Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއަންހެނުންގެ ވޯލްޑްކަޕް

އަންހެނުންގެ ވޯލްޑްކަޕް: ދެ ބިލިއަން މީހުން ބަލާނެ، މުސްތަޤްބަލަކީ މިއީ: އިންފަންޓީނޯ

މި މުބާރާތުގައި 32 ގައުމަކުން ވާދަކުރާނެ

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން, ރާއްޖެ އެމްވީ | 20 ޖުލައި 2023 | ބުރާސްފަތި 08:01
އަންހެނުންގެ ވޯލްޑްކަޕުގައި ކުޅޭ ބައެއް ތަރިން

އަންހެނުންގެ ވޯލްޑްކަޕުގައި ކުޅޭ ބައެއް ތަރިން

ދުނިޔޭގެ އަންހެނުންގެ ވޯލްޑްކަޕް އޮސްޓްރޭލިޔާ އާއި ނިއުޒީލޭންޑްގައި މިއަދު ފަށާނެ އެވެ. 32 ގައުމު ފުރަތަމަ ފަހަރަށް ވާދަކުރާ މުބާރާތް މި ފަހަރު ބާއްވަނީ ފިރިހެނުންގެ ވޯލްޑްކަޕް ވެސް ބާއްވާ ފެންވަރުގަ އެވެ. އިނާޔަތްތައް ވެސް ކުރިއަށްވުރެ އިތުރުކޮށް ހައިބަތު ބޮޑު މުބާރާތެއްގެ ގޮތުގަ އެވެ.

މި ފަހަރުގެ މުބާރާތަކީ ދެ ގައުމެއް ގުޅިގެން މުބާރާތް ބާއްވާ ފުރަތަމަ ފަހަރެވެ. ނިއުޒީލޭންޑް މުބާރާތް ފަށާނީ ނޯވޭއާ ދެކޮޅަށެވެ. އޮސްޓްރޭލިޔާގެ ފުރަތަމަ މެޗު އޮންނާނީ އަޔަލޭންޑާ ދެކޮޅަށެވެ. މި ދެ މެޗަށް ލައްކައަކަށްވުރެ ގިނަ މީހުން ވަންނާނެ ކަމަށް ފީފާއިން އަންދާޒާ ކުރެ އެވެ.

މި ފަހަރުގެ މުބާރާތް ނުއަގުގައި ގަންނަން މީޑިއާތަކުން މަސައްކަތްކުރި އެވެ. ޔޫރަޕުން މުބާރާތް ދައްކަން އެކަށީގެންވާ އަގެއް ނުލިބުނެވެ. މިކަމާ ފީފާއިން ހިތްހަމަނުޖެހުން ފާޅުކުރި އެވެ. އެ ޖަމާއަތުން ބުނީ ރަނގަޅު އަގެއް ނުދޭނަމަ މެޗުތައް ދައްކާނީ ފީފާގެ ވަސީލަތްތަކުން އެކަނި ކަމަށެވެ. ފީފާއިން ޓާގެޓްކުރީ މި މުބާރާތުގެ ޓީވީ ރައިޓްސްއިން 100 މިލިއަން ޑޮލަރު ހޯދުމަށެވެ. ނަމަވެސް މިހާރު ލަފާކުރެވެނީ ލިބޭނީ 50 މިލިއަން ކަމަށެވެ. އެކަމަކު ފުރަތަމަ ފަހަރަށް ވަނީ އެކި ބައްރުތަކަށާއި އެކި ހިސާބުތަކަކަށް ވަކިވަކިން ރައިޓްސް ވިއްކާލައިފަ އެވެ.

މުބާރާތުގެ 64 މެޗަށް ދުރާލައި 1.3 މިލިއަން ޓިކެޓް ވަނީ ވިކިފަ އެވެ. ފީފާއިން އުއްމީދު ކުރަނީ މުބާރާތް 2 ބިލިއަން މީހުން ބަލާނެ ކަމަށެވެ. އެހެންވެއްޖެނަމަ މިއީ 2019 ވަނަ އަހަރުގެ މުބާރާތަށްވުރެ ދެގުނަ މަތި އަދަދަކަށްވާނެ އެވެ.

މި މުބާރާތް ފިރިހެނުންގެ ވޯލްޑްކަޕާ އެއް ހަމައަކަށް ގެނައުމަށް ފީފާއިން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. މި ގޮތުން ގެނައި އެންމެ ބޮޑު އެއް ބަދަލަކީ މުބާރާތުގައި ކުޅޭ ކުޅުންތެރިންނަށް ފައިސާގެ އިނާމް ދިނުމެވެ. މިކަން ކުރާނީ މުބާރާތުގައި ކުޅުންތެރިޔާ ހޭދަކުރާ މުއްދަތަށް ބަލައިގެންނެވެ. ގްރޫޕް ސްޓޭޖުން ކަޓާ ކުޅުންތެރިއަކަށް ވެސް 24000 ޕައުންޑް ލިބޭނެ އެވެ. ޗެމްޕިއަންކަން ހޯދާ ކުޅުންތެރިޔާ ގައުމަށް ދާނީ މަދުވެގެން ދެލައްކަ ޕައުންޑް ހިފައިގެންނެވެ.

މުބާރާތުގެ އިނާމް ފައިސާ ވެސް ވަނީ 23 މިލިއަނުން 84 މިލިއަނަށް ބަދަލުކޮށްފަ އެވެ. ފިރިހެނުންގެ ވޯލްޑްކަޕެކޭ އެއްފަދައިން ވަގުތު ބޭކާރުކުރާނަމަ އެކްސްޓްރާ ޓައިމް އިތުރަށް ކުޅޭނެ އެވެ. އަދި ވީއޭއާރުގެ ނިންމުންތައް ރެފްރީން ސަޕޯޓަރުންނަށް ސާފުކޮށްދޭނެ އެވެ.

މުބާރާތުގައި ކެޕްޓަނުންނަށް އެބަޔަކު ބޭނުން އިޖްތިމާއީ މެސެޖެއް ބޭންޑްގައި ޖެހިދާނެ އެވެ. އެކަމަކު އެއްޖިންސުން ގުޅުން ހިންގުން ފަދަ ކަންކަން ކެޕްޓަން ބޭންޑް މެދުވެރިކޮށް ޕްރޮމޯޓް ކުރުން ވަނީ މަނާކޮށްފަ އެވެ.

ފީފާގެ ރައީސް އިންފަންޓީނޯ ބުނީ ދެ ޖިންސުގެ ހަމަހަމަކަން އޭނާ ގަބޫލުކުރާ ކަމަށާއި ފީފާ ދަތުރުކުރަނީ އެ މިސްރާބަށް ކަމަށެވެ. އަދި 2026ގެ ވޯލްޑްކަޕް ބާއްވާނީ ފިރިހެނުންނާއި އަންހެނުން ހަމަހަމަ އުސޫލަކުން ހުރިހާ ކަމެއް ހަމަޖައްސައިގެން ކަމަށެވެ. މިހެންވެ މިވަގުތު ފާޑުކިއުމުގެ ބަދަލުގައި އޭނާ އެދެނީ ކެތްތެރިވުމަށް ކަމަށެވެ.

ވިމެންސް ވޯލްޑް ކަޕުފީފާޖިއާނީ އިންފަންޓީނޯ

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް

08 ޑިސެމްބަރު 2025
ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް
08 ޑިސެމްބަރު 2025

އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި

08 ޑިސެމްބަރު 2025
އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
06 ޑިސެމްބަރު 2025

ފީފާގެ ސުލްޙައިގެ އިނާމު ޓްރަމްޕް އަށް އެރުވުމާ އެކު، އިންފަންޓީނޯގެ ތައުރީފު

06 ޑިސެމްބަރު 2025
ފީފާގެ ސުލްޙައިގެ އިނާމު ޓްރަމްޕް އަށް އެރުވުމާ އެކު، އިންފަންޓީނޯގެ ތައުރީފު
06 ޑިސެމްބަރު 2025

ވޯލްޑް ކަޕް ގެ ގުރު ނަގައިފި

06 ޑިސެމްބަރު 2025
ވޯލްޑް ކަޕް ގެ ގުރު ނަގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު