Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މީހުން ބިނާކުރުން

ތަރައްޤީއާއެކު މީހުން ބިނާކުރުމަށް އެތައް މަސައްކަތެއް!

ތަރައްގީއާއެކު މީހުންވެސް އިތުރަށް ތަރައްގިވާންޖެހޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 17 ޖުލައި 2023 | ހޯމަ 04:58
ދަސްވެނިވުމުގެ ރަސްމިއްޔާތެއްގެ ތެރެއިން

ދަސްވެނިވުމުގެ ރަސްމިއްޔާތެއްގެ ތެރެއިން

ގައުމެއް ތަރައްގީވެގެންދަނީ އެގައުމެއްގައި ގާއިމްކުރެވޭ އުމާރާނީ ވަސީލަތްތަކުން އެކަންޏެއް ނޫނެވެ. ބޮޑެތި ޚަރަދުތަކެއް ކޮށްގެން ގައުމެއްގެ އުމްރާނީ ވަސީލަތްތައް އިތުރުކުރެވިދާނެއެވެ. އެހެންމަވެސް ހަނދާނުގައި ބަހައްޓަންޖެހޭ ކަމަކީ ކިތަންމެ ބޮޑު އުމްރާނީ ތަރައްގީތަކެއް ތަނަކަށް ގެނަޔަސް އެތަނުގައި އުޅޭ މީހުން ތަހުޒީބުވެ، ތަރައްގީނުވާނަމަ ހަގީގަތުގައި އެތަނެއް ކުރިއަރައިގެން ނުދާނެ ކަމެވެ.

އެތަނެއް ކުރިއެރުވުމަށް ރަނގަޅު ހަރުދަނާ ޖީލެއް ބިނާކުރުމަކީ އެންމެ ފުރަތަމަ ކުރަންޖެހޭ ކަމެވެ. ގައުމުގެ ކުރިމަގު އޮތީ ބޮޑެތިވަމުން އަންނަ ކުދިންގެ އަތްމަތީގައި ކަމަށްވާއިރު އެމީހުންނަކީ ޒަމާނަށް އަންނަ ބަދަލުތަކާ އެއްވަރަށް، ބަދަލުވާންޖެހޭ ބަޔަކަށް ވާންޖެހެއެވެ. އީޖާދީ ވިސްނުން ގެންގުޅެ، ކުރިމަގާއިމެދު ފުންކޮށް ވިސްނާ ބަޔަކަށް ވާންޖެހެއެވެ.

މިފަދަ މޮޅު އަދި ބޮޑު ޖީލެއް ކުރިމަގަށް ފައްކާކުރުމުގެ މަސައްކަތަކީ ފަސޭހަ މަސައްކަތަކަށް ނުވާނެއެވެ. މިއީ ހަމައެކަނި ސާނަވީ ތައުލީމާ ހިސާބުން ނިންމާލެވޭނެ ކަމެއް ނޫނެވެ. މިފަދަ ޖީލެއް ބިނާކުރުމަށް މަތީ ސާނަވީ ތައުލީމުގެ ފުރުސަތުތަކާއި، ތަމްރީނުގެ ފުރުސަތުތައް ފަހިވެފައި އޮންނަންޖެހެއެވެ. ދުނިޔޭގެ ކުރިމަގަގީ ޓެކްނޮލޮޖީއާއި، ކަމަށްވާއިރު މިކަންކަމަށް ކުޅަދާނެ ޖީލެއް ބިނާކުރުމަކީ ހަމައެކަނި ސްކޫލްގެ ތެރެއިން ކުރެވޭނެ ކަމެއް ނޫނެވެ.

ރާއްޖެއަށް ބަލާލާއިރު މިއީ ތަރައްގީވަމުން އަންނަ ގައުމެކެވެ. ރާއްޖޭގެ ކޮންމެ ރަށަކަށް ބަލާލިޔަސް ތަރައްގީގެ ކުލަވަރުތައް މިއަދު ދަނީ ފެންނަމުންނެވެ. އަދި ކުރިއަށް އޮތީއެވެ. މިއާ އެއްވަރަށް މީހުން ބިނާކުރުމަކީ ޚާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމެއް ކަމަށް މިއަދުގެ ސަރުކާރުން ގަބޫލުކުރެއެވެ. މަތީ ތައުލީމާއި ތަމްރީނުގެ ފުރުސަތުތަކަކީ ހަމައެކަނި މިކަމަށް ފޯރާ، އަތްމަތި ތަނަވަސް މީހުންނަށް އޮންނަ ފުރުސަތުތަކެއްކަމަށް އޮތް އޮތުން މިއަދު މިވަނީ ބަދަލުވެފައެވެ.

އެމީހަކު ބޭނުން ދާއިރާއަރުން މަތީ ތައުލީމު ހޯދުމަށް ފުރަތަމަ ޑިގްރީ މުޅިން ހިލޭ ހެދޭނެ ގޮތް މި ސަރުކާރުން ވަނީ ފަހިކޮށްދެއްވާފައެވެ. މިކަން ވެގެންދިޔައީ މިފަދަ ފުރުސަތަކަށް އެދި އެދި ތިބި ގިނަ ބަޔަކަށް ރަނުގެ ފުރުސަތަކަށެވެ. މިހާތަނަށް ހިލޭ ޑިގްރީގެ ދަށުން 17،858 ދަރިވަރުން ކިޔަވަމުންދާއިރު، މި އަދަދުތަކުން މިކަން ސާފުވެއެވެ. އަދި 6،540 ދަރިވަރުން ވަނީ ހިލޭ ޑިގްރީގެ ދަށުން ކިޔަވައި ނިމިފައެވެ.

މީގެ އިތުރުން ރާއްޖެއިން ބޭރުން ތައުލީމު ހޯދަން މާލީ އެހީ ބޭނުންވާ ދަރިވަރުންނަށް ސްޓޫޑަންޓް ލޯނުގެ ފަހި ފުރުސަތުތަކެއްވެސް މިހާތަނަށް ފަހިކޮށްދީފައިވާއިރު، މިވަގުތު ސްޓޫޑެންޓް ލޯނުގައި 3000ށްވުރެ ގިނަ ދަރިވަރުން ދަނީ ރާއްޖެއިން ބޭރުގައި ކިޔަވަމުންނެވެ. އަދި އެކި ގައުމުތަކަށް ގޮސް ކިޔެވުމަށް ހުޅުވާލި ސްކޮލަރޝިޕް ފުރުސަތުތަކުގެ ދަށުން 1،265 ދަރިވަރަކު ކިޔަވަމުންދެއެވެ.

މި އަދަދުތަކުން ގައުމުގެ ކުރިމަގާއިމެދު އުންމީދު ބޮޑުވެގެންދެއެވެ. ގައުމަށް އަންނަ ތަރައްގީއާ އެއްވަރަށް ރަނގަޅު ޖީލެއް ބިނާވެގެންދާނެ ކަމުގެ އުންމީދު ބޮޑެވެގެން ވަނީ ގޮސްފައެވެ.

ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް މާސްޓަރ ޕްލޭންރައީސް, އިބްރާހީމް މުޙައްމަދު ޞާލިޙު

ކޮމެންޓް

އިތުރަށް ކިޔާލަން

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

24 ނޮވެމްބަރު 2025
ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

23 ނޮވެމްބަރު 2025
ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

22 ނޮވެމްބަރު 2025
ކުރީ ސަރުކާރުން ފެށި ވާދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު އެއްކޮށް ނިމި، މިހާރު އޮތީ މުއިއްޒު ރަސްމީކޮށް ބަޓަނަށް ފިއްތާލުން: ކައުންސިލްގެ ރައީސް

ކުރީ ސަރުކާރުން ފެށި ވާދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު އެއްކޮށް ނިމި، މިހާރު އޮތީ މުއިއްޒު ރަސްމީކޮށް ބަޓަނަށް ފިއްތާލުން: ކައުންސިލްގެ ރައީސް

08 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

24 މެއި
ސުޕްރީމު ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑު ކުރުމުގެ ޑްރާމާ ރޭވި ތަމްސީލު ވަމުން ދިޔަ ގޮތް މިއޮތީ!
20251 އަހަރު ކުރިން
ރިޕޯޓު

ސުޕްރީމު ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑު ކުރުމުގެ ޑްރާމާ ރޭވި ތަމްސީލު ވަމުން ދިޔަ ގޮތް މިއޮތީ!

ޗައިނާ ވައިޓް ރާއްޖޭގައި ފެތުރި ޒުވާނުންތައް މަރުވަނީ، އިދާރާތަކުގެ ހިލަމެއް ނެތް؟
20242 އަހަރު ކުރިން
ރިޕޯޓު

ޗައިނާ ވައިޓް ރާއްޖޭގައި ފެތުރި ޒުވާނުންތައް މަރުވަނީ، އިދާރާތަކުގެ ހިލަމެއް ނެތް؟

"ހަމަ ނިންޖެއް ނުލިބޭ، ތަންމައްޗަށް ކުޑަކަމުދެވޭ، ބޭރަށް ނުކުމެ ކުޅެލަން ބިރުގަނޭ"
20233 އަހަރު ކުރިން
ރިޕޯޓު

"ހަމަ ނިންޖެއް ނުލިބޭ، ތަންމައްޗަށް ކުޑަކަމުދެވޭ، ބޭރަށް ނުކުމެ ކުޅެލަން ބިރުގަނޭ"

ލޯންޗުކޮޅު ގޮއްވާލުން: އެއީ ރައީސް ޔާމީނު ތަފާތު ސީޓެއްގައި އިށީންދެވަޑައިގެންނެވި ހަމައެކަނި ދަތުރުފުޅު
20224 އަހަރު ކުރިން
ރާއްޖެ

ލޯންޗުކޮޅު ގޮއްވާލުން: އެއީ ރައީސް ޔާމީނު ތަފާތު ސީޓެއްގައި އިށީންދެވަޑައިގެންނެވި ހަމައެކަނި ދަތުރުފުޅު

ސެލެބްރިޓީ ރޭހުގެ ޗެމްޕިއަން ޓީމަށް ގްރޭންޑް ޕްރައިޒް ދީފި
20215 އަހަރު ކުރިން
ރާއްޖެ

ސެލެބްރިޓީ ރޭހުގެ ޗެމްޕިއަން ޓީމަށް ގްރޭންޑް ޕްރައިޒް ދީފި

ހިތްތައް އަތުލި ތޮއްޑޫ ބަނޑިޔާ!
20197 އަހަރު ކުރިން
ރިޕޯޓު

ހިތްތައް އަތުލި ތޮއްޑޫ ބަނޑިޔާ!

ނަޝީދުގެ ހަޔާތްޕުޅުން ބައްޕާފުޅު އިބުރަތް ހާސިލު ކުރެއްވި: އަންވަރުގެ ދަރިކަނބަލުން
20188 އަހަރު ކުރިން
ރާއްޖެ

ނަޝީދުގެ ހަޔާތްޕުޅުން ބައްޕާފުޅު އިބުރަތް ހާސިލު ކުރެއްވި: އަންވަރުގެ ދަރިކަނބަލުން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު