Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފަލަސްތީނުގެ ޖެނީން ރެފިޔުޖީ ކޭމްޕު

އިސްރާއީލުން ފަލަސްތީނުގެ ޖެނީން ރެފިޔުޖީ ކޭމްޕުގައި ހިންގަމުންދާ ލާއިންސާނީ އަމަލުތައް ރާއްޖެއިން ކުށްވެރިކޮށްފި

މި ހަމަލާތަކާމެދު އދ.ން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 5 ޖުލައި 2023 | ބުދަ 13:06
ފޮރިން މިނިސްޓަރު ޝާހިދު

ފޮރިން މިނިސްޓަރު ޝާހިދު

އިސްރާއީލުގެ އަސްކަރިއްޔާއިން ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ޖެނީން ރެފިޔުޖީ ކޭމްޕުގައި ހިންގަމުންދާ ލާއިންސާނީ އަމަލުތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިސްރާއީލުގެ އެ އަނިޔާވެރި އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށެވެ.

އިސްރާއީލުން ދަނީ ވައިގެ މަގުންނާއި އެއްގަމު މަގު މަގުން ޖެނީން ރެފިއުޖީ ކޭމްޕަށް ހަމަލާތައް އަމާޒުކުރަމުންނެވެ. އެހެންކަމަށް ވާއިރު މި ހަމަލާތަކުގައި މަދުވެގެން 10 މީހުން މަރުވެފައިވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. ހަމަލާތަކުގައި ޒަޚަމްވި މީހުންގެ ތެރޭގައި އާއްމުން ހިމެނެއެވެ. މިއީ އިންތިހާއަށް ރާއްޖޭގެ ސަރުކާރުން ކަންބޮޑުވާ ކަމެއް ކަމަށް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވަނީ ބުނެފައެވެ.

މި ހަމަލާތައް ދެމުން ދަނީ ހާލަތާ ނުބައްދަލު ގަދަ ބާރުގެ ބޭނުންކޮށްގެން، އެއްވެސް ހަތިޔާރެއް ނެތި ތިބި އާއްމުންނަށް ކަމަށާއި، ހަމަލާގެ ޝިކާރައަކަށް ވާ މީހުންގެ ތެރޭގައި ކުޑަކުދިންނާއި އަންހެނުން ހިމެނުމަކީ ރާއްޖެއިން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަމަށް ވަނީ ބުނެފައެވެ.

އެ ބަޔާނުގައި، މި ހަމަލާތަކުގެ އަސަރުކުރި މީހުންގެ އާއިލާތަކަށް ރާއްޖޭގެ ސަރުކާރާއި ހުރިހާ ދިވެހިންގެ ނަމުގައި ތައުޒިޔާ ކިޔާފައިވެއެވެ. އަދި އަނިޔާވި މީހުންނަށް އަވަސް ޝިފާއެއް މިންވަރުކުރެއްވުން އެދޭކަމަށް ވެސް ވަނީ ބުނެފައެވެ.

ރާއްޖެއިން ގަބޫލުކުރާގޮތުގައި ފަލަސްތީނަކީ މިނިވަން މުސްތަގިއްލު ދައުލަތެއް ކަމަށާއި، ރާއްޖެއިން ދެމިތިބީ އެ ސްޓޭންޑުގެ މަތީގައި ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ. އަދި ރާއްޖެއިން ފަލަސްތީނުގެ މީހުންނާއެކު ސާބިތުކަމާއެކު ދެމިއޮންނާނެ ކަަމަށްވެސް ވަނީ ބުނެފައެވެ.

ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ޖެނީން ރެފިޔުޖީ ކޭމްޕުގައި ދެމުންދާ ހަމަލާތަކާމެދު އދ.ން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އދ.ގެ އެޖެންސީތަކުން ބުނާގޮތުގައި އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި ޒަޚަމްވެފައިވާ މީހުންނަށް ސިއްހީ ފަރުވާދިނުމަށް އިސްރާއީލުން އަންނަނީ ހުރަސްއަޅަމުންނެވެ.

އިތުރަށް ކިޔާލަން

04 ޖޫން 2018

ފަލަސްތީނުގެ ރައްޔިތުންނަށް ކާނެ އެތިކޮޅެއް ދެއްވާ!

04 ޖޫން 2018
ފަލަސްތީނުގެ ރައްޔިތުންނަށް ކާނެ އެތިކޮޅެއް ދެއްވާ!
20 މެއި 2018

ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގި އުދުވާންތައް އޯއައިސީ ސަމިޓްގައި ރާއްޖޭން ކުށްވެރި ކޮށްފި

20 މެއި 2018
ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގި އުދުވާންތައް އޯއައިސީ ސަމިޓްގައި ރާއްޖޭން ކުށްވެރި ކޮށްފި
19 މެއި 2018

ފަލަސްތީނުގެ ހާލުގައި ޖެހިފައިވާ ތިބި ރައްޔިތުންނަށް އެހީވުމަށް ފުރުސަތު ހުޅުވާލައިފި

19 މެއި 2018
ފަލަސްތީނުގެ ހާލުގައި ޖެހިފައިވާ ތިބި ރައްޔިތުންނަށް އެހީވުމަށް ފުރުސަތު ހުޅުވާލައިފި
16 މެއި 2018

ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް ހިންގާ އުދުވާންތައް ރައީސް ނަޝީދު ކުށްވެރިކުރައްވައިފި

16 މެއި 2018
ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް ހިންގާ އުދުވާންތައް ރައީސް ނަޝީދު ކުށްވެރިކުރައްވައިފި
08 އެޕްރީލު 2018

ސިޔާސީ ބޭނުމަކަށް ސަރުކާރު ބޭފުޅުން ދަނީ ފަލަސްތީނުގެ ވާހަކަ ދައްކަމުން:ނަޒީރު

08 އެޕްރީލު 2018
ސިޔާސީ ބޭނުމަކަށް ސަރުކާރު ބޭފުޅުން ދަނީ ފަލަސްތީނުގެ ވާހަކަ ދައްކަމުން:ނަޒީރު
31 މާރިޗު 2018

ފަލަސްތީނުގެ މުޒާހިރީންނާ ދެކޮޅަށް ދެމުންދާ ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

31 މާރިޗު 2018
ފަލަސްތީނުގެ މުޒާހިރީންނާ ދެކޮޅަށް ދެމުންދާ ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
08 ޑިސެމްބަރު 2017

ފަލަސްތީނުގެ މައްސަލައަކީ މުޅި އުއްމަތުގެ މައްސަލައެއް: ޚުތުބާ

08 ޑިސެމްބަރު 2017
ފަލަސްތީނުގެ މައްސަލައަކީ މުޅި އުއްމަތުގެ މައްސަލައެއް: ޚުތުބާ
20 އޮކްޓޯބަރު 2017

ފަލަސްތީނުގެ ރައްޔިތުންގެ ހައްޤުތަކަށް އިހްތިރާމްކުރުމަކީ އިސްރާއީލަށް ބޮޑު ކަމަކަށް ވެގެން ނުވާނެ: ދިވެހިރާއްޖެ

20 އޮކްޓޯބަރު 2017
ފަލަސްތީނުގެ ރައްޔިތުންގެ ހައްޤުތަކަށް އިހްތިރާމްކުރުމަކީ އިސްރާއީލަށް ބޮޑު ކަމަކަށް ވެގެން ނުވާނެ: ދިވެހިރާއްޖެ
11 މާރިޗު 2017

ފަލަސްތީނުގެ ރައީސް ވައިޓް ހައުސްއަށް ވަޑައިގަތުމަށް ޓްރަމްޕް ދައުވަތު ދެއްވައިފި

11 މާރިޗު 2017
ފަލަސްތީނުގެ ރައީސް ވައިޓް ހައުސްއަށް ވަޑައިގަތުމަށް ޓްރަމްޕް ދައުވަތު ދެއްވައިފި
28 ފެބުރުއަރީ 2017

އިޒްރާއީލް ކުށްވެރިކޮށް ފަލަސްތީނުގެ ބިންތަކުން ފޭބުމަށް ރާއްޖެއިން ގޮވާލައިފި

28 ފެބުރުއަރީ 2017
އިޒްރާއީލް ކުށްވެރިކޮށް ފަލަސްތީނުގެ ބިންތަކުން ފޭބުމަށް ރާއްޖެއިން ގޮވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު