Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާ ހަނގުރާމަ

އިސްރާއީލްގެ ހަމަލާއެއްގައި ޣައްޒާ ސްކޫލެއްގައި 10 މީހަކު ޝަހީދު ވެއްޖެ

ޞިއްހީ އޮފިޝަލުންނާ ހަވާލާދީ ރިޕޯޓު ކޮށްފައިވާ ގޮތުގައި އިސްރާއީލުން ވަނީ ކުޑަ ކުދިންގެ ހޮސްޕިޓަލަކަށް އަމާޒުކޮށް ވެސް ހަމަލާ ދީފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 24 އެޕްރީލު 2025 | ބުރާސްފަތި 09:13
އިސްރާއީލް އިން ސްކޫލަށް އަމާޒުކޮށް ދިން ހަމަލާތަކުގައި ލިބިފައިވާ ގެއްލުންތައް ބަލަން މަޑުކޮށްލައިގެން ހުރި އަންހެނެއް

އިސްރާއީލް އިން ސްކޫލަށް އަމާޒުކޮށް ދިން ހަމަލާތަކުގައި ލިބިފައިވާ ގެއްލުންތައް ބަލަން މަޑުކޮށްލައިގެން ހުރި އަންހެނެއް

އިސްރާއީލް އިން ޣައްޒާ ގައި ކުރިއަށް ގެންދާ ހަނގުރާމައިގައި، ބުދަ ދުވަހު ދިން ވައިގެ ހަމަލާގައި ޣައްޒާ ސްކޫލެއްގައި ތިބި 10 މީހަކު ޝަހީދުވެއްޖެ އެވެ.

ޣައްޒާގެ އުުތުރުގައި ހުރި ސްކޫލަކަށް އަމާޒުކޮށް ދިން ހަމަލާގައި ޝަހީދުވެފައި ވަނީ ހިޖުރަ ކުރި އާއިލާތަކަށް ނިސްބަތްވާ މީހުން ކަމަށް ވަނީ ރިޕޯޓުކޮށްފަ އެވެ.

މީގެ އިތުރުން ޞިއްހީ އޮފިޝަލުންނާ ހަވާލާދީ ރިޕޯޓު ކޮށްފައިވާ ގޮތުގައި އިސްރާއީލުން ވަނީ ކުޑަ ކުދިންގެ ހޮސްޕިޓަލަކަށް އަމާޒުކޮށް ވެސް ހަމަލާ ދީފަ އެވެ.

ހަނގުރާމަ ހުއްޓާލުމަށް އެކުލަވާލި އެއްބަސްވުމާ ޚިލާފަށް އިސްރާއީލް އިން ވަނީ މިދިޔަ މާޗު މަހުގެ ތެރޭގައި އަލުން ހަމަލާ ދޭން ފަށައިފަ އެވެ. އޭގެ ފަހުން މިހާތަނަށް 1600 އަށް ވުރެ ރައްޔިތުން ޝަހީދުވެފައިވާ ކަމަށް ޞިއްޙީ އިދާރާތަކުން ވަނީ ހާމަކޮށްފަ އެވެ.

ޖަރުމަނު، ފްރާންސް އަދި އިނގިރޭސިވިލާތުގެ ޚާރިޖީ ވަޒީރުން ވަނީ، ބައިނަލްއަޤުވާމީ ޤާނޫނުތަކާއި ޤަވާއިދުތަކަށް ތަބާވުމަށް އިސްރާއީލަށް ގޮވާލައިފަ އެވެ. އަދި ޣައްޒާ އަށް ބޭނުންވާ އިންސާނީ އެހީތެރިކަން އެތެރެ ކުރުމަށް ހުރަސް ނޭޅުމަށް ވެސް ވަނީ ގޮވާލައިފަ އެވެ.

ޔަފާ ސްކޫލަށް ދިން ހަމަލާ ގައި ޓެންޓު ތަކާއި ކްލާސްރޫމް ތަކުގައު އަލިފާން ރޯވެފައިވާ ކަމަށް މެޑިކަލް އޮފިޝަލުން ބުނ ެއެވެ. އަދި ސްކޫލުގެ ގޯތި ތެރޭގައި މީހުން އެމީހުންގެ ތަކެތި ހޯދަން މަސައްކަތް ކުރަމުންދާ ކަމަށް ބުނެފައިވެ އެވެ.

ޑުރާ ކުޑަކުދިންގެ ހޮސްޕިޓަލުގެ މަތީ ފަންގި ފިލާ އަށް އިސްރާއީލް އިން ފޮނުވާލި މިސައިލެއް ޖެހި، އިންޓެންސިވް ކެއަރ ޔުނިޓަށް ގެއްލުންވެ، ސޯލާ ޕެނަލް ސިސްޓަމް ހަލާކުވެފައިވާ ކަމަށް ޣައްޒާގެ ޞިއްހީ ވުޒާރާ އިން ބުނެފައިވެ އެވެ.

ނަމަވެސް މި ހަމަލާގައި އެއްވެސް މީހަކު ޝަހީދުވެފައި ނުވާ ކަމަށް ވަނީ ބުނެފަ އެވެ. އިސްރާއީލް އިން ދެމުން އަންނަ ވަރުގަދަ ހަމަލާތަކުގެ ސަބަބުން، މުޅި ޣައްޒާގެ ޞިއްހީ ނިޒާމު ވަނީ ފުނޑު ފުނޑުވެފައި އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ލާހޫރުގައި ދިން ބޮމުގެ ހަމަލާއެއްގައި 7 މީހުން މަރާލައިފި

ލާހޫރުގައި ދިން ބޮމުގެ ހަމަލާއެއްގައި 7 މީހުން މަރާލައިފި

23 ފެބުރުއަރީ 2017
ގެމްބިއާގެ ރައީސް އަޑަމާ ބަރޯ ނަމާދަށް ވަޑައިގެންނެވި މިސްކިތުގައި ފިސްތޯލައެއް ހިފައިގެންހުރި ސިފައިންގެ މީހަކު ހައްޔަރު ކޮށްފި

ގެމްބިއާގެ ރައީސް އަޑަމާ ބަރޯ ނަމާދަށް ވަޑައިގެންނެވި މިސްކިތުގައި ފިސްތޯލައެއް ހިފައިގެންހުރި ސިފައިންގެ މީހަކު ހައްޔަރު ކޮށްފި

13 ފެބުރުއަރީ 2017
ފަލަސްތީނު މީހަކު ބަޑިޖެހުމުގެ ސަބަބުން އިޒްރޭލުގެ ހަމީހުން ޒަޚަމްވެއްޖެ

ފަލަސްތީނު މީހަކު ބަޑިޖެހުމުގެ ސަބަބުން އިޒްރޭލުގެ ހަމީހުން ޒަޚަމްވެއްޖެ

10 ފެބުރުއަރީ 2017
ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ

ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ

10 ފެބުރުއަރީ 2017
އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

02 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

24 ޖޫން
"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ
20251 އަހަރު ކުރިން
ދުނިޔެ

"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި
20242 އަހަރު ކުރިން
ރާއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"
20215 އަހަރު ކުރިން
ރާއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!
20197 އަހަރު ކުރިން
ރާއްޖެ

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި
20188 އަހަރު ކުރިން
ރާއްޖެ

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު