Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސްވިޑްންގައި ޚަތިމު އެންދުން

ބަޣްދާދުގައި ހުންނަ ސްވިޑްންގެ އެމްބަސީއަށް ހަމަލާދީ، ހުޅުޖަހައިފި

މުޒާހަރާގެ ބައިވެރިން ވަނީ އެމްބަސީގެ ފާރުމަތިން އަރައި، އިމާރާތަށް ގެއްލުންދީ، އިމާރާތުގައި ހުޅުޖަހާފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 20 ޖުލައި 2023 | ބުރާސްފަތި 15:24
ސްވިޑްންގައި ޚަތިމު އަންދަމުންދާތީ އިރާގުގައި މުޒާހަރާކުރަނީ

ސްވިޑްންގައި ޚަތިމު އަންދަމުންދާތީ އިރާގުގައި މުޒާހަރާކުރަނީ

އިރާގުގެ ވެރިރަށް ބަޣްދާދުގައި ހުންނަ ސްވިޑްންގެ އެމްބަސީ ސަރަހައްދަށް އެތައް ބަޔަކު އެއްވެ މުޒާހަރާކޮށް، އެ އެމްބަސީއަށް ހަމަލާދީފިއެވެ.

އިރާގުގެ އާންމުން ސްވިޑްން އެމްބަސީ ހުންނަ ސަރަހައްދަށް އެއްވެފައިވަނީ އެގައުމުގައި ޚަތިމު އަންދަމުންދާތީ އެކަމާ ދެކޮޅަށެވެ. މުޒާހަރާގެ ބައިވެރިން ވަނީ އެމްބަސީގެ ފާރުމަތިން އަރައި، އިމާރާތަށް ގެއްލުންދީ އިމާރާތުގައި ހުޅުޖަހާފައެވެ.

މިކަމާ ގުޅިގެން ސްވިޑްންގެ ފޮރިން މިނިސްޓަރު، ޓޮބިއަސް ބިލްސްޓްރޯމް ވިދާޅުވީ އެމްބަސީގެ މުވައްޒަފުންނަށް ރައްކާތެރިވި ނަމަވެސް، ވިއެނާ މުއާހަދާއާ އެއްގޮތަށް އެމްބަސީ ހިމާޔަތް ކުރުމުގެ ޒިންމާގައި އިރާގުގެ ކަމާބެހޭ ފަރާތްތަކުން ނާކާމިޔާބުވެފައި ވާކަމަށެވެ.

ބުރާސްފަތި ދުވަހުގެ މުޒާހަރާގައި ބައިވެރިން ވަނީ ހަފުތާތަކެއް ފަހުން ސްވިޑްންގައި ދެވަނަ ފަހަރަށް ޚަތިމު އެންދުމާ ގުޅިގެން ނުރުހުން ފާޅުކޮށްފައެވެ.

ފިންލޭންޑްގެ ނޫސް އެޖެންސީ، އެސްޓީޓީން ރިޕޯޓްކޮށްފައިވާ ގޮތުގައި ސްވިޑެންގެ އެމްބަސީދޮށުގައި ހުންނަ ފިންލޭންޑްގެ އެމްބަސީވެސް ވަނީ ހުސްކޮށްފައެވެ. އަދި މުވައްޒަފުން ތިބީ ސަލާމަތުން ކަމަށާއި، އެއްވެސް ގެއްލުމެއް ނުލިބޭކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.

އިތުރަށް ކިޔާލަން

07 އެޕްރީލު 2017

ސީރިއާގެ އަސްކަރީ ވައިގެ މަރުކަޒަކަށް އެމެރިކާ އިން ހަމަލާދީފި

07 އެޕްރީލު 2017
ސީރިއާގެ އަސްކަރީ ވައިގެ މަރުކަޒަކަށް އެމެރިކާ އިން ހަމަލާދީފި
02 އެޕްރީލު 2017

ހިމާޔަތް ހޯދުމަށް އިނގިރޭސިވިލާތުގައި އުޅުނު ކުއްޖަކަށް ހަމަލާދީފި

02 އެޕްރީލު 2017
ހިމާޔަތް ހޯދުމަށް އިނގިރޭސިވިލާތުގައި އުޅުނު ކުއްޖަކަށް ހަމަލާދީފި
21 މާރިޗު 2017

ބަޣްދާދުގައި ކާރު ބޮމެއް ގޮއްވާލައި މަދުވެގެން 20 މީހުން މަރުވެއްޖެ

21 މާރިޗު 2017
ބަޣްދާދުގައި ކާރު ބޮމެއް ގޮއްވާލައި މަދުވެގެން 20 މީހުން މަރުވެއްޖެ
18 މާރިޗު 2017

ސިރިއާގެ މިސްކިތަކަށް ވައިގެ މަގުން ހަމަލާދީ 42 މީހުން މަރަލައިފި

18 މާރިޗު 2017
ސިރިއާގެ މިސްކިތަކަށް ވައިގެ މަގުން ހަމަލާދީ 42 މީހުން މަރަލައިފި
10 މާރިޗު 2017

ޖަރުމަނުގެ ރެއިލްވޭ ސްޓޭޝަނެެއްގައި ކޯރާޑިން ހަމަލާދީ ބަޔަކު ޒަޚަމްކޮށްލައިފި

10 މާރިޗު 2017
ޖަރުމަނުގެ ރެއިލްވޭ ސްޓޭޝަނެެއްގައި ކޯރާޑިން ހަމަލާދީ ބަޔަކު ޒަޚަމްކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު