Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވިޒިޓް މޯލްޑިވްސް ޕްރޯ 2023

ވިޒިޓް މޯލްޑިވްސް ޕްރޯ 2023: ޕޯޗުގަލްގެ ޖޮއާނާ ޝެންކާ މިއަހަރުވެސް ވާދަކުރާނެ

އޭނާއަކީ 2017 ވަނަ އަހަރުގެ، ދުނިޔޭގެ ޗެމްޕިއަން

ހުސެއިން ޒައިދް
ހުސެއިން ޒައިދް | 12 ޖުލައި 2023 | ބުދަ 11:03
ޖޮއާނާ ޝެންކާ

ޖޮއާނާ ޝެންކާ

ވިޒިޓް މޯލްޑިވްސް ޕްރޯގެ މިއަހަރުގެ މުބާރާތުގައިވެސް ޕޯޗުގަލްގެ ބޮޑީބޯޑަރު، ޖޮއާނާ ޝެންކާ ވާދަކުރަން ނިންމައިފިއެވެ.

ޖޮއާނާއަކީ މިދިޔަ އަހަރުގެ މުބާރާތުގައިވެސް ވާދަކުރި އެތުލީޓެކެވެ. މިދިޔަ އަހަރުގެ މުބާރާތުން އޭނާ ކަޓާފައިވަނީ ކުއާޓަރ ފައިނަލުންނެވެ. އެ މުބާރާތުގެ ފައިނަލުގައި ވާދަކޮށްފައިވަނީ އިޒަބެލާ ސޫސާއާއި އެލެގްޒެންޑާ ރިންޑާއެވެ. ޗެމްޕިއަންކަން ހޯދީ އިޒަބެލާއެވެ.

އުމުރުން 35 އަހަރުގެ ޖޯއާނާއަކީ ބޮޑީބޯޑިންގައި ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާފައިވާ އެތުލީޓެކެވެ. އޭނާއަކީ 2017 ވަނަ އަހަރުގެ ދުނިޔޭގެ ޗެމްޕިއަނެވެ. މީގެ އިތުރުން، އޭނާ ވަނީ 2014އިން 2017 ވަނަ އަހަރާ ދެމެދު، ޔޫރަޕުގެ ޗެމްޕިއަންކަން ވިދިވިގެން ހަތަރު ފަހަރު ހޯދާފައެވެ. އަދި އޭނާއަކީ ޕޯޗުގަލްގެ ޗެމްޕިއަންކަން ހަތް ފަހަރު ހޯދާފައިވާ އެތުލީޓެކެވެ.

މިވަގުތު ދުނިޔޭގެ ރޭންކިންގެ ތިންވަނާގައި ހިމެނިފައިވާ ޖޮއާނާ، ބޮޑީބޯޑިން ކެރިއަރު ފެށީ 2002 ވަނަ އަހަރުއެވެ. އޭރު އޭނާގެ އުމުރަކީ 15 އަހަރެވެ.

ވިޒިޓް މޯލްޑިވްސް ޕްރޯ އޮގަސްޓު މަހު ފެށުމަށް ހަމަޖެހިފައިވާއިރު، ދުނިޔޭގެ ރޭންކިންގައި ފާހަގަކޮށްލެވޭ ގިނަ އެތުލީޓުން މި މުބާރާތުގައި ވާދަކުރާނެއެވެ.

އިތުރަށް ކިޔާލަން

08 މެއި 2017

ކްލަބު މޯލްޑިވްސް: 18/30 ވުމަންސް ފުޓްސަލް ފިއެސްޓާގެ ޗެމްޕިއަންކަން ފެނަކައަށް

08 މެއި 2017
ކްލަބު މޯލްޑިވްސް: 18/30 ވުމަންސް ފުޓްސަލް ފިއެސްޓާގެ ޗެމްޕިއަންކަން ފެނަކައަށް
02 މެއި 2017

ކްލަބު މޯލްޑިވްސް: އެންމެފަހުގެ ޗެމްޕިއަން ބީއެމްއެލް ސެމީއަށް

02 މެއި 2017
ކްލަބު މޯލްޑިވްސް: އެންމެފަހުގެ ޗެމްޕިއަން ބީއެމްއެލް ސެމީއަށް
30 އެޕްރީލު 2017

ކުލަބް މޯލްޑިވްސް: ވަރުގަދަ ސްކޮޑަކާއެކު ނުކުތް ފެނަކަ ބަލިކޮށް އެލައިޑް ކުއާޓާރއަށް

30 އެޕްރީލު 2017
ކުލަބް މޯލްޑިވްސް: ވަރުގަދަ ސްކޮޑަކާއެކު ނުކުތް ފެނަކަ ބަލިކޮށް އެލައިޑް ކުއާޓާރއަށް
25 އެޕްރީލު 2017

ކްލަބް މޯލްޑިވްސް: ގަދަ 16 ގެ ގުރުނަގައިފި

25 އެޕްރީލު 2017
ކްލަބް މޯލްޑިވްސް: ގަދަ 16 ގެ ގުރުނަގައިފި
09 އެޕްރީލު 2017

ހޭންޑްބޯލް މޯލްޑިވްސްގެ ކަންބޮޑުވުންތައް އެމްއޯސީ އަށް ބަންޑުން ކޮށްލައިފި

09 އެޕްރީލު 2017
ހޭންޑްބޯލް މޯލްޑިވްސްގެ ކަންބޮޑުވުންތައް އެމްއޯސީ އަށް ބަންޑުން ކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު