Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުގައުމީ އިނާމް

ކުޅިވަރުން ޝަރަފުވެރިކަން ދޮންތު އާއި ނާބެ އަށް

4 ސެޕްޓެމްބަރު 2024 | ބުދަ 07:22

އިނާމް ލިބިވަޑައިގެންނެވި ދޮންތު އަކީ ކްލަބް ވެލެންސިއާ އުފެއްދެވުމުގައި އިސް ދައުރެއް އަދާކުރެއްވި އެކުލަބުގެ އެންމެ ވަރުގަދަ އެއް ހިދުމަތްތެރިޔާ އެވެ. އަދި ނިއުރޭޑިއަންޓަށް ފަހު ވިކްޓަރީގައި މުހިންމު ދައުރެއް އަދާކުރެއްވި ނާބެ އަކީ ރާއްޖޭގެ އެންމެ ފުރަތަމަ ކުޅިވަރު ދަސްކޮށްދިން އިންސްޓަކްޓަރެވެ.

ރާއްޖެ އެމްވީ | 4 ސެޕްޓެމްބަރު 2024 | ބުދަ 07:22
ދޮންތު (ކ) އާއި ނާބެ

ދޮންތު (ކ) އާއި ނާބެ

ކުޅިވަރަށް ހިދުމުގެ ދާއިރާއިން ގައުމީ ޝަރަފުވެރިކަން ކްލަބް ވެލެންސިއާގެ އަހުމަދު މުހައްމަދު (ދޮންތު) އަދި ވިކްޓަރީގެ ރިނބުދޫ އަހުމަދު ނާސިރަށް ދެއްވައިފި އެވެ.

ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި މި ދެ ބޭފުޅުންނަށް މި އިނާމާއި ޝަރަފު އެރުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.

އިނާމް ލިބިވަޑައިގެންނެވި ދޮންތު އަކީ ކްލަބް ވެލެންސިއާ އުފެއްދެވުމުގައި އިސް ދައުރެއް އަދާކުރެއްވި އެކުލަބުގެ އެންމެ ވަރުގަދަ އެއް ހިދުމަތްތެރިޔާ އެވެ. ދޮންތު ވަނީ ވެލެންސިއާގެ ޖެނެރަލް ސެކްރެޓަރީކަން 30 އަހަރު ކުރައްވައިފަ އެވެ. ވެލެންސިއާގެ އެންމެ ކާމިޔާބު ދުވަސްވަރު ފުޓްބޯޅަ ޓީމާއި ބާސްކެޓް ޓީމުގެ މެނޭޖަރުކަން ކުރެއްވި އެވެ. ކުޅުންތެރިއެއްގެ ގޮތުންނާއި ކޯޗެއްގެ ގޮތުން ބާސްކެޓް ޓީމު ހިންގަވައި ފުޓްބޯޅައިގެ ޓީމުގެ ހިންގެވުމުގައި ވެސް އިސް ދައުރެއް އަދާކުރެއްވި އެވެ. މި ގޮތުން ގައުމީ ފުޓްބޯޅަ މުބާރާތް 1993 ވަނަ އަހަރު ކާމިޔާބުކޮށް، ކަޕް ވިނާސް ކަޕް މިލްކުކުރި ޓީމުގެ މެނޭޖަރުކަން ވެސް އޭނާ ކުރެއްވި އެވެ.

ވެލެންސިއާ އަށް ފަހު ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ގިނަ މަސައްކަތްތަކެއް ވެސް ދޮންތު ކުރެއްވި އެވެ. މި ގޮތުން އެންމެ ފުރަތަމަ އިންތިހާބުކުރި އެފްއޭއެމުގެ ފުރަތަމަ ދެ ދައުރުގައި ހިންގާ ކޮމިޓީގެ މެމްބަރުކަން ކުރައްވައި ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމުގެ ހިންގުމުގައި ވެސް ދޮންތު މުހިންމު ދައުރެއް އަދާކުރެއްވި އެވެ.

ދޮންތު އަށް ޝަރަފުވެރިކަން ލިބިވަޑައިގަތުމުން އޭނާގެ ކުލަބު ވެލެންސިއާއިން ވަނީ ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.

ނިއުރޭޑިއަންޓަށް ފަހު ވިކްޓަރީގައި މުހިންމު ދައުރެއް އަދާކުރެއްވި ނާބެ އަކީ ރާއްޖޭގެ އެންމެ ފުރަތަމަ ކުޅިވަރު ދަސްކޮށްދިން އިންސްޓަކްޓަރެވެ. ވިކްޓަރީ ސްޕޯޓްސް ވުޖޫދަށް ގެނުވި އެއް ބޭފުޅަކީ ރިނބުދޫ ނާސިރެވެ. ވިކްޓަރީގެ ކާމިޔާބު ހަޔާތުގެ ކުރިން އޭނާ ފެނިގެންދިޔައީ މާލޭ ޒަމާނީ މިއުޒިކް ކުލަބުންނެވެ. ފުޓްބޯޅަ އާއި ވޮލީ އަދި ބާސްކެޓާއި ހޮކީގެ އިތުރުން ކްރިކެޓާއި ހޮކީގައި ވެސް އޭނާއަކީ ފާހަގަކޮށްލެވުނު ކުޅުންތެރިއެކެވެ. އަދި ބައިސްކަލް ރޭހާގައި ސަގާފީ ކުޅިވަރެއް ކަމުގައިވާ މަންޑި ކުޅުމުގައި ވެސް ފާހަގަކޮށްލެވުނު ކުޅުންތެރިއެކެވެ.

ފުޓްބޯޅައިގައި ނާބެ އަކީ ފޯވަޑެކެވެ. ނަމަވެސް އޭނާގެ ދުވަސްވަރު ޑިފެންސަށް ކުޅޭ ކުޅުންތެރިން މަދުވުމުން ގިނަ މެޗުތަކުގައި އޭނާ އަށް ޖެހުނީ ފަހަތުގައި ޑިފެންސިވް މަގާމުތަކަށް ކުޅޭށެވެ. ނާބެ ބުނި ގޮތުގައި އޭގެ މައިގަނޑު ސަބަބަކީ ފަހަތަށް ކުޅެނިކޮށް ގޯލެއް ވަދެއްޖެނަމަ ކުޅުންތެރިން އޭގެ ޒިންމާނަގަން ބޭނުންނުވުމެވެ. މިހެންވެ ފަހަތަށް ކުޅޭ ކުޅުންތެރިން މަދުވުމުން، އެވަގުތެއްގައި ކޯޗު އެންމެ ބޭނުންވާ މަގާމަށް އޭނާ ކުޅެދެ އެވެ. މި ގޮތުން އެންމެ ހާއްސަ އެއް މުބާރާތަކީ 1979ގައި ރިޔޫނިއަންގައި އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އެވެ. އެ މުބާރާތް ކުޅުނު ޓީމުގެ ވައިސް ކެޕްޓަނަކީ އޭނާ އެވެ.

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ވޮލީ އެސޯސިއޭޝަންގެ ރަސްމީ ލިޔެކިޔުމެއްގައި ސޮއިކުރެވޭނީ ރައީސް އާއި ޖެނެރަލް ސެކެޓްރީ އަށް

04 ފެބުރުއަރީ 2017
ވޮލީ އެސޯސިއޭޝަންގެ ރަސްމީ ލިޔެކިޔުމެއްގައި ސޮއިކުރެވޭނީ ރައީސް އާއި ޖެނެރަލް ސެކެޓްރީ އަށް
01 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

01 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި
31 ޖެނުއަރީ 2017

ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި

31 ޖެނުއަރީ 2017
ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި
25 ޖެނުއަރީ 2017

ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

25 ޖެނުއަރީ 2017
ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!
24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
23 ޖެނުއަރީ 2017

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ
10 ޖެނުއަރީ 2017

ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

10 ޖެނުއަރީ 2017
ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ

04 ޖެނުއަރީ 2017
މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް