Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިންޑިއާއާއި ލަންކާ

އިންޑިއާއާއި ލަންކާއިން ޤާއިމުކޮށްފައިވާ ޖޮއިންޓް ކޮމިޓީގެ މަޝްވަރާތަކެއް

ކުރިއަށް އޮތް ތަނުގައި އިތުރު ދާއިރާތަކުން ގުޅުން ބަދަހި ކުރެވޭނެ ގޮތްތަކާމެދު މަޝްވަރާކޮށްފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 19 ޖުލައި 2023 | ބުދަ 09:57
ސްރީ ލަންކާ، ކޮލަމްބޯ

ސްރީ ލަންކާ، ކޮލަމްބޯ

އިންޑިއާއާއި ލަންކާއިން ގުޅުން ބަދަހި ކުރުމުގެ ގޮތުން ޤާއިމުކޮށްފައިވާ ޖޮއިންޓް ކޮމިޓީގެ ބައްދަލުވުމެއް ކުރިއަށް ގެންގޮސްފިއެވެ.

މި ކޮމިޓީއަކީ ދެ ޤައުމުގެ ދެމެދުގައި ވެފައިވާ ފަހުމުނާމާއެއްގެ ދަށުން އެކުލަވާލާފައިވާ ކޮމިޓީއެކެވެ. އެގޮތުން މި ކޮމިޓީން ވަނީ ޖުލައި މަހުގެ 14 ވަނަ ދުވަހު ވާޗުއަލް ބައްދަލުވުމެއް ކުރިއަށް ގެންގޮސްފައެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ދެމެދުގައި ފެރީގެ ޚިދުމަތް ފެށުމަށާއި، ދެ ޤައުމުގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމާ ގުޅޭ މަޝްވަރާތަކެއް ކުރެވިފައިވާކަމަށް އެ ދެ ޤައުމުގެ ހައިކޮމިޝަންތަކުން ނެރިފައިވާ ބަޔާނެއްގައި ބުނެފައިވެއެވެ.

މި ބައްދަލުކުރެއްވުންތަކުގައި އިސްކޮށް ޙަރަކާތްތެރިވެފައިވަނީ އިންޑިއާގެ މިނިސްޓްރީ އޮފް ޕޯޓްސް، ޝިޕިންގ އެންޑް ވޯޓަރވޭސްގެ އެޑިޝަނަލް ސެކެޓަރީ ރާޖޭޝް ކުމާރުގެ އިތުރުން، ލަންކާގެ މިނިސްޓްރީ އޮފް ޕޯޓްސް، ޝިޕިންގ އެންޑް އޭވިއޭޝަންގެ ސެކެޓަރީ ކޭޑީއެސް ރުވަޗަންދްރާއެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުން ވަނީ ދެ ޤައުމުންވެސް އެއްބަސްވާ ވަކި ސަރަޙައްދުތަކެއްގައި ފެރީގެ ޚިދުމަތް ފެށުމާ ގުޅޭގޮތުން މަޝްވަރާ ކޮށްފައެވެ. މިއީ ސަރަޙައްދީ ވިޔަފާރިއާއި، ފަތުރުވެރިކަން ފުޅާކޮށް، ދެ ޤައުމުގެ އާންމު ރައްޔިތުންގެ މެދުގައިވެސް އިތުރަށް ގުޅުން ބަދަހިވާނެ ކަމެއްކަމަށް އެ ޤައުމުތަކުން ވަނީ ބުނެފައެވެ.

މީގެ އިތުރުންވެސް ކުރިއަށް އޮތް ތަނުގައި އިތުރު ދާއިރާތަކުން ގުޅުން ބަދަހި ކުރެވޭނެ ގޮތްތަކާމެދު މަޝްވަރާކޮށްފައިވެއެވެ.

ސްރީލަންކާއިންޑިޔާ ޓުޑޭ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ

11 ޑިސެމްބަރު 2025
ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ
07 ޑިސެމްބަރު 2025

ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް

07 ޑިސެމްބަރު 2025
 ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް
04 ޑިސެމްބަރު 2025

ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!

04 ޑިސެމްބަރު 2025
ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!
02 ޑިސެމްބަރު 2025

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި
01 ޑިސެމްބަރު 2025

ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި

01 ޑިސެމްބަރު 2025
ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު