Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖެއަށް ޒިޔާރާތްކުރާ ފަތުރުވެރިން އިތުރުވުން

މިއަހަރު ނިމޭއިރު ދެ މިލިއަން ފަތުރުވެރިން އަންނާނެ ކަމަށް އުންމީދު ކުރެވޭ: ތޮއްޔިބު

ފަތުރުވެރިކަމާއި ދަތުރުފަތުރުގެ ނިޒާމު ވަނީ ވަރަށް ބޮޑަށް ގުޅިފައި

އަމްނާ އިމާދު
އަމްނާ އިމާދު | 15 ޖުލައި 2023 | ހޮނިހިރު 07:28
ތިން އަހަރަށްފަހު ޗައިނާއިން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރި ދުވަހުގެ ތެރެއިން

ތިން އަހަރަށްފަހު ޗައިނާއިން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރި ދުވަހުގެ ތެރެއިން

ރާއްޖެއަށް މިއަހަރު ނިމޭއިރު ދެ މިލިއަން ފަތުރުވެރިން އަންނާނެ ކަމަށް އުންމީދު ކުރެވޭ ކަމަށް އެމްއެމްޕީއާރްސީގެ މެނޭޖިންގ ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ތޮއްޔިބު ވިދާޅުވީ މިދުވަސްވަރަކީ އޮފް ސީޒަން ކަމަށާއި، ބައެއް ރިސޯޓުތައް ދަނީ ވަރަށް ދަށްކޮށް ކަމަށެވެ. ނަމަވެސް ކުރިއަށް އޮތްތަނުގައި ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށާއި، ކަންކަން ރަނގަޅަށްދާނަމަ މިއަހަރު ނިމޭއިރު ދެ މިލިއަން ފަތުރުވެރިން ރާއްޖެ އަންނާނެ ކަމަށް އުންމީދުކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ޗައިނާގެ ފަތުރުވެރިންނަށް އިޝާރާތް ކުރައްވައި ތޮއްޔިބު ވިދާޅުވީ ކޮވިޑްގެ ކުރިން އެންމެ ގިނައިން ރާއްޖެއަށް އައީ ޗައިނާގެ ފަތުރުވެރިން ކަމަށެވެ. ކޮވިޑަށްފަހު އެހެންގައުމުތަކާއި ހިލާފަށް އެގައުމު ހުޅުވާލީ މިދިޔަ އަހަރުގެ ފަހު ކޮޅު ކަމަށާއި، އަދިވެސް ގައުމުން ބޭރަށްދާ މީހުން މަދު ކަމަށެވެ. އަދި މިހާރު ޗައިނާގެ ފަތުރުވެރިން ރާއްޖެއަށް ގެނައުމަށް ގިނަ މަސައްކަތްތައް ކުރަމުންދާ ކަމަށް ތޮއްޔިބު ވިދާޅުވިއެވެ.

މީގެ އިތުރުން ތޮއްޔިބު ވިދާޅުވީ ކޮވިޑާއެކު ޗައިނާގެ ފަތުރުވެރިން މަދުވި ނަމަވެސް އެހެން ހިސާބުތަކުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން އިތުރުވި ކަމަށެވެ. މިއީ ލިބުނު ކުރިއެރުމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.

ތޮއްޔިބު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމާއި ދަތުރުފަތުރުގެ ނިޒާމު ވަރަށް ބޮޑަށް ގުޅިފައިވާ ކަަމަށެވެ. އަދި ފަސޭހައިން ދަތުރުކުރެވޭ ހިސާބުތަކުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ގިނަ ކަމަށް އޭނާ ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

އީޕީއޭއަށް ލިބެން ޖެހޭ 19 މިލިއަން ރުފިޔާ ނުލިބޭ!

01 ފެބުރުއަރީ 2017
އީޕީއޭއަށް ލިބެން ޖެހޭ 19 މިލިއަން ރުފިޔާ ނުލިބޭ!
30 ޖެނުއަރީ 2017

ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި

30 ޖެނުއަރީ 2017
ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި
22 ޖެނުއަރީ 2017

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ
19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު