Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވަންގަވް އެޕްލިކޭޝަން

ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ރަޖިސްޓްރީކުރުމުގެ ޚިދުމަތް ވަންގަވްއިން މިހާރު ހޯދޭނެ

"ވަންގަވް" ބޭނުން ކުރުމަށް އީ-ފާސް އެކައުންޓެއް އޮތުން ލާޒިމްވާނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 11 ޖުލައި 2023 | އަންގާރަ 10:00
ހާބަރު ފުޑް ކޯޓް

ހާބަރު ފުޑް ކޯޓް

ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ރަޖިސްޓްރީކުރުމުގެ ކަންކަން ސަރުކާރުގެ ޑިޖިޓަލް ޕްލެޓްފޯމު "ވަންގަވް" މެދުވެރިކޮށް ހޯދޭނެކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން ދެމުންދާ ޚިދުމަތްތަކުގެ ތެރެއިން "ވަންގަވް" މެދުވެރިކޮށް ފޯރުކޮށްދިނުމަށް ނިންމާފައިވާ ޚިދުމަތްތަކާގުޅޭ މައުލޫމާތު ހިއްސާ ކޮށްފައެވެ.

Advertisement - newsAdvertisement

އޭގެ ތެރޭގައި ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ރަޖިސްޓްރީކުރުމާއި ހުއްދަ ދިނުމާއި ގުޅޭ ޚިދުމަތްތަކާއި، ކެއިން ބުއިމުގެ ޚިދުމަތްދޭ ތަންތާގައި ދުންފަތުގެ އިސްތިޢުމާލު ކުރާތަނެއް ކަނޑައެޅުމަށް ދޭ ހުއްދަ ދިނުމާގުޅޭ ޚިދުމަތްތަކާއި، ވާރކް ޕާރމިޓް މެޑިކަލް ހެދުމުގެ ތެރެއިން ރިޕޯޓް ކުރެވޭ ބަލިތަކާ ގުޅޭގޮތުންދޭ ޚިދުމަތްތައް ހިމެނެއެވެ.

"ވަންގަވް" އަކީ ސަރުކާރުންދޭ ޚިދުމަތްތައް ފަސޭހަކަމާއެކު, ޑިޖިޓަލްކޮށް ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި, ގާއިމު ކުރެވިފައިވާ ޕްލެޓްފޯމެކެވެ.  

"ވަންގަވް" ބޭނުން ކުރުމަށް އީ-ފާސް އެކައުންޓެއް އޮތުން ލާޒިމްވާނެއެވެ. އީ-ފާސް ނެތް ފަރާތްތަކުން އީފާސް ވެބްސައިޓަށް ޒިޔާރަތްކޮށް އީ-ފާސް އެކައުންޓް ހުޅުވުމަށް އެދިފައިވެއެވެ.

މި ވެބްސައިޓުން އީ-ފާސްއާއި އަދި އެކައުންޓް ހުޅުވުމާއިބެހޭ އެންމެހާ މަޢުލޫމާތު ލިބޭނެ ކަމަށް ވެސް ބުނެފައިވެއެވެ.  

"ވަންގަވް" އާއި ގުޅިގެން އެއްވެސް މަޢުލޫމާތެއް ސާފުކުރުމަށް ބޭނުންވާނަމަ "ވަންގަވް" ސަޕޯޓް ޓީމްގެ ނަންބަރު 1500 އަށް ގުޅުމަށް ވަނީ އެދިފައެވެ.

އިތުރަށް ކިޔާލަން

29 މާރިޗު 2017

ވެކްސިން ޖަހައިދޭ ތަންތަން އިތުރުކޮށްފި

29 މާރިޗު 2017
ވެކްސިން ޖަހައިދޭ ތަންތަން އިތުރުކޮށްފި
25 މާރިޗު 2017

ސަރުކާރަށް ގިނަދުވަހު ޚިދުމަތް ކުރައްވާފައިވާ ކދ އަހުމަދު މަނިކު އަވަހާރަވެއްޖެ

25 މާރިޗު 2017
ސަރުކާރަށް ގިނަދުވަހު ޚިދުމަތް ކުރައްވާފައިވާ ކދ އަހުމަދު މަނިކު އަވަހާރަވެއްޖެ
23 މާރިޗު 2017

އޭޑީކޭ ފްލޫ ކްލިނިކްތަކުގެ ޚިދުމަތް މެދުކަނޑާލައިފި

23 މާރިޗު 2017
އޭޑީކޭ ފްލޫ ކްލިނިކްތަކުގެ ޚިދުމަތް މެދުކަނޑާލައިފި
09 މާރިޗު 2017

ފުލުހުންގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށް އައްޑޫ ސިޓީ ކައުންސިލާ އެކު މަޝްވަރާކޮށްފި

09 މާރިޗު 2017
ފުލުހުންގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށް އައްޑޫ ސިޓީ ކައުންސިލާ އެކު މަޝްވަރާކޮށްފި
15 ފެބުރުއަރީ 2017

ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ

15 ފެބުރުއަރީ 2017
ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު