Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއާރަށު ޚިޔާނާތް

އާރަށު ޚިޔާނާތް: "ޔާމީނަށް އެނގިވަޑައިނުގެން ހިނގި ކަމެއްނަމަ ކުޑަމިނުން އެތެރޭގެ ތަހުގީގެއް ކޮށްލެވެންވެސް އޮތް"

8 ޖުލައި 2023 | ހޮނިހިރު 09:46

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ދެ ވުޒާރާއަކަށް ފޮނުވި ސިޓީ ދައުލަތުން ވަނީ ހެކީގެ ގޮތުގައި ހުށަހަޅާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 8 ޖުލައި 2023 | ހޮނިހިރު 09:46
ޔާމީނާއި ޔޫސުފް ނައީމަށް ކުރި ހުކުމުގެ އިސްތިއުނާފު އަޑުއެހުން

ޔާމީނާއި ޔޫސުފް ނައީމަށް ކުރި ހުކުމުގެ އިސްތިއުނާފު އަޑުއެހުން

ވ. އާރަށް ޓޫރިޒަމްގެ ބޭނުމަށް ބަދަލުކުރުމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އެނގިވަޑައިނުގެން ހިނގި ކަމެއްކަމަށް ވިދާޅުވާއިރު، އެކަން ކުރެއްވި މުވައްޒަފު ހޯދުމަށްޓަކައި އިދާރީ ތަހުގީގެއް ހިންގެވިކަމަށް، ނުވަތަ އެކަން ކުރެއްވި މުވައްޒަފަކާމެދު ފިޔަވަޅު އެޅުއްވިކަމަށް ބަޔާންކޮށްދެއްވި ނަމަވެސް، ޔާމީނުގެ ފަރާތްޕުޅުން އެ ދައްކަވާ ވާހަކަތަކަށް، ޚިޔާލީ ވާހަކައަކަށްވުރެ ބޮޑު ބުރަދަނެއް ދެވިދާނެކަމަށް ދައުލަތުން ބުނެފިއެވެ.

އާރަށު ޚިޔާނާތުގެ މައްސަލާގައި ޔާމީނަށް އިއްވާފައިވާ ހުކުމުގެ އެންމެ ފަހުން ބޭއްވި އިސްތިއުނާފީ އަޑުއެހުމުގައި ދައުލަތުގެ ޕަބްލިކް ޕްރޮސެކިއުޓަރ އީނާ މޫސާ ވިދާޅުވީ، އާރަށް ޓޫރިޒަމްގެ ބޭނުމަށް ދޫކުރީ ޔާމީނު ނޫންކަމަށް ދިފާއުގައި ވިދާޅުވި ނަމަވެސް، އާރަށް ޓޫރިޒަމްގެ ދަށަށް ބަދަލުކުރެއްވުމަށް ޔާމީނު ނިންމެވިކަން މި މައްސަލައިގެ ހެކިތަކުން ދަލާލަތު ކޮށްދޭ ކަމަށެވެ.

Advertisement - newsAdvertisement

އެއީ ކިތާބީ ހެކިތަކުންވެސް ފެންނަން އޮތް ކަމެއްކަން ފާހަގަކުރައްވައި ވަކީލު ވިދާޅުވީ، މި މައްސަލާގައި ޔާމީނު ކުށްވެރިވެފައިވަނީ ހަމައެކަނި ވަޒީރަކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އެމަނިކުފާނަށް އޮތުމުގެ މައްޗަށް ބަލައިގެން ނޫންކަމަށެވެ. އެގޮތުން އަމިއްލަފުޅު މަންފާއެއް ހާސިލުކުރެއްވުމަށްޓަކައި ޔާމީނު އެ ނުފޫޒުގެ ބޭނުންވެސް ކުރައްވާފައިވާކަން ދައުލަތުގެ ވަކީލު ފާހަގަކުރެއްވިއެވެ.

ދައުލަތުގެ ވަކީލު އިތުރަށް ވިދާޅުވީ، އާރަށް ދަނޑުވެރިކަމަށް ދޫކޮށްފައި އޮއްވައި އެ ރަށް ޓޫރިޒަމް މިނިސްޓްރީގެ ދަށަށް ބަދަލުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ދެ ވުޒާރާއަކަށް ފޮނުވި ސިޓީ ދައުލަތުން މި މައްސަލާގައި ހެކީގެ ގޮތުގައި ހުށަހަޅާފައި ވާނެކަމަށެވެ.

އެ ނިންމުމަކީ އިކޮނޮމިކް އެންޑް ޔޫތު ކައުންސިލުން ޔާމީނާ މަޝްވަރާކުރެވި، އަދި ޔާމީނުވެސް އެންޑޯރސް ކުރައްވައިގެން އައިސްފައިވާ ނިންމުމެއްކަން ދައުލަތުގެ ވަކީލު ފާހަގަކުރެއްވިއެވެ.

އީވައިސީން ނިންމާ ނިންމުމެއް ތަންފީޒުވާނީ ރައީސުލްޖުމްހޫރިއްޔާ އެ ނިންމުމެއް އެންޑޯރސް ކުރެއްވުމުންކަން، ހެކިންގެ ހެކިބަހުން އެނގޭކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ. ވަކިން ޚާއްސަކޮށް، އެ ރަށް ޓޫރިޒަމްގެ ދަށަށް ބަދަލު ކުރެވޭނީވެސް ރައީސުލްޖުމްހޫރިއްޔާއަށް ކަމަށްވާއިރު، އެހިސާބުންވެސް އެންޑޯރސް ކުރެވުނީކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

އޭގެ އިތުރުން، ރަށް ބަދަލުކުރުމުގެ ކަންކަން ހިނގީ ޔާމީނަށް އެނގިވަޑައިނުގެންކަމަށް ތަކުރާރުކޮށް ވިދާޅުވާއިރު، އެންމެ ކުޑަމިނުން ރައީސް އޮފީހުގެ ތެރެއިން އެކަން ކުރި ބައެއް ހޯދައި ފިޔަވަޅެއް އަޅާފައި ވާނަމަވެސް އެ ވާހަކަތަކަށް ކޮންމެވެސް ވަރެއްގެ ބުރަދަނެއް ދެވުނީސްކަން ދައުލަތުގެ ވަކީލު ފާހަގަ ކުރެއްވިއެވެ.

ވ. އާރަށް ފަތުރުވެރިކަމުގެ ބޭނުމަށް ބަދަލުކުރެއްވީ ރައީސް ޔާމީނުކަމަށް ދަށު ކޯޓުގެ ފަނޑިޔާރު ނިންމަވާފައިވަނީ، ހެތްކާބެހޭ ގާނޫނުގެ 6 ވަނަ މާއްދާއަށް ރިއާޔަތްކުރައްވައި ކަމަށާއި، އެކަން ސާބިތު ކުރުމަށް ކަނޑައަޅާފައިވާ ހަމަތަކުގެ މަތިން އަދި ހުށަހެޅިފައިވާ ހެކިތަކަށް ބަލައި ޝަރީއަތަށް އެގޮތަށް ބުރަވެވިގެންކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

ހައިކޯޓުގައި މި މައްސަލަ ބައްލަވަނީ ފަނޑިޔާރު އަލްއުސްތާޒު ހަސަން ޝަފީއު, ފަނޑިޔާރު އަލްއުސްތާޒާ ޚުޒައިފާ މުހައްމަދު އަދި އަލްއުސްތާޒު މުހައްމަދު ސަލީމެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

10 ފެބުރުއަރީ 2017

ލ. ގަމުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެ

10 ފެބުރުއަރީ 2017
ލ. ގަމުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެ
03 ފެބުރުއަރީ 2017

ރައްޔިތުންގެ ވޯޓަކީ ރައީސް ޔާމީނަށް މުހިންމު އެއްޗެއް ނޫން: ޑރ. ޖަމީލް

03 ފެބުރުއަރީ 2017
ރައްޔިތުންގެ ވޯޓަކީ ރައީސް ޔާމީނަށް މުހިންމު އެއްޗެއް ނޫން: ޑރ. ޖަމީލް
30 ޖެނުއަރީ 2017

ރައްޔިތުންގެ ވޯޓަށް ޚިޔާނާތްވުމުން ފަހުން ކުރާނީ ހިތާމަ:ޑރ ޖަމީލް

30 ޖެނުއަރީ 2017
ރައްޔިތުންގެ ވޯޓަށް ޚިޔާނާތްވުމުން ފަހުން ކުރާނީ ހިތާމަ:ޑރ ޖަމީލް
28 ޖެނުއަރީ 2017

އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ

28 ޖެނުއަރީ 2017
އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ
28 ޖެނުއަރީ 2017

ނޫސްވެރިންނާ ބައްދަލުކުރައްވަން ރައީސް ޔާމީނަށް ކެރިވަޑައެއް ނުގަންނަވާ: އިންތި

28 ޖެނުއަރީ 2017
ނޫސްވެރިންނާ ބައްދަލުކުރައްވަން ރައީސް ޔާމީނަށް ކެރިވަޑައެއް ނުގަންނަވާ: އިންތި
25 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

25 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ
25 ޖެނުއަރީ 2017

ރައީސް ޔާމީނަށް ހެޔޮ އެދޭ މީހުން އެދެނީ ޖުނައިދު އިސްތިއުފާ ދިނުމަށް: ޑޭވް

25 ޖެނުއަރީ 2017
ރައީސް ޔާމީނަށް ހެޔޮ އެދޭ މީހުން އެދެނީ ޖުނައިދު އިސްތިއުފާ ދިނުމަށް: ޑޭވް
14 ޖެނުއަރީ 2017

ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ

14 ޖެނުއަރީ 2017
ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް