Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޖެނިން ރެފިއުޖީ ކޭމްޕަށް ދިން ހަމަލާތައް

އިޒްރޭލުގެ އިންސާނީ އައްޑަނައަކަށް ފަލަސްތީނުގެ އާންމުން

ރެއިޑް 48 ގަޑިއިރަށް ދެމިގެންދިޔަ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 6 ޖުލައި 2023 | ބުރާސްފަތި 15:09
ޖެނިން ރެފިއުޖީ ކޭމްޕަށް ދިން ހަމަލާތައް

ޖެނިން ރެފިއުޖީ ކޭމްޕަށް ދިން ހަމަލާތައް

"އެމީހުންގެ ކުރިމަތީގަ، އިންސާނީ އައްޑަނަތަކެއް ފަދައިން އަހަރެމެން އަތުރާލައިގެން ތިބީ"... މިއީ ހުޅަނގު އައްސޭރީގެ ޖެނީން ސިޓީގައި ޔަހޫދީ އިޒްރޭލުން އެންމެ ފަހުން ހިންގި ޖަރީމާއާ ގުޅޭގޮތުން، އެ ސަރަހައްދުގައި ދިރިއުޅޭ މީހަކާ ސުވާލު ކޮށްލުމުން ދިން ޖަވާބެވެ.

ޖެނީން ސިޓީގެ ރަށްވެއްސެއް ކަމަށްވާ، އުމުރުން 40 އަހަރުގެ މުއުތަސިމް އަސްތާތިއްޔާ، އޭނާގެ ތަޖުރިބާތައް ހިއްސާކުރަމުން ވާހަކަ ކުރިއަށް ގެންދިޔައެވެ. 6 ދަރިންގެ ބައްޕަ، އަސްތާތިއްޔާ ބުނިގޮތުގައި އިޒްރޭލުގެ އަސްކަރިއްޔާއިން އެމީހުން އެރުވީ އަސްކަރީ ޖިފުތަކަކަށެވެ. އެއަށްފަހު އެމީހުން ގެންދިޔައީ ޖަލާމީ ޗެކްޕޮއިންޓްއަށެވެ.

އަސްތާތިއްޔާ ކިޔައިދިން ގޮތުގައި އިޒްރޭލުގެ އަސްކަރީ ފައުޖުތަކުން ރަށުތެރެއަށް އަރައިގެން އައީ، ރަށްވެހިންނަށް ސިހުން ގެނުވަމުންނެވެ. އަމިއްލަ ގެތަކުން މީހުން ނެރެ، މަގުމަތި ކުރަމުންނެވެ. އާންމުންނާ ދިމާއަށް ސްނައިޕަރު ބަޑިތައް އަމާޒުކޮށް، ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުވެސް ކުރަމުންނެވެ.

އަސްތާތިއްޔާއާއި އޭނާއާއެކު ގެންދިޔަ އިތުރު ބައެއްގެ ބޭނުން، އިޒްރޭލުން ހިފީ އިންސާނީ އައްޑަނަތަކެއްގެ ގޮތުގައެވެ. އެމީހުންނާއެކު އިޒްރޭލު އަސްކަރިއްޔާގެ 30 މީހަކު އުޅުނުކަމަށް އޭނާ ބުންޏެވެ.

ކޮންމެ ގޮތަކަށް ކަން ހިނގައިދިޔަނަމަވެސް، އިޒްރޭލުގެ އަސްކަރިއްޔާއިން ބޭނުންވި ހުރިހާ އެއްޗެއް އެމީހުންނަށް ނުލިބޭކަމަށް އަސްތާތިއްޔާ ބުނެއެވެ.

ޖެނީންގައި ހިންގި ރެއިޑާ ގުޅިގެން ރޮއިޓަރޒްއިން ކުރި ސުވާލަށް އިޒްރޭލުން އެއްވެސް އިޖާބައެއް ދީފައި ނުވާ ކަމަށް އެ އިދާރާއިން ބުނެއެވެ.

48 ގަޑިއިރަށް ދެމިގެން ދިޔަ ވަރުގަދަ ރެއިޑަށް ފަހު، ޖެނީންގެ މަގުތަކަށް އާންމުންނަށް ނުކުމެލެވޭވަރުވީ ބުދަ ދުވަހުއެވެ. އިންތިހާ ބިރުވެރިކަމުގެ ތެރޭގައި މަގުތަކަށް ނުކުމެ އުޅެމުން ދިޔަ ބައެއް މީހުންނަކީ، ރެއިޑްގައި އިޒްރޭލުން ޝަހީދުކުރި މީހުންގެ ޖަނާޒާގެ ކަންކަން ހަމަޖެއްސުމަށް ނުކުމެ އުޅުނު މީހުންނެވެ. އަނެއްބައި މީހުންނަކީ ހަފުސްކޮށްލާފައިވާ، 75 އަހަރުވީ ރެފިއުޖީ ކޭމްޕު ކޮޅަށްޖެހުމުގެ މަސައްކަތުގައި އަވަދިނެތި އުޅެމުންދިޔަ މީހުންނެވެ.

ކޭމްޕު ތެރޭގައި ހިނގާބިނގާވެ އުޅެން އޮންނަ ސަރަހައްދު ވަނީ އިޒްރޭލުގެ ބުލްޑޯޒަރުތަކުން އެފުށްމިފުށަށް ޖަހާފައެވެ. ފެން ހޮޅި ފަޅާލުމުގެ ސަބަބުން، މުޅި ސަރަހައްދުގައި ވަނީ ކުނިބުންޏާއެކު ކޯރު ހެދިފައެވެ. ގިނަ ބަޔަކަށް ގޭ ބަންދުވެފައި ތިބެން މަޖުބޫރުވެފައި ވާއިރު، އަނެއް ބަޔަކު މިހާރު ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައެވެ.

ޖެނީންގައި ހަރަކާތްތެރިވާ ހަނގުރާމަވެރިންނާ އިޒްރޭލުގެ އަސްކަރިއްޔާއާ ދެމެދު އެކި ކަހަލަ ކުރިމަތިލުންތައް ހިންގާތާ އެތައް މަހަކަށްފަހު، އަސްކަރީ ސިފައިންގެ އެތައް ސަތޭކަ ބަޔަކާއެކު އިޒްރޭލުން ޖެނީންއަށް އެރީ ހޯމަ ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ. އަސްކަރީ ޑްރޯންތައްވެސް ބޭނުން ކުރަމުންނެވެ. އިޒްރޭލުން ބުނިގޮތުގައި ރެއިޑުގެ މަގުސަދުގައި ހަނގުރާމަވެރި އުމްރާނީ ބިނާތައް މުލުން ލުހެލުމެވެ.

2 ދުވަހަށް ދެމިގެން ދިޔަ ވަރުގަދަ ރެއިޑް "ނިންމާލުމަށް" ފަހު އިޒްރޭލުގެ އަސްކަރިއްޔާއިން ޖެނީންއިން ފޭބިއިރު، މަރުވި މީހުންގެ ޢަދަދު 12އަށް އަރައެވެ. އޭގެ ތެރޭގައި ފުރާވަރު އުމުރުގެ ކުދިންވެސް ހިމެނެއެވެ. ހުޅަނގުގެ މީޑިއާއިން ރިޕޯޓް ކޮށްފައި ވާގޮތުގައި، ޣައްޒާ ކޮންޓްރޯލްކުރާ ހަމާސް ޖަމާއަތް ނުވަތަ އިސްލާމިކް ޖިހާދުގެ ފެކްޝަންތަކަށް ނިސްބަތްވާ 5 ހަނގުރާމަވެރިއަކުވެސް އޭގެތެރޭގައި ހިމެނެއެވެ. އިޒްރޭލު އަސްކަރިއްޔާއިން މަރުވީ އެންމެ މީހެއް ކަމަށް ޚަބަރު ލިބެއެވެ.

އިޒްރޭލު އަސްކަރިއްޔާއިން ވަނީ ހަނގުރާމަވެރިން ކަމަށް ތުހުމަތުކުރާ 150 އެއްހާ މީހުން ހައްޔަރު ކޮށްފައެވެ. ގިނަ އަދަދެއްގެ ބަޑިއާއި، މަގުމަތީ މައިނުތައްވެސް ވަނީ ނައްތާލާފައި ކަމަށް ބުނާއިރު، މިސްކިތެއްގެ އަޑީގައި ހުރި ހަތިޔާރުތަކެއް ނައްތާލާފައި ވާކަމަށްވެސް އިޒްރޭލުގެ އަސްކަރިއްޔާއިން ވަނީ ބުނެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފަލަސްތީނުގެ އަޑު: އަހަރެމެންނަށް 1948ން ފެށިގެން ނޭވާއެއް ނުލެވޭ

ފަލަސްތީނުގެ އަޑު: އަހަރެމެންނަށް 1948ން ފެށިގެން ނޭވާއެއް ނުލެވޭ

10 މެއި 2021
އިންސާނީ ޙައްޤުތަކުގެ ދުވަހާއެކު، ދިވެހިން ދުށް ކަޅު ދުވަސްތަކުގެ ހަނދާންތަކާއި މުސްތަޤުބަލަށް ކުރާ އުއްމީދު

އިންސާނީ ޙައްޤުތަކުގެ ދުވަހާއެކު، ދިވެހިން ދުށް ކަޅު ދުވަސްތަކުގެ ހަނދާންތަކާއި މުސްތަޤުބަލަށް ކުރާ އުއްމީދު

10 ޑިސެމްބަރު 2020
ދީނީ އިލްމުވެރިންގެ ތެރޭގައިވެސް އަރާރުން، އާންމުންގެ ތެރޭގައި އޮޅުންބޮޅުން!

ދީނީ އިލްމުވެރިންގެ ތެރޭގައިވެސް އަރާރުން، އާންމުންގެ ތެރޭގައި އޮޅުންބޮޅުން!

22 ޑިސެމްބަރު 2019
އިންސާނީ ހައްޤުތައް ޙިމާޔަތްކުރުމުގައި ރާއްޖެ އަނެއްކާވެސް ނަގާކިޔާ ޤައުމަކަށް!

އިންސާނީ ހައްޤުތައް ޙިމާޔަތްކުރުމުގައި ރާއްޖެ އަނެއްކާވެސް ނަގާކިޔާ ޤައުމަކަށް!

10 ސެޕްޓެމްބަރު 2019
ރާއްޖެޓީވީގެ އަހަރީ ދުވަހާއި ގުޅިގެން އާންމުންގެ ތަޢުރީފު

ރާއްޖެޓީވީގެ އަހަރީ ދުވަހާއި ގުޅިގެން އާންމުންގެ ތަޢުރީފު

15 ޑިސެމްބަރު 2018

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު