Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާޒް ރަޝީދުގެ އަބުރު

ވިލުފުށީ ކައުންސިލްގެ ކުރީގެ ރައީސްގެ މައްޗަށް ރިޔާޒް ރަޝީދު އަބުރުގެ މައްސަލައެއް ހުށަހަޅައިފި

15 ޖުލައި 2017 | ހޮނިހިރު 02:46

ފޭސްބުކާއި ޓްވިޓާއި ރިޔާޒްގެ އަބުރާ ބެހުން

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 15 ޖުލައި 2017 | ހޮނިހިރު 02:46
ރިޔާޒް ހުށަހެޅުއްވި މައްސަލައާ ގުޅިގެން ހުކުރު ދުވަހުގެ ރޭ ޖަބީން ފުލުހަށް ހާޒިރުކޮށްފަ

ރިޔާޒް ހުށަހެޅުއްވި މައްސަލައާ ގުޅިގެން ހުކުރު ދުވަހުގެ ރޭ ޖަބީން ފުލުހަށް ހާޒިރުކޮށްފަ

ވިލުފުށީ ކައުންސިލްގެ ކުރީގެ ރައީސް ހުސެއިން ޖަބީންގެ މައްޗަށް އެ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ރިޔާޒް ރަޝީދު އަބުރުގެ މައްސަލައެއް ހުށަހަޅުއްވައިފި އެވެ.

ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރުގެ މަގާމުގައި ވެސް ހުންނެވި ރިޔާޒް ރަޝީދު ހުށަހަޅުައްވާފައިވާ އެ މައްސަލައާ ގުޅިގެން ހުކުރު ދުވަހުގެ ރޭ ޖަބީން ވިލުފުށީ ފުލުހުންގެ އިދާރާއަށް ގެންގޮސް ސުވާލުކޮށްފައިވެ އެވެ.

Advertisement - newsAdvertisement

މިކަމާ ގުޅޭގޮތުން ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ޖަބީން ވިދާޅުވީ ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކީ ޓްވިޓާއާއި ފޭސްބުކްގައި ރިޔާޒް ރަޝީދުގެ އަބުރަށް އަރައިގަނެފައިވާ ކަމަށް ބުނެ ރިޔާޒް ހުށަހަޅާފައިވާ މައްސަލައެއް ކަމަށެވެ.

އެ މައްސަލަ ފުލުހުންނަށް ހުށަހެޅުމުން ބިރުދައްކާ މީހުންގެ މެދުގައި ރިޔާޒްއާ މެދު ނަފްރަތު އުފައްދަން މަސައްކަތްކޮށްފައިވާ ކަމަށް ދޭހަވާ ފަދަ ގޮތަކަށް ފުލުހުން ވާހަކަ ދައްކާފައިވާ ކަމަށް ޖަބީން ވިދާޅުވި އެވެ.

ޖަބީން ވިދާޅުވީ ރިޔާޒްގެ އަބުރަށް އަރައިގަނެ އޭނާ ދައްކާފައިވާ ވާހަކަތަކަކީ ކޮބައިކަން ފުލުހުން ބުނެދީފައިނުވާ ކަމަށެވެ. އަދި އެ ވާހަކަތައް އަންގާނީ މައްސަލައިގެ ތަހުގީގު ނިންމައި ޝަރީއަތަށް ފޮނުވުމުން ކަމަށް ފުލުހުން ޖަވާބުދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކައުންސިލް އިންތިޚާބުގައި ވާދަކުރުމަށް ނަން ހުށަހަޅާފައިވަނިކޮށް، ސުޕްރީމް ކޯޓުން ކެނޑިޑެސީ ބާތިލް ކުރުމުން އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ނުލިބުނު ޖަބީން ވިދާޅުވީ ގާނޫނީ ވަކީލެއް ހަމަޖެއްސުމަށް 18 ގަޑިއިރު އޭނާއަށް ފުލުހުން ދީފައިވާ ކަމަށެވެ.

ޖަބީން މިހާރު ވެސް ގެންދަވަނީ ހަ މަސް ދުވަހުގެ ހުކުމެއް ތަންފީޒް ކުރައްވަމުންނެވެ. ކައުންސިލް އިންތިޚާބަށް މަހަކަށް ވެފައިވަނިކޮށް އޭނާ ހަ މަސް ދުވަހަށް ގޭބަންދު ކުރުމަށް ހުކުމް ކުރީ 2015 ވަނަ އަހަރުގެ އެޕްރީލް މަަހުގެ 20 ވަނަ ދުވަހު އެމްއާރުޑީސީން މަގު ހެދުމުގެ މަސައްކަތެއް ކުރުމަށް ޖަހާފައިވާ ދަގަނޑެއް އޭނާ އުފުރާލައި، އެއްލާލި މައްސަލައިގާ ދައުލަތުން އޭނާގެ މައްޗަށް އުފުލި އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ސާބިތުވުމުންނެވެ. އަދި އޭނާގެ މައްޗަށް އެ ކުށް ސާބިތުވެފައި ވަނީ ދައުލަތުން ހުށަހެޅި ހެއްކާއި ހެކީންގެ ހެކިބަހުން ކަމަށް ވިލިފުށީ ކޯޓުން ކުރި ހުކުމުގައި ބުނެފައިވެއެވެ،

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު ބުނާ ގޮތުން ޖިނާއީ ހުކުމެއް ތަންފީޒު ކުރަން ފަށައިފި ނަމަ ކައުންސިލަރު ކަމުން ވަކިވާނެތީ، އެ ހުކުމް ބާތިލް ނުކުރާހާ ހިނދަކު ކައުންސިލް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ނުލިބޭނެއެވެ. އެ ހުކުމާ ގުޅިގެން ސުޕްރީމް ކޯޓުން އޭނާގެ ކެނޑިޑެސީ ބާތިލްކުރީ އޭޕްރީލް 23 ވަނަ ދުވަހު އެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
18 ޖެނުއަރީ 2017

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
15 ޖެނުއަރީ 2017

ރައީސްގެ ދެކަނބަލުންނަށް ތައުރީފް ކުރައްވަނީ ރުއްސަން: ނާޒިމް

15 ޖެނުއަރީ 2017
ރައީސްގެ ދެކަނބަލުންނަށް ތައުރީފް ކުރައްވަނީ ރުއްސަން: ނާޒިމް
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
14 ޖެނުއަރީ 2017

ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި

14 ޖެނުއަރީ 2017
ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި

10 ޖެނުއަރީ 2017
ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް