Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
3 ރަށެއްގެ އެއަރޕޯޓުގެ ބިންހިއްކަން ހަވާލުކުރުން

3 ރަށެއްގެ އެއަރޕޯޓު ހެދުމަށް ބިންހިއްކަން ހަވާލުކޮށްފި

ތުޅާދޫ އެއަރޕޯޓު ހެދުމަށް 44.70 ހެކްޓަރުގެ ބިން ހިއްކާނެ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 12 ޖުލައި 2023 | ބުދަ 08:24
ތިން ރަށެއްގެ އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމަށް އެއްބަސްވުމުގައި ސޮއި ކުރަނީ

ތިން ރަށެއްގެ އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމަށް އެއްބަސްވުމުގައި ސޮއި ކުރަނީ

ތިން ރަށެއްގައި ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ އެއަރޕޯޓު ހެދުމަށް ބިން ހިއްކަން ބަޔަކާ ހަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި ބުދަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި ށ. ބިލެތްފަހިއާއި ބ. ތުޅާދޫ އާއި ތ. ވިލުފުށީގެ އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކަން ހަވާލުކޮށްފައިވަނީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަންސް ޕްރައިވެޓް ލިމިޓެޑާއެވެ. މި އެއްބަސްވުމުގައި ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އަދި ކެޕްިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސިވަރާޖާ މަނިވައްނަން އެވެ.

Advertisement - newsAdvertisement

މި މަޝްރޫއުގެ ދަށުން ތުޅާދޫ އެއަރޕޯޓު ހެދުމަށް 44.70 ހެކްޓަރުގެ ބިން ހިއްކުމަށް ހަވާލުކޮށްފައިވާއިރު ވިލުފުށި އެއަރޕޯޓު ހެދުމަށް 56.34 ހެކްޓަރު އަދި ބިލެތްފަހި އެއަރޕޯޓު ހެދުމަށް 56.34 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަވާލުކޮށްފައެވެ. މި މަސައްކަތްތައް ހަވާލުކޮށްފައިވަނީ 280 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

ޕްލޭނިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ މި މަސައްކަތްތަކީ ކްރޮސް ސަބްސިޑީގެ ދަށުން ކުރިއަށްގެންދާ މަސައްކަތްތަކެއް ކަމަށެވެ. އަދި ތުޅާދޫ އެއަރޕޯޓުގެ އަމަލީ މަސައްކަތް އަންނަ އޮގަސްޓް މަހުގެ ކުރީ ކޮޅު ފެށޭނެ ކަމަށް ލަފާ ކުރެވޭއިރު ވިލުފުއްޓާއި ބިލެތްފަހި އެއަރޕޯޓުގެ މަސައްކަތް ވެސް އެހާތަނުގައި ފެށޭވަރުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ހޯމަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ތުޅާދޫ ދާއިރާގެ މަޖިލިސް މެމްބަަރު ހިސާން ހުސައިން އާއި ކަނޑިތީމު ދާއިރާގެ މެންބަރު ޢަބްދުﷲ ޝަހީމް ޢަބްދުލްޙަކީމް އާއި އެމްޑީޕީގެ ވިލުފުށި ދާއިރާގެ ރައީސް އިސްމާއިލް ރަޝީދު ގާސިމް ބައިވެވަޑައިގެންނެވިއެވެ. ތިން ބޭފުޅުން ވެސް ވަނީ މިއީ އެ ދާއިރާ އަދި ރަށްތަކުގެ ރައްޔިތުން އިންތިޒާރު ކުރަމުން އައި ކަމެއްކަން ފާހަގަކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހަށް ޝުކުރު އަދާ ކުރައްވާފައެވެ.

ކަނޑިތީމު ދާއިރާގެ މެންބަރު ޝަހީމް ވިދާޅުވީ މިއީ އެ ދާއިރާ އަދި ބިލެތްފަހީގެ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ. އަދި ދަތުރުފަތުރުގެ ނިޒާމަކުން ރާއްޖެ ގުޅާލުމަށް ރައީސް ވެވަޑައިގެންވާ ވައުދު ފުއްދިގެން ދިއުމުން މުޅި ރާއްޖެއަށްވެސް އޭގެ ފައިދާ ވާނެ ކަމަށާއި އެއަރޕޯޓުތަކުގެ ބިން ހިއްކުން ހަވާލުކުރެވިގެންދާއިރު އެއިން އެނގިގެންދަނީ ރައީސް ވައުދެއް ވެވަޑައިގެންފިނަމަ އެ ވައުުފުޅެއް ފުއްދަވާނެކަމުގެ ޔަގީންކަން ކަމަށް އޭނާ ވިދާޅުވިއެވެ.

ޕްލޭނިން މިނިސްޓްރީން ތުޅާދުއާއި ވިލުފުއްޓާއި ބިލެތްފަހީ އެއަރޕޯޓުގެ ބިން ހިއްކުމަށް ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަނާ ހަވާލުކޮށްފައިވަނީ 42،450،783.48 ޑޮލަރު ނުވަތަ ގާތްގަނޑަކަށް 654.6 މިލިއަން ދިވެހި ރުފިޔާއަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ވޯޓް ނުލެވޭ ގޮތް ހެދުމަށް ސިފައިން ތާއީދު ކުރޭ: އާދަމް ޝަރީފް

ވޯޓް ނުލެވޭ ގޮތް ހެދުމަށް ސިފައިން ތާއީދު ކުރޭ: އާދަމް ޝަރީފް

22 މާރިޗު 2017
ފަސް އެއާރޕޯޓް އަޅަން 57.5 މިލިއަން ޑޮލަރަށް މެލޭޝިއާ ކުންފުންޏަކާ ހަވާލުކޮށްފި

ފަސް އެއާރޕޯޓް އަޅަން 57.5 މިލިއަން ޑޮލަރަށް މެލޭޝިއާ ކުންފުންޏަކާ ހަވާލުކޮށްފި

07 މާރިޗު 2017
ސިފައިންގެ ތާއީދެއް ސަރުކާރަކަށް ނެތް، ސިފައިންނަށް ވޯޓުނުލެވޭ ގޮތް ހެދުމަށް ފުރުސަތެއް ނުދޭނަން: އިންތި

ސިފައިންގެ ތާއީދެއް ސަރުކާރަކަށް ނެތް، ސިފައިންނަށް ވޯޓުނުލެވޭ ގޮތް ހެދުމަށް ފުރުސަތެއް ނުދޭނަން: އިންތި

04 މާރިޗު 2017
ސިފައިންނަށް ވޯޓު ނުލެވޭގޮތް ހެދުމަށް ޤާނޫނަށް އިސްލާހު ހުށަހަޅާނަން: ޑިފެންސް މިނިސްޓަރ

ސިފައިންނަށް ވޯޓު ނުލެވޭގޮތް ހެދުމަށް ޤާނޫނަށް އިސްލާހު ހުށަހަޅާނަން: ޑިފެންސް މިނިސްޓަރ

28 ފެބުރުއަރީ 2017
ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި

ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި

05 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު