Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުސަރފް ބޯޑު ހެދުން

"ދިވެހި ރާޅުތަކަށް ޚާއްސަ" ސަރފް ބޯޑެއް ލުބްނާނުން؟

6 ޖުލައި 2023 | ބުރާސްފަތި 15:27

ސަރފް ބޯޑު ހެދުމުގެ މަސައްކަތް ފެށީ 2011 ވަނަ އަހަރުގެ ކުރީކޮޅު

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 6 ޖުލައި 2023 | ބުރާސްފަތި 15:27
ޕޯލް އައްބާސް - ސަރފް ބޯޑް ހަދަނީ

ޕޯލް އައްބާސް - ސަރފް ބޯޑް ހަދަނީ

ލުބްނާނުގެ އުތުރުގެ ސިޓީއެއް ކަމަށްވާ ހާލާތުގައި ހުޅުވާފައި ހުރި ކުޑަކުޑަ ވޯކްޝޮޕެކެވެ. އެ ވޯކްޝޮޕް ތެރޭގައި، ބުރަ މަސައްކަތެއްގައި މީހަކު އަވަދި  ނެތި އުޅެމުން ދިޔައެވެ. އެއީ ސަރފް ބޯޑާއި ޕެޑަލް ބޯޑު ހެދުމުގެ މަސައްކަތުގައި އަރާހުރި ޕޯލް އައްބާސްއެވެ. އައްބާސް އުޅެމުން ދިޔައީ ސަރފްކުރުމާއި ޕެޑަލް ބޯޑު ދުއްވުމުގެ ކުޅިވަރަށް ބޭނުންވާ އެކި ކަހަލަ އާލާތްތައް ތައްޔާރުކުރުމުގެ މަސައްކަތުގައެވެ.

މިހާރު އުމުރުން 43 އަހަރު ފުރިފައިވާ އައްބާސް، ސަރފް ބޯޑު ހެދުމުގެ މަސައްކަތް ފެށީ 2011 ވަނަ އަހަރުގެ ކުރީކޮޅުގައެވެ. އެއީ އޭނާ އަމިއްލައަށް، ސަރފްކުރަން ނުވަތަ ރާޅާއަޅަން ދަސްކުރުމުގެ ތެރެއިންނެވެ. އެހެން އުޅުމުގެ ތެރޭގައި، ސަރފް ބޯޑް އުފެއްދުމުގެ މިސްރާބަށް އައްބާސްގެ ހިތް ލެނބި، ވިޔަފާރިއެއްގެ ގޮތުގައި އެ މަސައްކަތް ފެށީއެވެ.

އޭނާއަކީ މިއަދު ލުބްނާނުގައި ސަރފް ބޯޑާއި ޕެޑަލް ބޯޑު ހަދާ ހަމައެކަނި މީހާކަމަށް އައްބާސް ބުނަނީ ސާބިތުކަމާ އެކުގައެވެ. "ބަހާރާ" ބްރޭންޑް ނަމުގެ ދަށުން، އައްބާސްގެ ސަރފް ބޯޑާއި ޕެޑަލް ބޯޑުތައް ވިއްކާތާ މިހާރު 10 އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ. "ބަހާރާ"އަކީ އަރަބި ބަހުން، ކަނޑުދަތުރުކުރާ މީހުންނަށް ކިޔާ އުޅޭ ނަމެކެވެ.

މަސައްކަތުގައި ހޭދަވެދިޔަ އަހަރުތަކުގައި، އައްބާސްވަނީ ލުބްނާނުގައި ރާޅާއެޅުމުގެ ރޫހު ވަރުގަދަވަމުން ދިޔަ ގޮތް ލޮލުން ދެކި، އަތުން ހިފާފައެވެ. މިހާރުވެސް އޭނާ މަސައްކަތްކުރަމުން އެ ދަނީ ރާޅާއެޅުމުގެ ބައިނަލްއަގުވާމީ މުބާރާތެއްގައި ވާދަކުރާ ލުބްނާން މީހެއްގެ ސަރފް ބޯޑު ތައްޔާރު ކުރުމަށެވެ. ކަސްޓަމަރުގެ މިސްރާބު ހުރީ ދިވެހިރާއްޖެއާ ދިމާއަށެވެ.

ވިޔަފާރީގެ ނަޒަރުން ބަލާއިރު މި ވަގުތަށް މާ ބޮޑު ހާސް ކަމެއް ނެތްނަމަވެސް، ކުރިއަށް އޮތް ތަނުގައި ކަން ވެދާނެ ގޮތަކާމެދު އައްބާސްގެ ހިތުގައި ވަނީ ނުތަނަވަސްކަން އުފެދިފައެވެ. ވެއްޓިފައިވާ ކާރިސީ އަނދަވަޅުން މިއިން ދުވަހަކުވެސް ލުބްނާނަށް އަރައިގަނެވިދާނެކަމާމެދު އުފެދިފައިވާ ސުވާލުތަކުގެ ސަބަބުންނެވެ.

ދިރިއުޅުން ނުތަނަވަސްވަމުން ދާކަމުގެ ޝަކުވާ ކުރަން ހުރުމުގެ ބަދަލުގައި، އައްބާސް މިހާރު ދަނީ ލުބްނާން ދޫކޮށް، އެހެން ގައުމަކަށް ހިޖުރަކުރުމާމެދު ވިސްނަމުންނެވެ. އޭނާގެ އަމާޒު ހުރީ، ސިނާއީ ފެންވަރުގައި ރާޅާއެޅުމުގެ ކަންކަން ކުރިއަށްގެންދާ އޮސްޓްރޭލިއާއަށް ބަދަލުވުމާ ދިމާއަށެވެ.

އެތައް އަހަރަކަށް ދިގުލައި ގޮސްފައިވާ ސިޔާސީ ކޯޅުންގަނޑާއި، އިގްތިސާދީ ކާރިސާގެ އިތުރުން މޫލައި ވަރުގަދަވެފައިވާ ކޮރަޕްޝަންގެ ސަބަބުން، ލުބްނާނަކީ މިއަދު ހައްސާސް ފައްތަރެއްގައި އޮތް ގައުމަކަށް ވަނީ ވެފައެވެ. ގައުމުގެ އާބާދީގެ 80 އިންސައްތަ މީހުން ދިރިއުޅެމުން ދަނީ އިންތިހާ ފަގީރުކަމުގެ ތެރޭގައެވެ. މެދުއިރުމަތީގައި އުފެދިފައިވާ އެކިއެކި ހަމަނުޖެހުންތަކާއި ވަރުގަދަ ހަނގުރާމަތަކުން ސަލާމަތްވުމުގެ ނިޔަތުގައި އުފަން ވަޒަން ދޫކޮށް، އެތައް މިލިއަން ބަޔަކު ވަނީ ލުބްނާން ދޫކޮށް ހިޖުރަވެސް ކޮށްފައެވެ. އަމިއްލަ ރައްޔިތުންނަށްވެސް ލުބްނާނުގައި މިއަދު ހަމަޖެހުމެއް ލިބެން ނެތްއިރު، ރެފިއުޖީންވެސް ދިރިއުޅެމުންދަނީ އަސާސީ އަދި ޒަރޫރީ ޚިދުމަތްތަކުން މަހުރޫމުވެފައިވާ ހާލުގައެވެ.

ކޮންމެ ގޮތަކަށް ކަން އޮތް ކަމުގައި ވީނަމަވެސް، ލުބްނާނުގެ ރައްޔިތުން ދަނީ ގަދަ ހިތްވަރާއި ސާބިތުކަން ދައްކަމުންކަމީ ގަބޫލުކުރަންޖެހޭ ހަގީގަތެކެވެ. ދިރިއުޅުން ހެޔޮ ފާލަކަށް އެޅުވުމަށް އެހެން ބައެއްގެ މައްޗަށް ބަރޯސާވުމުގެ ބަދަލުގައި، ކޮންމެ މީހަކުވެސް ދަނީ އެމީހެއްގެ އަމިއްލަ ފައިމައްޗަށް ތެދުވެ، ދިރިއުޅުން ކޮޅަށްޖެހޭތޯ، އެމީހަކަށް ވީ އެންމެ ރަނގަޅަކަށް މަސައްކަތް ކުރަމުންނެވެ. އައްބާސްއަކީވެސް ހަމަ އެފަދަ މިސާލެކެވެ.

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2017

އަށް ވަނަ ދިވެހި ފިލްމު އެވޯޑްސްގެ ނޮމިނޭޝަން ނައިޓް މާދަމާރޭ

11 ޑިސެމްބަރު 2017
އަށް ވަނަ ދިވެހި ފިލްމު އެވޯޑްސްގެ ނޮމިނޭޝަން ނައިޓް މާދަމާރޭ
08 ނޮވެމްބަރު 2017

ދިވެހި ފިލްމު އެވޯޑްސް އަންނަ މަހުގެ 19 ގައި

08 ނޮވެމްބަރު 2017
ދިވެހި ފިލްމު އެވޯޑްސް އަންނަ މަހުގެ 19 ގައި
05 ނޮވެމްބަރު 2017

ކުއްތާއަށް ޚާއްސަ ކޮފީ އެއް ތައާރަފް ކޮށްފި

05 ނޮވެމްބަރު 2017
ކުއްތާއަށް ޚާއްސަ ކޮފީ އެއް ތައާރަފް ކޮށްފި
30 އޮކްޓޯބަރު 2017

ދިވެހި ފިލްމު އެވޯޑްސް މިއަހަރުގެ ޑިސެމްބަރު މަހު ބާއްވަނީ

30 އޮކްޓޯބަރު 2017
ދިވެހި ފިލްމު އެވޯޑްސް މިއަހަރުގެ ޑިސެމްބަރު މަހު ބާއްވަނީ
06 އޮކްޓޯބަރު 2017

ޚާއްސަ އެހީއަށް ބޭނުންވާ ދެމަފިރިންގެ ކައިވެނީގެ 22 އަހަރު

06 އޮކްޓޯބަރު 2017
ޚާއްސަ އެހީއަށް ބޭނުންވާ ދެމަފިރިންގެ ކައިވެނީގެ 22 އަހަރު
03 އޮކްޓޯބަރު 2017

އެމެރިކާގެ ލަވަކިޔުންތެރިޔާ ޑެމީ ލޮވާޓޯގެ ޝުކުރު ދިވެހިންނަށް!

03 އޮކްޓޯބަރު 2017
އެމެރިކާގެ ލަވަކިޔުންތެރިޔާ ޑެމީ ލޮވާޓޯގެ ޝުކުރު ދިވެހިންނަށް!
06 ސެޕްޓެމްބަރު 2017

ދިވެހި ފިލްމް "ހައްދު" ޕްރިމިއާކޮށްފި

06 ސެޕްޓެމްބަރު 2017
ދިވެހި ފިލްމް "ހައްދު" ޕްރިމިއާކޮށްފި
05 ސެޕްޓެމްބަރު 2017

"ހައްދު" މާދަމާ ދިވެހި ސިނަމާތަކަށް

05 ސެޕްޓެމްބަރު 2017
"ހައްދު" މާދަމާ ދިވެހި ސިނަމާތަކަށް
14 މާރިޗު 2017

ދިވެހި ފިލްމް "ވިޝްކާ" ގެ މައްސަލަ ކޯޓުން ބޭރު ކޮށްފި

14 މާރިޗު 2017
ދިވެހި ފިލްމް "ވިޝްކާ" ގެ މައްސަލަ ކޯޓުން ބޭރު ކޮށްފި
01 މާރިޗު 2017

"މަލިކާ" ޚާއްސަ ސްކީރިންއެއް މިރޭ އޮންނާނެ

01 މާރިޗު 2017
 "މަލިކާ" ޚާއްސަ ސްކީރިންއެއް މިރޭ އޮންނާނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް