Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖޭގައި ހުންނަވާ ރަޝިޔާގެ އޮނަރަރީ ކޮންސުލް

ރާއްޖޭގައި ހުންނަވާ ރަޝިޔާގެ އޮނަރަރީ ކޮންސުލްއަކަށް އަލީ ފައުޒީ

17 ޖުލައި 2023 | ހޯމަ 15:46

މިއީ ރަޝިޔާ ސަރުކާރުން އައްޔަންކުރާ މަގާމެއް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 17 ޖުލައި 2023 | ހޯމަ 15:46
ރާއްޖޭގައި ހުންނަވާ ރަޝިޔާގެ އޮނަރަރީ ކޮންސުލް އަލީ ފައުޒީއާ ލިޔުން ހަވާލުކުރައްވަނީ

ރާއްޖޭގައި ހުންނަވާ ރަޝިޔާގެ އޮނަރަރީ ކޮންސުލް އަލީ ފައުޒީއާ ލިޔުން ހަވާލުކުރައްވަނީ

ރަޝިޔާއިން ދިވެހިރާއްޖެއަށް ކަނޑައެޅި އޮނަރަރީ ކޮންސުލްގެ މަގާމަށް، ދިވެހި ވިޔަފާރިވެރިއެއްކަމަށްވާ އަލީ ފައުޒީ ހަމަޖައްސައިފިއެވެ.

މިއީ ރަޝިޔާ ސަރުކާރުން އައްޔަންކުރާ މަގާމެކެވެ. ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ރަޝިޔާގެ އޮނަރަރީ ކޮންސުލްއަކަށް ހަމަޖެއްސި އަލީ ފައުޒީ، ދިވެހި ސަރުކާރުން ގަބޫލުކުރިކަމުގެ ލިޔުން ނުވަތަ އެގްޒެކުއޭޓާ އޭނާއާ ވަނީ ހަވާލުކޮށްފައެވެ. އެ ލިޔުން އޭނާއާ ހަވާލުކޮށްދެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއެވެ. ރަޝިޔާއިން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އޮނަރަރީ ކޮންސުލްގެ މަގާމަށް އައްޔަންކުރެއްވި އަލީ ފައުޒީއަކީ ކޮންސްޓްރަކްޝަން ދާއިރާގެ ވިޔަފާރީގައި މަޝްހޫރު ސްޓީލް ހާރޑްވެއަރގެ މެނޭޖިންގ ޑިރެކްޓަރއެވެ.

މިރަސްމިއްޔާތުގައި ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވަނީ، ރަޝިޔާއިން ދިވެހިރާއްޖެއަށް ކަނޑައެޅި އޮނަރަރީ ކޮންސުލްގެ މަގާމަށް އަލީ ފައުޒީ އައްޔަންކުރުމާ ގުޅިގެން އޭނާއަށް މަރުހަބާ ވިދާޅުވެފައެވެ. އަދި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށް ކުރެވޭނެ މަޝްވަރާތަކާ ގުޅޭގޮތުންވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ. ރަޝިޔާގެ އިތުރުންވެސް ދުނިޔޭގެ އެހެން ބައެއް ގައުމުތަކުން ރާއްޖެއަށް އޮނަރަރީ ކޮންސުލުން އައްޔަންކުރައްވައެވެ.

އޮނަރަރީ ކޮންސުލްގެ މަގާމަށް ބޭފުޅުން އައްޔަންކުރަނީ އެ ގައުމެއްގެ ސަފީރަކު ރާއްޖެއަށް ކަނޑައަޅާފައިނުވާ، ނުވަތަ ރާއްޖޭގައި ނުތިބޭގޮތަށް ނޮން-ރެޒިޑެންޓް ސަފީރުން އައްޔަންކޮށްފައިވާ ގައުމުތަކުންނެވެ. އަދި އެ މަގާމުތަކަށް މުޅިންހެން އައްޔަންކޮށްފައި ވަނީ ދިވެހިންކަން ވެސް ފާހަަގަކޮށްލެވެެއެވެ. އެ މަގާމުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި؛ ރާއްޖޭގައި އުޅޭ އެ ގައުމުތަކުގެ މީހުންނަށް ދިމާވާ އެކި ކަންކަމާ ގުޅޭގޮތުން އެހީތެރިކަން ފޯރުކޮށްދިނުން ފަދަ ކަންކަން ހިމެނެއެވެ.

ރަޝިއާޚާރިޖީ ވުޒާރާ

އިތުރަށް ކިޔާލަން

27 ނޮވެމްބަރު 2025

ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން

27 ނޮވެމްބަރު 2025
ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން
09 ސެޕްޓެމްބަރު 2025

ރަޝިއާގައި އުފައްދައި ޓެސްޓު ކުރަމުން އައި ކެންސަރު ވެކްސިން ކާމިޔާބު ކަމަށް ބުނެފި

09 ސެޕްޓެމްބަރު 2025
ރަޝިއާގައި އުފައްދައި ޓެސްޓު ކުރަމުން އައި ކެންސަރު ވެކްސިން ކާމިޔާބު ކަމަށް ބުނެފި
02 އޯގަސްޓު 2025

 ޓްރަމްޕް އާއި މެޑްވެޑޭވްގެ ބަހުގެ ހަމަލާ، އަސްކަރީ ސަބްމެެރިން ނެރުމަށް ޓްރަމްޕް އަމުރު ކުރައްވައިފި

02 އޯގަސްޓު 2025
 ޓްރަމްޕް އާއި މެޑްވެޑޭވްގެ ބަހުގެ ހަމަލާ، އަސްކަރީ ސަބްމެެރިން ނެރުމަށް ޓްރަމްޕް އަމުރު ކުރައްވައިފި
18 ޖުލައި 2025

ޔުކްރެއިން އަށް ބޭނުންވާ ޕެޓްރިއޮޓް މިސައިލް ވީ އެންމެ އަވަހަކަށް ފޮނުވަނީ

18 ޖުލައި 2025
ޔުކްރެއިން އަށް ބޭނުންވާ ޕެޓްރިއޮޓް މިސައިލް ވީ އެންމެ އަވަހަކަށް ފޮނުވަނީ
16 ޖުލައި 2025

ޔުކްރެއިން އިން މޮސްކޯ އަށް ހަމަލާ ދީގެން ނުވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ 

16 ޖުލައި 2025
ޔުކްރެއިން އިން މޮސްކޯ އަށް ހަމަލާ ދީގެން ނުވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ 
11 ޖުލައި 2025

ރައީސްގެ ބާރުގެ ދަށުން ޔުކްރެއިން އަށް އެހީ ފޮނުވަން ޓްރަމްޕް ނިންމަވައިފި

11 ޖުލައި 2025
ރައީސްގެ ބާރުގެ ދަށުން ޔުކްރެއިން އަށް އެހީ ފޮނުވަން ޓްރަމްޕް ނިންމަވައިފި
08 ޖުލައި 2025

ޔުކްރެއިން އަށް އިތުރު ހަތިޔާރު ފޮނުވަން ޓްރަމްޕް ނިންމަވައިފި

08 ޖުލައި 2025
ޔުކްރެއިން އަށް އިތުރު ހަތިޔާރު ފޮނުވަން ޓްރަމްޕް ނިންމަވައިފި
04 ޖުލައި 2025

އަފްޣާނިސްތާނުގެ ތާލިބާން ސަރުކާރު ބަލައިގަތް ފުރަތަމަ ގައުމަކަށް ރަޝިޔާ

04 ޖުލައި 2025
އަފްޣާނިސްތާނުގެ ތާލިބާން ސަރުކާރު ބަލައިގަތް ފުރަތަމަ ގައުމަކަށް ރަޝިޔާ
02 ޖުލައި 2025

ތިން އަހަރު ފަހުން މެކްރޮން އާއި ޕުޓިންގެ މަޝްވަރާއެއް

02 ޖުލައި 2025
ތިން އަހަރު ފަހުން މެކްރޮން އާއި ޕުޓިންގެ މަޝްވަރާއެއް
29 ޖޫން 2025

ރަޝިޔާ އިން ޔޫކްރެއިން އަށް މިހާތަނަށް ދިން އެންމެ ވަރުގަދަ ހަމަލާތައް ހޮނިހިރު ދުވަހުގެ ރޭ ދީފި

29 ޖޫން 2025
ރަޝިޔާ އިން ޔޫކްރެއިން އަށް މިހާތަނަށް ދިން އެންމެ ވަރުގަދަ ހަމަލާތައް ހޮނިހިރު ދުވަހުގެ ރޭ ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް