Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބިންވެރިޔާ ސްކީމް

ގޯތި ލިސްޓަށް 600 ޝަކުވާ މިހާތަނަށް ލިބިފައިވޭ

4 ޖުލައި 2023 | އަންގާރަ 10:06

ލިސްޓަށް ބަދަލު އަންނަފަދަ ޝަކުވާއެއް އަދި ލިބިފައެއް ނެތް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 4 ޖުލައި 2023 | އަންގާރަ 10:06
ގުޅިފަޅު ބިންހިއްކުމުގެ މަޝްރޫޢު

ގުޅިފަޅު ބިންހިއްކުމުގެ މަޝްރޫޢު

ބިންވެރިޔާ ސްކީމުގެ ދަށުން މާލޭ ސަރަޙައްދުން ގޯތިލިބޭ މީހުންގެ ވަގުތީ ލިސްޓަށް މިހާތަނަށް 600 ޝަކުވާ ހުށަހަޅާފައިވާ ކަމަށް ގޯއްޗާއި ފްލެޓް ދޫކުރުމުގެ މަސައްކަތްތަކަށް ސަރުކާރުން އެކުލަވާލައްވާފައިވާ ކޮމިޓީން ބުނެފިއެވެ.

ރާއްޖޭގެ ޓީވީ ޗެނަލަކަށް މައުލޫމާތު ދެއްވަމުން ކޮމިޓީގެ ފަރާތުން ވާހަކަދައްކަވަމުން މިނިސްޓްރީ އޮފް ފިނޭންސްގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛް އަނަސް ޢަބްދުއްސައްތާރް ވިދާޅުވީ މި ލިސްޓަށް ޝަކުވާ ހުށަހެޅުމަށް މިމަހުގެ 15 ގެ ނިޔަލަށް ފުރުޞަތު ހުޅުވާލާފައިވާއިރު، މިހާތަނަށް 600 އެއްހާ ޝަކުވާ ލިބިފައިވާ ކަަމަށެވެ. ވަގުތީ ލިސްޓަށް މިހާތަނަށް ހުށަހަޅާފައިވާ ޝަކުވާތަކުގައި، ވަގުތީ ލިސްޓަށް ބަދަލު އަންނަށް ފަދަ އެއްވެސް ޝަކުވާއެއް ލިބިފައިނުވާ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

Advertisement - newsAdvertisement

މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދާދިނުމަށް ފަށާފައިވާ "ބިންވެރިޔާ ސްކީމް"ގެ ދަށުން މިބުރުގައި 6،200 ގޯތި ދޫކުރުމަށް ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވަނީ ވިދާޅުވެފައެވެ.

މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އެންމެ ފުރަތަމަ ނިންމީ މާލެ ސަރަހައްދުން 5،000 ގޯތި ދޫކުރުމަށެވެ. އެއީ ހުޅުމާލެއިން 1،000 ގޯތި، ގުޅީފަޅުން 2،000 ގޯތި އަދި ގިރާވަރުފަޅުން 2،000 ގޯއްޗެވެ.

އެހެންނަމަވެސް ގުޅީފަޅު ބިން ހިއްކުމުގެ މަޝްރޫއު ފައްޓަވައިދެއްވާ ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މާލެ ސަރަހައްދުން މި ބުރުގައި 6,200 ގޯތި ދޫކުރަން ނިންމަވާފައިވާކަން އިއުލާނުކުރައްވާފައެވެ.

ރައީސް ވިދާޅުވީ ހުޅުމާލެއިން ދޭން ނިންމެވި 1،000 ގޯތީގެ ބަދަލުގައި ހުޅުމާލެއިން 2،200 ގޯތި ދެއްވަން ނިންމަވާފައިވާކަމަށެވެ. މިއާއެކު މުޅި ޖުމްލަ 6،200 ގޯތި ދޫކުރެވިގެންދާނެކަން ރައީސް އިއުލާނުކުރެއްވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ގުޅީފަޅާއި ގިރާވަރު ފަޅުން އިތުރަށް ގޯތި ދެވޭނެ ގޮތްތަކަކީ ކޮބައިތޯ ބައްލަވަމުންދާކަމަށެވެ. އަދި ކުރިއަށްއޮތްތަނުގައި މާލެ ސަރަހައްދުން ގޯތި ބޭނުންވެފައިތިބި މީހުންނަށް ގޯތި ލިބޭނެ ގޮތްތައް ހަމަޖައްސަވައިދެއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މާލެ ސަރަހައްދުން ގޯތި ދޫކުރުމަށް ސަރުކާރުން ހުޅުވާލި ފުރުސަތުގައި ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓު މިހާރު ވަނީ އާންމުކޮށްފައެވެ. ވަގުތީ ލިސްޓު އާންމުކުރިއިރު 12،794 ފޯމަކީ ޝަރުތު ހަމަވާ ފޯމެވެ. އެއީ 19،858 މީހުންނެވެ.

ސަރުކާރުން ވަނީ ގޯއްޗަށް ޝަރުތުހަމަވާ އެންމެންނަށް ގޯތި ދޭން ނިންމަވާފައެވެ. މިގޮތުން 6،200 ގޯތި ދިނުމަށްފަހު ބާކީވާ މީހުންނަށްވެސް މާލެ ސަރަހައްދުން ގޯތި ހަމަޖައްސައިދެއްވަން ވަނީ ނިންމަވާފައެވެެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

22 އެޕްރީލު 2017

އެމްޕީއެލް ޕޯޓް ކޮމްޕްލެކްސް ގޯތި ތެރޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

22 އެޕްރީލު 2017
އެމްޕީއެލް ޕޯޓް ކޮމްޕްލެކްސް ގޯތި ތެރޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
20 އެޕްރީލު 2017

ގަބުރު ފެނިފައިވާތީ ބިހުރޯޒު މިސްކިތުގެ ގޯތިތެރޭ ނަމާދު ކުރުން މަނާކޮށްފި

20 އެޕްރީލު 2017
ގަބުރު ފެނިފައިވާތީ ބިހުރޯޒު މިސްކިތުގެ ގޯތިތެރޭ ނަމާދު ކުރުން މަނާކޮށްފި
13 އެޕްރީލު 2017

ޕީޕީއެމަށް ވަނުމަށް ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރު ކުރާ ޝަކުވާތައް އިތުރުވެއްޖެ

13 އެޕްރީލު 2017
ޕީޕީއެމަށް ވަނުމަށް ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރު ކުރާ ޝަކުވާތައް އިތުރުވެއްޖެ
20 މާރިޗު 2017

ވޯޓު ލެވޭ މީހުންގެ ލިސްޓް ޢާއްމުކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އަންގާރަ ދުވަހު ހުޅުވާލަނީ

20 މާރިޗު 2017
ވޯޓު ލެވޭ މީހުންގެ ލިސްޓް ޢާއްމުކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އަންގާރަ ދުވަހު ހުޅުވާލަނީ
14 މާރިޗު 2017

ފްލޫ ކްލިނިކަށް 600 މީހުން ދައްކައިފި

14 މާރިޗު 2017
ފްލޫ ކްލިނިކަށް 600 މީހުން ދައްކައިފި
08 މާރިޗު 2017

އެކަނިވެރި މައިންނަށްދޭ އިނާޔަތް ނުލިބޭކަމުގެ ޝަކުވާތައް އާދޭ: އެޗްއާރުސީއެމް

08 މާރިޗު 2017
އެކަނިވެރި މައިންނަށްދޭ އިނާޔަތް ނުލިބޭކަމުގެ ޝަކުވާތައް އާދޭ: އެޗްއާރުސީއެމް
04 ފެބުރުއަރީ 2017

ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް

04 ފެބުރުއަރީ 2017
ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް
03 ފެބުރުއަރީ 2017

އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

03 ފެބުރުއަރީ 2017
އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
31 ޖެނުއަރީ 2017

މިހާތަނަށް ބޭއްވި ސިވިލް ސަރވިސް އެންޓްރޭންސް އެގްޒާމްގައި 352 ބައިވެރިވެފައިވޭ

31 ޖެނުއަރީ 2017
މިހާތަނަށް ބޭއްވި ސިވިލް ސަރވިސް އެންޓްރޭންސް އެގްޒާމްގައި 352 ބައިވެރިވެފައިވޭ
16 ޖެނުއަރީ 2017

ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

16 ޖެނުއަރީ 2017
ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް