Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ވިޒިޓް މޯލްޑިވްސް ޕްރޯ 2023

ވިޒިޓް މޯލްޑިވްސް ޕްރޯ 2023: ދުނިޔޭގެ ޖޫނިއާ ޗެމްޕިއަނުން ވާދަކުރަނީ

ޖޯޖްއާއި ލޫނާ ވަނީ މިދިޔަ އަހަރު ދުނިޔޭގެ ޖޫނިއާ ޗެމްޕިއަންކަން ހޯދާފައި

ހުސެއިން ޒައިދް
ހުސެއިން ޒައިދް, ރާއްޖެ އެމްވީ | 18 ޖުލައި 2023 | އަންގާރަ 10:27
ޖޯޖް ހެނާންޑޭޒް

ޖޯޖް ހެނާންޑޭޒް

މިދިޔަ އަހަރު ދުނިޔޭގެ ޖޫނިއާ ޗެމްޕިއަންކަން ހޯދާފައިވާ ދެ އެތުލީޓުން ކަމަށްވާ ސްޕެއިންގެ ޖޯޖް ހެނާންޑޭޒްއާއި ބްރެޒިލްގެ ލޫނާ ހާޑްމަން މިއަހަރުގެ ވިޒިޓް މޯލްޑިވްސް ޕްރޯގައި ވާދަކުރަން ނިންމައިފިއެވެ.

އުމުރުން 16 އަހަރުގެ ޖޯޖްއަކީ ވިޒިޓް މޯލްޑިވްސް ޕްރޯގައި މުޅިން އަލަށް ވާދަކުރާ ބޮޑީބޯޑަރެކެވެ. މިއަހަރުގެ މުބާރާތުގައި އޭނާ ވާދަކުރުމަށް ހަމަޖެހިފައިވަނީ ފިރިހެން އޯޕަން ބަޔާއި ފިރިހެން ޖޫނިއާ ބައިގައެވެ.

މިދިޔަ އަހަރު ދުނިޔޭގެ ޖޫނިއާ ޗެމްޕިއަންކަމުގެ އިތުރުން އޭނާ ވަނީ ޖޫނިއާ ބައިން ގިނަ މުބާރާތްތަކެއް ކާމިޔާބުކޮށްފައެވެ. އޭގެތެރޭގައި 2022 ވަނަ އަހަރު ޔޫރަޕުގެ ޗެމްޕިއަންކަމާއި، 2021 އަދި 2022 ވަނަ އަހަރު ސްޕެއިންގެ ޗެމްޕިއަންކަމާއި، 2022 ވަނަ އަހަރު ކެނެރީ އައިލެންޑްސް ޗެމްޕިއަންކަމުގެ އިތުރުން އެ އަހަރުގެ ގްރޮމް ކިންގް ޓުއާގެ ޗެމްޕިއަންކަން ފާހަގަކޮށްލެވެއެވެ. ދުނިޔޭގެ ރޭންކިންއަށް ބަލާއިރު، އޭނާ މިވަގުތު ހިމެނިފައިވަނީ ޖޫނިއާ ބައިގެ ތިންވަނައިގައެވެ.

ލޫނާ ހާޑްމަންއަކީ މިދިޔަ އަހަރުގެ މުބާރާތުގައިވެސް ވާދަކޮށްފައިވާ ބޮޑީބޯޑަރެކެވެ. މިއަހަރު އޭނާ ވާދަކުރާނީ އަންހެން އޯޕަން ބައިގައެވެ. މިދިޔަ އަހަރު ދުނިޔޭގެ ޖޫނިއާ އަންހެން ޗެމްޕިއަންކަމުގެ އިތުރުން އޭނާ ވަނީ މި ބައިން ބްރެޒިލްގެ ޗެމްޕިއަންކަން ދެފަހަރު ހޯދާފައެވެ. އެއީ 2018 އަދި 2019 ވަނަ އަހަރުއެވެ. ލޫނާ ވަނީ އުމުރުން 10 އަހަރުގައި ބޮޑީބޯޑިން ކެރިއަރު ފަށާފައެވެ. ދުނިޔޭގެ ރޭންކިންގައި އޭނާއަކީ ޖޫނިއާ އަންހެން ބައިން އެއްވަނަ އެވެ. އަދި ސީނިއާ ބަޔަށް ބަލާއިރުވެސް ދުނިޔޭގެ އަށްވަނާގައި ލޫނާ ހިމެނެއެވެ.

މިއަހަރުގެ މުބާރާތުގައި ޖޫނިއާ ބައިވެސް އިތުރަށް ފޯރިގަދަވެ، ވާދަވެރިވާނެއެވެ. މިދިޔަ އަހަރުގެ ޖޫނިއާ ފިރިހެން ރަނަރަޕްކަން ހޯދާފައިވަނީ ރާއްޖޭގެ އާމިން އުމަރު މޫސާއެވެ. އެއްވަނަ ހޯދީ ކެނެރީ އައިލެންޑްސްގެ ގެބްރިއެލް މޮލީނާއެވެ.

ވިޒިޓް މޯލްޑިވްސް ޕްރޯ 2023މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ)

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްބީބީއޭގެ އަހަރީ އާންމު ޖަލްސާ ބާއްވައި، ބަޖެޓު ފާސްކޮށްފި

އެމްބީބީއޭގެ އަހަރީ އާންމު ޖަލްސާ ބާއްވައި، ބަޖެޓު ފާސްކޮށްފި

18 މާރިޗު 2025
ރާއްޖޭގެ ޓީމުން ދަނީ މޯލްޑިވްސް ޕްރޯ އަށް ފުރިހަމަ އަށް ތައްޔާރުވަމުން

ރާއްޖޭގެ ޓީމުން ދަނީ މޯލްޑިވްސް ޕްރޯ އަށް ފުރިހަމަ އަށް ތައްޔާރުވަމުން

11 ޖޫން 2024
ޤައުމީ ބޮޑީބޯޑިން ލީގު ޗެމްޕިއަންކަން ޖާއްޓެއަށް

ޤައުމީ ބޮޑީބޯޑިން ލީގު ޗެމްޕިއަންކަން ޖާއްޓެއަށް

23 ޑިސެމްބަރު 2023
ޖޫނިއާ ބައިގެ ސެމީ ފައިނަލްގައި ނާކާމިޔާބުވީ ނަމަވެސް، އާމިންގެ ހިތްވަރަށް ސާބަސް

ޖޫނިއާ ބައިގެ ސެމީ ފައިނަލްގައި ނާކާމިޔާބުވީ ނަމަވެސް، އާމިންގެ ހިތްވަރަށް ސާބަސް

10 އޯގަސްޓު 2023
ވާދަވެރި ހީޓަކަށްފަހު ޑްރޮޕްނީގެ ކުއާޓަރ ފައިނަލްގައި ކުޑައައްޔަ އަށް ނާކާމިޔާބު

ވާދަވެރި ހީޓަކަށްފަހު ޑްރޮޕްނީގެ ކުއާޓަރ ފައިނަލްގައި ކުޑައައްޔަ އަށް ނާކާމިޔާބު

10 އޯގަސްޓު 2023

އަހަރުތަކުން މިއަދު

26 އެޕްރީލު
ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި
20251 އަހަރު ކުރިން
ރާއްޖެ

ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!
20233 އަހަރު ކުރިން
ރިޕޯޓު

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!
20224 އަހަރު ކުރިން
ކުޅިވަރު

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ
20197 އަހަރު ކުރިން
ރިޕޯޓު

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި
20188 އަހަރު ކުރިން
ރާއްޖެ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު