Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުލިވަޕޫލް

ލިވަޕޫލްގެ ކެޕްޓަން ހެންޑަސަންވެސް ސައޫދީ ލީގަށް

13 ޖުލައި 2023 | ބުރާސްފަތި 13:50

އަލްއިއްތިފާގުން ހުށަހަޅާފައިވަނީ ލިވަޕޫލުން ދޭ މުސާރައިގެ ތިންގުނަ ބޮޑު އަދަދެއް

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން | 13 ޖުލައި 2023 | ބުރާސްފަތި 13:50
ލިވަޕޫލްގެ ކެޕްޓަން ޖޯޑަން ހެންޑަސަން

ލިވަޕޫލްގެ ކެޕްޓަން ޖޯޑަން ހެންޑަސަން

ލިވަޕޫލްގެ ކެޕްޓަން ޖޯޑަން ހެންޑަސަން ސައޫދީ އަރަބިއްޔާގެ ސުޕަ ލީގުގެ އަލްއިއްތިފާގަށް ބަދަލުވާން ނިންމައިފިއެވެ.

ހެންޑަސަން، 33، މި ގޮތަށް ނިންމީ ލިވަޕޫލާއެކު އޭނާ ހަދާފައިވާ ކޮންޓްރެކްޓްގައި ބާކީ ދެ އަހަރު އޮއްވައި ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕްއާ މިއަދު ބައްދަލުކުރުމަށްފަހުއެވެ. މިއާއެކު މިހާރު ކުރިއަށްދަނީ އޭނާ ވިއްކާލަން ދެ ކުލަބުން އަގަކާމެދު އެއްބަސްވުމުގެ މަރުހަލާއެވެ.

ސައުތަމްޓަނުން ލިވަޕޫލަށް ބަދަލުވި، ހެންޑަސަން ސައޫދީ ލީގަށް ބަދަލުވުމަށް އެންމެ ބޮޑަށް ބާރުއެޅީ ލިވަޕޫލްގެ ލެޖެންޑަރީ ކެޕްޓަން ސްޓީވަން ޖެރާޑެވެ. އޭނާއަކީ މިހާރު ސައޫދީ އަރަބިއްޔާގެ އަލްއިއްތިފާގުގެ ކޯޗެވެ. އެކުގައި ލިވަޕޫލަށް ކުޅުމަށްފަހު ޖެރާޑް ވަކިވުމުން ލިވަޕޫލްގެ ކެޕްޓަންކަން ލިބުނީ ހެންޑަސަންއަށެވެ. އޭގެ ފަހުން އޭނާ ވަނީ ލިވަޕޫލާއެކު ބޮޑެތި ކާމިޔާބީތަކެއް ހޯދާފައެވެ.

އިނގިރޭސި މީޑިޔާތަކުން ބުނާގޮތުގައި ހެންޑަސަން ސައޫދީ ލީގަށް ބަދަލުވާން ނިންމި މައިގަނޑު ސަބަބަކީ އަލްއިއްތިފާގުން އޭނާއަށް ދޭން ބުނި މުސާރައެވެ. ލިވަޕޫލުން މިހާރު ހެންޑަސަންއަށް ދެނީ ހަފުތާއަކު ދެ ލައްކަ ޕައުންޑެވެ. ނަމަވެސް އަލްއިއްތިފާގުން ވަނީ ހަފުތާއަކު ހަތް ލައްކަ ޕައުންޑްގެ މުސާރައެއް ހުށަހަޅާފައެވެ.

އިނގިރޭސި ބައެއް ނޫސްތަކުން ބުނަނީ ސައޫދީއަށް ދިރިއުޅުން ބަދަލުކުރަން ހެންޑަސަންގެ އާއިލާވެސް ބޭނުންނުވާކަމަށެވެ. ނަމަވެސް އިއްތިފާގުން ދޭން ބުނި މުސާރައަކީ ކުޅުން ހުއްޓާލާފައި އާއިލާގެ ކުރިމަގު ބިނާކުރަން ހެންޑަސަންއަށް ލިބޭ ބޮޑު މާލީ ކުރިއެރުމަކަށް ވުމުން ސައޫދީއަށް ބަދަލުވާން ނިންމީ ކަމަށެވެ.

ސައޫދީގެ ކުލަބުތަކުން ދަނީ ލިވަޕޫލްގެ ބްރެޒިލް މިޑްފީލްޑަރު ފަބީނިއޯއާއި ސްޕޭނުގެ މިޑްފީލްޑަރު ތިއާގޯ އަލްސަންޓްރާ ވެސް ގަތުމަށް މަސައްކަތް ކުރަމުންނެވެ.

އަނެއްކޮޅުން ޖެރާޑް ދަނީ އެސްޓަންވިލާއަށް ކުޅެމުން އަންނަ ލިވަޕޫލްގެ ކުރީގެ އެޓޭކިން މިޑްފީލްޑަރު ފިލިޕޭ ކުޓީނިއޯ ގަތުމަށްވެސް މަސައްކަތް ކުރަމުންނެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

04 އެޕްރީލު 2017

ޗެމްޕިއަންސް ލީގަށް ދާނެ ގޮތަކާ މެދު މިދަނީ ވިސްނަމުން: މޮރީނިއޯ

04 އެޕްރީލު 2017
ޗެމްޕިއަންސް ލީގަށް ދާނެ ގޮތަކާ މެދު މިދަނީ ވިސްނަމުން: މޮރީނިއޯ
25 ފެބުރުއަރީ 2017

ވިކްޓްރީގެ ކެޕްޓަން ބޭންޑް މެސީއަށް

25 ފެބުރުއަރީ 2017
ވިކްޓްރީގެ ކެޕްޓަން ބޭންޑް މެސީއަށް
20 ފެބުރުއަރީ 2017

ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޝާހް އަށް ހާޓަޓޭކެއް ޖެހި ފަރުވާދޭން ފަށައިފި

20 ފެބުރުއަރީ 2017
ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޝާހް އަށް ހާޓަޓޭކެއް ޖެހި ފަރުވާދޭން ފަށައިފި
11 ފެބުރުއަރީ 2017

ވިކްޓްރީގެ ޓާގެޓަކީ ތައްޓަކާއެކު ލީގަށް ކޮލިފައިވުން: ޝާޒް

11 ފެބުރުއަރީ 2017
ވިކްޓްރީގެ ޓާގެޓަކީ ތައްޓަކާއެކު ލީގަށް ކޮލިފައިވުން: ޝާޒް
10 ފެބުރުއަރީ 2017

އޯޑީއައި މެޗުތަކުގައި ކެޕްޓަންކަން ކުރުން އަޒްހަރު ހުއްޓާލައިފި

10 ފެބުރުއަރީ 2017
އޯޑީއައި މެޗުތަކުގައި ކެޕްޓަންކަން ކުރުން އަޒްހަރު ހުއްޓާލައިފި
01 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

01 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި
31 ޖެނުއަރީ 2017

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން މެލޭޝިއާގެ ޕެނަންގް ޓީމަށް

31 ޖެނުއަރީ 2017
ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން މެލޭޝިއާގެ ޕެނަންގް ޓީމަށް
27 ޖެނުއަރީ 2017

ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

27 ޖެނުއަރީ 2017
ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި
25 ޖެނުއަރީ 2017

ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

25 ޖެނުއަރީ 2017
ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!
20 ޖެނުއަރީ 2017

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް