Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވަންގަވް ޕޯޓަލް

ވަންގަވްއަކީ ޑިޖިޓަލް ސަރުކާރެއްގެ ފެށުން، ރަސްމީ ގަޑި ނިމުމުން ދޮރު ބަންދުކޮށް، ޚިދުމަތްތައް މެދުކަނޑައެއް ނުލާނެ

10 ޖުލައި 2023 | ހޯމަ 07:04

ކޮރަޕްޝަން މަދުވުމާއި، ކަރުދާސް ބޭނުން ކުރާ މިންވަރު މަދުވުން ފަދަ ފައިދާތައް ލިބޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 10 ޖުލައި 2023 | ހޯމަ 07:04
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙު

ވަންގަވްއަކީ ޑިޖިޓަލް ސަރުކާރެއްގެ ފެށުން ކަމަށާއި، ޑިޖިޓަލް ސަރުކާރެއްގައި ރަސްމީ ގަޑި ނިމުމުން ދޮރު ބަންދުކޮށް، ޚިދުމަތްތައް މެދުކަނޑައެއް ނުލާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ މުއައްސަސާތަކުގެ ޚިދުމަތްތައް އެއް ވިއުގައަކުން ފޯރުކޮށްދިނުމުގެ ގޮތުން އެކުލަވާލާފައިވާ "ވަންގަވް" ޕޯޓަލްގެ ޚިދުމަތް  ލޯންޗު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިއީ ރައްޔިތުންނާ ގާތުން، ލާމަރުކަޒުކޮށް ޚިދުމަތް ދިނުމުގައި އަނެއްކާވެސް ތާރީޚީ ދުވަހެއް ކަމަށެވެ.

Advertisement - newsAdvertisement

ރައީސް ވިދާޅުވީ، ވަންގަވްއަކީ ޑިޖިޓަލް ސަރުކާރެއްގެ ފެށުން ކަމަށެވެ. މި ސަރުކާރުގެ އެންމެ ޚާއްސަ ސިފައަކީ ރައްޔިތުން ހޯދަން ބޭނުންވާ ޚިދުމަތްތައް ފަސޭހަކަމާއެކު ލިބިގަނެވުންކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ސަރުކާރުގެ ޚިދުމަތްތައް ލިބިގަތުމުގައި ރައްޔިތުން އުފުލަމުން އައި ތަކުލީފުތައް މި ވިއުގައިގެ ސަބަބުން ކުޑަވެގެންދާނެ ކަމަށެވެ. މިސާލަކަށް އަތޮޅުތަކުން މާލެ އައުމާއި، އައިސް ގިނަ ވަގުތު ކިއޫގައި ތިބެން ޖެހުމާއި، އެކަށީގެންވާ މައުލޫމާތު ނުލިބުމާއި، އެތަކެއް ފޯމުތަކެއް ހުށަހަޅަން ޖެހުންފަދަ ތަކުލީފުތައް ރައީސްގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.

ރައީސް ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި 1500 ވެގެންދާނީ ސަރުކާރުގެ މައި ހޮޓްލައިންއަށް ކަމަށެވެ.

ޑިޖިޓަލް ސަރުކާރަކީ ރަސްމީ ގަޑި ނިމުމުން ދޮރު ބަންދުކޮށް، ޚިދުމަތްތައް މެދުކަނޑާލާނެ ސަރުކާރެއް ނޫންކަން ފާހަގަކުރައްވައި ރައީސް އިތުރަށް ވިދާޅުވީ، ދުނިޔޭގެ ކޮންމެ ހިސާބެއްގައި ހުރެގެންވެސް، 24 ގަޑިއިރު ޚިދުމަތްތައް ލިބިގަނެވޭނެ ކަމަށެވެ.

އޭގެ އިތުރުން، ޑިޖިޓަލް ސަރުކާރު ހިނގައިގަންނައިރު، މާލެއާއި އައްޑޫ އަދި ފުވައްމުލަކު ސިޓީގައި މި ޕޯޓަލްގެ ސަޕޯޓު ސެންޓަރުތައް ޤާއިމު ކުރެވިފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި އިތުރު ސަރަޙައްދުތަކުގައިވެސް ސަޕޯޓު ސެންޓަރުތައް ޤާއިމު ކުރައްވާނެ ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ، ޑިޖިޓަލް ސްޓެރެޓަޖީގެ ސަބަބުން ކޮރަޕްޝަން މަދުވުމާއި، ކަރުދާސް ބޭނުން ކުރާ މިންވަރު މަދުވުން ފަދަ ފައިދާތައް ލިބޭ ކަމަށެވެ.

އޭގެ އިތުރުން، ވަންގަވް ޕޯޓަލް ފަރުމާ ކުރެވިފައިވަނީ ރައްޔިތުންގެ ޒާތީ މައުލޫމާތުތައް ރައްކާ ކުރެވޭނެ ގޮތަށްކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ ދިވެހި ކޮންމެ ރައްޔިތަކުވެސް މި ޕޯޓަލް ބޭނުން ކުރުމަށް ހަދަންޖެހޭ "އީފާސް" އެކައުންޓު ހެދުމަށް އިލްތިމާސް ކުރައްވާފައެވެ.

އެންމެ ހިނގާ

1

ނޭޕާލުގެ މަހުޖަނު ވަރުން ޗައުދަރީއަށް ރާއްޖޭގައި ދިމާވި ނުރައްކާތެރި ހާދިސާ އަކުން ސަލާމަތްވީ އަދާނީގެ ސަބަބުން ކަމަށް ބުނެފި

2

ގައުމުގެ ވެރިންނާ ދެކޮޅަށް ވަނަން ހަދައި ކިޔުމަކީ ގައުމާ ދެކޮޅުވުން: ރައީސް މުއިއްޒު

3

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

4

ޑޮަލަރު ނުލިބެނީ ކުރީ ސަރުކާރާ ހެދި. ޕާސްޕޯޓް ނުލިބެނީ ޖަރުމަނުވިލާތާ ހެދި. މި ސަރުކާރުން ޒިންމާ ނަގާނީ ކޮންއިރަކު؟

5

ބަޔޮލޮޖިކަލް ގޮތުން އެއްވެސް ގުޅުމެއް ނެތް ދެ ކުދިން އޮސްޓްރޭލިއާގައި އަންހެނަކު އެއްމާބަނޑު ކުދިންގެ ގޮތުގައި ވިހައިފި

އިތުރަށް ކިޔާލަން

23 އެޕްރީލު 2017

ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރ ޕާކިސްތާނަށް ވަޑައިގަންނަވަނީ

23 އެޕްރީލު 2017
ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރ ޕާކިސްތާނަށް ވަޑައިގަންނަވަނީ
17 އެޕްރީލު 2017

ޕީޕީއެމް ނަމުގައި އުޅޭ ވަގުތީ ނުރަސްމީ ފެކްޝަނަކަށް އަޅުގަނޑު ވައްކެތް ނުކުރެވޭނެ: ސައުދު

17 އެޕްރީލު 2017
ޕީޕީއެމް ނަމުގައި އުޅޭ ވަގުތީ ނުރަސްމީ ފެކްޝަނަކަށް އަޅުގަނޑު ވައްކެތް ނުކުރެވޭނެ: ސައުދު
05 އެޕްރީލު 2017

ކޯޑިނޭޓަރުން ސޯޓުލައިގެން އައިސް ސޮއި ކޮށްލުމުން ރަސްމީ އޮފީސް ނިމުނީ!

05 އެޕްރީލު 2017
ކޯޑިނޭޓަރުން ސޯޓުލައިގެން އައިސް ސޮއި ކޮށްލުމުން ރަސްމީ އޮފީސް ނިމުނީ!
09 މާރިޗު 2017

ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭން އެމްޔޫއޯއިން ރަސްމީކޮށް ފަށައިފި

09 މާރިޗު 2017
ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭން އެމްޔޫއޯއިން ރަސްމީކޮށް ފަށައިފި
02 މާރިޗު 2017

ސިފައިންނަށް ވޯޓު ލުމުގެ ޙައްޤު ގެއްލުވާލުމަކީ ބިރުދެއްކުމުގެ ފެށުން: މާރިއާ

02 މާރިޗު 2017
ސިފައިންނަށް ވޯޓު ލުމުގެ ޙައްޤު ގެއްލުވާލުމަކީ ބިރުދެއްކުމުގެ ފެށުން: މާރިއާ
27 ފެބުރުއަރީ 2017

އެމްޔޫއޯއިން ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކެމްޕެއިން ރަސްމީކޮށް މާޗް 9 ގައި ފަށަނީ

27 ފެބުރުއަރީ 2017
އެމްޔޫއޯއިން ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކެމްޕެއިން ރަސްމީކޮށް  މާޗް 9 ގައި ފަށަނީ
21 ފެބުރުއަރީ 2017

އިންޑިއާގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެކްސްޓަރނަލް އެފެއާޒް ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި

21 ފެބުރުއަރީ 2017
އިންޑިއާގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެކްސްޓަރނަލް އެފެއާޒް ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި
16 ފެބުރުއަރީ 2017

ރަސްމީ ދަތުރުފުޅެއްގައި ޖެނެރަލް ޝިޔާމް ޔޫއޭއީއަށް ވަޑައިގެންފި

16 ފެބުރުއަރީ 2017
ރަސްމީ ދަތުރުފުޅެއްގައި ޖެނެރަލް ޝިޔާމް ޔޫއޭއީއަށް ވަޑައިގެންފި
10 ފެބުރުއަރީ 2017

ވަޒީރުންނަށް އޮފީހުގެ ރަސްމީ މަސައްކަތްތައް ނިންމުމަށް ފަހު ގެއަށް ދެވެނީ މެޑަމްގެ މަސައްކަތްތައް ނިމުމުން: ހޯމް މިނިސްޓަރު

10 ފެބުރުއަރީ 2017
ވަޒީރުންނަށް އޮފީހުގެ ރަސްމީ މަސައްކަތްތައް ނިންމުމަށް ފަހު ގެއަށް ދެވެނީ މެޑަމްގެ މަސައްކަތްތައް ނިމުމުން: ހޯމް މިނިސްޓަރު
31 ޖެނުއަރީ 2017

ކަނޑުއަޑީގެ ބޮޑު ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރަސްމީކޮށް ހުޅުވައިފި

31 ޖެނުއަރީ 2017
ކަނޑުއަޑީގެ ބޮޑު ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރަސްމީކޮށް ހުޅުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް