Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއައްޑޫއީދި ސަމާ 1444

ވާދެމުމުގެ މުބާރާތުގެ ޗެމްޕިއަންކަން އޭވިއޭޝަން ސެކިއުރިޓީ އަދި ޓީމް މިޝަންއަށް!

3 ޖުލައި 2023 | ހޯމަ 04:19

މިމުބާރާތުގައި އަންހެން 8 ޓީމް އަދި ފިރިހެން 11 ޓީމް ވާދަކުރި

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 3 ޖުލައި 2023 | ހޯމަ 04:19
އައްޑޫ އީދި ސަމާ 1444

އައްޑޫ އީދި ސަމާ 1444

އައްޑޫ އީދިސަމާ 1444ގެ ވާދެމުމުގެ މުބާރާތުގެ ޗެމްޕިއަންކަން އޭވިއޭޝަން ސެކިއުރިޓީ އަދި ޓީމް މިޝަންއިން ހޯދައިފި އެވެ.

ވަރަށް ފޯރިއާއެކު ކުރިއަށްދިޔަ މިމުބާރާތުގެ އަންހެން ފައިނަލް މެޗުގައި ބައްދަލުކުރީ ގޯދިއްޔާ ޓީމާއި އޭވިއޭޝަން ސެކިއުރިޓީއިން ނެވެ. ފާއިތުވި އަހަރުތަކުގައި މިމުބާރާތުގެ ޗެމްޕިއަން ގޯދިއްޔާ ބަލިކޮށް، 1444 އަހަރުގެ ޗެމްޕިއަންކަން ހޯދާފައިވަނީ އޭވިއަޝަން ސެކިއުރިޓީންނެވެ. އޭވިއޭޝަން ސެކިއުރިޓީއިން ފައިނަލްގައި ވާދަކޮށްފައިވަނީ ހުރިހާ މެޗަކުން މޮޅުވެގެންނެވެ.

މިމުބާރާތުގައި އަންހެން 8 ޓީމް ވަނީ ވާދަކޮށްފައެވެ. އޭވިއޭޝަން ސެކިއުރިޓީއިން ޗެމްޕިއަންކަން ހޯދާފައިވާއިރު، އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ އެޓީމްގެ ކޯޗް ހަސަން ޒަރީރު އެވެ.

މީގެ އިތުރުން މިމުބާރާތުގެ ފިރިހެން ބައިގައި ވާދަކުރި 11 ޓީމްގެ ތެރެއިން ޓީމް މިޝަން އަދި ޓީމް ފެނަކަ ވާދަކުރި މެޗުން މޮޅުވެ ފިރިހެން ޗެމްޕިއަންކަން ހޯދާފައިވަނީ ޓީމް މިޝަން ޓީމުންނެވެ.

މިއަހަރުގެ މިމުބާރާތުގައި އެންމެ ގަދަ ޓީމެއްގެ ގޮތުގައިވެސް ފެނިގެންދިޔަ ދަ މިޝަން ޓީމުގެ ކޯޗް އިބްރާހީމް ވިސާމް ވަނީ ފިރިހެން ކެޓަގަރީން އެންމެ މޮޅު ކޯޗުގެ މަޤާމް ހާސިލްކޮށްފައެވެ.

އައްޑޫސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ކޮންމެ އަހަރެއްގެވެސް އަޟްހާ އީދާއި ގުޅުވައިގެން އައްޑޫސިޓީގައި ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދެ އެވެ. އެގޮތުން ބޭއްވުނު ހަރަކާތްތަކުގެ ތެރެއިންވެސް އެންމެ ފޯރިގަދަ މުބާރާތެއްގެ ގޮތުގައި ފެނިގެންގޮސްފައިވަނީ މަރަދޫގައި ބޭއްވި ވާދެމުމުގެ މުބާރާތެވެ.

މިމުބާރާތުގެ ޗެމްޕިއަން ޓީމްތަކަށްވަނީ މެޑަލްއާއި ފާއިސާގެ އިނާމް އަދިވެސް އެކިި ފަރާތްތަކުން ހުށަހެޅި ގިފްޓް ވައުޗަރުތައް ހަވާލުކޮށްފައެވެ.

މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ ކޮންމެ އަހަރެއްގެވެސް އީދާއި ދިމާކޮށް ބާއްވާ މުބާރާތްތަކުގެ ތެރެއިން ވަކިން ހާއްސަކޮށް މަރަދޫގައި ބާއްވާ ހަރަކާތްތަކަކީ ފާހަގަކޮށްލެވޭފަދަ ފެންވަރު ރަނގަޅު މުބާރާތްތަކެެއް ކަމަށާއި، މިއީ ރަށުގެ ހުރިހާ ރައްޔިތުންގެ ބައިވެރިވުން އޮތުމުން ފެންނަ އިޖްތިމާއީ ރޫހުގެ ވަރުގަދަކަން ކަމަށެވެ.

މަރަދޫގައި ބާއްވާ މުބާރާތްތަކަކީ މަރަދޫއިން ވަކިން އީދަށް ކޮމިޓީއެއް ނަގައި ފަންޑްރައިޒްކޮށްގެން ކުރިއަށްދާ ހަރަކާތްތަކެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

28 ފެބުރުއަރީ 2017

އެމްބީއޭ ކަޕުގެ ޗެމްޕިއަންކަން ޓީރެކްސް ހޯދައިފި

28 ފެބުރުއަރީ 2017
އެމްބީއޭ ކަޕުގެ ޗެމްޕިއަންކަން ޓީރެކްސް ހޯދައިފި
25 ފެބުރުއަރީ 2017

ސްޓްރީޓް ސޮކާ 2017: ޕެނަލްޓީ ޖަހައިގެން ފެލްކަން ބަލިކޮށް ޑީސީ ޗެމްޕިއަންކަން ހޯދައިފި

25 ފެބުރުއަރީ 2017
ސްޓްރީޓް ސޮކާ 2017: ޕެނަލްޓީ ޖަހައިގެން ފެލްކަން ބަލިކޮށް ޑީސީ ޗެމްޕިއަންކަން ހޯދައިފި
25 ފެބުރުއަރީ 2017

ތިންވަނަ އެމްބީއޭ ކަޕް: އަންހެން ބައިގެ ޗެމްޕިއަންކަން ސައިކްލޯން އިން ހޯދައިފި

25 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭ ކަޕް: އަންހެން ބައިގެ ޗެމްޕިއަންކަން ސައިކްލޯން އިން ހޯދައިފި
18 ފެބުރުއަރީ 2017

ފުޓްބޯލް ފިއެސްޓާ 2017: ގްރޭޑް 2 ގެ ޗެމްޕިއަންކަން ކަލާފާނަށް، ގްރޭޑް 3 ބިލަބޮންގަށް

18 ފެބުރުއަރީ 2017
ފުޓްބޯލް ފިއެސްޓާ 2017: ގްރޭޑް 2 ގެ ޗެމްޕިއަންކަން ކަލާފާނަށް، ގްރޭޑް 3 ބިލަބޮންގަށް
12 ފެބުރުއަރީ 2017

އޮފީސް ހޭންޑްބޯލް މުބާރާތުގެ ޗެމްޕިއަން އިމިގްރޭޝަނާއި އެމްޕީއެލް އަށް

12 ފެބުރުއަރީ 2017
އޮފީސް ހޭންޑްބޯލް މުބާރާތުގެ ޗެމްޕިއަން އިމިގްރޭޝަނާއި އެމްޕީއެލް އަށް
02 ފެބުރުއަރީ 2017

ގާނާގެ ރެކޯޑާ އެއްވަރުކޮށް، މިސްރުން އެފްރިކާ ބައްރު ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް

02 ފެބުރުއަރީ 2017
ގާނާގެ ރެކޯޑާ އެއްވަރުކޮށް، މިސްރުން އެފްރިކާ ބައްރު ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް
30 ޖެނުއަރީ 2017

ދެބެންގެ ލަޑުތަކުން ގާނާ އެފްރިކާ ބައްރުގެ ފުޓްބޯޅަ މުބާރާތުގެ ސެމީއަށް

30 ޖެނުއަރީ 2017
ދެބެންގެ ލަޑުތަކުން ގާނާ އެފްރިކާ ބައްރުގެ ފުޓްބޯޅަ މުބާރާތުގެ ސެމީއަށް
26 ޖެނުއަރީ 2017

އަންހެން ވޮލީ މުބާރާތުގެ ޓިކެޓް ވިއްކަން ފަށައިފި

26 ޖެނުއަރީ 2017
އަންހެން ވޮލީ މުބާރާތުގެ ޓިކެޓް ވިއްކަން ފަށައިފި
24 ޖެނުއަރީ 2017

ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ

24 ޖެނުއަރީ 2017
ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ
22 ޖެނުއަރީ 2017

ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް

22 ޖެނުއަރީ 2017
ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް