Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ގައުމީ ބެޑްމިންޓަން މުބާރާތް

ގައުމީ ބެޑްމިންޓަން މުބާރާތް: ސެމީގެ މެޗުތައް ނިމި، ފައިނަލުގެ ޖާގަތައް ކަށަވަރުވެއްޖެ

މިއަހަރުގެ މުބާރާތުގައި ޖުމްލަ 108 ކުޅުންތެރިން ބައިވެރިވެފައިވޭ

ހުސެއިން ޒައިދް
ހުސެއިން ޒައިދް, ރާއްޖެ އެމްވީ | 4 ޖުލައި 2023 | އަންގާރަ 16:55
ނަބާހާއާއި ނަބީހާ

ނަބާހާއާއި ނަބީހާ

ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް)އިން އިންތިޒާމުކޮށްގެން ބާއްވާ 49 ވަނަ ގައުމީ ބެޑްމިންޓަން މުބާރާތުގެ ސެމީ ފައިނަލް މެޗުތައް ނިމި، ފައިނަލުގެ ޖާގަތައް ކަށަވަރުކޮށްފިއެވެ.

އެކުވެނި ބެޑްމިން ހޯލުގައި ކުރިޔަށްދާ މި މުބާރާތުގެ ސެމީ ފައިނަލް މެޗުތައް ކުޅެފައިވަނީ އަންގާރަ ދުވަހުއެވެ. މިއަހަރުގެ މުބާރާތުގައި ދެ ޑިވިޝަނުން ޖުމްލަ 10 އިވެންޓު ކުރިޔަށްދެއެވެ. އެއީ ފުރަތަމަ ޑިވިޝަނާއި ދެވަނަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް، އަންހެން ސިންގަލްސް، ފިރިހެން ޑަބަލްސް، އަންހެން ޑަބަލްސް އަދި މިކްސްޑް ޑަބަލްސްއެވެ.

މިއަހަރުގެ މުބާރާތުގައި ނިބާލް އަހުމަދު، ހުސައިން ޒަޔާން ޝަހީދު ޒަކީ، އާމިނަތު ނަބީހާ އަބްދުއް ރައްޒާގް އަދި ފާތިމަތު ނަބާހާ އަބްދުއް ރައްޒާގް ވަނީ ކުޅުނު ހުރިހާ އިވެންޓެއްގެ ފައިނަލުން ޖާގަ ހޯދާފައެވެ. އެގޮތުން، ފިރިހެން ސިންގަލްސް ފައިނަލުގައި ވާދަކުރާނީ ޒަޔާންއާއި ނިބާލްއެވެ. ޒަޔާން ފައިނަލަށް ދަތުރުކޮށްފައިވަނީ ސެމީގައި އަހުމަދު ތާއިފް މުހައްމަދުގެ މައްޗަށް 2-1ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ. އަދި ނިބާލް ފައިނަލަށް ދަތުރުކުރީ ސީދާ ދެ ސެޓުން މުހައްމަދު އަޖުފާން ރަޝީދު ބަލިކުރުމަށްފަހުއެވެ. ދެވަނަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ފައިނަލުގައި ކުޅޭނީ އަހުމަދު އިމާންއާއި އަލީ މުއާޒެވެ.

އަންހެން ސިންގަލްސް ފައިނަލުން ޖާގަ ހޯދާފައިވަނީ ނަބާހާއާއި ނަބީހާއެވެ. ނަބާހާ ފައިނަލަށް ދަތުރުކުރީ ސެމީގައި އާއިޝަތު އަފްނާން ރަޝީދު ދެ ސެޓުން ބަލިކޮށްގެނެވެ. އަަދި ނަބީހާ ފައިނަލަށް ދިޔައީ ދެ ސެޓުން މައިސާ ފަތުހުﷲ އިސްމާއީލް ބަލިކުރުމަށްފަހުއެވެ. ދެވަނަ ޑިވިޝަނުގެ އަންހެން ފައިނަލުގައި ވާދަކުރާނީ ޝައިބާ މުހައްމަދު ޝަރީފާއި ފިރުޝާނާ ނަސީރެވެ.

ފިރިހެން ޑަބަލްސްގެ ފައިނަލުގައި އަޖްފާންއާއި ނިބާލްގެ ޕެއާ ބައްދަލުކުރާނީ ތާއިފްއާއި ޒަޔާންގެ ޕެއާއާއެވެ. ދެވަނަ ޑިވިޝަނުގައި ހަމްޒާ އަބްދުއް ރަހްމާންއާއި ޔޫސުފް ނިޔާޒްގެ ޕެއާ ނިކުންނާނީ ހުސައިން މުހައްމަދާއި މުހައްމަދު އިކްރާމްގެ ޕެެއާއާ ދެކޮޅަށެވެ.

އަންހެން ޑަބަލްސްގެ ފައިނަލުން ޖާގަ ހޯދާފައިވަނީ ނަބާހާއާއި ނަބީހާގެ ޕެއާ އަދި އަފްނާންއާއި މައިސާގެ ޕެއާއެވެ. ދެވަނަ ޑިވިޝަނުގައި ފައިނަލަށް ގޮސްފައިވަނީ މަދީހާ އަބްދުލް ގާދިރާއި ޒުހުދާ ހުސައިންގެ ޕެއާ، އަދި އާއިޝަތު ޔޫސުފްއާއި އާމިނަތު ނަސީމާގެ ޕެއާއެވެ.

މިކްސްޑް ޑަބަލްސްގެ ފައިނަލަށް ގޮސްފައިވަނީ ޒަޔާންއާއި ނަބާހާގެ ޕެއާ، އަދި ނިބާލްއާއި ނަބީހާގެ ޕެއާއެވެ. ދެވަނަ ޑިވިޝަނުގައި ޔޫސުފް ނިޔާޒްއާއި އާއިޝަތު ޔޫސުފްގެ ޕެއާ ނިކުންނާނީ އަލީ މުއާޒްއާއި ޒުހުދާ ހުސައިންގެ ޕެއާއާ ދެކޮޅަށެވެ.

މިއަހަރުގެ މުބާރަތުގައި ޖުމްލަ 108 ކުޅުންތެރިން ބައިވެރިވެފައިވެއެވެ. ފުރަތަމަ ފައިނަލް މެޗު ފެށުމަށް ހަމަޖެހިފައިވަނީ ބުދަ ދުވަހު ހަވީރު 16:00 ގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ

ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ

24 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި

ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
އަމީންދީދީ އިންވިޓޭޝަނަލް މުބާރާތް ހިމަނައި އެމްބީއޭ ކަލަންޑަރު އާންމުކޮށްފި

އަމީންދީދީ އިންވިޓޭޝަނަލް މުބާރާތް ހިމަނައި އެމްބީއޭ ކަލަންޑަރު އާންމުކޮށްފި

12 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 މެއި
ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ
20251 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟
20242 އަހަރު ކުރިން
މީހުން

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟

ރާއްޖޭގެ އިރުދެކުނުގައި ތޫފާނެއް އުފެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އިރުދެކުނުގައި ތޫފާނެއް އުފެދިއްޖެ

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން
20224 އަހަރު ކުރިން
ރިޕޯޓު

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"
20215 އަހަރު ކުރިން
ރިޕޯޓު

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"

ލުތުފަރު މަރާލީ ގޮތް ކުޅުވައިފި
20197 އަހަރު ކުރިން
ރާއްޖެ

ލުތުފަރު މަރާލީ ގޮތް ކުޅުވައިފި

ސުނާމީ ބިނާ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ނިންމައިފި
20188 އަހަރު ކުރިން
ރާއްޖެ

ސުނާމީ ބިނާ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ނިންމައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު