭން ހުށަހެޅި ބިލު ތަސްދީގުކޮށްފި
06 ޑިސެމްބަރު 2025

ރައީސް މުއިއްޒު ޒަކާތު ގެ ބިލު ތަސްދީގު ކުރައްވައިފި

06 ޑިސެމްބަރު 2025
ރައީސް މުއިއްޒު ޒަކާތު ގެ ބިލު ތަސްދީގު ކުރައްވައިފި
05 ޑިސެމްބަރު 2025

މަރުގެ އަަދަބު ކަނޑައަޅަނީ އަދަބު ދޭ ހިތަކުން ނޫން، އެއީ އޭރުން މީހުން ކުށް ކުރަން ފަސްޖެހޭނެތީ: ރައީސް މުއިއްޒު

05 ޑިސެމްބަރު 2025
މަރުގެ އަަދަބު ކަނޑައަޅަނީ އަދަބު ދޭ ހިތަކުން ނޫން، އެއީ އޭރުން މީހުން ކުށް ކުރަން ފަސްޖެހޭނެތީ: ރައީސް މުއިއްޒު
05 ޑިސެމްބަރު 2025

ޕާޓީގެ މައިކްގައި ހިފާލުމުން ސަފީރުކަން ބަހާ ބެހުމަށް ނިމުމަކަށް ގެނެސް، ރައީސްއަށް މުތުލަގަށް ލިބޭ ބާރުތައް ހަނި ކުރަން ޖެހޭ: މެންބަރު މީކާއީލް

05 ޑިސެމްބަރު 2025
ޕާޓީގެ މައިކްގައި ހިފާލުމުން ސަފީރުކަން ބަހާ ބެހުމަށް ނިމުމަކަށް ގެނެސް، ރައީސްއަށް މުތުލަގަށް ލިބޭ ބާރުތައް ހަނި ކުރަން ޖެހޭ: މެންބަރު މީކާއީލް
04 ޑިސެމްބަރު 2025

މަސްތުވާތަކެތީ ގެ ބިލު: އުމުރަށް ޖަލަށްލުމުން މާފު ނުދެވޭ ގޮތަށް ހަދާ، އުމުރަށް ޖަލަށްލުން މާނަ ކުރާ ގޮތް ބަދަލުކޮށްފި

04 ޑިސެމްބަރު 2025
މަސްތުވާތަކެތީ ގެ ބިލު: އުމުރަށް ޖަލަށްލުމުން މާފު ނުދެވޭ ގޮތަށް ހަދާ، އުމުރަށް ޖަލަށްލުން މާނަ ކުރާ ގޮތް ބަދަލުކޮށްފި
04 ޑިސެމްބަރު 2025

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި

04 ޑިސެމްބަރު 2025
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު