Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރިޔާސީ އިންތިޚާބު 2023

ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހިން ރަޖިސްޓްރީ ކުރަން ޖެހޭނީ ފޯމު ހުށަހަޅައިގެން: އީސީ

8 ޤައުމެއްގައިވަނީ ރީ ރަޖިސްޓްރީވުމަށް ހުޅުވާލާފައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 18 ޖުލައި 2023 | އަންގާރަ 12:34
ވޯޓުލާ މަރުކަޒެއް

ވޯޓުލާ މަރުކަޒެއް

މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ރީ ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހިން ރަޖިސްޓްރީ ކުރަން ޖެހޭނީ ފޯމު ހުށަހަޅައިގެން ކަމަށް އީސީން ބުނެފިއެވެ.

އީސީގެ ރައީސް ފުއާދު ތައުފީގު މިފަދައިން ވިދާޅުވީ އޮންލައިންކޮށް ރަޖިސްޓްރީ ނުކުރެވޭތޯ މީހަކު ސުވާލު ކުރުމުން ދެއްވި ޖަވާބުގައެވެ. އީސީން މި މަހުގެ 16 ވަނަ ދުވަހު ރީ ރަޖިސްޓްރޭޝަނަށް ހުޅުވާލިއިރު ވެސް ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ރަޖިސްޓްރީ ކުރެވޭނީ އެ ޤައުމުތަކުގައި ހުންނަ ދިވެހި އެމްބަސީ އާއި ހައިކޮމިޝަން އަދި ކޮންސުލޭޓް މެދުވެރިކޮށް ފޯމު ހުށަހަޅައިގެން ކަމަށް ވަނީ ބުނެފައެެވެ.

މިއަހަރުގެ އިންތިޚާބުގައި ރާއްޖޭގައި ދިރިއުޅޭ ފަރާތްތަކަށް ދެ ގޮތަކަށް ރަޖިސްޓްރީވުމުގެ ފުރުސަތު އީސީން ވަނީ ހުޅުވާލާފައެވެ. އެއީ މި މަހުގެ ނިޔަލަށް އޮންލައިންކޮށް އަދި އަންނަ އޮގަސްޓް މަހުގެ 5އާ ހަމައަށް ފޯމު ހުށަހަޅައިގެންނެވެ. ނަމަވެސް އޮންލައިންކޮށް ރީ ރަޖިސްޓްރީވުމުގެ ފުރުސަތު ބޭރު ޤައުމުތަކުގައި ދިރިއުޅޭ ދިވެހިންނަށް ނެތުމުން އެކަމާ ދަނީ ސުވާލު އުފައްދަމުންނެވެ.

މިކަމާ ގުޅިގެން އީސީގެ ސެކެޓްރީ ޖެނެރަލް ހަސަން ޒަކަރިއްޔާ "ރާއްޖެއެމްވީ" އަށް ވިދާޅުވީ އޮންލައިންކޮށް ރީ ރަޖިސްޓްރީ ކުރެވޭނީ ރާއްޖޭގައި ރަޖިސްޓަރޑް ފޯނު ނަމްބަރެއް ބޭނުންކުރާ ފަރާތްތަކަށް ކަމަށެވެ. އެއީ ރަޖިސްޓްރީވުމަށް އޯޓީޕީ ދާނީ އެ ނަންބަރުތަކަށް ކަމަށްވާތީ އާއި އެހެން ޤައުމެއްގައި އުޅުނު ނަމަވެސް ރޯމިންގ ގެންގުޅޭ ފަރާތްތަކަށް އެ ޚިދުމަތް ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އީމެއިލް މެދުވެރިކޮށް އޯޓީޕީ ފޮނުވުމުގައި މިހާރު ރިސްކުތަކެއް ހުރިކަން ފާހަގަކުރައްވައި ޒަކަރިއްޔާ ވިދާޅުވީ ކުރިއަށް އޮތްތަނުގައި އިންތިޚާބުތަކުގައި ސެކިއުރިޓީ ފީޗާތައް އިތުރަށް ވަރުގަދަކޮށް މެއިލްއަށް އޯޓީޕީ ދާގޮތް ހަދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ ކުރިން ވެސް ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހިން ރަޖިސްޓްރީވަމުން އައީ ފޯމު ހުށަހަޅައިގެންކަން ވެސް ޒަކަރިއްޔާ ފާހަގަކުރެއްވިއެވެ.

އަހަރުގެ ރިޔާސީ އިންތިޚާބުގައި އީސީން ވަނީ ރާއްޖޭގެ އިތުރުން 8 ޤައުމެއްގައި ރީ ރަޖިސްޓްރީވުމަށް ހުޅުވާލާފައެވެ. އެއީ އިންޑިއާ، ސްރީލަންކާ، މެލޭޝިއާ، އިންގިރޭސިވިލާތް، ސިންގަޕޫރު، ތައިލެންޑް، ޖަޕާން، ޔޫއޭއީ އެވެ. މި ޤައުމުތަކުގައި ހުންނަ ދިވެހި އެމްބަސީ އާއި ހައިކޮމިޝަން އަދި ކޮންސުލޭޓް މެދުވެރިކޮށް އޮގަސްޓް 5އާ ހަމައަށް ފޯމު ހުށަހެޅޭނެއެވެ.

އީސީން ބުނެފައިވާ ގޮތުގައި މިއަހަރުގެ އިންތިޚާބުގައި ރާއްޖެއާއި ރާއްޖޭން ބޭރުގައި ޖުމްލަ 604 ވޯޓުފޮށި ބަހައްޓާނެއެވެ. ނަމަވެސް ރީ ރަޖިސްޓްރޭޝަނަށްފަހު މި އަދަދުތަކަށް ބަދަލު އައުން އެކަށީގެންވާ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބު ސެޕްޓެމްބަރު 9 ގައި ބާއްވާއިރު މި އިންތިޚާބުގައި 282،755 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބިފައިވެއެވެ.

2023 ރިޔާސީ އިންތިޚާބުއިލެކްޝަންސް ކޮމިޝަން

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

06 ޑިސެމްބަރު 2025
ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް
04 ޑިސެމްބަރު 2025

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި

04 ޑިސެމްބަރު 2025
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި
13 ނޮވެމްބަރު 2025

ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި

13 ނޮވެމްބަރު 2025
ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި
13 ނޮވެމްބަރު 2025

ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން

13 ނޮވެމްބަރު 2025
ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން
01 ނޮވެމްބަރު 2025

ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި

01 ނޮވެމްބަރު 2025
ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި
25 އޮކްޓޯބަރު 2025

އައްޑޫ ވޯޓް: މެންދުރުފަހު 1:00 އާ ހަމަ އަށް ވޯޓުލީ އަދި އެންމެ 21 އިންސައްތަ، ތަރުހީބު ކުޑަ

25 އޮކްޓޯބަރު 2025
އައްޑޫ ވޯޓް: މެންދުރުފަހު 1:00 އާ ހަމަ އަށް ވޯޓުލީ އަދި އެންމެ 21 އިންސައްތަ، ތަރުހީބު ކުޑަ
24 އޮކްޓޯބަރު 2025

އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓް - ރާއްޖެޓީވީގެ ޚާއްސަ ކަވަރޭޖް ވަގުތުން

24 އޮކްޓޯބަރު 2025
އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓް - ރާއްޖެޓީވީގެ ޚާއްސަ ކަވަރޭޖް ވަގުތުން
19 އޮކްޓޯބަރު 2025

ލޯކަލް ކައުންސިލް އިންތިހާބު މާރޗު 28 ގައި، 80 މިލިއަން ރުފިޔާ ޚަރަދުވާނެ

19 އޮކްޓޯބަރު 2025
ލޯކަލް ކައުންސިލް އިންތިހާބު މާރޗު 28 ގައި، 80 މިލިއަން ރުފިޔާ ޚަރަދުވާނެ
18 އޮކްޓޯބަރު 2025

އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓު: މިސްރާބު ވަކިވެގަނެ ނިކަމެތިކަމަށް؟

18 އޮކްޓޯބަރު 2025
އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓު: މިސްރާބު ވަކިވެގަނެ ނިކަމެތިކަމަށް؟
18 އޮކްޓޯބަރު 2025

އަންނަ އަހަރުގެ ލޯކަލް ކައުންސިލު އިންތިހާބަށް ރައްތަކާއި ސިޓީތަކުގެ އާބާދީތަކުގެ މައުލޫމާތު އާންމުކޮށްފި

18 އޮކްޓޯބަރު 2025
އަންނަ އަހަރުގެ ލޯކަލް ކައުންސިލު އިންތިހާބަށް ރައްތަކާއި ސިޓީތަކުގެ އާބާދީތަކުގެ މައުލޫމާތު އާންމުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު