Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފޮރިން މިނިސްޓަރ ޑރ. އާސިމް

ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގި އުދުވާންތައް އޯއައިސީ ސަމިޓްގައި ރާއްޖޭން ކުށްވެރި ކޮށްފި

އެމެރިކާގެ އެމްބަސީ ގުދުސަށް ބަދަލުކުރުމާ ދެކޮޅަށް ފަލަސްތީނުގެ ރައްޔިތުން ކުރަމުންދަނީ ސުލްހަވެރި މުޒާހަރާއެއް

އަމްނާ އިމާދު
އަމްނާ އިމާދު | 20 މެއި 2018 | އާދީއްތަ 06:56
ފޮރިން މިނިސްޓަރު ޑރ އާސިމް...

ފޮރިން މިނިސްޓަރު ޑރ އާސިމް...

ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގި ހަރުކަށި އަމަލުތަކާއި ގަތުލު އާންމާ ގުޅިގެން، އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ސަމިޓުގައި އިސްރާއީލްގެ އަމަލުތައް ރާއްޖޭން ކުށްވެރިކޮށްފި އެވެ.

ތުރުކީގެ އިސްތަންބުލްގައި ކުރިއަށް ގެންދާ އޯއައިސީގެ ހަތް ވަނަ ސަމިޓުގައި، ރާއްޖޭގެ ފަރާތުން ފޮރިން މިނިސްޓަރު މުހައްމަދު އާސިމް ވަނީ އިސްރާއީލުގެ އެއަމަލުތައް ކުށްވެރި ކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.

މިނިސްޓަރު އާސިމް ވިދާޅުވީ އެމެރިކާގެ އެމްބަސީ ގުދުސަށް ބަދަލުކުރުމާ ދެކޮޅަށް ފަލަސްތީނުގެ ރައްޔިތުން ކުރަމުންދާ މުޒަހަރާގައި އިސްރާއީލުގެ ސިފައިން ހަތިޔާރާއެކު އެރައްޔިތުންނާ ކުރިމަތިލައި ހިންގަމުންދާ ލާއިންސާނީ އަމަލުތައް ކުށްވެރިކުރާ ކަމަށެވެ. ފަލަސްތީނުގެ އާންމުންނާއި ދެކޮޅަށް އިސްރާއީލުން ތަކުރާރުކޮށް ހިންގަމުންދާ ރަހުމް ކުޑަ އަމަލުތަކާ މެދު އަޅާ ނުލައި ތިބުމަކީ މެދު އިރުމަތީގައި ހަމަޖެހުން ގާއިމް ކުރަން ކުރަމުންދާ މަސައްކަތަށް ހުރަސް އެޅޭނެ ކަމެއް ކަމަށް އާސިމް ވިދާޅުވި އެވެ.

މިނިސްޓަރު އާސިމް ވިދާޅުވީ ފަލަސްތީން ރައްޔިތުން މުޒާހަރާ ކުރަމުންދިޔައީ ސުލްހަވެރިކާމާއެކު ކަމަށާއި، ނަމަވެސް އިސްރާއީލުން އެކަށީގެން ނުވާ ބާރުގެ ބޭނުން ކޮށްފައިވާ ކަމަށެވެ. އެމެރިކާގެ އެމްބަސީ ގުދުސަށް ބަދަލުކުރި ކުރުމާ ދެކޮޅުކަން ފާހަގަކުރައްވާ މިނިސްޓަރު އާސިމް ވިދާޅުވީ ގުދުސް އަށް އެމްބަސީ ބަދަލު ކުރަން އެހެން ގައުމުތަކުން ކުރަމުންދާ މަސައްކަތާ ދެކޮޅަށް އޯއައިސީގެ މެމްބަރު ގައުމުތަކުން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

މިނިސްޓަރު އާސިމް ވިދާޅުވީ އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށް ކަމުގައި ހެދުމަށް ފަލަސްތީނުން ކުރަމުންދާ މަސައްކަތުގައި ރާއްޖޭން އޮތީ ފަލަސްތީން ރައްޔިތުންނާ އެކު ކަމަށެވެ.

އޯއައިސީގައި ރާއްޖޭން އިސްރާއީލުގެ އަމަލުތަކާ ދެކޮޅަށް އަޑު އުފުލި އިރު، ފަލަސްތީނުގެ ސަރަހައްދު ތަކުގައި އިސްރާއީލުން ހިންގާ ލާއިންސާނީ އަމަލުތަކުގެ މައްސަލާގައި ބޭއްވި ޚާއްސަ ސެޝަނެއްގައި ޖެނީވާގައި ހުންނަވާ ރާއްޖޭގެ މަންދޫބު ޑރ. ހާލާ ހަމީދު ވަނީ އދ.ގެ ހިއުމަން ރައިޓްސް ކޮމިޝަނުގައި އެކަންކަމާ ދެކޮޅާށް އަޑު އުފުއްލަވާފައެވެ.

އަދި އެ މައްސަލަ ބަލައި ތަހުގީގު ކުރަން މިނިވަން ކޮމިޝަނެއް އުފައްދަން އދ. ގެ ހިއުމަން ރައިޓްސް ކޮމިޝަނުން ހުށަހެޅި ހުށަހެޅުން ރާއްޖެއިން ވަނީ ތާއީދު ކޮށްފައެވެ.

އިތުރަށް ކިޔާލަން

22 ފެބުރުއަރީ 2017

މާލޭގައި ދިރިއުޅޭ ގދ. ތިނަދޫގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްދަލުކުރައްވައިފި

22 ފެބުރުއަރީ 2017
މާލޭގައި ދިރިއުޅޭ ގދ. ތިނަދޫގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްދަލުކުރައްވައިފި
06 ފެބުރުއަރީ 2017

ރ. މަޑުއްވަރީގައި ހިންގި 3 މާރާމާރީއަކާ ގުޅިގެން 7 މީހަކު ހައްޔަރުކޮށްފި

06 ފެބުރުއަރީ 2017
ރ. މަޑުއްވަރީގައި ހިންގި 3 މާރާމާރީއަކާ ގުޅިގެން 7 މީހަކު ހައްޔަރުކޮށްފި
02 ފެބުރުއަރީ 2017

ފްލެޓްގެ މައްސަލާގައި ހައުސިން މިނިސްޓްރީއާ ދެކޮޅަށް ލުތުފީ ދައުވާކޮށްފި

02 ފެބުރުއަރީ 2017
ފްލެޓްގެ މައްސަލާގައި ހައުސިން މިނިސްޓްރީއާ ދެކޮޅަށް ލުތުފީ ދައުވާކޮށްފި
30 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

30 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި
24 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

24 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި
23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
22 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި
22 ޖެނުއަރީ 2017

މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި

22 ޖެނުއަރީ 2017
މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި
19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު