Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުސިއްހީ ޚިދުމަތްފުޅާ ކުރުން

ފަރުވާއަށް މާލެއަށް އަންނަން ނުޖެހި، ރައްޔިތުންނަށް ހިތްހަމަޖެހުން

ހޮސްޕިޓަލުގެ އަމާޒަކީ ބަލިމީހުންނަށް ރައްކާތެރި، ހިތްހަމަޖެހޭ ޚިދުމަތެއް ފޯރުކޮށްދިނުން

އަމްނާ އިމާދު
އަމްނާ އިމާދު | 8 ޖުލައި 2023 | ހޮނިހިރު 03:41
އައްޑޫސިޓީގެ އިކުއެޓޯރިއަލް ހޮސްޕިޓަލާއި ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް

އައްޑޫސިޓީގެ އިކުއެޓޯރިއަލް ހޮސްޕިޓަލާއި ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް

ޒަމާނުއްސުރެ އާއްމު ރައްޔިތުން ކުރަމުންދާ އެއް ޝަކުވާއެވެ. އަތޮޅުތެރެއިން އެކަށީގެންވާ ސިއްހީ ފަރުވާ ނުލިބޭކަމުގެ ޝަކުވާއެވެ. ކުޑަ ބައްޔެއް ވީނަމަވެސް ފަރުވާ ހޯދުމަށް މާލެއަށް އައުމަށް މަޖުބޫރުވުމަކީ ރައްޔިތުންގެ އެންމެ ބޮޑު އެއްކަންބޮޑުވުމެވެ. އެއީ ސަބަބެއް ވެސް ނެތިއެއް ނޫނެއެވެ. ފަރުވާއަށް މާލެއަށް އައުމަކީ ގިނަ ޚަރަދުތަކެއް އަތުން ދާނެ ކަމަކަށް ވުމެވެ. އަދި ދަތުރެއްކޮށްފައި އައުމަކީވެސް އެހައި ފަސޭހަ ކަމަކަށް ނުވުމެވެ. ރާއްޖޭގެ ސިއްހީ ނިޒާމު ބައްޓަންވެ ކުރިއަރަމުން އައި ގޮތަށް ބަލާއިރު، އަތޮޅުތެރޭގެ ރަށްތައް މީގެ ކުރިން އޮތީ ވަރަށް ބޮޑަށް އެކަހެރިވެ ބާކީވެފައެވެ. ހުރިހާ ޚިދުމަތެއް މާލެއިން ލިބޭއިރު، ޒަރޫރީ ބޭނުންތައް ފުއްދުމަށް މާލެއަށް އައުމަށް ރައްޔިތުންނަށް މަޖުބޫރުވެއެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ގެނައި ލާމަރުކަޒު ކުރުމުގެ ސިޔާސަތާއެކު، އަތޮޅުތެރެ ތަރައްގީކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދެވިގެންދިޔައެވެ. ނަތީޖާއެއް ގޮތުން ކޮންމެ އަތޮޅެއްގައިވެސް ސިއްހީ ފަރުވާގެ ޚިދުމަތްތައް އެކަށީގެންވާ ފެންވަރެއްގައި ދެވޭނެ ހޮސްޕިޓަލެއް ގާއިމްކުރުމުގެ މަސައްކަތް ފެށިއެވެ. މިމަސައްކަތުގެ ނަތީޖާ މިއަދު މިވަނީ ފެންނަން ފަށާއެވެ.

ރާއްޖޭގެ ދެކުނަށް ނިސްބަތްވާ އައްޑޫ ސިޓީއަށް ބަލާއިރު، މިއަދު އެހިސާބުގައި ދިރިއުޅޭ ރައްޔިތުން ފަރުވާއަށް ކޮންމެހެން މާލެއަށް އައުމަކަށް މަޖުބޫރެއްނޫނެވެ. ގިނަ ޚިދުމަތްތައް އައްޑޫސިޓީގެ އިކުއެޓޯރިއަލް ހޮސްޕިޓަލުން (އޭއީއެޗް)އިން ލިބެއެވެ. އެންމެ ފަހުގެ ޓެކްނޮލޮޖީއާއެކު އައު ޚިދުމަތްތައް ވެސް ދަނީ ތައާރަފް ކުރަމުންނެވެ. އާއްމު ބަލިތަކަށް ފަރުވާ ދިނުމުގެ އިތުރުން، ބޮޑެތި އޮޕަރޭޝަންތައްވެސް މިހާރު އޭއީއެޗްގައި ކުރެއެވެ. އެގޮތުން ކަކުލުހުޅު ބަދަލުކުރުމަކީ 2022 ވަނަ އަހަރުން ފެށިގެން އޭއީއެޗްއިން ގަވާއިދުން ދެވެމުން އަންނަ ޚިދުމަތެކެވެ. އޮސްޓިއޯ އާތުރައިޓިސް ފަދަ ކަކުލުހުޅުގެ ބަލިތަކަށް ފަރުވާ ހޯދަމުންދާ ފަރާތްތަކުން އޭއީއެޗްގެ ކަށީގެ ޑޮކްޓަރުންނަށް ދައްކައިގެން ކަކުލުހުޅު ބަދަލުކުރުމަށް އެބޭފުޅުންގެ ލަފާ ހޯދޭނެއެވެ.

އޭއީއެޗްއިން މައުލޫމާތުދޭގޮތުގައި އައްޑޫ ރައްޔިތުންގެ އިތުރުން ރާއްޖޭގެ އެކި ހިސާބުތަކުގެ މީހުން ފަރުވާ ހޯދުމަށް ހޮސްޕިޓަލަށް އާދެއެވެ. އަދި ހޮސްޕިޓަލުގެ އަމާޒަކީ ބަލިމީހުންނަށް ރައްކާތެރި، ހިތްހަމަޖެހޭ ޚިދުމަތެއް ފޯރުކޮށްދިނުން ކަމަށް އޭއީއެޗުން ބުނެއެވެ.

އޭއީއެޗްގައި މީގެކުރިންވެސް ވަނީ މިފަދަ ބޮޑެތި އޮޕަރޭޝަންތަކެއް ކޮށްފައެވެ. އެގޮތުން ލޮލުގެ އޮޕަރޭޝަންތަކާއި ނާރުގެ އޮޕަރޭޝަނެއްވެސް ކޮށްފައިވެއެވެ. އަދި އުކުޅުވަޅާއި މައިބަދައިގެ އޮޕަރޭޝަނެއްވެސް ކާމިޔާބުކަމާއެކު ކޮށްފައިވެއެވެ. ކާޑިއޯއާއި ސީޓީ ސްކޭންގެ އިތުރުން، ޚާއްސަ ބަލިތަކުގެ ޑޮކްޓަރުންގެ ގިނަ ޚިދުމަތް އެ ހޮސްޕިޓަލުން އަންނަނީ ދެމުންނެވެ. އަދި ލެބޯޓްރީ ޚިދުމަތާއި ޕަބްލިކް ހެލްތުގެ ޚިދުމަތުގެ އިތުރުން އެކްސްރޭއާއި ސްކޭންކުރުމުގެ ޚިދުމަތް ވެސް މިހާރު އެ ހޮސްޕިޓަލުން ލިބެއެވެ.

ބޮޑެތި އޮޕަރޭޝަންތައް ކޮށްފައިވާ ބައެއް މީހުން ވަނީ އެމީހުންގެ ޝުއޫރުތައްވެސް ހިއްސާކޮށްފައެވެ. ލިބުނު ޚިދުމަތްތަކާއެކު އެމީހުން ތިބީ ވަރަށްވެސް އުފަލުންނެވެ. ޑޮކްޓަރުންނާއި ނަރުހުން ބެހެއްޓި ގާތްކަން ފާހަގަކޮށް އެމީހުން ބުނީ ފަރުވާއަށް މާލެއަށް އައުމަކީ މިއަދު މަޖުބޫރުކަމެއް ނޫންކަމަށެވެ. އުންމީދުކުރި ވަރަށްވުރެ ރަނގަޅަށް ޚިދުމަތް ލިބިގެން ދިޔަކަމަށް އެމީހުން ބުންޏެވެ. ކަކުލުހުޅުގެ އޮޕަރޭޝަންކުރި, ގއ. ގެމަނަފުށީ ޒުވާނަކު ބުނީ ކަކުލުހުޅުގައި ރިއްސާތާ ގާތްގަނޑަކަށް 4 އަހަރު ވެފައިވާ ކަމަށެވެ. އޮޕަރޭޝަނަށް މާލެއަށް ނުގޮސް އައްޑޫއަށް އައީ އާއިލާގެ ބައެއް މެންބަރުން އުޅޭތީ ކަމަށާއި، މާލެއަށް ދިޔަނަމަ މާ ބޮޑެތި ތަކުލީފުތަކެއް އުފުލަން ޖެހުނީސް ކަމަށެވެ.

15 ޖެނުއަރީ 2020ގައި ޚިދުމަތް ފެށި މި ހޮސްޕިޓަލުން ކުރިއަށް އޮތްތަނުގައި ވެސް ގިނަ ޚިދުމަތްތައް ތައާރަފްކުރާނެއެވެ. މިފަދަ ޚިދުމަތްތަކާއެކު އޭއީއެޗްގެ ޚިދުމަތްތައްފުޅާވެ ކުރިއަރަމުން ދިޔުމަކީ ރައްޔިތުންގެ ޖީބަށް ލުއިވާނެ ކަމެކެވެ.

ދެކުނުގެ ރައްޔިތުންނަށް ލިބޭ މިއުފަލާއެކު، އުތުރުގެ ރައްޔިތުންނަށް ވެސް މިހާރު ވަނީ މިއުފާވެރިކަން ލިބެން ފަށާއެވެ. އެއީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތްތައް ކުރަމުން ދިއުމެވެ. ޓަރޝަރީ ފެންވަރަށް ޚިދުމަތްތައް ފުޅާކުރާއިރު، މިއަދު އެހިސާބުގެ ގިނަ ރައްޔިތުން ފަރުވާއަށް ދަނީ އެ ހޮސްޕިޓަލަށެވެ. އެހެންކަމުން މިއީ ރާއްޖޭގެ ސިއްހީ ނިޒާމަށް ލިބިގެންދާ ވަރަށް ބޮޑު ކުރިއެރުމެކެވެ.

އިތުރަށް ކިޔާލަން

12 އެޕްރީލު 2018

ދައުލަތުން ރައްޔިތުންނަށް ދޭ އަނިޔާތަކަށް ފަރުވާއެއް ނެތް!

12 އެޕްރީލު 2018
ދައުލަތުން ރައްޔިތުންނަށް ދޭ އަނިޔާތަކަށް ފަރުވާއެއް ނެތް!
30 ޑިސެމްބަރު 2017

ބަޖެޓުން ދެކޮޅު ނުޖެހިގެން ހުށަހެޅި ސަޕްލިމެންޓަރީ ބަޖެޓަށް ހެދީ ކިހިނެއް؟

30 ޑިސެމްބަރު 2017
ބަޖެޓުން ދެކޮޅު ނުޖެހިގެން ހުށަހެޅި ސަޕްލިމެންޓަރީ ބަޖެޓަށް ހެދީ ކިހިނެއް؟
06 ޑިސެމްބަރު 2017

ސަރުކާރުން އުޅެނީ ރައްޔިތުންނަށް ޖެއްސުމަށްތޯ؟

06 ޑިސެމްބަރު 2017
ސަރުކާރުން އުޅެނީ ރައްޔިތުންނަށް ޖެއްސުމަށްތޯ؟
04 އޮކްޓޯބަރު 2017

ސޮފިއްޔާގެ ދިރިއުޅުން: ދަތި ހާލުގައި އުޅެންވެސް މާލެއަށް ބަދަލުވީ ކުދިންގެ ހައްގުގައި

04 އޮކްޓޯބަރު 2017
 ސޮފިއްޔާގެ ދިރިއުޅުން: ދަތި ހާލުގައި އުޅެންވެސް މާލެއަށް ބަދަލުވީ ކުދިންގެ ހައްގުގައި
14 ސެޕްޓެމްބަރު 2017

ރޮހިންޖާ މުސްލިމުން – ރައްޔިތުންނަށް ނުވާ ރައްޔިތުންގެ އަސްލު

14 ސެޕްޓެމްބަރު 2017
ރޮހިންޖާ މުސްލިމުން – ރައްޔިތުންނަށް ނުވާ ރައްޔިތުންގެ އަސްލު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު