Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެކްސިޑެންޓްތަކަކީ ޖިނާއީ ކުށެއް ކަމަށް ބެލުން

އެކްސިޑެންޓުވުމަކީ ޖިނާއީ ކުށެއް، ޤާނޫނީ ޒިންމާ އުފުލަން ނުޖެހޭނެ ކަމަށް ދެކުމަކީ ކުށްހީއެއް - ޕީޖީ

10 ޖުލައި 2023 | ހޯމަ 13:05

ޖިނާއީ ޢަދުލުގެ ނިޒާމުގެ އެއް އަސާސަކީ، މީހަކު ކުރާ ފަރުވާކުޑަ ޢަމަލެއްގެ ސަބަބުން އަނެކާއަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދައިދިނުން

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 10 ޖުލައި 2023 | ހޯމަ 13:05
ޕީޖީ ޝަމީމް

ޕީޖީ ޝަމީމް

އެކްސިޑެންޓުވުމަކީ ޖިނާއީ ކުށެއް ކަމަށާއި ޤާނޫނީ ޒިންމާ އުފުލަން ނުޖެހޭ ކަމަށް ދެކުމަކީ ކުށްހީއެއް ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޝަމީމް މިފަދައިން ވިދާޅުވީ އޭނާގެ ބްލޮގްގައި ލިޔުއްވާފައިވާ ލިޔުއްވުމެއްގައެވެ.

Advertisement - newsAdvertisement

ޖިނާއީ ޢަދުލުގެ ނިޒާމުގެ އެއް އަސާސަކީ، މީހަކު ކުރާ ފަރުވާކުޑަ ޢަމަލެއްގެ ސަބަބުން އަނެކާއަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދައިދިނުން ކަމަށް ޝަމީމް ވިދާޅުވިއެވެ. އަދި އެކަމާއި ގުޅޭ ދެވަނަ އަސާސަކީ، މީހެއްގެ ޢަމަލެއްގެ ސަބަބުން އަނެކާއަށް ހާނިއްކައެއްވާ ހާލަތުގައި އެކަމަކީ ޤާނޫނުގައި ޖިނާއީ ކުށެއްކަމަށް ބަޔާންކޮށްފައިވާ ކަމެއްނަމަ، އެކަމުގެ ޤާނޫނީ ޒިންމާ އުފުލަންޖެހުން ކަމަށް ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ މަގުމަތީގެ އެކްސިޑެންޓުތަކަކީ އެފަދަ ކަމެއް ކަމަށެވެ. ރާއްޖޭގެ ޤާނޫނީ ނިޒާމު މިހާރު އޮތް ގޮތުން، މަގުމަތީގެ އެކްސިޑެންޓުތަކުގެ ޙާލަތުތަކުގައި، ކުށުގެ ޒިންމާ އުފުލާކަށް ނުޖެހޭ ކަމަށް ބައެއް ޤާނޫނީ ޢިލްމުވެރިން ދެކެވަޑައިގަންނަވާ ކަމަށް ޝަމީމް ވިދާޅުވިއެވެ. އެހެންނަމަވެސް އެއީ ކުށްހީ އެއް ކަމަށާއި އެކްސިޑެންޓުގެ މައްސަލަތަކަކީ، ޖިނާއީ ޒިންމާ އުފުލަންޖެހޭ ޤާނޫނީ ކުށެއް ކަމަށް ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ އެކްސިޑެންޓުވުމަކީ ކުށެއް ނޫންކަމަށް ބެލުމަކީ ޤާނޫނީ ގޮތުންވެސް ހަމަޖެހޭ ކަމެއް ނޫން ކަމަށެވެ. އެގޮތަށް ޤާނޫނު މާނަކުރާނަމަ، މީހަކަށް ޙަމަލާއެއް، ގެއްލުމެއް ދޭން ބޭނުންނަމަ، އެމީހާގައި އެކްސިޑެންޓުކޮށްލައިގެން، އޭނާގެ ފުރާނައާއި ހަށިގަނޑަށް ގެއްލުން ދިނުމަށް ހުއްދަ ކުރެވެނީ ކަމަށާއި މިއީ ޤާނޫނު ހުއްދަކުރާނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

މިހާރު ޕްރޮސިކިއުޓަރު ޖެނެރަލްގެ އޮފީހުގެ ދައުވާކުރުމުގެ ސިޔާސަތު އޮތީވެސް، އެކްސިޑެންޓުވުމަކީ ޖިނާއީ ކުށެއް ކަމަށް ބެލުމަށް ކަމަށް ޝަމީމް ވިދާޅުވިއެވެ. އެކުށުގެ ޢަމަލު ތަޙްޤީޤީ އިދާރާތަކުން ބަލައި، އެކަމުގެ ވަށައިގެންވާ ކަންކަމަށް ބަލައި، ދައުވާކުރުމާމެދު ގޮތެއް ނިންމަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅަންވާނެ ކަމަށް ޕީޖީގެ ބްލޮގްގައި ވިދާޅުވިއެވެ.

މީގެ އިތުރުން މި ހަމަ މަތީގައި އޮތް ގޮތަށް، ކުށުގެ ޢުންޞުރުތައް ސާބިތުކުރެވިދާނެކަމަށް ފެންނާތީ، އެގޮތަށް ހުށަހެޅި މަދުވެގެން 4 މައްސަލައެއް މިހާރުވެސް ކޯޓުތަކަށް ހުށަހެޅި ހިނގަމުން ދާ ކަމަށް ޕީޖީ ވިދާޅުވިއވެެ. އެފަދަ އެއް މައްސަލަ ސާބިތުވާކަމަށް ޙުކުމްވެސް ކުރައްވާފައިވާ ކަމަށް ޝަމީމް ވިދާޅުވިއެވެ. ވީމާ، އެކްސިޑެންޓުވުމަކީ ޖިނާއީ ކުށެއްކަމަށް ބަލާ ޤާނޫނީ ހަމައަކީ، ދިވެހިރާއްޖޭގެ ކޯޓުތަކުން ބަލައިގެންފައި އޮތް ކަމެއް ކަމަށް ޕީޖި ވިދާޅުވިއެވެ.

އެގޮތުން ޤާނޫނުލްޢުޤޫބާތުގައިވާ ހަށިގަނޑަށް ގެއްލުން ލިބުމުގެ ކުށުގެ ދަށުން، މީހަކު ބަލަންވާ ވަރަށް ނުބަލައި، ގަވާއިދާ ޚިލާފަށް އެއްގަމުގައި ދުއްވާ އެއްޗެއް ދުއްވުމުގެ ސަބަބުން، އަނެކާގެ ހަށިގަނޑަށް ގެއްލުމެއް ލިބިއްޖެނަމަ، އެކަމަކީ ކުށުގެ ޢަމަލެއް ކަމަށް ޝަމީމް ފާހަގަކުރެއްވިއެވެ. އަދި އެ ޢަމަލުގެ ސަބަބުން ފުރާނައަށް ގެއްލުމެއް ލިބިއްޖެނަމަ، ޤާނޫނުލްޢުޤޫބާތުގެ ދަށުން އެއީ ކުށެއް ކަމަށް ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން އެ ކުށް ކުރި މީހާގެ އަމަލަކީ ފުރާނަ ނުގެއްލޭވަރުގެ ޢަމަލެއްނަމަ، ޤާނޫނުލް އުޤޫބާތުގެ ޖެހުމާއި، ޖަހާފާނެކަމުގެ ބިރު ދެއްކުމާއި އެހެނިހެން ބިރު ދެއްކުމުގެ ކުށުގެ ދަށުން އެ އަމަލު ކުރި މީހަކު ކުށްވެރިވާނެ ކަމަށް ބުނެފައިވެއެވެ.

ހަމައެހެންމެ ޤާނޫނުލްޢުޤޫބާތުގައި އޮތް މުދަލަށް ގެއްލުން ލިބުމުގެ ކުށުގެ ދަށުން މީހަކު ކުރާ އަމަލެއްގެ ސަބަބުން އަނެކާގެ މުދަލަށް ގެއްލުމެއް ލިބިއްޖެނަމަ، އެއީ، ޤާނޫނުލްޢުޤޫބާތުގެ މުދަލަށް ގެއްލުން ދިނުމާއި މުދާ ހަލާކުކުރުމުގެ ކުށުގެ ދަށުން ކުށްވެރިވާނެ ޢަމަލެއް ކަމަށް ޝަމީމް ވިދާޅުވިއެވެ.

މިފަދަ ކުށްތަކުގައި ނިޔަތާ ގުޅޭ ޢުންޞުރު ނުވަތަ ރުކުން ސާބިތުކުރާނެ ގޮތަށް ވެސް ޝަމީމްގެ ބްލޮގްގައި އަލިއަޅުވާލެއްވިއެވެ. އެގޮތުން ބަލާ ނަމަ ޤާނޫނުލްޢުޤޫބާތުގައި، މީހެއްގެ ޢަމަލެއްގައި ނިޔަތް އޮތް މިންވަރު ހަތަރު ގޮތަކުން ކުރެ ގޮތަކަށް ސާބިތުކޮށްދެވިދާނެ ކަމަށް ވަނީ ވިދާޅުވެފައެވެ. އެއީ ޤަޞްދު، އެނގިހުރުން، ފަރުވާކުޑަ ޢަމަލު އަދި އިހުމާލު ކަމަށައި މިއީ ނިޔަތާ ގުޅޭ ހަތަރު ދަރަޖައެއް ކަމަށް އޭނާ ވިދާޅުވިއެވެ. ޝަމީމް ވިދާޅުވީ މިވާހަކަ އޮތީ، ޤާނޫނުލްޢުޤޫބާތުގެކުށުގެ ނިޔަތާގުޅޭ ރުކުންތަކުގެ ތެރޭގައި ކަމަށެވެ.

ކޮންމެ ކުށެއް ބަޔާންކުރާ މާއްދާއެއްގައިވެސް، އެކުށުގެ ޢަމަލުގައި ނިޔަތް ސާބިތުކޮށްދޭންޖެހޭ މިންވަރު ލިޔެފައި އޮންނާނެ ކަމަށާއި ކުށް ބަޔާންކުރާ މާއްދާގައި ވަކި ދަރަޖައެއް ލިޔެފައި ނެތްނަމަ، ނިޔަތުގެ (ޑިފޯލްޓް) ދަރަޖައަކީ އަބަދުވެސް ފަރުވާކުޑަ ޢަމަލެއްގެ މިންވަރު ކަމަށް ޝަމީމް ވިދާޅުވިއެވެެ.

ޝަމީމް ވަނީ އެކްސިޑެންޓުގެ މައްސަލަތަކުގައިވެސް ނިޔަތް ސާބިތުކުރާނެ ގޮތުގެ ތަފްސީލް ހިއްސާކުރައްވާފަ އެވެ. އެއްގަމުގައި (ނުވަތަ ކަނޑުގައިވިޔަސް) އުޅަނދު ދުއްވުމަށް ވަކި ލައިސަންސެއް ނަގަން ޖެހުމުގެ މާނައަކީ، އެ ލައިސަންސް ނެތް މީހަކަށް، ރައްކާތެރިކަމާއެކު ވެހިކަލެއް ދުއްވުމުގެ ޤާބިލުކަން ނުހުންނާނެކަން، ޤާނޫނުން ޤަބޫލުކުރުން ކަމަށް ޝަމީމް ވިދާޅުވިއެވެ. އަދި އުޅަނދު ދުއްވާ ގޮތެއްގެ ސަބަބުން، މީހުން ފުރާނައާއި ހަށިގަނޑާއި މުދަލަށް ބޮޑެތި ގެއްލުންވުމުގެ ފުރުޞަތު އޮންނާތީ، އުޅަނދު ދުއްވުމުގެ ހުއްދަ އޮތުމާއި ނެތުމަކީ ސީރިއަސް ކަމެއް ކަމަށް ޝަމީމް ވިދާޅުވިއެވެ.

އެކްސިޑެންޓެއްވާއިރު، އެމީހާގެ އަތުގައި ލައިސަންސެއް ނެތްނަމަ، އެއީ އޭގެ ޒާތުގައި ފަރުވާކުޑަ ޢަމަލެއްކަމަށް ޤާނޫނުން ޤަބޫލުކުރާތީ، ނިޔަތުގެ ދަރަޖައެއްގެ ގޮތުގައި އޮތް 'ފަރުވާކުޑަ ޢަމަލު' އެމީހާގައި ފުރިހަމަވާކަމަށް ބަލަންޖެހޭ ކަމަށް ޝަމީމް ވިދާޅުވިއެވެ. މީގެ އިތުރުން އެމައްސަލައެއްގެ ތަޙުޤީޤުން، އެމީހާ އެކަން ކުރީ ޤަޞްދުގައިކަން އެނގޭނަމަ، ނިޔަތުގެ މަތީ ދަރަޖައެއް ސާބިތުކުރެވިދާނެ ކަމަށް ޝަމީމް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

3

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

03 އެޕްރީލު 2017

ސިޔާސީ ލީޑަރުން ފުލުސް އޮފީހަށް ހާޒިރުކުރަނީ ޖިނާއީ ކުށެއް ކޮށްގެންނެއް ނޫން، ހަމަ މިސަރުކާރު ބަލިކަށިވީ: ހިސާން

03 އެޕްރީލު 2017
ސިޔާސީ ލީޑަރުން ފުލުސް އޮފީހަށް ހާޒިރުކުރަނީ ޖިނާއީ ކުށެއް ކޮށްގެންނެއް ނޫން، ހަމަ މިސަރުކާރު ބަލިކަށިވީ: ހިސާން
29 މާރިޗު 2017

ބަތޫލަށް ޖިންސީ ފުރައްސާރަ ކުރިކަމަށް ބުނާ ފުލުސް މީހާގެ ޖިނާއީ ކުށެއް ނެތް: ޕޮލިސް

29 މާރިޗު 2017
ބަތޫލަށް ޖިންސީ ފުރައްސާރަ ކުރިކަމަށް ބުނާ ފުލުސް މީހާގެ ޖިނާއީ ކުށެއް ނެތް: ޕޮލިސް
23 މާރިޗު 2017

މީރާގެ ނަޒާހަތްތެރިކަން ވަނީ ގެއްލިފަ، ވަކިވަކި އޮފިސަރުން ޒިންމާ ނަގަން ޖެހޭނެ: އަލީ ޙުސައިން

23 މާރިޗު 2017
މީރާގެ ނަޒާހަތްތެރިކަން ވަނީ ގެއްލިފަ، ވަކިވަކި އޮފިސަރުން ޒިންމާ ނަގަން ޖެހޭނެ: އަލީ ޙުސައިން
21 މާރިޗު 2017

މީޑީއާ ޒިންމާދާރު ކުރަން ބްރޯޑްކޮމްއާ ހަވާލު ކުރީ ބިރު ދައްކާ އިންޒާރުދޭކަށް ނޫން: އަމީތު

21 މާރިޗު 2017
މީޑީއާ ޒިންމާދާރު ކުރަން ބްރޯޑްކޮމްއާ ހަވާލު ކުރީ ބިރު ދައްކާ އިންޒާރުދޭކަށް ނޫން: އަމީތު
28 ފެބުރުއަރީ 2017

ވަކިވަކި ފުލުހުން ކުރާ ކަންތައްތަކުގެ ޒިންމާ ފުލުހުންގެ އިދާރާއިން ނަގާކަށް ނުޖެހޭނެ، މުޅި މުއައްސަސާ ބަދުނާމުކޮށްގެން ނުވާނެ: ހޯމް މިނިސްޓަރ

28 ފެބުރުއަރީ 2017
ވަކިވަކި ފުލުހުން ކުރާ ކަންތައްތަކުގެ ޒިންމާ ފުލުހުންގެ އިދާރާއިން ނަގާކަށް ނުޖެހޭނެ، މުޅި މުއައްސަސާ ބަދުނާމުކޮށްގެން ނުވާނެ: ހޯމް މިނިސްޓަރ
16 ފެބުރުއަރީ 2017

ހުރިހާ ފުލުހުންނަށް އަމާޒުކޮށްގެން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް ފަށައިފި

16 ފެބުރުއަރީ 2017
ހުރިހާ ފުލުހުންނަށް އަމާޒުކޮށްގެން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް ފަށައިފި
12 ފެބުރުއަރީ 2017

ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ބަދަލު ގެންނަނީ!

12 ފެބުރުއަރީ 2017
ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ބަދަލު ގެންނަނީ!
12 ފެބުރުއަރީ 2017

މެމްބަރުން ދަނީ ލޫޓުވުމުން، ހުރިހާ ކަމެއްގެ ޒިންމާ ނަގަންޖެހޭނެ: ސައުދުﷲ

12 ފެބުރުއަރީ 2017
މެމްބަރުން ދަނީ ލޫޓުވުމުން، ހުރިހާ ކަމެއްގެ ޒިންމާ ނަގަންޖެހޭނެ: ސައުދުﷲ
31 ޖެނުއަރީ 2017

ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް

31 ޖެނުއަރީ 2017
ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް