Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުނާބެގެ އަގު ވަޒަންކުރުން

އައިސީސީން ނާބެގެ އަގު ވަޒަންކޮށްފި

ނާބެގެ އަގު ވަޒަން ކުރީ ދިގު މުއްދަތަށް ކްރިކެޓަށް ޚިދުމަތްކުރުމުން

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله, ރާއްޖެ އެމްވީ | 17 ޖުލައި 2023 | ހޯމަ 02:07
އައިސީސީން ނާބެއަށް އެރުވި އެވޯޑް

އައިސީސީން ނާބެއަށް އެރުވި އެވޯޑް

އިންޓަރނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ) އިން ރާއްޖޭގެ ކްރިކެޓް ޚިދުމަތްތެރިޔާ މުޙައްމަދު ނާސިރު (ނާބެ) ގެ ޚިދުމަތުގެ އަގު ވަޒަންކޮށްފިއެވެ.

އައިސީސީން ނާބެގެ ޚިދުމަތުގެ އަގުވަޒަންކުރީ ކްރިކެޓަށް ދިގު މުއްދަތަށް ޚިދުމަތްކުރުމުންނެވެ. ދިގު މުއްދަތަށް ޚިދުމަތްކުރައްވާ ފަރާތްތަކަށް އައިސީސީގެ އެވޯޑް (ލޯންގް ސަރވިސް އެވޯޑް) ދެނީ ޚިދުމަތުގައި ވިއްސަށްވުރެ ގިނަ އަހަރު ވުމުންނެވެ. އެއީ ކްރިކެޓްގެ ތަރައްޤީއަށް ކުރާ މަސައްކަތްތައް ފާހަގަކޮށް ދޭ އެވޯޑެކެވެ. އައިސީސީން ނާބެގެ އަގު ވަޒަންކުރީ ދެކުނު އެފްރިކާގައި އޮތް އައިސީސީގެ އަހަރީ ކޮންގްރެސްގައެވެ. ނާބެގެ ފަރާތުން އެވޯޑާ ހަވާލުވެވަޑައިގަތީ ރާއްޖޭގެ ކްރިކެޓް ބޯޑްގެ ރައީސް މުޙައްމަދު ފައިސަލްއެވެ.

ނާބެއަކީ މިދިޔަ ފަންސާހަކަށް އަހަރު ރާއްޖޭގެ ކުޅިވަރުގެ ބޮޑު ޚިދުމަތްތެރިއެކެވެ. ކްރިކެޓް ކުޅުއްވާ, ފަހުން އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދެވިއެވެ. 1960 ގެ އަހަރުތަކުގައި ހޮކީއާއި ފުޓްބޯޅައާއި ކްރިކެޓާއި އެނޫންވެސް ކުޅިވަރުތައް ކުޅުއްވިއެވެ. 1970 ގެ ތެރޭގައި އިތުރު ބޭފުޅުންނާއެކު ކުޅިވަރު ކްލަބެއް އުފައްދަވައިގެން ވެސް ކުޅިވަރުގެ ތަރިން އުފެއްދެވުމުގެ މަސައްކަތް ކުރެއްވިއެވެ. ކްރިކެޓަށް ނާބެގެ ހިތުގައި ޚާއްޞަ ޝައުގަކާއި ލޯތްބެއް އޮތީ އުފެދިފައެވެ. ކްރިކެޓް ކުރިއަރުވަން މާލީގޮތުން ވެސް އެހީތެރިކަން ދެއްވައެވެ. ނާބެގެ އާއިލާ ވެސް އަންނަނީ އޭނާގެ ލެގަސީ ދަމަހައްޓަވަމުންނެވެ.

ނާބެއަށް އައިސީސީގެ އެވޯޑް އެރުވުމަށް ޚާއްޞަ އިވެންޓެއް ބާއްވާނެކަމަށް ކްރިކެޓް ބޯޑުން މައުލޫމާތުދެއްވިއެވެ.

މުހައްމަދު ނާސިރު، ނާބެކްރިކެޓް ބޯޑް އޮފް މޯލްޑިވްސް

އިތުރަށް ކިޔާލަން

29 އޮކްޓޯބަރު 2024

ޤައުމީ ކްރިކެޓު ޓީމު ރާއްޖެ އައުމުން ހޫނު މަރުޙަބާއެއް ކިޔައިފި

29 އޮކްޓޯބަރު 2024
ޤައުމީ ކްރިކެޓު ޓީމު ރާއްޖެ އައުމުން ހޫނު މަރުޙަބާއެއް ކިޔައިފި
21 ސެޕްޓެމްބަރު 2024

ކްރިކެޓުގެ ރައީސަކަށް އަނެއްކާ ވެސް ފައިސަލް އިންތިޚާބު ކޮށްފި

21 ސެޕްޓެމްބަރު 2024
ކްރިކެޓުގެ ރައީސަކަށް އަނެއްކާ ވެސް ފައިސަލް އިންތިޚާބު ކޮށްފި
04 ފެބުރުއަރީ 2024

ޖަޕާން އަތުންވެސް ބަލިވެ، ސެމީގެ ފުރުސަތު ރާއްޖެއަށް ގެއްލިއްޖެ

04 ފެބުރުއަރީ 2024
ޖަޕާން އަތުންވެސް ބަލިވެ، ސެމީގެ ފުރުސަތު ރާއްޖެއަށް ގެއްލިއްޖެ
02 ފެބުރުއަރީ 2024

41 ލަނޑުން މޮޅުވީ ސިންގަޕޯރ

02 ފެބުރުއަރީ 2024
41 ލަނޑުން މޮޅުވީ ސިންގަޕޯރ
12 އޮކްޓޯބަރު 2023

އޭސީސީ ޕްރިމިއަރ ކަޕް: ރާއްޖެ އަތުން ސިންގަޕޯރ މޮޅު

12 އޮކްޓޯބަރު 2023
އޭސީސީ ޕްރިމިއަރ ކަޕް: ރާއްޖެ އަތުން ސިންގަޕޯރ މޮޅު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު