Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސެލޯނާ

ހިލޭ ޓްރާންސްފަރއެއްގައި އިނީގޯ މާޓިނޭޒް، ބާސެލޯނާއަށް ސޮއިކޮށްފި

މާޓިނޭޒް ބާސާއާ ގުޅުނީ ދެ އަހަރުގެ އެއްބަސްވުމެއްގެ ދަށުން

ހުސެއިން ޒައިދް
ހުސެއިން ޒައިދް | 6 ޖުލައި 2023 | ބުރާސްފަތި 14:19
އިނީގޯ މާޓިނޭޒް

އިނީގޯ މާޓިނޭޒް

އެތުލެޓިކް ކްލަބުގެ ޑިފެންޑަރު, އިނީގޯ މާޓިނޭޒް ހިލޭ ޓްރާންސްފާއެއްގައި ބާސެލޯނާއަށް ސޮއިކޮށްފިއެވެ.

އުމުރުން 32 އަހަރުގެ މާޓިނޭޒް ބާސާއާ ގުޅުނީ ދެ އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ސެންޓަރ ބެކްގައި ވާދަކުރަން ޖެހޭނީ ރޮނާލްޑް އަރައުޖޯ، އަންދްރިއާސް ކްރިސްޓެންސަން، ޖޫލްސް ކޫންޑޭ އަދި އެރިކް ގާސިއާއާއެވެ.

މިދިޔަ ހޫނު މޫސުމުގައި ބާސާއިން މާޓިނޭޒް ގެނައުމަށް މަސައްކަތް ކުރި ނަމަވެސް، އެފަހަރު ކާމިޔާބުވާ ގޮތެއް ނުވިއެވެ. ބާސާއިން އޭނާ ހޯދުމުގެ މަސައްކަތް ހުއްޓާލާފައެއް ނުވެއެވެ. މި ސީޒަނުގައި ޖެރާޑް ޕީކޭ ރިޓަޔާ ކުރުމުން، މާޓިނޭޒްގެ މުހިންމުކަން އިތުރުވިއެވެ. ބާސާއިން ވަނީ މިދިޔަ މާޗް މަހުގައި މާޓިނޭޒްއާއެކު އެއްބަސްވުމަކަށް އައިސްފައެވެ. އެތުލެޓިކް ކުލަބާއެކު ހަދާފައިވާ އެއްބަސްވުން ވަނީ މިދިޔަ މަހު ހަމަވެފައެވެ.

2019 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ލީގު ކާމިޔާބުކުރި ބާސާގެ އެންމެ ގަދަ ބާރަކީ އެ ޓީމުގެ ޑިފެންސެވެ. ކުޅުނު 38 މެޗުގެ ތެރެއިން 26 މެޗުގައި ބައިކޮޅަށް ލަނޑެއް ވަނަނުދީ އެ ޓީމުން ވަނީ ހިފަހައްޓާފައެވެ. ނަމަވެސް ވާތު ފައިން ކުޅޭ ސެންޓަރ ބެކެއް ގެނައުމަށް ޒަވީ ބޭނުންވިއެވެ. އަދި ޒުވާން ޑިފެންސް ލައިނަކަށް ތަޖުރިބާކާރު ކުޅުންތެރިއެއް ބޭނުންވިއެވެ.

ރެއާލް ސޮސިއެޑާޑުން ކެރިއަރު ފެށި މާޓިނޭޒް ވަނީ 2018 ވަނަ އަހަރު، 32 މިލިއަން ޔޫރޯގެ އެއްބަސްވުމެއްގެ ދަށުން އެތުލެޓިކް ކްލަބަށް ބަދަލުވެފައެވެ. އޭނާ ވަނީ ސޮސިއެޑާޑަށް 200އަށްވުރެ ގިނަ މެޗު ކުޅެދީފައެވެ.

އޭނާ އެތުލެޓިކް ޓީމަށް 177 މެޗު ކުޅެދީ، ބާސާ ބަލިކޮށް 2021 ވަނަ އަހަރު ސްޕެނިޝް ސުޕަރ ކަޕް ކާމިޔާބުކޮށްދިން ނަމަވެސް، މިހާރު އޭނާ ފަށާނީ ސްޕެއިންގެ ޗެމްޕިއަނުންނާއެކު ކެރިއަރުގެ ކުރިއަށް އޮތް ބާބެވެ.

އިތުރަށް ކިޔާލަން

15 މާރިޗު 2020

ރޮނާލްޑޯގެ ހޮޓާތައް ހޮސްޕިޓަލްތަކަށް، ފަރުވާ ހިލޭ!

15 މާރިޗު 2020
ރޮނާލްޑޯގެ ހޮޓާތައް ހޮސްޕިޓަލްތަކަށް، ފަރުވާ ހިލޭ!
05 ސެޕްޓެމްބަރު 2019

އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ނޭމާ ބާސެލޯނާއަށް ބަދަލުވާން މަސައްކަތް ކުރި: ސުއަރޭޒް

05 ސެޕްޓެމްބަރު 2019
އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ނޭމާ ބާސެލޯނާއަށް ބަދަލުވާން މަސައްކަތް ކުރި: ސުއަރޭޒް
26 އޯގަސްޓު 2019

ގްރީޒްމަން ކާމިޔާބުކުރި ދެ ލަނޑާއެކު ބާސެލޯނާއަށް ފަސޭހަ މޮޅެއް

26 އޯގަސްޓު 2019
ގްރީޒްމަން ކާމިޔާބުކުރި ދެ ލަނޑާއެކު ބާސެލޯނާއަށް ފަސޭހަ މޮޅެއް
26 ޖޫން 2019

މާފަންނު ސްޓޭޑިއަމްގެ ފުޓްސަލް ޓާރފް ދަނޑު ހިލޭ ދޫކުރާގޮތަށް ހަމަޖައްސައިފި

26 ޖޫން 2019
މާފަންނު ސްޓޭޑިއަމްގެ ފުޓްސަލް ޓާރފް ދަނޑު ހިލޭ ދޫކުރާގޮތަށް ހަމަޖައްސައިފި
28 ޖޫން 2018

އިނގިރޭސިވިލާތް ބަލިކުރުން މާޓިނޭޒްއަށް މުހިންމެއް ނޫން

28 ޖޫން 2018
އިނގިރޭސިވިލާތް ބަލިކުރުން މާޓިނޭޒްއަށް މުހިންމެއް ނޫން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު