Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހޯރަފުށީގައި ކުރިއަށް ދާ މަޝްރޫއުތައް

ހޯރަފުށީގައި 5 ޕްރޮޖެކްޓެއްގެ މަސައްކަތް ކުރިއަށްދޭ، މިއަހަރުގެ ތެރޭގައި ނިންމާނަން: އާޒިމް

14 ޖުލައި 2023 | ހުކުރު 12:09

އެއާޕޯޓު ސަރަހައްދުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރިއަށްދޭ

އަމްނާ އިމާދު
އަމްނާ އިމާދު | 14 ޖުލައި 2023 | ހުކުރު 12:09
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ނޫސްވެރިންނާ ވާހަކަދައްކަވަނީ

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ނޫސްވެރިންނާ ވާހަކަދައްކަވަނީ

ހއ. ހޯރަފުށީގައި 5 ޕްރޮޖެކްޓެއްގެ މަސައްކަތްތައް ކުރިއަށްދާ ކަމަށާއި، މިއަހަރުގެ ތެރޭގައި މަސައްކަތް ނިންމާ ރައްޔިތުންނާ ހާވަލުކުރާނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އެރަށުގައި ކުރިއަށްގެންދާ ތަރައްގީގެ މަޝްރޫއުތައް ބައްލަވާލެއްވުމަށްފަހު މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އާޒިމް ވިދާޅުވީ ހޯރަފުށީގައި 5 ޕްރޮޖެކްޓެއްގެ މަސައްކަތްތައް ބާރު ސްޕީޑްގައި ކުރިއަށްދާ ކަމަށެވެ. ހއ އަތޮޅުގެ ރައްޔިތުން އެއާޕޯޓަށް ފަސޭހައިން އެރުމަށް ހަދަމުންދާ ޖެޓީގެ މަސައްކަތަށް އިޝާރާތް ކުރައްވައި އާޒިމް ވިދާޅުވީ ޖުލައި މަހުގެ 31 ވަނަ ދުވަހަށް މަސައްކަތް ނިމެނޭ ކަމަށެވެ. އެއާޕޯޓު ސަރަހައްދުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތްތައް ކުރިއަށްދާކަން އާޒިމް ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ އުދައެރުމުގެ މައްސަލަ ހައްލުކުރުމަށް ވެސް ރިވެޓްމެންޓް ޖަހާ ނިންމާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އާޒިމް ވިދާޅުވީ ހޯރަފުށީ ކައިރިން އިތުރު ދެރަށް ހިއްކާ ނިމިފައިވާ ކަމަށާއި، ތިންވަނަ ރަށް ހެދުމަށް ހުއްދަ ލިބިފައިވާ ކަމަށެވެ. އެމަސައްކަތްތައް ކުރުމަށް ތައްޔާރުވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިހާރު ހެދިފައިވާ ދެ ރަށުގައި ވަރަށް ރީތި ބީޗެއް ހެދިފައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން އާޒިމް ވިދާޅުވީ ޖުވެނައިލް ޔުނިޓެއް ގާއިމްކުރުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށާއި، އެއިމާރާތުގެ މަސައްކަތްތައް ނިންމާ އޮގަސްޓް މަހުގެ ތެރޭގައި ހަވާލުކުރެވޭނެ ކަމަށެވެ. އާޒިމް ވިދާޅުވީ އެމްޓީސީސީގެ ސީއެސްއާރްގެ ދަށުން ޕްރިސްކޫލެއް އިމާރާތް ކުރަމުންދާ ކަމަށާއި، އެ އިމާރާތުގެ ވެސް ބޮޑު ބައެއް ނިމިފައިވާ ކަމަށެވެ. އަދި ވިދާޅުވީ ދިރާސީ އައު އަހަރަށް އެސްކޫލު ކައުންސިލްއާ ހަވާލުކުރެވޭނެ ކަމަށެވެ.

މަގު ހެދުމުގެ މަސައްކަތަށް އިޝާރާތް ކުރައްވައި އާޒިމް ވިދާޅުވީ ފުރަތަމަ ފިޔަވަހީގެ ދަށުން 12 މަގެއް ޒަމާނީ ފެންވަރަށް ތާރުއަޅައި ތަރައްގީ ކުރާނެ ކަމަށެވެ. އެގޮތުން މިހާރު 11 މަގެއްގެ މަސައްކަތް ނިމިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ ކުރިއަށް އޮތް މަސް ދުވަހު ތެރޭގައި ޕްރޮޖެކްޓްގެ މަސައްކަތް ނިންމާ ރައްޔިތުންނާއި ހަވާލުކުރާނެ ކަމަށެވެ. މިމަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ 71.9 މިލިއަން ރުފިޔާއަށެވެ.

އާޒިމް ވިދާޅުވީ، ފުރަތަމަ ފިޔަވަހީގެ ދަށުން ތަރައްގީކުރާ މަގުތައް ނިމި، ދެވަނަ ފިޔަވަހީގެ މަސައްކަތް ވެސް އެމްޓީސީސީއާ ހަވާލުކުރުމުގެ މަޝްވަރާތައް ކުރިއަށްދާކަމަށެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

3

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

20 ޖެނުއަރީ 2017
ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
07 ޖެނުއަރީ 2017

މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

07 ޖެނުއަރީ 2017
މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް