Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެންޓި ޑްރަގް ޑޭގެ ހަރަކާތްތައް

ނޭޝަނަލް ޑްރަގް އެޖެންސީ ރީބްރޭންޑްކުރަނީ

އެންޓި ޑްރަގް ޑޭގެ ރަސްމީ ޖަލްސާ މި މަހު ބާއްވާނެ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 3 ޖުލައި 2023 | ހޯމަ 03:04
އެންޑީއޭގެ ސީއީއޯ އިމާދު ޞާލިހު

އެންޑީއޭގެ ސީއީއޯ އިމާދު ޞާލިހު

ނޭޝަނަލް ޑްރަގް އެޖެންސީ ރީބްރޭންޑްކުރަން ނިންމަވާފައިވާ ކަމަށް އެންޑީއޭގެ ސީއީއޯ އިމާދު ޞާލިހު ވިދާޅުވެއްޖެއެވެ.

އޭނާ އެކަން ހާމަކުރެއްވީ ރާއްޖެޓީވީގެ ފަލަސުރުޚީގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Advertisement - newsAdvertisement

އެންޓި ޑްރަގް ޑޭއާ ގުޅިގެން ރާއްޖޭގައި ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކަށް އެ ޕްރޮގްރާމްގައި އިމާދު އަލިއަޅުއްވާލެއްވިއެވެ.

އެގޮތުން ދުވަހާއި ގުޅިގެން 3 ކަމެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށް އިމާދު ވިދާޅުވިއެވެ. އޭގެ ތެރެއިން ފުރަތަމަ ކަމަކީ އެންޓި ޑްރަގް ޑޭގެ ރަސްމީ ޖަލްސާ ކަމަށާއި ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުހައްމަދު ޞާލިހު އެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް އިމާދު ވިދާޅުވިއެވެ. އެ ޖަލްސާގައި އެންޑީއޭ ރީބްރޭންޑްކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުން ތާވަލްކޮށްފައިވާ ކަމަށާއި އެންޑީއޭގެ ދިރާސާތައް އާއްމު ކުރުން ވެސް އެ ޖަލްސާގައި އޮންނާނެ ކަމަށް އިމާދު ވިދާޅުވިއެވެ.

އެ ދުވަހުގެ ދެ ވަނަ ހަރަކާތެއްގެ ގޮތުން އެންޓި ޑްރަގް ޑޭއާ ގުޅޭ ޚާއްސަ ދުވުމެއް ކުރިއަށް ގެންދަން ނިންމަވާފައިވާ ކަމަށް އިމާދު ވިދާޅުވިއެވެ. އަދި އެ ދުވުން ކުރިއަށް ދާނީ އެންޑީއޭގެ ސެންޓަރުތައް ހުރި ހުރިހާ ރަށެއްގައި އެއް ފަހަރާ ކަމަށް އިމާދު ވިދާޅުވިއެވެ.

މީގެ އިތުރުން އާއްމުންނަށް ހިންގާ ހޭލުންތެރިކަމުގެ ޕްރޮގްރާމެއް އޯޕަން ޑޭއެއްގެ ގޮތުގައި ހުޅުމާލޭގައި ކުރިއަށްގެންދިއުމަށް ނިންމަވާފައިވާކަމަށް އިމާދު ވިދާޅުވިއެވެ.

އިމާދު ވިދާޅުވީ މި ހަރަކާތްތައް ޖޫން މަހުގެ ތެރޭގައި ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި އެ މަސައްކަތްތައް ނުނިމޭނަމަ އޮގަސްޓުގެ ނިޔަލަށް އެންޓި ޑްރަގް ޑޭގެ ހަރަކާތްތައް ކުރިއަށް ދާނެ ކަމަށެވެ.

އެންޓި ޑްރަގްޑޭގެ މި އަހަރުގެ ޝިއާރަކީ ސްޓޮޕް ސްޓިގްމާ އެންޑް ޑިސްކްރިމިނޭޝަން ނުވަތަ ދަށްކުރުމާއި ތަފާތުކުރުން ނައްތާލުން މިއެވެ.

އިތުރަށް ކިޔާލަން

10 އޯގަސްޓު 2017

ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގައި ފަޔަރ އިވެކުއޭޝަން ޑްރިލެއް ބާއްވައިފި

10 އޯގަސްޓު 2017
ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގައި ފަޔަރ އިވެކުއޭޝަން ޑްރިލެއް ބާއްވައިފި
15 ޖޫން 2017

އަދީބަށް ފަރުވާ ދިނުމަށް ބޭރަށް ދިއުމުގެ ހުއްދަ ދިނުމަށް އެމްނެސްޓީ އިންޓަނޭޝަނަލް އިން ގޮވާލައިފި

15 ޖޫން 2017
އަދީބަށް ފަރުވާ ދިނުމަށް ބޭރަށް ދިއުމުގެ ހުއްދަ ދިނުމަށް އެމްނެސްޓީ އިންޓަނޭޝަނަލް އިން ގޮވާލައިފި
31 މެއި 2017

އިންޓަނޭޝަނަލް ރޮބޮޓިކް ކޮންޕެޓިޝަންގައި ބައިވެރިވުމަށް ޣިޔާސުއްދީން ސްކޫލްގެ ދަރިވަރުން ފުރައިފި

31 މެއި 2017
އިންޓަނޭޝަނަލް ރޮބޮޓިކް ކޮންޕެޓިޝަންގައި ބައިވެރިވުމަށް ޣިޔާސުއްދީން ސްކޫލްގެ ދަރިވަރުން ފުރައިފި
20 މެއި 2017

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ކަރަންޓް ހިނގައްޖެ

20 މެއި 2017
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ކަރަންޓް ހިނގައްޖެ
01 މެއި 2017

ގްރީން ޒޯނުގައި ހުރި ޓްރެވަލް އެޖެންސީއެއް ފަޅާލުމަށް ފަހު، ރޯކޮށްލައިފި

01 މެއި 2017
ގްރީން ޒޯނުގައި ހުރި ޓްރެވަލް އެޖެންސީއެއް ފަޅާލުމަށް ފަހު، ރޯކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު