Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބެޑްމިންޓަން އެސޯސިއޭޝަން ޖޫނިއަރ ޗެމްޕިއަންޝިޕް

ބެޑްމިންޓަން ޖޫނިއަރ ޗެމްޕިއަންޝިޕް: ދެ އިވެންޓުން ރަން މެޑަލް ހޯދާ، އެންމެ ކާމިޔާބު އަންހެން ކުޅުންތެރިންނަށް ލައިބާ އަދި ޔޫހާ

12 ޖުލައި 2023 | ބުދަ 14:00

ލައިބާ ވާދަކޮށްފައިވަނީ 11 އަހަރުން ދަށުގެ ބައިގަ

ހުސެއިން ޒައިދް
ހުސެއިން ޒައިދް | 12 ޖުލައި 2023 | ބުދަ 14:00
މުބާރާތުގެ އިނާމު ދިނުމުގެ ތެރެއިން

މުބާރާތުގެ އިނާމު ދިނުމުގެ ތެރެއިން

ބެޑްމިންޓަން އެސޯސިއޭޝަން ޖޫނިއަރ ޗެމްޕިއަންޝިޕުގައި ވާދަކުރި ދެ އިވެންޓުންވެސް ރަން މެޑަލް ހޯދާ، މުބާރާތުގެ އެންމެ ކާމިޔާބު އަންހެން ކުޅުންތެރިންނަށް ލައިބާ އަހުމަދު މަހްލޫފް (އެލީ) އަދި އައިޝަތު ޔޫހާ އަހުމަދު ވެއްޖެއެވެ.

މި މުބާރާތުގައި އެލީ ވާދަކޮށްފައިވަނީ 11 އަހަރުން ދަށުގެ ސިންގަލްސް އަދި ޑަބަލްސް އިވެންޓުގައެވެ. ސިންގަލްސް ފައިނަލުގައި އެލީ ވަނީ އައިޝާ ސަނާޔާ ބިންތި އަފްރާހް ސީދާ ދެ ސެޓުން ބަލިކޮށްފައެވެ. މި މެޗުގެ ދެ ސެޓުވެސް އެލީ ކާމިޔާބުކުރީ 21-6 ގެ ނަތީޖާއަކުންނެވެ.

ސިންގަލްސް ފައިނަލުން މޮޅުވުމަށްފަހު، ޑަބަލްސް ފައިނަލުގައި އެލީ އާއި ލައިސާ ޝަޒްވާންގެ ޕެއާ ވާދަކޮށްފައިވަނީ އައިޝާ ލައިބާ މުހައްމަދު އަޒަދު އަދި މަރްޝާ ހުސައިންގެ ޕެއާ އާއެވެ. މި މެޗުވެސް އެލީ އާއި ލައިސާ ކާމިޔާބު ކޮށްފައިވަނީ ސީދާ ދެ ސެޓުންނެވެ. ފުރަތަމަ ސެޓު 21-14 އިން ކާމިޔާބުކޮށްފައިވާއިރު، ދެވަނަ ސެޓު ކާމިޔާބު ކޮށްފައިވަނީ 21-6 އިންނެވެ. މިއާއެކު އެލީ ވަނީ މުބާރާތުގައި ވާދަކުރި ދެ އިވެންޓުވެސް ކާމިޔާބުކޮށްފައެވެ.

ޔޫހާ ވާދަކޮށްފައިވަނީ 15 އަހަރުން ދަށުގެ ސިންގަލްސް އަދި ޑަބަލްސްގެ ބައިގައެވެ. ސިންގަލްސް ފައިނަލުގައި ޔޫހާ ނިކުތީ އަނާތު މޫސާ އާ ދެކޮޅަށެވެ. ޔޫހާ ވަނީ ސީދާ ދެ ސެޓުން މި މެޗު ކާމިޔާބުކޮށްފައެވެ. ފުރަތަމަ ސެޓު 21-13 އިން ކާމިޔާބުކުރިއިރު، ދެވަނަ ސެޓު ކާމިޔާބުކުރީ 21-17 އިންނެވެ.

ޑަބަލްސް ބައިގައި ޔޫހާ އާއި އައިނީ ބިންތި ޝާހިދު ހުސައިންގެ ޕެއާ ބައްދަލުކޮށްފައިވަނީ އައިޝަރު އަމްރާ މުހައްމަދު އަދި ފާތިމަތު ސަލްހާ އަލީގެ ޕެއާއާއެވެ. ފުރަތަމަ ސެޓު 21-8 އަދި ދެވަނަ ސެޓު 21-7 ން ކާމިޔާބުކޮށް ޔޫހާ އާއި އައިނީގެ ޕެއާ މެޗު ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ. މި މެޗުން މޮޅުވުމާއެކު، ޔޫހާއަށް ވަނީ ދެ އިވެންޓުގައި ވާދަކޮށް ދެ ރަން މެޑަލް ލިބިފައެވެ.

13 އަހަރުން ދަށުގެ ބަޔަށް ބަލާއިރު، ސިންގަލްސް ފައިނަލުގައި ވާދަކޮށްފައިވަނީ އާމިނަތު އައިނީ އަޝްރަފާއި އާމިނަތު އަމްނާ އަލީ އާމިރެވެ. މި މެޗު ސީދާ ދެ ސެޓުން ކާމިޔާބުކޮށްފައިވަނީ އައިނީއެވެ. މި އުމުރުފުރާގެ ޑަބަލްސް ބައިގެ ފައިނަލުގައި ވާދަކޮށްފައިވަނީ އައިޝަތު އައިރާ އަބްދުﷲ އަދި ޔަލްވީ ހުސައިންގެ ޕެއާ އާއި އައިޝަތު ޔޫމީ އަލީ އަހުމަދާއި އަމްނާ އަލީ އާމިރުގެ ޕެއާއެވެ. 2-1 ގެ ނަތީޖާއަކުން މި މެޗު ކާމިޔާބުކޮށް، ޑަބަލްސްގެ ޗެމްޕިއަންކަން ހޯދާފައިވަނީ އައިރާ އަދި ޔަލްވީގެ ޕެއާއެވެ.

17 އަހަރުން ދަށުގެ ސިންގަލްސް ޗެމްޕިއަންކަން ހޯދާފައިވަނީ އައިޝަތު ޒޯޔާ ހުސައިންއެވެ. ޒޯޔާ ވަނީ ފައިނަލުގައި އުލްވާ އަހުމަދު ޝިޔާޒް ސީދާ ދެ ސެޓުން ބަލިކޮށްފައެވެ. ސިންގަލްސް ފައިނަލުން ބަލިވިނަމަވެސް، އުލްވާ ވަނީ ޝައިބާ މުހައްމަދު ޝަރީފާއެކު ޑަބަލްސްގެ ފައިނަލުން މޮޅުވެ، ޗެމްޕިއަންކަން ހޯދާފައެވެ. މި ޕެއާ އިންވަނީ އާމިނަތު ނައުރާ ޝަރުވަތު އަދި ޝާނާ އަލީ އަބްދުލްގެ ޕެއާ ދެ ސެޓުން ބަލިކޮށްފައެވެ.

19 އަހަރުން ދަށުގެ ސިންގަލްސް ފައިނަލުގައި ވާދަކޮށްފައިވަނީ އަބްހާ އިސްމާއިލް ރަޝީދާއި އައިޝަތު ޔޫމަލް އަމްޖަދެވެ. 2-0 ން މެޗު ކާމިޔާބުކޮށް، ޗެމްޕިއަންކަން ހޯދާފައިވަނީ އަބްހާއެވެ. މި މުބާރާތުގައި 19 އަހަރުން ދަށުގެ އަންހެން ޑަބަލްސްގެ ބައި ކުރިޔަށް ގެންގޮސްފައެއް ނުވެއެވެ.

އެކުވެނި އިންޑޯ ބެޑްމިންޓަން ހޯލުގައި ކުރިޔަށްދިޔަ މި މުބާރާތުގައި ޖުމްލަ 72 އަންހެން ކުޅުންތެރިން ވާދަކޮށްފައިވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

26 ޖެނުއަރީ 2017
ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ
25 ޖެނުއަރީ 2017

ރާއްޖެޓީވީގެ ވިސާމް އަދި ލީވާން އަށް ކުރި ހުކުމް އިސްތިއުނާފްކުރަން ނިންމައިފި

25 ޖެނުއަރީ 2017
ރާއްޖެޓީވީގެ ވިސާމް އަދި ލީވާން އަށް ކުރި ހުކުމް އިސްތިއުނާފްކުރަން ނިންމައިފި
20 ޖެނުއަރީ 2017

މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!

20 ޖެނުއަރީ 2017
މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!
17 ޖެނުއަރީ 2017

އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން

17 ޖެނުއަރީ 2017
އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން
15 ޖެނުއަރީ 2017

އިސްކަން ދެނީ ބްލޮކާއި ޑިފެންސް ރަނގަޅު ކުރަން: އަދީލް

15 ޖެނުއަރީ 2017
އިސްކަން ދެނީ ބްލޮކާއި ޑިފެންސް ރަނގަޅު ކުރަން: އަދީލް
10 ޖެނުއަރީ 2017

ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި

10 ޖެނުއަރީ 2017
ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި
07 ޖެނުއަރީ 2017

ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ

07 ޖެނުއަރީ 2017
ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ
07 ޖެނުއަރީ 2017

މިއަހަރުގެ ޤައުމީ ޖޫނިއަރ އަދި ސީނިއަރ ސްކޮޑްގެ ފެތުންތެރިންގެ ނަންތައް އިއުލާންކޮށްފި

07 ޖެނުއަރީ 2017
މިއަހަރުގެ ޤައުމީ ޖޫނިއަރ އަދި ސީނިއަރ ސްކޮޑްގެ ފެތުންތެރިންގެ ނަންތައް އިއުލާންކޮށްފި
04 ޖެނުއަރީ 2017

އެޓޯލް ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް އައްޑޫގައި ބައްވަނީ!

04 ޖެނުއަރީ 2017
އެޓޯލް ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް އައްޑޫގައި ބައްވަނީ!
04 ޖެނުއަރީ 2017

ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ

04 ޖެނުއަރީ 2017
ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް