Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ދޯބުރާލި ހަކުރު

ދޯބުރާލި ހަކުރު ކެވޭކަށް ނެތް، އިޚުތިޔާރީ ހަކުރުގައި ކެންސަރުގެ ނުރައްކާ... ދެން؟

ދޯބުރާލި ހަކުރު ދޫކޮށްލުމުން ކާބޯތަކެތީގެ ރަހައަށް އެ އަންނަ 'އުނިކަން' ފޫބައްދާލަނީ ބާޒާރުން ލިބެން ހުންނަ އަރޓިފިޝަލް ސްވީޓްނަރއެއް ބޭޏުންކޮށްގެން

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 16 ޖުލައި 2023 | އާދީއްތަ 09:47
ހަކުރު ޕެކެޓްތައް

ހަކުރު ޕެކެޓްތައް

ޞިއްޙީ ދުޅަހެޔޮކަމުގެ ވާހަކަތައް ދެކެވޭ ޕްލެޓްފޯމުތަކަށް ބަލާއިރު މި ފަހުން އެންމެ ގަދައަށް ދެކެވުނު އެއް ވާހަކައަކީ، ދޯބުރާލި ހަކުރުގެ ބަދަލުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތައް މިލިއަން ބަޔަކު ބޭނުން ކުރަމުންދާ އިޚުތިޔާރީ ހަކުރު އުފައްދަން ބޭނުން ކުރާ މާއްދާއެއްގެ ސަބަބުން ކެންސަރަށް މަގު ފަހި ކުރާ ވާހަކައެވެ. އިޚުތިޔާރީ ހަކުރު އުފައްދަން ބޭނުން ކުރާ މާއްދާއެއް ކަމަށް ވާ އެސްޕަރޓޭމްއަކީ ކެންސަރު ޖެއްސުމުގެ ފުރުޞަތު އޮތް މާއްދާއެއް ކަމަށް ފަހުގެ ހޯދުންތައް ވަނީ ދައްކާފައެވެ.

އިންޓަރނޭޝަލް އޭޖެންސީ ފޮރ ރިސަރޗް އޮން ކެންސަރ (އައިއޭއާރްސީ) ނުވަތަ ކެންސަރާ ބެހޭ ދިރާސާތައް ކުރާ (ޑަބްލިއުއެޗްއޯގެ) ބައިނަލްއަޤުވާމީ އިދާރާއިން ވަނީ، އެސްޕަރޓޭމްގައި ކެންސަރަށް މަގުފަހި ކުރުމުގެ އަސަރު އެކުލެވޭ މިންވަރާ ބެހޭ ތަހުލީލުތަކެއް ކުރިއަށް ގެންގޮސްފައެވެ. އެ ދިރާސާގެ ތަފްސީލުތައް އާންމު ކުރީ ޖުލައި 14 ވަނަ ދުވަހުއެވެ. ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އާ ގުޅިފައިވާ 2 ޖަމިއްޔާއަކުން ބުނާ ގޮތުގައި، އެސްޕަރޓޭމްއަކީ ކެންސަރަށް މަގުފަހި ކުރާ ވިހަ އެކުލެވުމުގެ ފުރުޞަތު އޮތް މާއްދާއެކެވެ. ނަމަވެސް މިހާތަނަށް އެއްބަސްވެފައި ވާ މިންގަނޑުގެ ތެރޭގައި އެ މާއްދާ ބޭނުން ކުރުމަކީ ރައްކާތެރިކަމެއްގެ ގޮތުގައި އޮތް އޮތުމަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެއެވެ. ޑަބްލިއުއެޗްއޯގެ ތަޖުރިބާކާރުންގެ 2 ޕެނަލުން ކުރެ އެއް ޕެނަލްގެ މަސައްކަތަކަށް ވީ ކެންސަރަށް މަގުފަހި ކުރާ ވިހަ، އެ މާއްދާގައި ހުރިތޯ ބެލުން ކަމުގައި ވާ އިރު، އަނެއް ޕެނަލްގެ މަޤްޞަދަކަށް ވީ، އެ މާއްދާގެ ސަބަބުން ޙަޤީޤީ ދިރިއުޅުމަށް އޮތް ނުރައްކާތައް ވަޒަން ކުރުމެވެ.

އެމެރިކާގައި މަރުކަޒުކޮށްގެން ހިންގާ ސެންޓަރ ފޮރ ސައެންސް އިން ދަ ޕަބްލިކް އިންޓްރެސްޓް (ސީއެސްޕީއައި)ގެ ޕްރިންސިޕަލް ސައެންޓިސްޓް ފޮރ ފުޑް އެޑިޓިވްސް އެންޑް ސަޕްލިމެންޓްސް، ޑރ ޓޮމަސް ގެލިގަން ވިދާޅުވި ގޮތުގައި، އެސްޕަރޓޭމްއާ ދުރުވުމަކީ މުހިންމު ކަމަކަށް ވީ ނަމަވެސް، އޭގެ ބަދަލުގައި އާދައިގެ ދޯބުރާލި ހަކުރު ބޭނުން ކުރަން ފަށައިގެން ނުވާނެ ކަމަށެވެ.

ދޯބުރާލި ހަކުރު ދޫކޮށްލުމުން ކާބޯތަކެތީގެ ރަހައަށް އެ އަންނަ 'އުނިކަން' ފޫބައްދާލަނީ ބާޒާރުން ލިބެން ހުންނަ އަރޓިފިޝަލް ސްވީޓްނަރއެއް ބޭޏުންކޮށްގެންނެވެ. ބާޒާރުން ލިބެން ހުރި މިފަދަ އިޚުތިޔާރުތަކުގެ ޢަދަދު، ހާހުން ގުނާލެވޭއިރު، 6000 އަށް ވުރެ ގިނަ ބާވަތް އުފައްދަނީ އެސްޕަރޓޭމް އޭ ކިޔާ މާއްދާއެއް ބޭނުން ކޮށްގެންނެވެ. ދިވެހިންގެ މެދުގައި މަޝްހޫރު ބްރޭންޑްތަކެއް ކަމަށް ވާ ކޮކާ-ކޯލާއާއި ޓްރިޕިކާނާގެ އުފެއްދުންތަކުގައި އެސްޕަރޓޭމް ބޭޏުން ކޮށްފައި ހުރެއެވެ. މިއީ ސިނާޢީ ދާއިރާގެ އިތުރުން މުދާ ގަންނަ ފަރާތްތަކާއި ރެގިއުލޭޓަރުންވެސް ސަމާލުވާންޖެހޭ ވަރުގެ ކަމެއް ކަމަށް ޑރ ގެލިގަން ވަނީ ވިދާޅުވެފައެވެ.

އައިއޭއާރްސީއިން ހުކުރު ދުވަހު ޢިއުލާން ކުރި ނިންމުމުގައި ވާ ގޮތުން އެސްޕަރޓޭމްއަކީ "ދިރުންހުރި ޓިޝޫއަކަށް ކެންސަރު ޖެއްސުމުގެ ފުރުޞަތު އޮތް" މާއްދާއެކެވެ. މީ ކާބޯތަކެތީގެ ރަހަ ހެޔޮވަރު ކުރުމަށް އަޅާ މަސްނޫޢީ މާއްދާތަކުގެ ތެރެއިން މާއްދާއަކާ ބެހޭ ގޮތުން އެ އިދާރާއިން ގޮތެއް ނިންމާ، ޢިއުލާން ކުރި ފުރަތަމަ ފަހަރެވެ. ނަމަވެސް މި ދިރާސާއަކީ ވަރަށް އިންތަކެއްގައި ހިފެހެއްޓިފައި އޮތް ދިރާސާއެކެވެ. އެސްޕަރޓޭމްގެ ސަބަބުން ކެންސަރަށް މަގުފަހި ކުރުމުގެ ފުރުޞަތު އޮތް ކަމަށް ނިންމިއިރު، އެއީ ކިހާ މިންވަރެއް ބޭނުންކުރުމުން އޮތް ނުރައްކަލެއްކަން ބަލާފައި ވަނީ ތަފާތު ޕެނަލަކުންނެވެ.

ކާބޯތަކެއްޗާއި ދަނޑުވެރިކަމާ ބެހޭ ބައިނަލްއަޤުވާމީ އިދާރާ (އެފްއޭއޯ)އާއި ޑަބްލިއުއެޗްއޯ ގުޅިގެން އެކުލަވާލާފައިވާ 'ޖެކްފާ' ޕެނަލްއަކީ، މިންގަނޑު ކަނޑައަޅާ ޕެނަލްއެވެ. އެ ޕެނަލްއިން ކުރިއަށް ގެންދިޔަ މިނިވަން ދިރާސާތަކަށް ފަހު ހުކުރު ދުވަހު އާންމު ކުރި ބަޔާނުގައި ބުނެފައި ވަނީ، އެސްޕަރޓޭމްގެ ސަބަބުން ނުރައްކަލެއް އޮތް ކަމަށް ސާބިތު ހެކި ފެނިފައި ނުވާ ކަމަށެވެ. ނަމަވެސް އެސްޕަރޓޭމް ބޭނުން ކުރާ މިންވަރު، މިހާރުވެސް އޮތް މިންގަނޑުގެ ތެރޭގައި ބޭނުން ކުރަމުން ދިއުމަށް ވަނީ އިރުޝާދު ދީފައެވެ. މިހާރުގެ މިންގަނޑަކީ ކޮންމެ ކިލޯގްރާމަކަށް 40 މިލިގްރާމްގެ އެސްޕަރޓޭމްއެވެ. މި މިންގަނޑަކީ 1981 ވަނަ އަހަރު އަހަރު އެންމެ ފުރަތަމަވެސް ކަނޑައެޅި މިންގަނޑެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވެސް މިކަން އޮތީ ހަމަ މިފަދަ ގޮތަކަށެވެ.

މިހާރު އޮތް މިންގަނޑުތަކުން އާންމު ދިރިއުޅުމުގެ މިސާލަކަށް ބަލަމާ ހިނގާށެވެ. އެގޮތުން ބަރުދަނުގައި 60 އާއި 70 ކިލޯގްރާމް އާ ދެމެދު މިންވަރެއް ހުންނަ މީހަކު ނަމަ، އެސްޕަރޓޭމްގެ ލިމިޓް ފަހަނަ އަޅާ ދިއުމަށްޓަކާ (އެސްޕަރޓޭމްގެ މާއްދާ އެކުލެވޭ ބުއިމެއްގެ) 9 ދަޅާއި 14 ދަޅާ ދެމެދު މިންވަރެއް ހުސް ކުރަން ޖެހެއެވެ. މިއީ އާންމު މީހަކު ދަޅު ބޮއެ އުޅޭ ނިސްބަތާ އަޅާ ބަލާއިރު 10 ގުނަ އިތުރު ޢަދަދެކެވެ.

އެސްޕަރޓޭމްގައި ކެންސަރުގެ ނުރައްކާ އެކުލެވޭ ކަމުގެ ވާހަކަތައް އެންމެ ފުރަތަމަ އާންމުވީ 2014 ވަނަ އަހަރުގެ ތެރޭގައެވެ. ނަމަވެސް އެކަމާ ފިޔަވަޅެއް ނާޅާ، 10 ވަރަކަށް އަހަރު ވޭތުކުރި ސަބަބަކާ މެދު އެއްޗެއް ބުނުމަށް އައިއޭއާރްސީއިން ވަނީ އިންކާރު ކޮށްފައެވެ. އައިއޭއާރްސީއަކީ އެ އިދާރާއިން އެންމެ ޚާއްޞަ ސަމާލުކަމެއް ދޭ ބާވަތްތައް އެކުލެވޭ ލިސްޓު، ކޮންމެ 5 އަހަރަކުން އާ ކުރާ ބައެކެވެ. ބައެއް ބާވަތްތަކާ މެދު މުރާޖާކޮށް، ލިސްޓަށް ބަދަލު ގެނެއެވެ. އެގޮތުން ކޮފީއަކީ ކެންސަރަށް މަގު ފަހި ކުރާ އެއްޗެއް ކަމަށް 1990ގެ އަހަރުތަކުގައި ބެލި ނަމަވެސް، 2016 ވަނަ އަހަރު، އެ ލިސްޓުން ކޮފީ ވަނީ އުނިކޮށްފައެވެ.

އެސްޕަރޓޭމްއާ ގުޅިގެން އައިއޭއާރްސީއިން ނިންމި ނިންމުމަކީ އެމެރިކާއާއި ވިލާތުގެ ޤައުމުތަކުން އިންސާނުން ބައިވެރިކޮށްގެން ކުރިއަށް ގެންދިޔަ 3 ދިރާސާއެއްގެ މައްޗަށް ބިނާކޮށް، ނިންމި ނިންމުމެކެވެ.

އެސްޕަރޓޭމް އެކުލެވިގެން ވަނީ މެތީލް އެސްޓަރގެ މައްޗަށެވެ. ފޮނި ރަހަ ލެއްވުމަށްޓަކާ ކެލަރީގެ މިންވަރު ދަށް އުފެއްދުމެއްގެ ގޮތުގައި މި އަރޓިފިޝަލް ސްވީޓްނަރ، ބާޒާރަށް ތަޢާރަފު ވެގެން އައީ 1981 ވަނަ އަހަރުގެ ތެރޭގައެވެ. މި ބާވަތުން އެ ނުކުންނަ ފޮނި ރަހައަކީ، އާދައިގެ ހަކުރާ އަޅާ ބަލާއިރު 200 ގުނަ ފޮނިކަން ގަދަ ބާވަތެކެވެ. މަޝްހޫރުކަން ހޯދާފައި ވާ ވަކިވަކި ބްރޭންޑްތަކަށް ބަލާއިރު 'ނިއުޓްރަސްވީޓް'، 'އީކުއަލް' އަދި 'ޝުގަރ ޓްވިން' ހިމެނެއެވެ. އަދި ދިވެހިންގެ ތެރެއިން ގިނަ ބައެއްގެ މެދުގައި ބޮޑު މަޤުބޫލު ކަމެއް ހޯދާފައި ވާ 'ޓްރިޕިކާނާ' ބްރޭންޑްގެ އުފެއްދުންތަކުގައި ގިނަ ޢަދަދަކަށް އެސްޕަރޓޭމް ބޭނުން ކޮށްފައި ހުރެއެވެ. އެސްޕަރޓޭމްއަކީ ދުނިޔޭގެ ކޮންމެ ބިތެއްގައި އުފައްދާ ކާބޯތަކެތީގައިވެސް ބޭނުން ކުރަމުން ދާ ބާވަތެކެވެ. އެމެރިކާ، އޭޝިއާ އަދި ވިލާތުގައިވެސްމެއެވެ.

މިހާތަނަށް ހަދާފައި ވާ އެކި ދިރާސާތަކަށް ބަލާއިރު އެސްޕަރޓޭމްގެ ސަބަބުން ލޭގައި ގްލޫކޯޒް އެކުލެވޭ މިންވަރާއި ހަށިގަނޑުގައި އިންސިއުލިން އެކުލެވޭ މިންވަރަށް ނޭދެވޭ އަސަރެއް ނުފޯރުވައެވެ. އެހެން ކަމުން، ހަކުރު ބަލި ނުވަތަ ޑައެބީޓީޒްއަށް ފަރުވާ ހޯދާ މީހުންގެ މެދުގައި މިއީ މަޤުބޫލު އިޚުތިޔާރެކެވެ. ހަކުރު މަދުން އެކުލެވޭ ނުވަތަ އެއްވެސް ވަރަކަށް ހަކުރު އެކުލެވިގެން ނުވާ ކާބޯތަކެތީގައި އެސްޕަރޓޭމް ބޭނުން ކުރާ ކުންފުނިތައްވެސް މަދެއް ނޫނެވެ. އެސްޕަރޓޭމް އެކުލެވޭ ބައެއް އުފެއްދުންތައް، ޚުލާޞާ ގޮތެއްގައި ހިއްސާކޮށްލާނަމެވެ.

ހަކުރާ ދުރުގައި އުޅެން ބޭނުން ވާ މީހުންގެ ކެއިންބުއިމުގައި ބޭނުން ކުރާ އުފެއްދުންތައް ތައްޔާރު ކުރުމުގައި ބޭނުން ކޮށްފައި ވަނީ ކޮންކޮން މާއްދާތަކެއް ތޯ ކަށަވަރު ކުރުމަކީ ވަކިވަކި ފަރުދުންގެ މެދުގައި ކޮންމެ މީހަކުވެސް ކުރަން ވާނެ ކަމެކެވެ. ބައެއް ކުންފުނިތަކުން އުފައްދާ އުފެއްދުންތަކުގައި ބޭނުން ކުރާ މާއްދާތައް ތަފާތު ކޮށްފައިވެސް ހުންނާތީއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިންތިހާބު ނިމުނުތާ ހަފުތާއެއް ވީއިރުވެސް ރައީސްގެ ބަސްފުޅެއް ނެތް!

އިންތިހާބު ނިމުނުތާ ހަފުތާއެއް ވީއިރުވެސް ރައީސްގެ ބަސްފުޅެއް ނެތް!

14 މެއި 2017
ފުވައްމުލަކު ރައްޔިތުން ނިކުމެ ވޯޓު އަޅައި މަޖިލިސް ރައީސްގެ އިތުބާރު ނެތް ކަމަށް "ފާސްކޮށްފި"!

ފުވައްމުލަކު ރައްޔިތުން ނިކުމެ ވޯޓު އަޅައި މަޖިލިސް ރައީސްގެ އިތުބާރު ނެތް ކަމަށް "ފާސްކޮށްފި"!

08 މެއި 2017
"އަބުރެއް ނެތް ޕަޕެޓުންގެ ކޮމިޝަން"

"އަބުރެއް ނެތް ޕަޕެޓުންގެ ކޮމިޝަން"

12 އެޕްރީލު 2017
ރައްޔިތުން ކަތިލުމުގައި ސިޔާސީ ލީޑަރުން ވަރެއް ނެތް

ރައްޔިތުން ކަތިލުމުގައި ސިޔާސީ ލީޑަރުން ވަރެއް ނެތް

07 މާރިޗު 2017
ސިޔާސަތެއް ނެތް ވެރިކަން!

ސިޔާސަތެއް ނެތް ވެރިކަން!

18 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު