Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ނިކޮޓީންގެ ނުރައްކާ

މައިމީހާ ދުންފަތަށް އެޑިކްޓް ވުމުން، ބަނޑުގައި އޮންނަ ދަރިފުޅުގެ ފުރާނަޔަށް ނުރައްކާވޭ

ލޭގައި އާދަޔާޚިލާފް މަތީ މިންވަރަކަށް ނިކޮޓީން އެކުލެވިގެންވާނަމަ ސީރިއަސް ސިއްހީ މައްސަލަތައް ކުރިމަތިވޭ

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ, ރާއްޖެ އެމްވީ | 3 ޖުލައި 2023 | ހޯމަ 17:37
އަލަށް އުފަންވެފައިވާ ކުއްޖެއް

އަލަށް އުފަންވެފައިވާ ކުއްޖެއް

އިންޑިޔާގެ މެޑިކަލް ޕްރޮފެޝަނަލުންގެ ސަމާލުކަމަށް އައިސްފައިވާ ހާދިސާއެއްގައި، އަލަށް އުފަންވި ތުއްތުކުއްޖެއްގެ ފުރާނަޔަށް ނުރައްކާވެ، އަހްމަދު އާބާދުގެ ޓަރޝަރީ ނިއޯނޭޓަލް ހޮސްޕިޓަލަކަށް ކުއްޖާ ގެންދެވުނެވެ. ފުރަތަމަ ހީކުރެވުނީ އެސްފީޒިޔާ (ވިހެއުމުގެ ތެރޭ އޮކްސިޖަން ފުދޭވަރަށް ނުލިބުމުން ކުރިމަތިވާ ހާލަތް) ކަމަށެވެ. ނަމަވެސް ކުއްޖާގެ ކިބައިން ފެންނަންފެށި ސިމްޕްޓަމްތައް ތަފާތެވެ. އެހެން ކަމުން އިތުރު ތަހުލީލުތައް ހެދުމުން ވަނީ ޑޮކްޓަރުން ހައިރާންކުރުވާފަދަ ނަތީޖާއެއް ފެނިފައެވެ. ކުއްޖާގެ ހާލު ދެރަވެ ނާޒުކު ހާލަތަކަށް ގޮސްފައިވަނީ ކުއްޖާގެ ލޭގައި އާދަޔާޚިލާފަށް މަތީ މިންވަރަކަށް ނިކޮޓީން އެކުލެވިގެންވާތީކަން ވަނީ ހާމަވެފައެވެ. ޑޮކްޓަރުން ކުރި ސުވާލުތަކުން އެނގިފައިވާ ގޮތުގައި މިކަން ދިމާވީ ކުއްޖާގެ މަންމައަކީ ދުންފަތް ހަފަން އާދަވެފައިވާ މީހަކަށް ވާތީއެވެ.

ކުއްޖާގެ ލޭގެ ތަހްލީލުތަކުން ދައްކާފައިވާގޮތުގައި، ކޮންމެ މިލިލީޓަރެއްގައި 60 ނެނޯގްރާމް ނިކޮޓީން ހިމެނެއެވެ. މިއީ ބޮޑުމީހެއްގެ ލޭގައި ހުންނަން ހުއްދަކުރާ މިންވަރަށްވުރެވެސް މާބޮޑަށް އިތުރު މިންވަރެއް ކަމަށްވެއެވެ.

މިކަން އެނގުމުން މެޑިކަލް ޓީމްތައް ގުޅިގެން، ކުއްޖާއާއި މައިމީހާގެ މެޑިކަލް ހިސްޓްރީ ބެލުމުން އެނގުނުގޮތުގައި މަންމައަކީ ނޭވާހިއްލާ މީހެކެވެ. އަދި ދޭތެރެ ދޭތެރެއިން ދުންފަތް ހަފާކަމަށް ބުނެފައިވެއެވެ. ނަމަވެސް އެވަރުން ކުއްޖާގެ ހާލަތު އެހާ ސީރިއަސް ނުވާނެކަމަށް ބުނެ، ޑޮކްޓަރުން ކުރުނުކޮށް އިތުރު ސުވާލުތައް ކުރުމުން ހާމަވިގޮތުގައި ކުއްޖާގެ މަންމައަކީ ދުންފަތް ހެފުމުގެ އާދަ ވަރަށް ބޮޑަށް އަށަގެންފައިވާ މީހެކެވެ. މިގޮތުން އެކިކަހަލަ ދުންފަތް (ޕެކެޓްގައި ބަންދުކޮށްފައި ހުންނަ ދުންފަތާއި އަދި ހުރިގޮތަށް ހުންނަ ދުންފަތްވެސް) އޭނާ ހަފާކަމަށްވެއެވެ. ކުއްޖާގެ މަންމަ ވަނީ ދުވާލަކު ދިހައެއް ނުވަތަ ފަނަރަވަރަކަށް ފަހަރު ދުންފަތް އަނގަޔަށްލާކަމަށް އިއުތިރާފްވެފައެވެ. އަދި މިކަމުގެ ސަބަބުން ލިބެންއުޅޭ ދަރިފުޅުގެ ފުރާނަޔަށް ހުރި ނުރައްކާ އޭނާއަކަށް ނޭނގެއެވެ. ހިތާމަޔަކީ އެއީއެވެ.

ކުއްޖާގެ ހާލަތު ރަނގަޅަށް ދެނެގަނެވުމަށްފަހު ޑޮކްޓަރުން ވަނީ ލޭ ސާފުކުރުމަށް "ނެޗުރަލް ފްލަޝިންގއައުޓް ޕްރޯސެސްއެއް" ބޭނުންކޮށްފައި ކަމަށް ރިޕޯޓް ބުނެއެވެ. ފަސް ދުވަހު ފަރުވާ ދިނުމަށްފަހު ހާލަތު ރަނގަޅުވުމުން މިހާރުވަނީ ހޮސްޕިޓަލުން ދޫކޮށްލާފައެވެ.

ރާއްޖޭގައިވެސް ދުފާއިރު ނަމަވެސް ދުންފަތް ކާ އަންހެނުންނާއި ފިރިހެނުން ވެސް ގިނަ އަދަދަކަށް އުޅެއެވެ. މިއީ އަމިއްލަ ސިއްހަތަށް ވަރަށް ގެއްލުން ލިބޭ ކަމެކެވެ. މިފަދަ އާދަތަކުން ދުރުހެލިވާންޖެހެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އުފަން ރަށަށް އައިޝާ ވަޑައިގެންނެވުމުން މަންމަގެ ލޮލުން ކަރުނަ!

އުފަން ރަށަށް އައިޝާ ވަޑައިގެންނެވުމުން މަންމަގެ ލޮލުން ކަރުނަ!

26 މާރިޗު 2019
އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

15 ޖެނުއަރީ 2019
ޑރ. ޝަހީމް ނެންގެވުމުން ރައީސް ޔާމީނަށް ލިބުނީ ފައިދާތަ ނުވަތަ ގެއްލުންތަ؟

ޑރ. ޝަހީމް ނެންގެވުމުން ރައީސް ޔާމީނަށް ލިބުނީ ފައިދާތަ ނުވަތަ ގެއްލުންތަ؟

06 ސެޕްޓެމްބަރު 2018
އިރާނުގެ ނިއުކްލިއާ އެއްބަސްވުމުން އެމެރިކާ ވަކިވުން ރަނގަޅު ނިންމުމެއްތަ؟

އިރާނުގެ ނިއުކްލިއާ އެއްބަސްވުމުން އެމެރިކާ ވަކިވުން ރަނގަޅު ނިންމުމެއްތަ؟

10 މެއި 2018
ޕަދްމާވަތު އެޅުވުމުން ހަމަނުޖެހުން ހައްލުވާނެތަ؟

ޕަދްމާވަތު އެޅުވުމުން ހަމަނުޖެހުން ހައްލުވާނެތަ؟

25 ޖެނުއަރީ 2018

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު