Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ވިޒިޓް މޯލްޑިވްސް ޕްރޯ 2023

ވިޒިޓް މޯލްޑިވްސް ޕްރޯ 2023: ދެ ޗެމްޕިއަނުން ކަމަށްވާ ޕިއޭ ލުއިސް ކޮސްޓެސްއާއި އިއާން ކެމްބެލް ވާދަކުރާނެ

މުބާރާތް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އޮގަސްޓު މަހު 3 ވަނަ ދުވަހުން 12 ވަނަ ދުވަހުގެ ނިޔަލަށް

ހުސެއިން ޒައިދް
ހުސެއިން ޒައިދް, ރާއްޖެ އެމްވީ | 16 ޖުލައި 2023 | އާދީއްތަ 15:06
ޕިއޭ ލުއިސް ކޮސްޓެސް

ޕިއޭ ލުއިސް ކޮސްޓެސް

ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިވާ ދެ ބޮޑީބޯޑަރުން ކަމަށްވާ، ފްރާންސްގެ ޕިއޭ ލުއިސް ކޮސްޓެސްއާއި ސައުތު އެފްރިކާގެ އިއާން ކެމްބެލް މިއަހަރުގެ ވިޒިޓް މޯލްޑިވްސް ޕްރޯގައި ވާދަކުރާނެކަން އިއުލާނުކޮށްފިއެވެ.

ޕިއޭ ލުއިސް ކޮސްޓެސްއަކީ މިދިޔަ އަހަރުގެ މުބާރާތުގައިވެސް ވާދަކުރި އެތުލީޓެކެވެ. މެންސް އޯޕަންއާއި ޑްރޮޕް ނީގެ ބައިގައި ވާދަކޮށް، އޭނާ ކަޓާފައިވަނީ ކުއާޓަރ ފައިނަލުންނެވެ. މިއަހަރު އޭނާ ވާދަކުރުމަށް ހަމަޖެހިފައިވަނީ ހަމައެކަނި މެންސް އޯޕަން ބައިގައެވެ. ދެފަހަރު ދުނިޔޭގެ ޗެމްޕިއަންކަން އަދި ތިން ފަހަރު އެފްރިކާގެ ޗެމްޕިއަންކަން ހޯދާފައިވާ ޕިއޭ ލުއިސް ކޮސްޓެސްއަކީ ދުނިޔޭގެ ރޭންކިންގެ 13 ވަނަ ބޮޑީބޯޑަރެވެ.

ފުރަތަމަ ފަހަރަށް ވިޒިޓް މޯލްޑިވްސް ޕްރޯގައި ވާދަކުރާ އިއާން ކެމްބެލް ވާދަކުރާނީ މެންސް އޯޕަންއާއި ޑްރޮޕްނީގެ ބައިގައެވެ. އިއާންއަކީ 2017 ވަނަ އަހަރު ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިވާ އެތުލީޓެކެވެ. މީގެއިތުރުން އޭނާއަކީ 2020 ވަނަ އަހަރުގެ ޕައިޕްލައިން މުބާރާތުގެ ޗެމްޕިއަނެވެ.

މިއަހަރުގެ މުބާރާތުގައި ބައިވެރިވާ ބައެއް އަންހެން އެތުލީޓުންވެސް ވަނީ އިއުލާނުކޮށްފައެވެ. އޭގެތެރޭގައި މިދިޔަ އަހަރު މުބާރާތުގައިވެސް ވާދަކުރި ޖަޕާނުގެ ސަރީ އޮހާރާއާއި ކެނެރީ އައިލެންޑްސްގެ އެލެގްޒަންޑާ ރިންޑާ ފާހަގަކޮށްލެވެއެވެ. ސަރީއަކީ 2019 ވަނަ އަހަރުގެ ދުނިޔޭގެ ޗެމްޕިއަނެވެ. ދުނިޔޭގެ ރޭންކިން އެއްވަނައިގައި މިވަގުތު އުޅެނީ ސަރީ އޮހާރާއެވެ.

ރިންޑާއަކީ ވެސް ދެފަހަރު ދުނިޔޭގެ އެއްވަނަ ހޯދާފައިވާ އެތުލީޓެކެވެ. މިދިޔަ އަހަރުގެ މުބާރާތުން އޭނާ ބަލިވީ ފައިނަލުންނެވެ. މީގެއިތުރުން، 2014 ވަނަ އަހަރު ދުނިޔޭގެ ޗެމްޕިއަންކަން ހޯދައި، ރިންޑާ ވެގެންދިޔައީ ބޮޑީބޯޑިންގެ ތާރީޚުގައި އެންމެ ޒުވާން ޗެމްޕިއަނަށެވެ. އޭރު އޭނާގެ އުމުރަކީ 16 އަހަރެވެ.

އައިބީސީ ވޯލްޑް ޓުއާގައި ހިމެނޭ ވިޒިޓް މޯލްޑިވްސް ޕްރޯ ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އޮގަސްޓު މަހު 3 ވަނަ ދުވަހުން 12 ވަނަ ދުވަހުގެ ނިޔަލަށް، މާލޭ ވަރުނުލާ ރާޅުގަނޑު ސަރަހައްދުގައެވެ.

ވިޒިޓް މޯލްޑިވްސް ޕްރޯ 2023

ކޮމެންޓް

އިތުރަށް ކިޔާލަން

ޖޫނިއާ ބައިގެ ސެމީ ފައިނަލްގައި ނާކާމިޔާބުވީ ނަމަވެސް، އާމިންގެ ހިތްވަރަށް ސާބަސް

ޖޫނިއާ ބައިގެ ސެމީ ފައިނަލްގައި ނާކާމިޔާބުވީ ނަމަވެސް، އާމިންގެ ހިތްވަރަށް ސާބަސް

10 އޯގަސްޓު 2023
ވާދަވެރި ހީޓަކަށްފަހު ޑްރޮޕްނީގެ ކުއާޓަރ ފައިނަލްގައި ކުޑައައްޔަ އަށް ނާކާމިޔާބު

ވާދަވެރި ހީޓަކަށްފަހު ޑްރޮޕްނީގެ ކުއާޓަރ ފައިނަލްގައި ކުޑައައްޔަ އަށް ނާކާމިޔާބު

10 އޯގަސްޓު 2023
ކުއާޓާގައިވެސް ތަފާތު ދައްކައި، އާމިން ސެމީ ފައިނަލަށް

ކުއާޓާގައިވެސް ތަފާތު ދައްކައި، އާމިން ސެމީ ފައިނަލަށް

09 އޯގަސްޓު 2023
ހީޓުގެ އެއް ވަނަ ހޯދަައި އާމިން ކުއާޓަރ ފައިނަލަށް

ހީޓުގެ އެއް ވަނަ ހޯދަައި އާމިން ކުއާޓަރ ފައިނަލަށް

09 އޯގަސްޓު 2023
ވިޒިޓް މޯލްޑިވްސް ޕްރޯ 2023: ދުނިޔޭގެ ޖޫނިއާ ޗެމްޕިއަނުން ވާދަކުރަނީ

ވިޒިޓް މޯލްޑިވްސް ޕްރޯ 2023: ދުނިޔޭގެ ޖޫނިއާ ޗެމްޕިއަނުން ވާދަކުރަނީ

18 ޖުލައި 2023

އަހަރުތަކުން މިއަދު

15 އެޕްރީލު
އިގްތިޞާދު ބިނާކުރެވެނީ ޓިކްޓޮކް ކުޅެގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

އިގްތިޞާދު ބިނާކުރެވެނީ ޓިކްޓޮކް ކުޅެގެންތޯއެވެ.

ޕްރެޝަރު ބޮޑުވެ، ސަރުކާރުން މަގޫދޫ ރައްޔިތުން "ގުނބޯ" ހައްދަން މަސައްކަތް ކުރަނީ!
20242 އަހަރު ކުރިން
ރިޕޯޓު

ޕްރެޝަރު ބޮޑުވެ، ސަރުކާރުން މަގޫދޫ ރައްޔިތުން "ގުނބޯ" ހައްދަން މަސައްކަތް ކުރަނީ!

އާމިލާ - "ބިޒީ މަންމަ އެއް، ހުށަހެޅުމާއި މަދަހަކިޔުމަށް ރަނގަޅު ފުރުސަތެއްގެ އުންމީދުގައި"
20233 އަހަރު ކުރިން
ރިޕޯޓު

އާމިލާ - "ބިޒީ މަންމަ އެއް، ހުށަހެޅުމާއި މަދަހަކިޔުމަށް ރަނގަޅު ފުރުސަތެއްގެ އުންމީދުގައި"

ޔޫކްރެއިންގެ 3،000 ސިފައިން މަރުވެއްޖެ، ރައީސް އެދިވަޑައިގަންނަވަނީ ރަޝިޔާއަކީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއްގެގޮތުގައި ކަނޑައެޅުމަށް
20224 އަހަރު ކުރިން
ދުނިޔެ

ޔޫކްރެއިންގެ 3،000 ސިފައިން މަރުވެއްޖެ، ރައީސް އެދިވަޑައިގަންނަވަނީ ރަޝިޔާއަކީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއްގެގޮތުގައި ކަނޑައެޅުމަށް

މާލެ ރައްޔިތުންގެ 24 އިންސައްތަ ލިބުމުން އެއީ ޕާޓީކުރަންވީ ސަބަބެއް ނޫން!
20215 އަހަރު ކުރިން
ރިޕޯޓު

މާލެ ރައްޔިތުންގެ 24 އިންސައްތަ ލިބުމުން އެއީ ޕާޓީކުރަންވީ ސަބަބެއް ނޫން!

ހަނގާ ކުރުން ހުއްޓުވަން ލަސްވެއްޖެ
20197 އަހަރު ކުރިން
ރިޕޯޓު

ހަނގާ ކުރުން ހުއްޓުވަން ލަސްވެއްޖެ

ރައީސް ޔާމީންގެ ދަނޑިމާރު ސަރުކާރު
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ ދަނޑިމާރު ސަރުކާރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު