Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުޖެނީން އަށް އިޒްރާއިލުން ދިން ހަމަލާ

"ކަރަށް ބަޑިޖަހާފަ އޮތީ، މަރުވެ ދިޔައީ ލޭފައިބަ ފައިބާ އޮވެ"

11 ޖުލައި 2023 | އަންގާރަ 15:02

ބައި އަކަ ކިލޯމީޓަރަށް ވުރެ ކުޑަ ރެފިއުޖީ ކޭމްޕަކީ، 14000 އެއްހާ މީހުން ދިރިއުޅެމުން ދިޔަ ތަނެއް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 11 ޖުލައި 2023 | އަންގާރަ 15:02
ޖެނިން އަށް ދިން ހަމަލާ ނުރައްކާތެރި

ޖެނިން އަށް ދިން ހަމަލާ ނުރައްކާތެރި

ދިރިއުޅުން އުޖާލާ ކުރުމަށް ކިތަންމެ ފޮނި ހުވަފެންތަކެއް ދުށް ކަމުގައި ވީ ނަމަވެސް، ޔަހޫދީ އިޒްރޭލުގެ ރަޙުމެއް ނެތް ގޮށްމުށުގެ ޝިކާރައަކަށް ވެފައިވާ ފަލަސްޠީނުގެ ރައްޔިތުންނަށް އެ ހުވަފެންތައް ޙަޤީޤަތަކަށް ހެދޭ ގޮތް އޮންނަނީ ނުވެފައެވެ. ސިލްސިލާ ގޮތެއްގައި ދޭތެރެދޭތެރެއިން ވަރުގަދަ ކުރަމުންދާ ހަމަލާތަކާއެކު، ކޮޅަށް ޖަހާ ދިރިއުޅުން ހަފުސްކޮށްލައެވެ.

އަހަރު ދެބައިވެގެން މިދިޔައީވެސް ހަމަ އެފަދަ ގޮތަކަށެވެ. ހަނގުރާމަވެރިންނާ ދެކޮޅަށް ކަމަށް ބުނެ އިޒްރޭލުގެ އަސްކަރިއްޔާއިން ޖެނީންގައި ހިންގި 48 ގަޑިއިރުގެ ރެއިޑް ނިންމާލިއިރު ސުންނާފަތި ކޮށްލާފައި ވަނީ އާންމު ރައްޔިތުންގެ ހިޔާވަހިތަކެވެ. 75 އަހަރުވީ ރެފިއުޖީ ކޭމްޕަށް ދިން ގެއްލުންތައް ފޫބައްދާ، ދިރިއުޅެވޭނެ ވަރު ކުރުމުގެ އަޒުމުގައި ޖެނީންގެ ވަޒަންވެރިން ތެދުވީ ސާބިތުކަމާއެކީގައެވެ. ނަމަވެސް ރެއިޑްގެ ތެރެއިން އެ ފެނުނު މަންޒަރުތަކަކީ މިއިން ދުވަހަކުވެސް ހަނދާން ނައްތާލެވޭނެ ވަރުގެ މަންޒަރުތަކެއް ނޫނެވެ.

ސަމާ ސަބަޣްގެ އަވަށްޓެރިޔާއަކީ ހަމަލާގެ ފުރަތަމަ ދުވަހު އޭނާގެ ކަރަށް ހަމަލާ އަމާޒުވި މީހެކެވެ. ޖެނީން ރެފިއުޖީ ކޭމްޕަށް އިޒްރޭލުގެ އަސްކަރިއްޔާއިން ދިން ހަމަލާތަކުގައި ގައިން ލޭފައިބަމުން ދިޔަ އަވަށްޓެރިޔާއަށް އެންމެ ފަހު ވަޤުތާ ޖެހެންދެންވެސް ސަމާ ދިޔައީ ޚިދުމަތް ކުރަމުންނެވެ.

އެމްބިއުލާންސްއާއި ޕެރަމެޑިކްސްގެ ޚިދުމަތް ލިބެން ނެތް ރެފިއުޖީ ކޭމްޕު ތެރޭގައި ސަމާ، އޭނާގެ އެކުވެރިޔާ ގޮވައިގެން އިން އިރުވެސް ލޭތަށް ފައިބަމުން ދިޔައެވެ. މާ ގިނަ އިރުތަކެއް ނުވެ، އެ އަވަށްޓެރިޔާ މި ދުނިޔެ ދޫ ކުރިއެވެ. ސަމާ ދިރިއުޅޭ ސަރަޙައްދުން އެކަނިވެސް ޒުވާން 3 ފިރިހެނަކު  ވަނީ މަރާލާފައެވެ.

ޖެނީންގެ ރަށްވެހިން ކިޔައިދިން ގޮތުގައި އިޒްރޭލުގެ އަސްކަރިއްޔާއިން އެ ސަރަޙައްދަށް ވަދެގަނެ، ގެތަކުން މީހުން ނެރުނެވެ. އަދި ގެތަކުގެ ފުރާޅުތަކުގެ މަތީގައި ސްނައިޕަރުން ބޭތިއްބިއެވެ. ނުވިތާކަށް، އެ ސަރަޙައްދަށް އެމްބިއުލާންސްތަކަށް ނުވަދެވޭ ގޮތްވެސް ހެދިއެވެ.

ޝަރީފު އަބޫ ޖުލާޔީލް ބުނި ގޮތުގައި ފުރާވަރު ޢުމުރުގެ 3 ކުއްޖެއްގެ ގަޔަށް އިޒްރޭލުން ބަޑިޖެހިއެވެ. އެމީހުންނަށް ފަރުވާއެއްވެސް ނުދީ، މަރުވާން ދޫކޮށްލާފައި އޮތީއެވެ.

މި ފަހުން އިޒްރޭލުން ޖެނީންގައި ހިންގި ރެއިޑަކީ، މި ފަހުގެ ތާރީޚުގައިވެސް ހުޅަނގު އައްސޭރީގައި ހިންގި އެންމެ ވަރުގަދަ އެއް ރެއިޑްއެވެ. އެންމެ ވަރުގަދަ އަސްކަރީ އޮޕަރޭޝަންއެވެ. 2 ދުވަހުގެ ރެއިޑް ނިންމާލިއިރު ފަލަސްޠީނުން 12 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ. އިޒްރޭލު އަސްކަރިއްޔާއިން މަރުވީ އެންމެ މީހެކެވެ.

އިޒްރޭލުގެ ސިފައިން އެ ސަރަޙައްދު ދޫކޮށް ދިއުމާއެކު ޖެނީންގެ ރަށްވެހިން އަނބުރާ ގެތަކަށް ދާން މިޞްރާބު ޖެހިއެވެ. އަނދިރި މަގުތަކުންލާފައެވެ.

ބައި އަކަ ކިލޯމީޓަރަށް ވުރެ ކުޑަ ރެފިއުޖީ ކޭމްޕަކީ، 14000 އެއްހާ މީހުން ދިރިއުޅެމުން ދިޔަ ތަނެކެވެ. ކޭމްޕަށް އަމާޒުކޮށްގެން އިޒްރޭލުން ދިން ހަމަލާތަކަކީ އިޒްރޭލާއި ފަލަސްޠީނުގެ މައްސަލައަށް ސިޔާސީ ފެންވަރުގައި ހައްލެއް ލިބެން ނެތް ކަމުގެ ނިޝާނެކެވޭސް ބުނެވިދާނެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

14 ޑިސެމްބަރު 2017

ޖުމްހޫރީ ޕާޓީގައި ހަރުގަނޑު ވިއްދައި، އުމަރުގެ ހުދުވާ ކޯލިޝަންގެ ކަރަށް!

14 ޑިސެމްބަރު 2017
ޖުމްހޫރީ ޕާޓީގައި ހަރުގަނޑު ވިއްދައި، އުމަރުގެ ހުދުވާ ކޯލިޝަންގެ ކަރަށް!
24 ނޮވެމްބަރު 2017

މަތިންދާބޯޓު އެކްސިޑެންޓްތައް: އިންޑަސްޓްރީ އޮތީ ބޮއްސުންލާފައި

24 ނޮވެމްބަރު 2017
މަތިންދާބޯޓު އެކްސިޑެންޓްތައް: އިންޑަސްޓްރީ އޮތީ ބޮއްސުންލާފައި
16 އޮކްޓޯބަރު 2017

މަރުވެފައިވާ ހަށިތައް ނޫން އެއްވެސް އެއްޗެއް ނުފެނޭ

16 އޮކްޓޯބަރު 2017
މަރުވެފައިވާ ހަށިތައް ނޫން އެއްވެސް އެއްޗެއް ނުފެނޭ
12 އޮކްޓޯބަރު 2017

ރަޝީދުގެ އަންހެނުންގެ ދުލުން: ފިރިމީހާ ނިޔާވެގެންދިޔައީ ނަޖިސް މުންޑާއެކު

12 އޮކްޓޯބަރު 2017
 ރަޝީދުގެ އަންހެނުންގެ ދުލުން: ފިރިމީހާ ނިޔާވެގެންދިޔައީ ނަޖިސް މުންޑާއެކު
10 އޮކްޓޯބަރު 2017

ދައުލަތް އޮތީ ގޭންގްތަކުގެ ދަށުވެފައިތަ، ގޭންގު ކުށްތައް ނުހުއްޓުވިގެން އުޅެނީ ކީއްވެ؟

10 އޮކްޓޯބަރު 2017
ދައުލަތް އޮތީ ގޭންގްތަކުގެ ދަށުވެފައިތަ، ގޭންގު ކުށްތައް ނުހުއްޓުވިގެން އުޅެނީ ކީއްވެ؟
07 ސެޕްޓެމްބަރު 2017

ރޮހިންޖާ ދަރިކޮޅުގެ ކިތައް މީހުން ގައުމު ދޫކޮށްފި؟އެމީހުން ދިޔައީ ކޮންތާކަށް؟

07 ސެޕްޓެމްބަރު 2017
ރޮހިންޖާ ދަރިކޮޅުގެ ކިތައް މީހުން ގައުމު ދޫކޮށްފި؟އެމީހުން ދިޔައީ ކޮންތާކަށް؟
01 އޯގަސްޓު 2017

ޔާމީން މަރާލިތާ 100 ދުވަސްވީއިރު މިދިޔަ ހަތް ދުވަސް ތެރޭ ދެ މަރު، ރައްޔިތުންނަށް އޮތީ ކޮން ރައްކާތެރިކަމެއް؟

01 އޯގަސްޓު 2017
ޔާމީން މަރާލިތާ 100 ދުވަސްވީއިރު މިދިޔަ ހަތް ދުވަސް ތެރޭ ދެ މަރު، ރައްޔިތުންނަށް އޮތީ ކޮން ރައްކާތެރިކަމެއް؟
29 ޖުލައި 2017

މުޅި ގައުމުގައި އޮތީ ފުލުހުންގެ ވާޖިބު އެކަނިތޯއެވެ.!

29 ޖުލައި 2017
މުޅި ގައުމުގައި އޮތީ ފުލުހުންގެ ވާޖިބު އެކަނިތޯއެވެ.!
20 ޖޫން 2017

ސަރުކާރުގެ ތެރޭގައި ހަމަ ރަނގަޅަށްވެސް ހަމަ ނުޖެހުން އޮތީހެއްޔެވެ!

20 ޖޫން 2017
ސަރުކާރުގެ ތެރޭގައި ހަމަ ރަނގަޅަށްވެސް ހަމަ ނުޖެހުން އޮތީހެއްޔެވެ!
23 މެއި 2017

"ކޮޅުވެއްޓިއާއި ދިމާވި ކާގޯ ބޯޓު، އެހީއަށް އެދުމުން ވެސް އަޅާނުލައި ދިޔައީ"

23 މެއި 2017
"ކޮޅުވެއްޓިއާއި ދިމާވި ކާގޯ ބޯޓު، އެހީއަށް އެދުމުން ވެސް އަޅާނުލައި ދިޔައީ"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް