Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

ދެކުނު ޣައްޒާގައި ހަމާސްގެ އިސްވެރިޔަކު ޝަހީދު ކޮށްލައިފި 

ހުކުރު ދުވަހު އިސްރާއީލްގެ އަސްކަރިއްޔާ އިން ބުނެފައިވާ ގޮތުގައި، ތަބާޝް އަކީ ހަމާސްގެ ސަވެއިލަންސް އަދި ޓާގެޓިންގ ޔުނިޓްގެ އިސްވެރިޔާގެ ގޮތުގައި ވެސް ހުންނެވި ފަރާތް ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 22 މާރިޗު 2025 | ހޮނިހިރު 06:34
ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނިސްގައި އިސްރާއީލް އިން ދިން ހަމަލާއަކާ ގުޅިގެން، ފަލަސްތީނުގެ ރައްޔިތުންގެ ގެއެއް ބަލައި ފާސް ކުރަނީ

ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނިސްގައި އިސްރާއީލް އިން ދިން ހަމަލާއަކާ ގުޅިގެން، ފަލަސްތީނުގެ ރައްޔިތުންގެ ގެއެއް ބަލައި ފާސް ކުރަނީ | ރޮއިޓާސް

ދެކުނު ޣައްޒާ ސަރަހައްދުގައި ހަމާސް ޖަމާއަތުގެ އިސްވެރިޔަކު ޝަހީދު ކޮށްލާފައިވާ ކަމަށް، އިސްރާއީލްގެ އަސްކަރިއްޔާ އިން ހާމަކޮށްފި އެވެ. 

އިސްރާއީލްް އިން ހާމަކޮށްފައިވާ ގޮތުގައި، ބުރާސްފަތި ދުވަހު ދެކުނު ޣައްޒާ ގައި ވަނީ ހަމާސްގެ މިލިޓަރީ އިންޓެލިޖެންސްގެ އިސްވެރިޔާ އުސާމާ ތަބާޝް ވަނީ ޝަހީދު ކޮށްލައިފަ އެވެ. 

ހުކުރު ދުވަހު އިސްރާއީލްގެ އަސްކަރިއްޔާ އިން ބުނެފައިވާ ގޮތުގައި، ތަބާޝް އަކީ ހަމާސްގެ ސަވެއިލަންސް އަދި ޓާގެޓިންގ ޔުނިޓްގެ އިސްވެރިޔާގެ ގޮތުގައި ވެސް ހުންނެވި ފަރާތް ކަމަށެވެ.

މިކަމާ ގުޅޭ ގޮތުން ހަމާސް އިން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

ހަނގުރާމައިގެ އަމަލުތައް އަލުން ފެށުމާ އެކު، ތުރުކީ އިން އިމާރާތް ކޮށްފައިވާ ހޮސްޕިޓަލަކަށް އިސްރާއީލުން ހަމަލާދިނުމާ ގުޅިގެން، ތުރުކީގެ ޚާރިޖީ ވުޒާރާ އިން ވަނީ އިސްރާއީލްގެ އެ އަމަލު ކުށްވެރި ކޮށްފައި އެވެ.

އެހެން ނަމަވެސް، އިސްރާއީލް ސިފައިންގެ ފަރާތުން ބުނެފައި ވަނީ އެތަނަކީ ކުރިން ހޮސްޕިޓަލެއްގެ ގޮތުގައި ބޭނުންކުރި، އަދި މިހާރު ހަމާސްގެ ޓެރަރިސްޓް އިންފްރާސްޓްރަކްޗަރ ސައިޓެއްގެ ގޮތުގައި ބޭނުން ކުރަމުން އަންނަ ތަނެއް ކަމަށެވެ.

ޣައްޒާގެ ސިއްހީ ވުޒާރާ އިން ބުނެފައި ވަނީ، އެއީ ކެންސަރު ބަލީގެ ފަރުވާދޭ ހަމައެކަނި ހޮސްޕިޓަލް ކަމަށާއި، އިސްރާއީލްގެ މި ހަމަލާއަކީ "ހަނގުރާމައިގެ ކުށެއް" ކަމަށެވެ.

އިސްރާއީލްގެ ރައީސް އައިސާކް ހަޒޮގް ވިދާޅުވެފައ ިވަނީ، ހަނގުރާމަ އަލުން ފެށުމަކީ ހިފެހެއްޓިފައިވާ މީހުން ސަލާމަތް ކުރުމުގެ މަސައްކަތަށް ބުރޫ އަރާނެ ކަމެއް ކަމަށެވެ. އަދި އެތައް ހާސް ބަޔަކު ޖެރޫސަލަމްގައި މުޒާހަރާކޮށް، ބަންދުގައި ތިބި މީހުންގެ ރައްކާތެރިކަމަށް ނުބަލައި ހަނގުރާމަ އަލުން ފެށުމާ މެދު ބަހުސް ކުރަމުންދެ އެވެ.

2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސް އިން ދިން ހަމަލާގައި ހިފެހެއްޓި 251 މީހުންގެ ތެރެއިން 58 މީހަކު އަދި ވެސް ތިބީ ބަންދުގަ އެވެ. އޭގެ ތެރެއިން 34 މީހުން މަރުވެފައިވާ ކަމަށް އިސްރާއީލް ސިފައިން ބުނެ އެވެ.

އިތުރަށް ކިޔާލަން

10 މާރިޗު 2017

ދެކުނުކޮރެއާގެ ރައީސް މަގާމުން ދުރުކުރަން ޖެހޭކަން ކޯޓުން ކަނޑައަޅައިފި

10 މާރިޗު 2017
ދެކުނުކޮރެއާގެ ރައީސް މަގާމުން ދުރުކުރަން ޖެހޭކަން ކޯޓުން ކަނޑައަޅައިފި
09 މާރިޗު 2017

ދެ ކޮރެއާ ސަރަހައްދުގެ ހަލަބޮލިކަން ފިނިކުރުމަށް ޗައިނާއިން ހުށަހެޅި ހުށަހެޅުމަށް ދެކުނު ކޮޮރެއާ އާއި އެމެރިކާ އިން އިންކާރުކޮށްފި

09 މާރިޗު 2017
ދެ ކޮރެއާ ސަރަހައްދުގެ ހަލަބޮލިކަން ފިނިކުރުމަށް ޗައިނާއިން ހުށަހެޅި ހުށަހެޅުމަށް ދެކުނު ކޮޮރެއާ އާއި އެމެރިކާ އިން އިންކާރުކޮށްފި
07 މާރިޗު 2017

ދެކުނު ކޮރެއާގައި މިސެއިލް ޑިފެންސް ސިސްޓަމެއް އެމެރިކާއިން ގާއިމު ކުރަން ފަށައިފި

07 މާރިޗު 2017
ދެކުނު ކޮރެއާގައި މިސެއިލް ޑިފެންސް ސިސްޓަމެއް އެމެރިކާއިން ގާއިމު ކުރަން ފަށައިފި
05 މާރިޗު 2017

އުތުރު ކޮރެއާއިން ފިލާ މީހުންނަށް ދޭ އިނާމު ދެކުނު ކޮރެއާއިން ބޮޑުކޮށްފި

05 މާރިޗު 2017
އުތުރު ކޮރެއާއިން ފިލާ މީހުންނަށް ދޭ އިނާމު ދެކުނު ކޮރެއާއިން ބޮޑުކޮށްފި
01 މާރިޗު 2017

އދ. މެމްބަރު ކަމުން އުތުރު ކޮރެއާ ސަސްޕެންޑުކުރަން ޖެހޭ ކަމަށް ދެކުނު ކޮރެއާ އިން ބުނެފި

01 މާރިޗު 2017
އދ. މެމްބަރު ކަމުން އުތުރު ކޮރެއާ ސަސްޕެންޑުކުރަން ޖެހޭ ކަމަށް ދެކުނު ކޮރެއާ އިން ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު