Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެށ، ފޯކައިދޫ ކެމްޕޭން ޖަލްސާ

ވެރިކަމުގައި އޮންނަ ޕާޓީއަކާއެކު މީގެކުރިން ކޯލިޝަން ހަދާނެ ޕާޓީއެއް ނުވޭ: ރައީސް

9 ޖުލައި 2023 | އާދީއްތަ 17:54

ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް ދެ ޕާޓީން އެމްޑީޕީއާއެކު ކޯލިޝަން ހަދާފައިވޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 9 ޖުލައި 2023 | އާދީއްތަ 17:54
" އުފާވެރި އަމާން ރާއްޖެ" ކެމްޕެއިން ޖަލްސާގައި ރައީސް ވާހަކަދައްކަވަނީ

" އުފާވެރި އަމާން ރާއްޖެ" ކެމްޕެއިން ޖަލްސާގައި ރައީސް ވާހަކަދައްކަވަނީ

ވެރިކަމުގައި އޮންނަ ޕާޓީއަކާއެކު މީގެކުރިން ކޯލިޝަން ހަދާނެ ޕާޓީއެއް ނުވާ ކަމަށާއި ފައިތުވި އިންތިޚާބުތަކުގައި އެކަން ފެނިގެން ގޮސްފިކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވިއެވެ.

"އުފާވެރި އަމާން ރާއްޖެ" ކެމްޕެއިން ޖަލްސާގައި ރައީސް ވިދާޅުވީ މިއަދު ވެރިކަމުގައި ތިއްބެއްވީ ކޯލިޝަނަކާއެކު ކަމަށާއި މިއީ މުޅިން އަލަށް ކުރެވޭކަމެއް ކަމަށެވެ. އަދި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް ދެ ޕާޓީން އެމްޑީޕީއާއެކު ކޯލިޝަން ހަދާފައިވާ ކަމަށް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ކުރީގެ ވެރިކަންތަކުގައި ސަރުކާރަށް ތާއިދުނުކުރާ ކޮންމެ ސިޔާސީ މީހަކު އިންނަން ޖެހުނީ ޖަލުގައި ކަމަށާއި ނޫސްވެރިންގެ ގަލަމުގެ ދޯރި ނެގުމަކީ އޭރު ބިރުވެރިކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައްޔިތުން އޭރު ބޭނުންވީ ހަމަޖެހުން ކަމަށާއި އަސާސީ ހިދުމަތްތައް ކަމަށް ވިދާޅުވިއެވެ. ނޫސްވެރިންގެ ގަލަންތަކުގެ މިނިވަންކަން މި ސަރުކާރުން ދިން ކަމަށް ވިދާޅުވިއެވެ. ޒަމާންތަކެއްވަންދެން ނުލިބުނު މިނިވަންކަން ހޯދައިދިނީ މި ސަރުކާރުން ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ބޭނުމަކީ ރައްޔިތުންނަށް މިހާރު ލިބެމުން އަންނަ އަމާންކަމާއި ހަމަޖެހުން ހިފެހެއްޓުން ކަމަށެވެ. 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ކުރަމަތިލެއްވުމަށް ލަފާ ދެއްވީ ކުރީގެ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެމްބަރު އަލްމަރްހޫމް ހުސައިން ވަހީދު ކަމަށް ރައީސް ވިދާޅުވިއެވެ. ބައްދަލުވެވަޑައިގަތް ކޮންމެ ފަހަރަކު ރިޔާސީ އިންތިޚާބަށް ކުރިމަތި ލެއްވުމަށް އެބޭފުޅާ ބާރު އެޅުއްވި ކަމަށް ވެސް ވިދާޅުވިއެވެ.

މިއަދު ލިބޭ ހަމަޖެހުމާއި އަމާންކަމުގެ އެންމެ ބޮޑު ސިއްރަކީ ކޯލިޝަން އޮތުން ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީސް ހިންގަވަމުން ގެންދަވަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބޭނުންފުޅު ވެވަޑައިގަންނަވާ ގޮތަކަށް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިސަރުކާރުން ޓީވީ ޗެނަލްތައް ޖޫރިމަނާކޮށް ނޫސްވެރިން ޖަލަށް ނުލާ ކަމަށް ރައީސް ވިދާޅުވިއެވެ.

2018 ވަނަ އަހަރުވީ ވައުދުގެ 90 އިންސައްތަ މަސައްކަތް ނިމި، ހިނގަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި މަޝްރޫއުތައް ކުރިއަށް ގެންދިޔައީ މުޅި ދުނިޔެ ހުއްޓިފައި އޮތް ދަނޑިވަޅެއްގައި ކަމަށް ވިދާޅުވިއެވެ.

ރަށްތަކާއި ފަޅުތައް ވިއްކައިގެން ލިބުނު ފައިސާ ދައުލަތުގެ ޚަޒާނައަށް ނުވަންނަ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި ސަރުކާރުން ކުރި މަސައްކަތުން ދައުލަތުގެ ރިޒާވް އިތުރުވިކަން ފާހަގަކުރެއްވިއެވެ. ރާއްޖޭގެ އިޤްތިސާދު ދެގުނަ ވެގެންދާނެ މަންޒަރު ފެނިގެންދާނެ ކަމަށް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އިތުރު ދައުރަކަށް ހޮވިވަޑައިގެންފިނަމަ ފޯކައިދޫގެ ބޮޑެތި މަގުތަކުގައި ތާރު އަޅާ ދެއްވާނެ ކަމަށާއި ފޯކައިދޫގައި ފްލެޓް ނޫނީ ރޯ ހައުސް އަޅުއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ. ކުރިއަތް އޮތް ދައުރު ބިނާކުރާނީ އަމާންކަމާއެކު އިޤްތިސާދީ ބޮޑު ބަދަލެއް ގެނައުމަށް ކަމަށް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

29 މާރިޗު 2017

ރައީސް ނަޝީދަށް ދައުވާކުރަނީ ރައީސް ޔާމީން ގަދަ ބާރުން ވެރިކަމުގައި ހުރުމަށް!

29 މާރިޗު 2017
ރައީސް ނަޝީދަށް ދައުވާކުރަނީ ރައީސް ޔާމީން ގަދަ ބާރުން ވެރިކަމުގައި ހުރުމަށް!
18 މާރިޗު 2017

ރައީސް ޔާމިންގެ ވެރިކަމުގައި ސައުދީ ރަސްގެންފާނު ރާއްޖެ ވަޑައިނުގަންނަވާނެ:ނިޒާރު

18 މާރިޗު 2017
ރައީސް ޔާމިންގެ ވެރިކަމުގައި ސައުދީ ރަސްގެންފާނު ރާއްޖެ ވަޑައިނުގަންނަވާނެ:ނިޒާރު
01 މާރިޗު 2017

ސިފައިންނަށް ވޯޓު ނުލެވޭގޮތް ހެދުމަކީ ވެރިކަމުގައި ގަދަ ބާރުން ތިބުމަށް ރައްޔިތުންގެ ވޯޓުލުމުގެ ޙައްޤަށް ސީދާ އަރައިގަތުން: އެމްޑީޕީ

01 މާރިޗު 2017
ސިފައިންނަށް ވޯޓު ނުލެވޭގޮތް ހެދުމަކީ ވެރިކަމުގައި ގަދަ ބާރުން ތިބުމަށް ރައްޔިތުންގެ ވޯޓުލުމުގެ ޙައްޤަށް ސީދާ އަރައިގަތުން: އެމްޑީޕީ
27 ފެބުރުއަރީ 2017

ރައީސް ޔާމީނަށް ދިގު މުއްދަތަކަށް ވެރިކަމުގައި ހުންނެވޭނެ ގޮތަށް ގާނޫނުތައް ބަދަލުކުރުމުގެ އިޝާރާތެއް!

27 ފެބުރުއަރީ 2017
ރައީސް ޔާމީނަށް ދިގު މުއްދަތަކަށް ވެރިކަމުގައި ހުންނެވޭނެ ގޮތަށް ގާނޫނުތައް ބަދަލުކުރުމުގެ އިޝާރާތެއް!
24 ފެބުރުއަރީ 2017

އެމްޑީޕީގެ ވެރިކަމުގައި އެންމެ ބޮޑު އިސްކަމެއްދިނީ ދީނީ ވަހުދަތު އާލާކުރަން:އަމީރު

24 ފެބުރުއަރީ 2017
އެމްޑީޕީގެ ވެރިކަމުގައި އެންމެ ބޮޑު އިސްކަމެއްދިނީ ދީނީ ވަހުދަތު އާލާކުރަން:އަމީރު
04 ފެބުރުއަރީ 2017

ކާނަލް ޒިޔާދުގެ މަސްލަހަތު އޮންނަ ކުންފުންޏަކުން އެނބޫދޫ ފަޅުގައި 10 ރިސޯޓް ހަދަނީ!

04 ފެބުރުއަރީ 2017
ކާނަލް ޒިޔާދުގެ މަސްލަހަތު އޮންނަ ކުންފުންޏަކުން އެނބޫދޫ ފަޅުގައި 10 ރިސޯޓް ހަދަނީ!
29 ޖެނުއަރީ 2017

އެމްޕީއެލުން އަމަލު ކުރާނީ އޮންނަ އުސޫލުގެ ތެެރެއިން: ޖުނައިދު

29 ޖެނުއަރީ 2017
އެމްޕީއެލުން އަމަލު ކުރާނީ އޮންނަ އުސޫލުގެ ތެެރެއިން: ޖުނައިދު
15 ޖެނުއަރީ 2017

"ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"

15 ޖެނުއަރީ 2017
 "ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
08 ޖެނުއަރީ 2017

މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް

08 ޖެނުއަރީ 2017
މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް