Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރީރެޖިސްޓްރޭޝަން މަރުހަލާ

ބައި އިލެކްޝަންތަކުގައި ވެސް ރީ-ރެޖިސްޓަރ ކުރީ އޮންލައިންކޮށް، ޕާޓީ އެއްގެ އެއްވެސް ޝަކުވާ އެއް ނުލިބޭ - އީސީ

ރީރެޖިސްޓްރޭޝަން މަރުހަލާ އޮޅުވާލަން އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 8 ޖުލައި 2023 | ހޮނިހިރު 13:26
އޮންލައިންކޮށް ރީ-ރަޖިސްޓްރީ ކުރެވޭ ގޮތަށް ޖުލައި މަހު 16 ގައި ރަޖިސްޓްރޭޝަނަށް ހުޅުވާލަނީ

އޮންލައިންކޮށް ރީ-ރަޖިސްޓްރީ ކުރެވޭ ގޮތަށް ޖުލައި މަހު 16 ގައި ރަޖިސްޓްރޭޝަނަށް ހުޅުވާލަނީ

ފަހުގެ ތާރީހުގައި ބާއްވާފައިވާ ބައި އިލެކްޝަންތަކުގައި ވެސް ރީ-ރެޖިސްޓަރ ކުރީ އޮންލައިންކޮށް ކަމަށާއި އެ މަރުހަލާ ކުރިއަށް ދިޔައިރު ޕާޓީ އެއްގެ އެއްވެސް ޝަކުވާ އެއް ނުލިބޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

ރީރެޖިސްޓްރޭޝަން މަރުހަލާ އޮޅުވާލަން އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރާ ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުންނެވެ. އެގޮތުން އެކޮމިޝަނުން އަމަލު ކުރަމުންދަނީ ސަރުކާރު ހިންގާ އެމްޑީޕި އަށް ފައިދާވާ ގޮތަށް ކަމަށް ވެސް އެ ފަރާތްތަކުން ތުހުމަތު ކުރެއެވެ. އެގޮތުން އިދިކޮޅު މައި ޕާޓީ ޕީޕީއެމްގެ އިސް ފަރާތްތަކުން ވަނީ އޮންލައިންކޮށް ރީ-ރެޖިސްޓަރ ކުރުމަކީ ސަރުކާރު ނޫން އެހެން އެންމެންނަށް ގެއްލުންވާ ކަމެއް ކަމަށް ބުނެފައެވެ. އަދި މިއީ ރިޔާސީ އިންތިޚާބުގެ ނަތީޖާ އޮޅުވާލުމަށް މަގުފަހި ވަމުންދާ ކަމެއް ކަމަށް ވެސް ބުނެފައެވެ.

Advertisement - newsAdvertisement

އެކަމާއި ގުޅިގެން ރާއްޖެ އެމްވީން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ މިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގެ ފަހުން ބޭއްވި ހުރިހާ ބައި އިލެކްޝަންތަކުގައި ވެސް ރީ-ރެޖިސްޓަރ ކޮށްފައި ވަނީ އޮންލައިންކޮށް ކަމަށެވެ. އޭރު އާއްމުންގެ ފަރާތުން އެކަމަކީ ރީ-ރެޖިސްޓްރޭޝަންގެ މަރުހަލާ ފަސޭހަވެގެންދާ ކަމެއްކަމަށް ފާހަގަކޮށްފައިވާ ކަމަށް ވެސް ހަބީބު ވިދާޅުވިއެވެ. އަދި މިހާތަނަށް އައި އިރު ވެސް އެކަމާއި މެދު އެއްވެސް ޕާޓީ އެއްގެ ފަރާތުން ރަސްމީކޮށް އީސީ އަށް އެއްވެސް ޝަކުވާ އެއް ހުށަހަޅާފައި ނުވާ ކަމަށް ހަބީބު ވިދާޅުވިއެވެ.

އެހެންކަމުން ރީ-ރެޖިސްޓްރީ ކުރުމުގައި އާއްމުންނަށް ފަސޭހަ ވާނެ ގޮތަށް ހަމަޖައްސާ އިންތިޒާމް ތަކަކީ އެއްވެސް ބަޔަކަށް މަންފާ ލިބޭ ކަމެއް ނޫން ކަން އެ ކޮމިޝަނުން ޔަގީންކުރަމުންދާނެ ކަމަށް ހަބީބު ވިދާޅުވިއެވެ. އެކަމާއި ގުޅޭ ފަންނީ ލަފާ ދެއްވާ ކޮންސަލްޓެންޓުން ވެސް ތިއްބަވާ ކަމަށާއި އިތުބާރާއި ޔަގީންކަމާއި އެކު ޚިދުމަތް ދިނުމަށް ވަރަށް ޚާއްސަ ސަމާލުކަމެއްދެއްވާ ކަމަށް ހަބީބު ވަނީ ވިދާޅުވެފައެވެ.

ރިޔާސީ އިންތިޚާބުގައި, ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލާން އޮންލައިންކޮށް ރީ-ރަޖިސްޓަރ ކުރެވޭ ގޮތަށް، ޖުލައި މަހު 16ގައި ރަޖިސްޓްރޭޝަނަށް ހުޅުވާލަން ނިންމާފައިވާކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފައިވެއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ)ން ސިޔާސީ ޕާޓީތަކާއެކު ބުދަ ދުވަހު ބޭއްވި ގައުމީ ލަފާ ދޭ ކޮމިޓީގެ ބައްދަލުވުމުގައި އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ވޯޓުލާ މަރުކަޒުތައް ތައްޔާރު ކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށާއި، ރިސޯޓުތަކާއި ސިނާއީ މަސައްކަތްކުރާ ތަންތަނަށް ވެސް ވޯޓު ފޮށި ބެހެއްޓުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.

ހަބީބު ވިދާޅުވީ ޖުލައި މަހުގެ 15 ވަނަ ދުވަހުން ފެށިގެން އިންތިޚާބާ ބެހޭ ވަރަށް ބޮޑެތި މަސައްކަތްތައް ފެށިގެން ކުރިއަށްދާނެ ކަމަށާއި، ޖުލައި މަހުގެ 16 ވަނަ ދުވަހު ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލާނެ ކަމަށެވެ. ރީ-ރަޖިސްޓްރީ ކުރުމަކީ ވަރަށް މުހިންމުކަމެއްކަން ފާހަގަކުރައްވައި ހަބީބު ވިދާޅުވީ، ސިޔާސީ ޕާޓީތަކުންނާއި ކައުންސިލްތަކުން ރީ-ރަޖިސްޓަރ ކުރުމަށް ބާރުއަޅައި، މަސައްކަތް ކޮށްދޭން ޖެހޭކަމަށެވެ. ރީ-ރަޖިސްޓަރ ކުރަން 21 ދުވަހުގެ މުއްދަތެއް ލިބޭނެ ކަމަށާއި، މިފަހަރުގެ ޕްރޮސެސް ވަރަށް ފަސޭހަވާނެ ކަމަށް ހަބީބު ވިދާޅުވިއެވެ. އަދި އެ މީހަކު ހުރި ތަނަކުން އޮންލައިންކޮށް ފޯމު ހުށަހެޅުން އެއީ ލިބޭނެ ވަރަށް ބޮޑު ފަސޭހައެއް ކަމަށް ހަބީބު ވިދާޅުވިއެވެ.

ޖުލައި މަހުގެ 15ން ފެށިގެން ރަޖިސްޓްރީ ވުމުގެ ފުރުސަތު ބަންދުކޮށް، ޖުލައި މަހުގެ 16 ވަނަ ދުވަހު ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލާނެ ކަމަށް އީސީން ވަނީ ބުނެފައެވެ. އަދި ރީ-ރަޖިސްޓްރީ ކުރުމަކީ ވަރަށް މުހިންމުކަމެއްކަން އީސީން ފާހަގަކުރެއެވެ.

އެގޮތުން ސިޔާސީ ޕާޓީތަކުންނާއި ކައުންސިލްތަކުން ރީ-ރަޖިސްޓްރީ ކުރުމަށް ބާރުއަޅައި، މަސައްކަތް ކޮށްދޭން ޖެހޭކަމަށް ވެސް އީސީން ވަނީ ބުނެފައެވެ. މީގެ އިތުރުން ރީ-ރަޖިސްޓްރީ ކުރަން 21 ދުވަހުގެ މުއްދަތެއް ލިބޭނެ ކަމަށާއި، މިފަހަރުގެ ޕްރޮސެސް ވަރަށް ފަސޭހަވާނެ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ. އަދި އެ މީހަކު ހުރި ތަނަކުން އޮންލައިންކޮށް ފޯމު ހުށަހެޅުން އެއީ ލިބޭނެ ވަރަށް ބޮޑު ފަސޭހައެއް ކަމަށް އީސީން ދަނީ ބުނަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު

އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި

ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި

16 ޖެނުއަރީ 2017
 ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ

ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ

15 ޖެނުއަރީ 2017
އާ އިންތިހާބެއް އިއުލާން ކުރީ ހުކުމާ ހިލާފަށް:މައުމޫން ފެކްޝަން

އާ އިންތިހާބެއް އިއުލާން ކުރީ ހުކުމާ ހިލާފަށް:މައުމޫން ފެކްޝަން

12 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

6 މެއި
"ޕްރިންސް އޮފް މަޑަގަސްކަރަ"!
20251 އަހަރު ކުރިން
ރިޕޯޓު

"ޕްރިންސް އޮފް މަޑަގަސްކަރަ"!

އިމްރާންގެ ވީޑިއޯއާއެކު ރައީސް ޖެއްސެވީ މެޑަލް!
20242 އަހަރު ކުރިން
ރިޕޯޓު

އިމްރާންގެ ވީޑިއޯއާއެކު ރައީސް ޖެއްސެވީ މެޑަލް!

އިންތިހާބުގައި ވާދަނުކޮށް މާގިނަ ވޯޓު ހޯދި ކެޕްޓަން ގިއޯގީ ހާޖީ: ރޫމޭނިއާގެ ހިތްތަކުގެ ރައީސް
20233 އަހަރު ކުރިން
މީހުން

އިންތިހާބުގައި ވާދަނުކޮށް މާގިނަ ވޯޓު ހޯދި ކެޕްޓަން ގިއޯގީ ހާޖީ: ރޫމޭނިއާގެ ހިތްތަކުގެ ރައީސް

އެލިމިނޭޓް ވުމުން އައްޒަ: "އެންމެ ހީނުކުރާ މީހާ ދެކޮޅަށް ވޯޓުދިނުމުން ސަޕްރައިޒްވި"
20224 އަހަރު ކުރިން
ރާއްޖެ

އެލިމިނޭޓް ވުމުން އައްޒަ: "އެންމެ ހީނުކުރާ މީހާ ދެކޮޅަށް ވޯޓުދިނުމުން ސަޕްރައިޒްވި"

ރައީސް ނަޝީދުގެ ހާލުކޮޅު ސީރިއަސް
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދުގެ ހާލުކޮޅު ސީރިއަސް

ބިލެތުގެ ސިއްހީ ބައެއް ފައިދާ!
20197 އަހަރު ކުރިން
ސިއްހަތު

ބިލެތުގެ ސިއްހީ ބައެއް ފައިދާ!

ބަހުގެ ހަމަލާތަކާއެކު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތުގައި ރެކޯޑިން ވެސް އިއްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ބަހުގެ ހަމަލާތަކާއެކު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތުގައި ރެކޯޑިން ވެސް އިއްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު