Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމެމްބަރު ޝަރީފު

ޝަރީފް ނަޝީދަށް: އެމްޑީޕީ ރޫޅާލަން ކުރެވޭނެ ކަމެއް ނެތް

ނަޝީދުގެ ތަރި ދަނީ އޮއްސެމުން

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 15 ޖުލައި 2023 | ހޮނިހިރު 03:43
މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް

މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް

މޯލްޑިވިއަން ޑިިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ރޫޅާލަން ކުރެވޭނެ ކަމެއް ނޯންނާނެ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް، މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުއަށް ރައްދު ދެއްވައިފިއެވެ.

އެމްޑީޕީން ވަކިވި މެމްބަރުން ގުޅިގެން އުފެއްދި ދަ ޑިމޮކްރެޓްސްއިން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާއެއްގައި ނަޝީދު ވަނީ އެމްޑީޕީ ރޫޅާލާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ. ނަޝީދު ވަނީ ބުރާސްފަތި ދުވަހުގެ ރޭ ދަ ޑިމޮކްރެޓްސްއަށް ސޮއިވެސް ކުރައްވާފައެވެ.

ނަޝީދުގެ މި ވާހަކަތަކާ ގުޅިގެން ޝަރީފު ހުކުރު ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވޭތުވެދިޔަ ހަތަރު އަހަރުތެރޭގައި އިދިކޮޅު ފަރާތްތަކާ ގުޅިގެން ނަޝީދު ކުރެއްވި މަސައްކަތަކީ ސަރުކާރު ކުޑަކަކޫ މައްޗަށް ތިރިކުރުމަށާއި އެމްޑީޕީ ފުނޑުފުނޑު ކޮށްލަން ކުރެއްވި މަސައްކަތްތައް ކަމަށެވެ. އަދި މިހާރު އެމަނިކުފާނަށް ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ގެއްލޭއިރު އެމްޑީޕީ ރޫޅާލަން ކުރެއްވޭނެ ކަމެއް ނޯންނާނެ ކަމަށް ޝަރީފު ވިދާޅުވިއެވެ.

ތާރީހުގައި ކަންކަން ވެފައި އޮތްގޮތަށް އިޝާރާތް ކުރައްވައި ޝަރީފު ވިދާޅުވީ ކުރިއަށް އޮތް މަޖިލިސް އިންތިޚާބަށްފަހު ނަޝީދުގެ ޕާޓީ، ދަ ޑިމޮކްރެޓްސް ވެގެންދާނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ޕާޓީ އެމްއާރުއެމް ފަދަ ކުޑަ ޕާޓީއަކަށް ކަމަށެވެ. އެގޮތުން، މިހާރު މަޖިލީހުގައި އެމްޑީޕީ ޓިކެޓުގައި ހޮވިގެން ތިބި ޑިމޮކްރެޓްސްގެ ގިނަ މެމްބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޝަރީފު އިތުރަށް ވިދާޅުވީ ކޮންމެ ސިޔާސީ ލީޑަރެއްގެ ތަރި އަރާ އޮއްސޭ ބީދައިން ނަޝީދުގެ ތަރިވެސް އޮއްސެމުން ދާ ކަމަށެވެ. އަދި އެމްޑީޕީގެ ޕްރައިމަރީ ގެއްލުނު ހިސާބަކީ ނަޝީދުގެ ސިޔާސީ ހަޔާތް ނިމުމުގެ ފެށުން ކަމަށް ވެސް ޝަރީފު ވިދާޅުވިއެވެ.

ޝަރީފު މިފަދައިން ވިދާޅުވެފައިވާއިރު ނަޝީދު އެމްޑީޕީން ވަކިވެވަޑައިގަތުމަށްފަހު ބައިވެރިވި ކޮންމެ ޖަލްސާއެއްގައި ގެންދަވަނީ މިއަހަރުގެ ރިޔާސީ އިންތިޚާބު ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއަށް ކާމިޔާބު ވިޔަނުދޭން ގޮވާލައްވަމުންނެވެ. އެގޮތުން، އެމަނިކުފާނާއި އިދިކޮޅު ޕީޕީއެމް، ޕީއެންސީ ކޯލިޝަންގެ ލީޑަރު، އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަހަރުގެ އިންތިޚާބުގައި ވާދަނުކޮށް ގުޅިގެން ކެންޑިޑޭޓަކު ނެރުމަށް ވެސް ގޮވާލެއްވިއެވެ. މިކަމާގުޅިގެން ޔާމީނަށް ތާއީދު ކުރާ ގިނަ ބައެއްގެ ނުރުހުން ވެސް އެމަނިކުފާނަށް އަމާޒުވިއެވެ.

މިއަހަރު އެމްޑީޕީން ބޭއްވި ރިޔާސީ ޕްރައިމަރީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ކާމިޔާބު ކުރެއްވުމާއެކު ނަޝީދަށް ތާއީދު ކުރައްވާ ބޭފުޅުން "ފިކުރެއްގެ ދިރުން" ގެ ނަމުގައި އެމްޑީޕީ ތެރެއިން އިތުރު ހަރަކާތެއް ފެށިއެވެ. އެއަށްފަހު އެމްޑީޕީއާ ވަކިވެ މިހާރު ވަނީ ދަ ޑިމޮކްރެޓްސް އުފައްދާފައެވެ.

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2017

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017
ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް
20 ޖެނުއަރީ 2017

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017
އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!
19 ޖެނުއަރީ 2017

ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

19 ޖެނުއަރީ 2017
ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
09 ޖެނުއަރީ 2017

އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ

09 ޖެނުއަރީ 2017
އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު