Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިޚާބު 2023

އޮންލައިންކޮށް ރީ ރަޖިސްޓްރީކުރާއިރު އޮލުވާލާނެ ކަމަށް ހީވަނީ ޓެކްނޮލޮޖީއާ ބީރައްޓެހިވީމަ: ފުއާދު

14 ޖުލައި 2023 | ހުކުރު 07:46

މީގެ ކުރިން ވެސް ވާދަވެރި އިންތިޚާބުތަކެއްގައި އޮންލައިންކޮށް ރީ ރަޖިސްޓްރޭޝަނަށް ހުޅުވާލުމުން ޕާޓީތަކުގެ ތަރުހީބު ލިބުނު

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 14 ޖުލައި 2023 | ހުކުރު 07:46
އީސީގެ ރައީސް ފުއާދު ތައުފީގު

އީސީގެ ރައީސް ފުއާދު ތައުފީގު

މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ރީ ރަޖިސްޓްރީވުމުގެ ފުރުސަތު އޮންލައިންކޮށް ހުޅުވާލަނީ އޮޅުވާލުމުގެ ބޭނުމުގައި ކަމަށް ދެކެނީ ޓެކްނޮލޮޖީއާ ބީރައްޓެހިވުމުގެ ސަބަބުން ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) ގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެއެވެ.

"ރާއްޖެ ޓީވީ" ގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ފުއާދު ވިދާޅުވީ، މީގެ ކުރިން ވެސް ވާދަވެރި އިންތިޚާބުތަކެއްގައި އޮންލައިންކޮށް ރީ ރަޖިސްޓްރޭޝަނަށް ހުޅުވާލި ކަމަށެވެ. ނަމަވެސް އެ އިންތިޚާބުތަކުގައި ހުރިހާ ޕާޓީތަކުން އެއްބާރުލުންދީފައިވާއިރު މިހާރު އެ ސުވާލު އުފެއްދުމުން ސުވާލު އުފެދޭ ކަމަށް އޭނާ ވިދާޅުވިއެވެ. ފުއާދު މިފަދައިން ވިދާޅުވީ އިދިކޮޅު ބައެއް ފަރާތްތަކުން ރީ ރަޖިސްޓްރޭޝަން މަރުހަލާ އޮންލައިންކޮށް ކުރިއަށްގެންދަނީ އޮޅުވާލުމުގެ ބޭނުމުގައި ކަމަށް ބުނެ ވާހަކަތައް ފަތުރަމުންދާތީއެވެ.

Advertisement - newsAdvertisement

ފުއާދު ވިދާޅުވީ ރީ ރަޖިސްޓްރޭޝަންގެ މަރުހަލާ އޮންލައިކޮށް ކުރިއަށްގެންދިއުމުން، އޮޅުވާލާނެ ކަމަށް ބުނަނީ ޓެކްނޮލޮޖީއާ ބީރައްޓެހި ކަމުންނެވެ. އެގޮތުން، އޮންލައިންކޮށް ރީ ރަޖިސްޓްރީ ކުރާއިރު ރީ ރަޖިސްޓްރީ ކުރާ މީހާގެ ފޮޓޯއެއް ވަގުތުން ނަގަން ޖެހޭނެ ކަމަށާއި އެ ފޮޓޯއަކީ ލައިވްކޮށް ނަގާފައިވާ ފޮޓޯއެއްކަން ވެސް އެނގޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. ރީ ރަޖިސްޓްރޭޝަނަށް އެދުމުން ރީ ރަޖިސްޓަރ ކޮށްދޭނީ އެކަންކަމަށް ބެލުމަށްފަހު ކަމަށް ވެސް ފުއާދު ވިދާޅުވިއެވެ.

ޓެކްނޮލޮޖީގެ ކަންކަމުގައި 100 އިންސައްތަ ޔަގީންކަން ނުދެވުނު ނަމަވެސް މި މަރުހަލާގެ ތެރެއިން އޮޅުވާނުލެވޭނެ ކަމުގައި ދެންނެވޭނެ ކަމަށް ވެސް ފުއާދު ވިދާޅުވިއެވެ. އީސީއަށް މިހާރު ވެސް ތަފާތު އެކި ސައިބަރ އެޓޭކްތައް އަންނަކަން ފާހަގަކޮށް އޭނާ ވަނީ އެ އިދާރާއިން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އެ އެޓޭކުތައް ކާމިޔާބު ނުވާކަން ވެސް ފާހަގަކުރައްވާފައެވެ.

ފުއާދު ވިދާޅުވީ މީހަކަށް ނޭނގި އެ މީހެއްގެ ނަމުގައި ފޯމު ހުށަހެޅުމުގެ ފުރުސަތު ވެސް އޮތީ ފޯމު ފުރައިގެން ހުށަހެޅުމުގެ ތެރެއިން ކަމަށެވެ. ނަމަވެސް އެކަން ހައްލު ކުރަން ވެސް ފިޔަވަޅުތައް އަޅާފައިވާނެ ކަމަށާއި އެގޮތުން، ހެކިވެރިންގެ މައުލޫމާތާއި އައިޑިކާޑު އަދި އެ މީހެއްގެ ފަރާތުން ނޫނީ ނުލިބޭނެ މައުލޫމާތު ހިމަނާފައިވާނެކަން ފާހަގަކުރެއްވިއެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބަށް ރީ ރަޖިސްޓްރޭޝަނަށް އަންނަ އާދީއްތަ ދުވަހު ހުޅުވާލާނެއެވެ. މި ފުރުސަތު އަންނަ އޮގަސްޓް މަހުގެ ފަސް ވަނަ ދުވަހާ ހަމައަށް ހުޅުވާލާއިރު މި މަހުގެ 16 އިން 29 ގެ ނިޔަލަށް، އޮންލައިންކޮށް ރީ ރަޖިސްޓަރ ކުރެވޭނެއެވެ. އަދި ޖުލައި 30 އިން އޮގަސްޓު 5 އަށް ރީރަޖިސްޓްރީ ކުރަން ޖެހޭނީ ފޯމު ހުށަހަޅައިގެންނެވެ.

މިއަހަރުގެ އިންތިޚާބުގައި ރީ ރަޖިސްޓްރޭޝަނަށް ހުޅުވާލާއިރު ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭގައި ވޯޓުލުމަށް ރީ ރަޖިސްޓްރީ ކުރި ފަރާތްތަކުން އަލުން މާލެއަށް ރަޖިސްޓްރީ ކުރަން ނުޖެހޭނެއެވެ. ނަމަވެސް އެ ފަރާތްތަކުން ވެސް ވޯޓާސް ރަޖިސްޓްރީގައި ވޯޓުލާން އޮތީ ރަނގަޅު ތަނެއްގައިތޯ ކަށަވަރު ކުރުމަށް އީސީން އެދެއެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބު ސެޕްޓެމްބަރު 9 ގައި ބާއްވާއިރު މި އިންތިޚާބުގައި 282،755 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބިފައިވެއެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

4

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

5

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

އިތުރަށް ކިޔާލަން

22 އޯގަސްޓު 2019

އަދީބު ޔާމީނަށް: "ހީވަނީ ކެމްޕޭނަކީ އެމްއެމްޕީއާރްސީގެ ފައިސާހެން"

22 އޯގަސްޓު 2019
އަދީބު ޔާމީނަށް: "ހީވަނީ ކެމްޕޭނަކީ އެމްއެމްޕީއާރްސީގެ ފައިސާހެން"
14 މެއި 2019

ފެނަކަ ކަސްޓަމަރުންނަށް އޮންލައިންކޮށް ބިލްދެއްކޭނެ ނިޒާމެއް ޤާއިމްކުރަނީ!

14 މެއި 2019
ފެނަކަ ކަސްޓަމަރުންނަށް އޮންލައިންކޮށް ބިލްދެއްކޭނެ ނިޒާމެއް ޤާއިމްކުރަނީ!
27 ޖެނުއަރީ 2019

މިއަދުން ފެށިގެން ޕާސްޕޯޓަށް އޮންލައިންކޮށް އެދެވޭނެ

27 ޖެނުއަރީ 2019
މިއަދުން ފެށިގެން ޕާސްޕޯޓަށް އޮންލައިންކޮށް އެދެވޭނެ
06 ޖެނުއަރީ 2019

ވިސާ ފީ މިހާރު އޮންލައިންކޮށް ދެއްކޭނެ

06 ޖެނުއަރީ 2019
ވިސާ ފީ މިހާރު އޮންލައިންކޮށް ދެއްކޭނެ
30 ޑިސެމްބަރު 2018

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ހޯދައި ދިނުމަށް ޖެންޑަރ މިނިސްޓްރީން އެހީވަނީ

30 ޑިސެމްބަރު 2018
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ހޯދައި ދިނުމަށް ޖެންޑަރ މިނިސްޓްރީން އެހީވަނީ
04 ޑިސެމްބަރު 2017

ސިއްހީ ހިދުމަތަށް އޮންލައިންކޮށް އެދެވޭ ނިޒާމެއް ފުލުހުންނަށް ތައާރަފް ކޮށްފި

04 ޑިސެމްބަރު 2017
ސިއްހީ ހިދުމަތަށް އޮންލައިންކޮށް އެދެވޭ ނިޒާމެއް ފުލުހުންނަށް ތައާރަފް ކޮށްފި
04 ނޮވެމްބަރު 2017

އޮންލައިންކޮށް ކްލާސްތައް ކުރިއަށް ގެންދިއުން: މިފަހަރު އޯ ލެވެލް އަދި އޭ ލެވެލް ކުދިންނަށް

04 ނޮވެމްބަރު 2017
އޮންލައިންކޮށް ކްލާސްތައް ކުރިއަށް ގެންދިއުން: މިފަހަރު އޯ ލެވެލް އަދި އޭ ލެވެލް ކުދިންނަށް
11 އޮކްޓޯބަރު 2017

އޮންލައިންކޮށް ވިޔަފާރި ކުރާއިރު ސަމާލުވުމަށް ފުލުހުން އެދެފި

11 އޮކްޓޯބަރު 2017
އޮންލައިންކޮށް ވިޔަފާރި ކުރާއިރު ސަމާލުވުމަށް ފުލުހުން އެދެފި
21 މެއި 2017

ހިއުމަން ޓްރެފިކިންއާ ގުޅޭ މައްސަލަތައް އޮންލައިންކޮށް ހުށަހެޅޭގޮތް ހަދައިފި

21 މެއި 2017
ހިއުމަން ޓްރެފިކިންއާ ގުޅޭ މައްސަލަތައް އޮންލައިންކޮށް ހުށަހެޅޭގޮތް ހަދައިފި
17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް