Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެކައުންޓިންގ ދާއިރާއިން މީހުން ތަމްރީން ކުރުން

ޕްރޮފެޝަނަލް އެކައުންޓެންޓްސް ޓްރެއިނިންގ ސްކޮލަރޝިޕް 202 މީހަކަށް

ޕަބްލިކް ކެޓެގަރީން 50 ކެންޑިޑޭޓުން ކޮލިފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 6 ޖުލައި 2023 | ބުރާސްފަތި 19:04
ދަސްވެނިވުމުގެ ރަސްމިއްޔާތެއްގެ ތެރެއިން

ދަސްވެނިވުމުގެ ރަސްމިއްޔާތެއްގެ ތެރެއިން

ޕްރޮފެޝަނަލް އެކައުންޓެންޓުން ތަމްރީން ކުރުމަށް 202 މީހަކަށް ސްކޮލަރޝިފް ދީފައިވާކަމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ބުނެފިއެވެ.

ހަޔަރ އެޑިޔުކޭޝަނުން ބުނީ މި ސްކޮލަރޝިޕް ސްކީމްގެ ދަށުން ހުޅުވާލި 200 ފުރުސަތަށް 322 މީހުން ފޯމް ހުށަހަޅާފައިވާކަމަށެވެ. މީގެ ތެރެއިން ޕަބްލިކް ކެޓަގަރީން 50 ކެންޑިޑޭޓުން ކޮލިފައިވެ، އޯޕަން ކެޓަގަރީން 152 ކެންޑިޑޭޓުން ކޮލިފައިވެފައިވެފައިވާ ކަަމަށެވެ.

Advertisement - newsAdvertisement

މި ނަތީޖާއާ ގުޅޭ ޝަކުވާ ހުށަހުޅުމަށް ބޭނުންވާ ފަރާތްތަކުން މިނިސްޓްރީގެ އީމެއިލަށް، 11 ޖުލައިވާ އަންގާރަ ދުވަހުގެ 12:00ގެ ކުރިން ހުށަހަޅަންޖެހެއެވެ. އަދި ޝަކުވާ ހުށަހެޅުމަށް ލިބޭ މުއްދަތުގައި އެޕްލިކޭޝަނަށް އެއްވެސް އުނި އިތުރެއް ނުގެނެވޭނެ ކަމަށް ހަޔަރ އެޑިޔުކޭޝަނުން ބުނެއެވެ.

މިއީ މި ދާއިރާއިން ސްކޮލަރޝިޕް ދިނުމަށް ހުޅުވާލި ދެވަނަ ފަހަރެވެ. މިދިޔަ އަހަރު މި ސްކޮލަރޝިޕް 173 ދަރިވަރުންނަށް ދީފައިވާއިރު، ގިނަ ދަރިވަރުން ވަނީ ކިޔަވަން ފަށާފައެވެ.

މި ސްކޮލަރޝިޕްތަކަކީ ދިވެހިންނަށް އަމާޒުކޮށް އިއުލާނުކުރި ސްކޮލަރޝިޕްތަކެކެވެ. މި ސްކޮލަރޝިޕްގެ މައިގަނޑު މަގުސަދަކީ އެކައުންޓިންގ ދާއިރާއިން ވަޒީފާގެ ބާޒާރުގައި ދިވެހިން ތަމްރީނު ވުމަށް މަގު ފަހިކޮށްދިނުމެވެ.

އެކައުންޓިންގ ދާއިރާއަކީ ވަރަށް ރަނގަޅު އާމްދަނީއެއް ލިބޭ ވަޒީފާތަކެއް ލިބެންހުރި ދާއިރާއެކެވެ. އަދި މިއީ ތަމްރީނުވެފައިވާ ފަރާތްތަކުން އަމިއްލަގޮތުން މަސައްކަތްކޮށްގެން ވެސް ރަނގަޅު އާމްދަނީއެއް ހޯދިދާނެ ދާއިރާއެކެވެ.

ރާއްޖޭގައި ދިރިއުޅޭ ފަރާތަކަށް މި ސްކޮލަރޝިޕްގެ އެހީގައި، އޭސީސީއޭ އަދި ސީމާ ޕްރޮގްރާމް ފުރިހަމަކޮށްގެން ރަނގަޅު އާމްދަނީއެއް ލިބޭނެ މަގު ފަހިކުރެވޭނެއެވެ. އަދި މި ދާއިރާއިން ތަމްރީނު ލިބިފައިވާ ފަންނީ ދިވެހީން އުފެދި ވަޒީފާގެ ބާޒާރަށް ނުކުތުމުން, މި ދާއިރާގައި މިހާރު ބަރޯސާވާ ބޭރުގެ މަސައްކަތްތެރިންނަށް ބަރޯސާވާ މިންވަރު ކުޑަކުރެވޭނެއެވެ.

މި ސްކޮލަރޝިޕްތަކަށް ހޮވޭ ފަރާތްތަކުން ޕްރޮގްރާމް ފުރިހަމަކޮށް ޕްރޮފެޝަނަލް ޗާރޓަރޑް އެކައުންޓެންޓަކަށް

• ރަޖިސްޓްރީކުރުމުގެ ފީ ރ-ީރަޖިސްޓްރޭޝަން ފީ

• އެނުއަލް ސަބްސްކްރިޕްޝަން ފީ

• އެގްޒެމްޝަން ލިބޭ ފަރާތްތަކަށް އެގްޒެމްޝަން ފީ

• އެގްޒާމް ފީ

• އެފްލިއޭޝަން ފީ

• މެމްބަރޝިޕް ފީ (އަހަރު ދުވަހުގެ ތެރޭގައި ދަރިވަރު ނިމޭކަމުގައިވާނަމަ)

• ބުކް އެލަވަންސް

• ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ކޮލެޖް ނުވަތަ ޔުނިވަރސިޓީތަކުން ކިޔަވާނަމަ ޓިއުޝަން ފީ

• އަމިއްލައަށް ކިޔަވާ ފަރާތްތަކަށް ޓިއުޝަން ފީ ނުހިމަނައި މަތީގައި ބަޔާންކޮށްފައިވާ ހުރިހާ ޚަރަދެއް ދިނުމަށް ހަމަޖެހިފައިވެއެވެ.

މި ސްކޮލަރޝިޕަށް ހޮވުނު ދަރިވަރުންނަށް 2 އަހަރު މުއްދަތަށް ރާއްޖޭގައި ޚިދުމަތް ކުރުމަށް ޝަރުތުކުރެވޭނެއެވެ. މި ސްކޮލަރޝިޕަށް ހޮވުނު ދަރިވަރުން ބައިވެރިވާ ޕްރޮގްރާމް ފުރިހަމަކުރުމަށް ސްކޮލަރޝިޕް އެވޯރޑް ކުރެވޭ ތާރީޚުން ފެށިގެން ދެވޭނީ، ގިނަވެގެން 2 އަހަރު ދުވަހުގެ މުއްދަތު ކަމަށް ހަޔަރ އެޑިޔުކޭޝަނުން ބުނެއެވެ.

އިތުރަށް ކިޔާލަން

17 އޯގަސްޓު 2018

އެމްއެންޔޫއިން 21 ދަރިވަރަކަށް ސްކޮލަރޝިޕް ދީފި

17 އޯގަސްޓު 2018
އެމްއެންޔޫއިން 21 ދަރިވަރަކަށް ސްކޮލަރޝިޕް ދީފި
04 ޖޫން 2018

މައުމޫން ފައުންޑޭޝަނުން 10 ސްކޮލަރޝިޕް ފުރުސަތު ހުޅުވާލައިފި

04 ޖޫން 2018
މައުމޫން ފައުންޑޭޝަނުން 10 ސްކޮލަރޝިޕް ފުރުސަތު ހުޅުވާލައިފި
08 މެއި 2018

އޭސީއާރުސީ ޓްރެއިނިންގ ޕްރޮގްރާމްގައި ބައިވެރިވުމަށް އޭސީސީގެ އޮފިޝަލަކު ސައުތު ކޮރެއާއަށް

08 މެއި 2018
އޭސީއާރުސީ ޓްރެއިނިންގ ޕްރޮގްރާމްގައި ބައިވެރިވުމަށް އޭސީސީގެ އޮފިޝަލަކު ސައުތު ކޮރެއާއަށް
07 މާރިޗު 2018

ޕޮލިސް ރެކްރޫޓް ޓްރެއިނިންގ ކޯހުގެ 29 ވަނަ ބުރު ނިންމައި ސެޓްފިކެޓްތައް ހަވާލުކޮށްފި

07 މާރިޗު 2018
ޕޮލިސް ރެކްރޫޓް ޓްރެއިނިންގ ކޯހުގެ 29 ވަނަ ބުރު ނިންމައި ސެޓްފިކެޓްތައް ހަވާލުކޮށްފި
28 އޮކްޓޯބަރު 2017

ޕާކިސްތާނު އެންބަސީއިން ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓަށް ސްމާޓްބޯޑު ހަދިޔާކޮށްފި

28 އޮކްޓޯބަރު 2017
ޕާކިސްތާނު އެންބަސީއިން ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓަށް ސްމާޓްބޯޑު ހަދިޔާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު