Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެވާގްނަރ ގްރޫޕްގެ ހަތިޔާރުތައް

ވާގްނަރ ގްރޫޕްގެ ހަތިޔާރުތައް ރަޝިޔާގެ ޑިފެންސްގެ ބެލުމުގެ ދަށަށް

13 ޖުލައި 2023 | ބުރާސްފަތި 02:12

ޓޭންކުތަކާއި ރޮކެޓްތަކާއި ބަރު ހަތިޔާރުތައް ރަޝިޔާގެ އަސްކަރިއްޔާ އާ ވަނީ ހަވާލުކޮށްފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 13 ޖުލައި 2023 | ބުރާސްފަތި 02:12
ވާގްނަރ ގްރޫޕުން ހަރަކާތްތެރިވަނީ

ވާގްނަރ ގްރޫޕުން ހަރަކާތްތެރިވަނީ

ރަޝިޔާގެ ކުލީ ސިފައިންގެ ގްރޫޕް ވާގްނާރ ގްރޫޕްގެ ހަތިޔާރުތައް ރަޝިޔާގެ ޑިފެންސް މިނިސްޓްރީއާ ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށާއި އެމަސައްކަތް ގާތްގަނޑަކަށް ނިމުމަކާ ހަމައަށް އައިސްފައިވާކަމަށް ރަޝިޔާގެ ޑިފެންސް މިނިސްޓްރީން ބުނެފިއެވެ.

ރަޝިޔާގެ އަސްކަރިއްޔާއާ ދެކޮޅަށް ވާގްނަރ ގްރޫޕުން ހިންގި ނާކާމިޔާބު އަސްކަރީ ހަރަކާތަށްފަހު ރަޝިޔާގެ ރައީސް ވްލަޑްމިއަރ ޕުޓިން އާއި ވާގްނަރ ގްރޫޕްގެ ލީޑަރު ޔެވްގެނީ ޕްރިގޮޒިންއާ ދެމެދު ހެދި ޑީލުގެ ދަށުން އެ ގްރޫޕްގެ ހަތިޔާރުތައް ރަޝިޔާގެ އަސްކަރިއްޔާއާ ހަވާލުކުރަންޖެހެއެވެ.

ވީޑިއޯ އާއެކު ރަޝިޔާގެ ޑިފެންސް މިނިސްޓްރީން އާންމުކޮށްފައިވާ ބަޔާނުގައި ޓޭންކުތަކާއި ރޮކެޓްތަކާއި ބަރު ހަތިޔާރުތައް ރަޝިޔާގެ އަސްކަރިއްޔާއާ ހަވާލުކުރާ މަންޒަރު ފެނެއެވެ. މިނިސްޓްރީން ބުނީ މިހާތަނަށް 2000ށްވުރެ ގިނަ ހަތިޔާރު ހަވާލުކޮށްފައިވާކަމަށެވެ.

ޖޫން 23ން 24ށް ވާގްނަރ ގްރޫޕުން ކުރިޔަށްގެންދިޔަ އަސްކަރީ ހަރަކާތުގައި އެ ގްރޫޕުން ވަނީ ރަޝިޔާގެ ދެކުނުގެ ސިޓީ އެއް ކަމުގައިވާ ރޮސްޓޮވް ހިފާފައެވެ. އަދި އަސްކަރީ ހެލިކޮޕްޓަރުތަކެއް ވައްޓާލާ އޭގައި ތިބި ޕައިލަޓުން ވަނީ މަރާލާފައެވެ.

މިއަސްކަރީ ހަރަކާތަކީ ރަޝިޔާގެ ރައީސްކަމާއި ޕުޓިން ހަވާލުވެވަޑައިގަތްފަހުން ކުރިމަތިވެވަޑައިގެންނެވި އެންމެ ބޮޑު ގޮންޖެހުމެވެ. ވާގްނަރ ގްރޫޕުން އަސްކަރީ ހަރަކާތް ކުރިޔަށްގެންދިޔައިރު ޕުޓިން އެކަން ސިފަކުރެއްވީ ބުރަކައްޓަށް ހަރާލި ހަންޖަރެއްގެ ގޮތުގައެވެ. އަދި އެއީ ރަޝިޔާގައި ދާހިލީ ހަނގުރާމައެއް ފެއްޓުމަށް ކުރި ކަމެއްގެ ގޮތުގައި ސިފަކުރެއްވިއެވެ.

ވާގްނަރ ގްރޫޕުން ރަޝިޔާގެ ވެރިރަށް މޮސްކޯ ހިފުމަށް މޮސްކޯ އާ ދިމާލަށް ކުރަމުންދިޔަ ދަތުރު ހުއްޓާލީ ލޭ އޮހޮރުވުމަކަށް ނުދާންކަމަށް ބުނެއެވެ. މެދުވެރިއެއްގެ ރޯލު ބެލަރޫސް އިން އަދާކޮށްގެން އަސްކަރީ ހަރަކާތް ހުއްޓާލީ ބެލަރޫސް އިން ވާގްނަރ ގްރޫޕަށް ހިމާޔަތް ދޭގޮތަށެވެ.

މި އެއްބަސްވުމާއި ގުޅޭގޮތުންނާއި އެއްބަސްވުމުގައިވާ ކަންކަން ތަންފީޒުކުރި މިންވަރާ ގުޅޭ މާގިނަ މައުލޫމާތުތަކެއް އަދި މިހާތަނަށް ތިލަވެފައެއްނުވެއެވެ. ނަމަވެސް ކްރެމްލިން އިން ބުނެފައިވަނީ ނާކާމިޔާބު އަސްކަރީ ހަރަކާތް ހިންގިތާ ފަސް ދުވަސްފަހުން ޖޫން 29ގައި ޕުޓިން ޕްރިގޮޒިންއާ ބައްދަލުކުރައްވާފައިވާކަމަށެވެ.

ޕްރިގޮޒިން ވީ ތަނެއް ސާފުނުވާއިރު ވާގްނަރ ގްރޫޕުން އަންނަނީ މެދުއިރުމައްޗާއި އެފްރިކާގައި ވެސް ހަރަކާތްތެރިވަމުންނެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

އިތުރަށް ކިޔާލަން

19 މާރިޗު 2018

ރަޝިޔާގެ ރިޔާސީ އިންތިޚާބު: ފަސޭހަކަމާ އެކު އިތުރު ދައުރަކަށް ޕޫޓިން

19 މާރިޗު 2018
ރަޝިޔާގެ ރިޔާސީ އިންތިޚާބު: ފަސޭހަކަމާ އެކު އިތުރު ދައުރަކަށް ޕޫޓިން
29 ޖެނުއަރީ 2018

އެމެރިކާއިން އުޅެނީ ރަޝިޔާގެ އިންތިޚާބަށް ނުފޫޒު ފޯރުވަން: ޕުޓިން

29 ޖެނުއަރީ 2018
އެމެރިކާއިން އުޅެނީ ރަޝިޔާގެ އިންތިޚާބަށް ނުފޫޒު ފޯރުވަން: ޕުޓިން
16 ޖެނުއަރީ 2018

އިނގިރޭސިވިލާތުގެ ވައިގެ ސަރަހައްދު ކައިރިން ރަޝިޔާގެ ޖެޓްތަކެއް ހުއްޓުވައިފި

16 ޖެނުއަރީ 2018
އިނގިރޭސިވިލާތުގެ ވައިގެ ސަރަހައްދު ކައިރިން ރަޝިޔާގެ ޖެޓްތަކެއް ހުއްޓުވައިފި
23 އޯގަސްޓު 2017

ސުދާން އަށް ކަނޑައަޅާފައިވާ ރަޝިޔާގެ އެމްބެސެޑަރ ގޭގައި މަރުވެފައި އޮއްވާ ފެނިއްޖެ

23 އޯގަސްޓު 2017
ސުދާން އަށް ކަނޑައަޅާފައިވާ ރަޝިޔާގެ އެމްބެސެޑަރ ގޭގައި މަރުވެފައި އޮއްވާ ފެނިއްޖެ
13 ޖޫން 2017

ރަޝިޔާގެ އިދިކޮޅު ލީޑަރު 30 ދުވަހަށް ބަންދުގައި ބަހަޓަން ނިންމައިފި

13 ޖޫން 2017
ރަޝިޔާގެ އިދިކޮޅު ލީޑަރު 30 ދުވަހަށް ބަންދުގައި ބަހަޓަން ނިންމައިފި
11 ޖޫން 2017

ބޮޑު ބަލަ ސޭނާ ގްރޫޕްގެ އިސްމީހަކު ލަންކާ ފުލުހުން ހައްޔަރު ކޮށްފި

11 ޖޫން 2017
ބޮޑު ބަލަ ސޭނާ ގްރޫޕްގެ އިސްމީހަކު ލަންކާ ފުލުހުން ހައްޔަރު ކޮށްފި
10 އެޕްރީލު 2017

ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ މިނިވަންވެއްޖެ

10 އެޕްރީލު 2017
ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ މިނިވަންވެއްޖެ
03 އެޕްރީލު 2017

ރަޝިޔާގެ މެޓްރޯއެއްގައި ދެ ގޮވުމެއް ގޮވާ 10 މީހުން މަރުވެއްޖެ

03 އެޕްރީލު 2017
ރަޝިޔާގެ މެޓްރޯއެއްގައި ދެ ގޮވުމެއް ގޮވާ 10 މީހުން މަރުވެއްޖެ
23 މާރިޗު 2017

ޕުޓިންއާ ދެކޮޅު ރަޝިޔާގެ ކުރީގެ އެމް.ޕީ އެއްގެ ގަޔަށް ބަޑިޖަހާ މަރާލައިފި

23 މާރިޗު 2017
ޕުޓިންއާ ދެކޮޅު ރަޝިޔާގެ ކުރީގެ އެމް.ޕީ އެއްގެ ގަޔަށް ބަޑިޖަހާ މަރާލައިފި
21 ފެބުރުއަރީ 2017

ސީރިޔާގައި ރަޝިޔާގެ ހަތަރު ސިފައިން މަރުވެ ދެ ސިފައިން ޒަޚަމްވެއްޖެ

21 ފެބުރުއަރީ 2017
ސީރިޔާގައި ރަޝިޔާގެ ހަތަރު ސިފައިން މަރުވެ ދެ ސިފައިން ޒަޚަމްވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް