Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބެޑްމިންޓަން އެސޯސިއޭޝަން ޖޫނިއަރ ޗެމްޕިއަންޝިޕް

ބެޑްމިންޓަން އެސޯސިއޭޝަން ޖޫނިއަރ ޗެމްޕިއަންޝިޕް މިއަދު ފަށައިފި

މި މުބާރާތުގައި ޖުމްލަ 182 ކުޅުންތެރިން ބައިވެރިވެފައިވޭ

ހުސެއިން ޒައިދް
ހުސެއިން ޒައިދް, ރާއްޖެ އެމްވީ | 8 ޖުލައި 2023 | ހޮނިހިރު 11:33
ޖޫނިއާ ބެޑްމިންޓަން މުބާރާތް

ޖޫނިއާ ބެޑްމިންޓަން މުބާރާތް

ބެޑްމިންޓަން އެސޯސިއޭޝަނުން މުޅިން އަލަށް ބާއްވާ ބެޑްމިންޓަން އެސޯސިއޭޝަން ޖޫނިއަރ ޗެމްޕިއަންޝިޕް މިއަދު ފަށައިފިއެވެ.

އެކުވެނި އިންޑޯ ބެޑްމިންޓަން ހޯލުގައި ކުރިޔަށްދާ މި މުބާރާތުގައި ޖުމްލަ 182 ކުޅުންތެރިން ބައިވެރިވެފައިވެއެވެ. އެއީ ފިރިހެން 110 ކުޅުންތެރިންނާއި އަންހެން 72 ކުޅުންތެރިންނެވެ. އުމުރުފުރާތަކަށް ބަހާލެވިގެން ކުރިޔަށްދާ މި މުބާރާތުގެ ކޮންމެ އުމުރުފުރާއެއްގައިވެސް ކުރިޔަށްދާނީ ހަތަރު އިވެންޓެވެ. އެއީ ފިރިހެން ސިންގަލްސް، އަންހެން ސިންގަލްސް، ފިރިހެން ޑަބަލްސް އަދި އަންހެން ޑަބަލްސްއެވެ.

11 އަހަރުން ދަށުގެ އުމުރުފުރާގައި ޖުމްލަ 10 ފިރިހެން ކުޅުންތެރިންނާއި 14 އަންހެން ކުޅުންތެރިން ވާދަކުރާއިރު، 13 އަހަރުން ދަށުގެ ބައިގައި ވާދަކުރާނީ 23 ފިރިހެން ކުޅުންތެރިންނާއި 19 އަންހެން ކުޅުންތެރިންނެވެ. އެންމެ ބޮޑު ތަރުހީބެއް ލިބިފައިވަނީ 15 އަހަރުން ދަށުގެ ބަޔަށެވެ. އެއީ ފިރިހެން 34 އަދި އަންހެން 25 ކުޅުންތެރިންނެވެ.

17 އަހަރުން ދަށުގެ ބައިގައިވެސް ގިނަ ކުޅުންތެރިން ތަކެއް ވާދަކުރެއެވެ. އެއީ ފިރިހެން 37 އަދި އަންހެން 12 ކުޅުންތެރިންނެވެ. މުބާރާތުގެ 19 އަހަރުން ދަށުގެ ބައިގައި ހަ ފިރިހެން ކުޅުންތެރިންނާއި ދެ އަންހެން ކުޅުންތެރިން ބައިވެރިވެފައިވެއެވެ.

ގިނަ މެޗުތަކެއް ކުޅުމުގެ ފުރުސަތުދީ، މުބާރާތުގެ ފޯރި އިތުރަށް ގަދަކުރުމުގެ ގޮތުން، ނޮކް އައުޓްގެ ބަދަލުގައި ގުރޫޕް ސްޓޭޖް މެޗުތައް ކުޅޭނެއެވެ.

މި މުބާރާތަކީ އިންޓަރ ސްކޫލް މުބާރާތުން ތަޖުރިބާ ލިބި، އެ ކުދިންނަށް އިތުރު މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން، ބެޑްމިންޓަން އެސޯސިއޭޝަނުން މުޅިން އަލަށް ބާއްވާ މުބާރާތެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިއަދުގެ މެޗުތައް ޕޮލިހާއި ފިނޭންސުން ކާމިޔާބުކޮށްފި

މިއަދުގެ މެޗުތައް ޕޮލިހާއި ފިނޭންސުން ކާމިޔާބުކޮށްފި

02 ފެބުރުއަރީ 2017
މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި 75 ރަށަކުން ބައިވެރިވެއްޖެ

މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި 75 ރަށަކުން ބައިވެރިވެއްޖެ

31 ޖެނުއަރީ 2017
އޭޝިއަން ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕް މާޗު މަހު ރާއްޖޭގައި

އޭޝިއަން ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕް މާޗު މަހު ރާއްޖޭގައި

31 ޖެނުއަރީ 2017
މަޤާމު ދިފާއުކުރުމުގެ އުއްމީދުގައި ޔުނިޓެޑް ވިކްޓަރީން މިއަދު ޕްރެކްޓިސް ފަށަނީ

މަޤާމު ދިފާއުކުރުމުގެ އުއްމީދުގައި ޔުނިޓެޑް ވިކްޓަރީން މިއަދު ޕްރެކްޓިސް ފަށަނީ

30 ޖެނުއަރީ 2017
ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

26 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

17 ޖޫން
އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި
20251 އަހަރު ކުރިން
ދުނިޔެ

އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް
20242 އަހަރު ކުރިން
ރާއްޖެ

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ

 މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ

 ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން
20215 އަހަރު ކުރިން
ރިޕޯޓު

ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!
20197 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
20188 އަހަރު ކުރިން
ރިޕޯޓު

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު