Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އަފްޣާނިސްތާނުގައި ހިންގާ ސެލޫންތައް

އަފްޣާނިސްތާނުގައި ހިންގާ ހުރިހާ ސެލޫނެއް ބަންދުކުރަން ތާލިބާން ސަރުކާރުން މުހުލަތެއް ދީފި!

އަފްޣާނިސްތާނުގެ ގިނަ އަންހެނުން ތިބީ ކާނެ/ބޯނެ ފަދައެއްވެސް ނެތް ހާލަތުގައިކަން ތާލިބާނުން ގަބޫލުކުރަންޖެހޭ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 8 ޖުލައި 2023 | ހޮނިހިރު 05:15
އަފްޣާނިސްތާނުގައި ހިންގާ ސެލޫނެއް

އަފްޣާނިސްތާނުގައި ހިންގާ ސެލޫނެއް

ޓެރަރިޒަމާ ދެކޮޅަށްކަމަށް ބުނެ، އެމެރިކާ އިސްވެ އޮވެ، ދުނިޔޭގެ އެންމެ ވަރުގަދަ އަސްކަރީ ބާރުތަކުން އަފްޣާނިސްތާނުގައި ކުރި ދިގު ހަނގުރާމަ ނިންމާލުމަށްފަހު ބިދޭސީ ސިފައިން އަފްޣާނިސްތާނުން ފައިބައިގެން ދިޔައެއްކަމަކު ހަމަޖެހުމުގެ ނޭވާއެއް ލުމުގެ ފުރުސަތު، އެ ގައުމުގެ އާންމުންނަކަށް އަދި ނުލިބެއޭވެސް ދެންނެވިދާނެއެވެ. ވަކިން ޚާއްސަކޮށް، އަންހެނުންގެ ހައްގުތަކާއި މިނިވަންކަމަށް ހުރަސްއެޅޭ ގޮތަށް "އިސްލާހު"ގެ ނަމުގައި ގެންނަ ބަދަލުތަކުގެ ސަބަބުން، އަންހެނުންނަށް އުފުލަން ޖެހިފައި އޮތް ތަކުލީފުތައް ގިނަ ކަމުގައިވެސް ދެންނެވިދާނެއެވެ.

ޖުލައި 4 ވީ އަންގާރަ ދުވަހަކީވެސް، އަފްޣާނިސްތާނުގައި ވެރިކަން ހިންގަމުންދާ ތާލިބާން ސަރުކާރުން އެފަދަ އަމުރެއް ނެރުނު ދުވަހެކެވެ. އަފްޣާނިސްތާނުގެ އަޚުލާގާބެހޭ ވުޒާރާގެ ނަމުގައި ތާލިބާނުން ހިންގަމުންދާ އިދާރާއިން ނެރުނު އަމުރުގައި، އަފްޣާނިސްތާނުގައި ޒީނަތްތެރިވުމުގެ ޚިދުމަތްދޭ ހުރިހާ ސެލޫނެއް ބަންދުކުރުމަށް ވަނީ އަންގާފައެވެ. މިއީ އާންމު ތަންތަނަށް އަންހެނުން ދިއުމަށް ތާލިބާނުން އަޅަމުންދާ ސިލްސިލާ ހުރަސްތަކުގެ ޗޭނަށް އެންމެ ފަހުން އިތުރުކުރި ބޮޅެވެ.

އަޚުލާގާބެހޭ ވުޒާރާގެ ތަރުޖަމާނެއް ކަމަށްވާ މުހައްމަދު ސާދިގު އާކިފު ފާހަގަކުރިގޮތުގައި، ބިއުޓީ ޕާލަރތަކާއި ސެލޫންތަކުގެ މަސައްކަތް، ބަރާބަރު 1 މަސް ދުވަހުގެ ތެރޭގައި ހުއްޓާލަން ޖެހެއެވެ.

އަފްޣާނިސްތާނުގައި ވެރިރަށް ކާބުލްއާއި އެހެންވެސް ބައެއް ސިޓީތަކުގައި ސެލޫންތައް ހުޅުވަން ފެށީ، މީގެ ކުރިން އެ ގައުމުގައި އޮތް ތާލިބާން ވެރިކަން، 2001 ވަނަ އަހަރުގެ ފަހުކޮޅު ވައްޓާލިތާ ދުވަސްކޮޅެއް ފަހުންނެވެ. 2021 ވަނަ އަހަރުގެ އޯގަސްޓް މަހު، ތާލިބާނުން އަނެއްކާވެސް އަފްޣާނިސްތާނުގެ ކޮންޓްރޯލް ނެގިކަމުގައި ވީނަމަވެސް، ގިނަ ސެލޫންތަކަކުން ދިޔައީ ޚިދުމަތް ދެމުންނެވެ. ނަތީޖާއަކަށް ވީ އަންހެނުންނަށް ވަޒީފާގެ ފުރުސަތު ލިބުމާއި، އަންހެން ކަސްޓަމަރުންނަށް ޚިދުމަތްތައް ލިބެމުން ދިއުމެވެ.

އަފްޣާނިސްތާނުގައި ގިނަ ސެލޫންތައް ހިންގަނީ ހަމަ އެކަނި އަންހެން ކަސްޓަމަރުންނަށް އަމާޒުކޮށްގެން ކަމަށް ވާއިރު، ސެލޫން ހިންގާ އިމާރާތުގެ ކުޑަދޮރުތައްވެސް ހުންނަނީ، ބޭރުން ދާ މީހަކަށް އެތެރެ ނުފެންނާނެ ގޮތަށް ނިވާކޮށްފައެވެ. ކަން މިހެން އޮތްނަމަވެސް، ސެލޫންތައް ބަންދުކުރުމަށް ތާލިބާނުން ނެރުނު އަމުރާމެދު އާންމުންގެ ޚިޔާލުގައި ފަރަގުތަކެއް އެބަހުއްޓެވެ.

އަފްޣާނިސްތާނުގައި ތާލިބާނުންގެ ވެރިކަން އަލުން ފަށައި، އަންހެނުންގެ މިނިވަންކަމާއި ހައްގުތަކަށް އުނިކަން ލިބޭގޮތަށް އަޅަމުންދާ ފިޔަވަޅުތަކަށް، ބައިނަލްއަގުވާމީ ފެންވަރުގައި ވަނީ ފާޑުކިޔުންތައް އަމާޒުވެފައެވެ. އެކި ގައުމުތަކުގެ ސަރުކާރުތަކުގެ އިތުރުން، އދ.ގެ އޮފިޝަލުންވެސް ވަނީ ތާލިބާން ސަރުކާރުގެ އެފަދަ ސިޔާސަތުތައް ކުށްވެރިކޮށްފައެވެ.

2022 ވަނަ އަހަރު ތާލިބާނުން ވަނީ، އަންހެން ކުދިންނަށް އަމާޒުކޮށްގެން ހިންގާ ގިނަ އަދަދެއްގެ ހައި ސްކޫލްތައް ބަންދުކޮށްފައެވެ. އަފްޣާނިސްތާނުގެ ޔުނިވަރސިޓީތަކުގެ ދޮރޯށިތައް، އަންހެން ދަރިވަރުންނަށް ބަންދުކުރިއެވެ. ވަޒީފާގެ މައިދާނުގައި އަންހެނުންނަށް ހުރި ފުރުސަތުތައްވެސް ބަންދުކުރިއެވެ. އާންމު ޖިމްތަކާއި ޕާކުފަދަ ތަންތަނަށްވެސް އަންހެނުންނަށް ނުވަދޭނެހެން ބަންދުކުރިއެވެ.

އިސްލާމީ އުސޫލުތައް ނެގެހެއްޓުމުގެ ނަމުގައި ތާލިބާނުން ތަންފީޒުކުރަމުން ގެންދާ އެފަދަ ސިޔާސަތުތަކަކީ، ސަރުކާރެއްގެ ގޮތުގައި ތާލިބާނުންގެ ވެރިކަން ބަލައިގަތުމަށް ބައިނަލްއަގުވާމީ މުޖުތަމައު ފަސްޖެހޭ ކަމެއް ކަމަށް، ހުޅަނގުގެ ގައުމުތަކާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ވަނީ ބުނެފައެވެ. 

ކޮމެންޓް

އިތުރަށް ކިޔާލަން

ތާލިބާންގެ ވެރިންނަކީ ކޮން ބައެއް؟

ތާލިބާންގެ ވެރިންނަކީ ކޮން ބައެއް؟

21 އޯގަސްޓު 2021
އިންޑިޔާއާމެދު ނަފްރަތު އުފެއްދުމަށް ޗައިނާއިން ފަންޑުކޮށްގެން މީޑިޔާއެއް ހިންގާކަމުގެ ތުހުމަތު

އިންޑިޔާއާމެދު ނަފްރަތު އުފެއްދުމަށް ޗައިނާއިން ފަންޑުކޮށްގެން މީޑިޔާއެއް ހިންގާކަމުގެ ތުހުމަތު

04 ޖުލައި 2021
ދިވެހި ޚާރިޖިއްޔާ ހިންގާ އިމާރާތުގެ ނަން ބަދަލުކުރުން

ދިވެހި ޚާރިޖިއްޔާ ހިންގާ އިމާރާތުގެ ނަން ބަދަލުކުރުން

07 ފެބުރުއަރީ 2021
ގްރޭޓަރ މާލެ އިންޑަސްޓަރިއަލް ޒޯނުން ހިންގާފައިވާ ކޮރަޕްޝަންގެ ބޮޑު މައްސަލަ!

ގްރޭޓަރ މާލެ އިންޑަސްޓަރިއަލް ޒޯނުން ހިންގާފައިވާ ކޮރަޕްޝަންގެ ބޮޑު މައްސަލަ!

05 ޖޫން 2020
ގިނަ އަދަދެއްގެ ރޮހިންގާ މުސްލިމުން ކަނޑުމަތީ ހާލުގަ ޖެހިފައި، ބަންގްލަދޭޝުން ބުނަނީ ޒިންމާ ނުނެގޭނެ ކަމަށް

ގިނަ އަދަދެއްގެ ރޮހިންގާ މުސްލިމުން ކަނޑުމަތީ ހާލުގަ ޖެހިފައި، ބަންގްލަދޭޝުން ބުނަނީ ޒިންމާ ނުނެގޭނެ ކަމަށް

26 އެޕްރީލު 2020

އަހަރުތަކުން މިއަދު

22 އެޕްރީލު
އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!
20251 އަހަރު ކުރިން
ރާއްޖެ

އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.
20242 އަހަރު ކުރިން
އިސްލާމް

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް
20233 އަހަރު ކުރިން
ރާއްޖެ

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟
20224 އަހަރު ކުރިން
ރިޕޯޓު

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!
20215 އަހަރު ކުރިން
ރިޕޯޓު

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
20197 އަހަރު ކުރިން
ރިޕޯޓު

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު